ގޯތި ދޭންވީ މިރަށު މީހުންނަށް
ބޯހިޔާވަހިކަމުގެ މައްސަލައަކީ މިއަދު ހަގީގަތުގައި ޤައުމީ ބޮޑު ކާރިސާއެކެވެ. ފުކު ފުކުން ފްލެޓް އުޅުމުގެ ނަތީޖާއަކަށް ވަނީ އަބަދުވެސް އެއް ހިޔާ ނިމޭއިރު އަނެއްކާ އެހެން ބަޔަކު ހިޔާވަހިކަމަށް ސަލާން ޖަހަން ޖެހޭ ހިސާބުގައި ތިބުމެވެ. މުޅި އުމުރު އެތައް ދިވަހިންނެއް ދަނީ މި ހިތްދަތި ކަމުގައި ވޭތުކުރަމުންނެވެ. ބޭނުންވަނީ ޓޯޓަލް ސޮލޫޝަނެކެވެ