ވޯޓު ވިއްކާހާ ހިނދަކު ރައްޔިތުން ފަގީރުވުމީ ވެރިންނަށް ލިބޭ މޮޅެއް

ރައްޔިތުމީހާގެ ޒިންމާއަކީ ހަމައެކަނި ވޯޓުލުމެއް ނޫނެވެ. ރައްޔިތު މީހާގެ ބާރަކީވެސް ހަމަ އެކަނި ވޯޓު ކަރުދާސްކޮޅެއް ނޫނެވެ. ތިމާގެ ވޯޓުން ހޮވާ މެމްބަރުންނާއި ކައުންސިލަރުން ތިމާ ޒިންމާދާރު ކުރުވަން އުޅެންވާނެއެވެ. އެކަން ނުވަނީ ވޯޓު ވިއްކާތީއެވެ. ވޯޓު ވިއްކަ މީހާއަށް ކަންކަން ރަނގަޅުކުރަން އެދި މެމްބަރު ގާތަށް ދާކަށް ނުކެރެއެވެ. ދިޔަސް މެމްބަރުވެސް ދިމާލަށް ބުނާނީ މިއީ ގަނެފައި އިން ގޮނޑިއެއް ކަމުގައެވެ