Hiyaalu
ސިޔާސަތު·

ވައުދު ނުފުއްދާ އޮއްވަ ގޮވުމުން އަނެއްކާވެސް ވީ ވައުދެއް

ހިޔާލު

މިއިން ސުވާލަކަށް ޖަވާބު ހޯދުމުގެ ބަދަލުގައި، ރައީސް އަނެއްކާވެސް ވީ ވައުދެކެވެ. 6 މެއި 2021ގައި ޓްވީޓަކުންނެވެ. ހަމަލާ އެންމެ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމުގެ ވައުދެވެ. މިފަދައިން ވައުދުވީއިރު، ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ދުވަސްވަރު، ކ. ކާށިދޫގައި ވާހަކަފުޅު ދައްކަވަމުން ރިލްވާނަށް ވީ ގޮތެއް ވެރިކަމުގެ ފުރަތަމަ ދުވަހު ހޯއްދަވާނެކަމުގައި ވިދާޅުވެ ވީ ވައުދު އަދިވެސް އޮތީ އޮތްތާގައެވެ. ވައުދުތައް ނުފުދި ފުނިޖެހިގެން ގޮވީމައި އަނެއްކާވެސް ވީ ވައުދެކެވެ.


ވެރިކަމަށް އައުމަށް އެތައް ވައުދެއް ވިއެވެ. ރިޔާސީ އިންތިހާބަށް ވައުދުވިލެއް ގިނަކަމުން، ހުދު އެމް.ޑީ.ޕީގެ މެމްބަރުންވެސް މީސްމީޑިއާގައި ފާޑުކިޔަން ފެށިފެއެވެ. އެއިރު ބައެއް ޙަބަރުތަކަށްވެސް މިކަން އެރިއެވެ. ވައުދުތައް ވަމުން ދިޔައީ ބުނަމުން ދިޔައީ ވައުދުވަނީ ވައުދު ފުއްދާނެގޮތް ހޯދާފައިކަމުގައެވެ. އެއަށްފަހު މިހާރު ވެރިކަމަށް 3 އަހަރުވަނީއެވެ. 100 ދުވަހުގެ ވައުދުތައް ވެސް އަދި މެނިފެސްޓޯގައި ހުރި ގިނަކަން ކަންވެސް އަދި ހުރީ ހަމަ ހުރިގޮތަށެވެ. ނަމަވެސް މައިކެއް ކައިރީ ހުއްޓެވޭ އިރަށް ރައީސުލް ޖުމްހޫރިޔާއަށް އަދިވެސް ވައުދު ފަށަނީ ވައުދުވާށެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރުގައި އަދިވެސް ތާށިވެފައި ހުރިފަދައެވެ.

2020 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ވެސް މިފަދަ އެތައް ވައުދެއްވިއެވެ. ދީނުގެ ނަމުގައި ހައްދުފަހަނަ އެޅި ހަރުކަށި ފިކުރު ފެތުރުމާއި ދީނާ ހިލާފު ހިޔާލު ފެތުރުމަކީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ގޮންޖެހުމެއްކަމަށާއި އެކަން ރާއްޖޭގައި ފެތުރިފައިވާ މިންވަރު ސަރުކާރުން އާންމުކޮށް އެކަމާ ދެކޮޅަށް 2019ވަނަ އަހަރު ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމުގައި ރައީސް ވިދާޅުވިއެވެ. މިފަދަ ކަންކަން ހައްލުކުރުމަށް ކަމާބެހޭ މުއައްސަސާތައް މެދުގައި އިންޓެލިޖެންސް މައުލޫމާތު ބަދަލުކުރެވޭނެހެން ޤައުމީ އެކްޝަން ޕްލޭން އެކުލަވާލާ ތަންފީޒުކޮށް މޮނިޓަރ ކުރުމުގެ މަސައްކަތް އެ އަހަރުގެ ތެރޭގައި ފެށޭނެ ކަމުގައާއި ޓެރަރިޒަމާއި ހަރުކަށި ފިކުރާއި ދެކޮޅަށް މަސައްކަތްކުރުމަށް މުއައްސަސާތަކުގެ މެދުގައި މުއާމަލާތް ކުރެވޭނެ މަރުކަޒީ ނިޒާމެއް އެކުލަވާލާ ތަންފީޒު ކުރަން ފެށޭނެ ކަމުގައި ވައުދުވިއެވެ. މީގެ އިތުރުން ރާއްޖޭއިން ބޭރުގައި ކުރާ ޓެރަރިސްޓް ހަގުރާމަތަކަށް ނުވަތަ އެފަދަ ސަރަހައްދުތަކަށް ދިއުމަށްފަހު އެބުރި އަންނަ މީހުން އިސްލާހުކޮށް މުޖުތަމައުއަށް ގެނައުމަށްޓަކައި ޤާއުމްކުރާ ނެޝަނަލް ރިއިންޓަގްރޭޝަން ސެންޓަރުގެ އިމާރާތް ވެސް ވަނީ ހަދާ ނިމިފައިކަމުގައި ދެންނެވިއެވެ.

ބޯހިޔާވަހިކަން، ސިއްހީ ނިޒާމް އަދި އެކިއެކި ތަރައްގީއާއި ގުޅޭ ވައުދުތައް ނުފުއްދާ ދިގުލައިގެން ދިއުމުގެ ސަބަބުން ރައްޔިތުންނަށް އެތަކެއް ގެއްލުމެއް ކުރިމަތިވެ ސަކުވާ ކުރަމުން ދާތާ އެތައް ދުވަހެއް ވެއްޖެއެވެ. މިފަހަރު ވައުދުތައް ނުފުއްދަ ފިލާ އޮއްވާ ގެއްލުމާއި ކުރިމަތިލާން ޖެހުނީ އާއްމު ނިކަމެތި އާއިލާއެއްގެ މީހަކަށް ނޫނެވެ. ތިމާގެ އެންމެ ގާތް އެކުވެރިއާއަށެވެ. ރާއްޖޭގެ ކުރީގެ ރައީސް، މިހާރު ވެރިކަން ކުރަމުންދާ ޕާޓީގެ ރައީސް އަދި ޖެޑިޝަރީގައި ވެސް އިންނަވާ ރައްޔިތުންގެ މަޖީލީހުގެ ރައީސް އަށެވެ. ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ބުނާ ބަޔަކު ހައްޔަރުކޮށްފިއެވެ. ނަމަވެސް ރައްޔިތުންނާއި ރައީސް ނަސީދުގެ އާއިލާއިންވެސް އަހަމުން ދާ ގިނަ ސުވާލުތަކަކަށް އަދިވެސް ޖަވާބު ނުލިބެއެވެ. ހަމަލާ ރާވާ ފަންޑު ކުރީ ކޮންބައެއް ތޯއެެވެ. އިހުމާލުވީ ކޮންބައެއްތޯއެވެ. އިހުމާލުވި މީހުންނާ މެދު އެޅޭނީ ކޮން ފިޔަވަޅެއްތޯއެވެ.

މިއިން ސުވާލަކަށް ޖަވާބު ހޯދުމުގެ ބަދަލުގައި، ރައީސް އަނެއްކާވެސް ވީ ވައުދެކެވެ. 6 މެއި 2021ގައި ޓްވީޓަކުންނެވެ. ހަމަލާ އެންމެ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމުގެ ވައުދެވެ. މިފަދައިން ވައުދުވީއިރު، ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ދުވަސްވަރު، ކ. ކާށިދޫގައި ވާހަކަފުޅު ދައްކަވަމުން ރިލްވާނަށް ވީ ގޮތެއް ވެރިކަމުގެ ފުރަތަމަ ދުވަހު ހޯއްދަވާނެކަމުގައި ވިދާޅުވެ ވީ ވައުދު އަދިވެސް އޮތީ އޮތްތާގައެވެ. ވައުދުތައް ނުފުދި ފުނިޖެހިގެން ގޮވީމައި އަނެއްކާވެސް ވީ ވައުދެކެވެ.

Share: