ވިޔަފާރިވެރިންގެ މަޖިލީހެކޭ ކިޔޭކަށް ނެތް

ވިއްކާލާ ކޮންމެ ވޯޓަކީ ކުރެވޭ ވިޔަފާރީގެ މުއާމަލާތެކެވެ. އެކަމުގެ ސަބަބުން ގެއްލިގެން ދަނީ ތިމާއަށް ތިމާގެ ދާއިރާ ތަމްސީލް ކުރާ މެމްބަރު ޒިންމާދާރު ކުރުމުގެ ހައްޤު އެކަންޔެއް ނޫނެވެ. މުޅި ދާއިރާގެ އެތައް ރައްޔިތުންނެއްގެ ހައްޤެވެ. ވޯޓު ވިއްކުން ހުއްޓުވިގެން ނޫނީ ދެން ޤައުމު އިސްލާހެއް ނުކުރެވޭނެއެވެ