ކެންސަރާއި ކުއްލި މަރުތައް އިތުރުވާއިރު ދިރާސާއެއްހާ ހިސާބުވެސް ނެތް

ތާރީހަށް ބަލާއިރު، ދިވެހިންނަކީ ރަނގަޅު ސިއްހަތެއްގައި ދެމިހުރެވޭނެ ފަދަ ގޮތަކަށް ދިރިއުޅުން ބައްޓަން ކުރަމުން އައި ބައެކެވެ. މަސްވެރިކަމާއި ދަނޑުވެރިކަމުން ނަފާ ހޯދި ޒަމާނުގައި ދެ ޖިންސުގެ މީހުންވުސް އުޅުނީ މުރާލި ދިރިއުޅުމެކެވެ. ފަތިހު ހޭލާ މަހަށް ފިރިހެންވެރިން ފުރާއިރު، އަންހެންވެރިން ރަށުތެރެ ކުނިކަހާ ފަންވިޔެ އަދި އެހެންވެސް މަސައްކަތްތަކައިގެން ރަށުތެރޭ އުޅެއެވެ. މަސްހިއްކުމާއި، ވަޑާންކުރުމާއި، ގަސް ހެއްދުންފަދަ އެތައް ކަމެއް ރަށުތެރޭގައި އޮވެއެވެ. ކެއުންވެސް އެހާ ރަނގަޅެވެ. މަހާއި، ފަތާއި، ފަލަމަޑީގެ ބާވަތްތައް ހިމެނެއެވެ. ދޮންކެޔޮ،ފަޅޯ އަދި ކަރާ ފަދަ މޭވާ ތިޔާގިއެވެ. ދިރިއުޅެމުން ދިޔައީ ހިތްފަށޭހަ މާހައުލެއްގައެވެ

ޒަމާން ބަދަލުވެ އެއް ރަށަކަށް އެންމެން މިއޮތީ ތޮއްޖެހިފައެވެ. ދެއިރު ދެދަޅައަށް ކޮފީއާއި އެނާރޖީ ޑްރިންކް އާންމުވެއްޖެއެވެ. ދުންފަތުގެ އިސްތިއުމާލުކުރުން އާންމުވެއްޖެއެވެ. 90ގެ ކުރީކޮޅު ރާއްޖެއަށް އައި މަސްތުވާތަކެތީގެ ވަބާ ފުޅާވެގެން ގޮސް މިއަދު މާ ވަރުގަދަ އެތައް ވައްތަރެއް ބޭނުންކުރެއެވެ. ކޮންމެ އާއިލާއެއްގައިހެން އެޑިކްޓްވެފައިވާ އެކަކު ނަމަވެސް ހުރެއެވެ. ގިނަ މީހުން ވަޒީފާ އަދާކުރަނީ ކޮމްޕިއުޓަރު ކައިރީ އިށީދެ އިދެއެވެ. ގެއަށް ދަނީ ސައިކަލު މަތީ އިށީދެ އިދެއެވެ. ގެއަށް ގޮސް ގޭމްކުޅެން ނުވަތަ ޓީވީ ބަލަންވެސް އިށީދެ އިންނަނީއެވެ. ކޮފީގައިވެސް އިންނަނީއެވެ. ދަންނަވަން މިއުޅޭ ވާހަކައަކީ ހެލިފެލިވެ އުޅުނު އުޅުން ގިނަ ދިވެހިންނަށް މާޒީވެ ގޮސްފިއެވެ

އެއްވެސް ކަމެއް ސީރިއަސްކޮށް ނުނެގުމާއި، ކޮންމެ ކަމެއްގައި މަޖާވުމާއި، ދިރިއުޅުމުގައި މާބޮޑު މޯޓިވޭޝަނެއް ނެތުން މިއީ ހުސް ނަފްސާނީ ބަލިމަޑުކަމެއްގެ އަލާމާތެވެ. ނަފްސާނީ ބަލިމަޑުކަމެއްގެ ބޮޑު ކާރިސާއެއް ހަޤީޤަތުގައި ރާއްޖޭގައި އެބައޮތެވެ. ނަމަވެސް މިކަމަށްވެސް ކަމާބެހޭ މުއައްސަސާތަކުން އަޅާލާތަނެއް ނުފެނެވެ. ދިރިއުޅުމުގެ ކަންކަން ހުރި ގޮތުން މާޔޫސްކަމާއި ކުރިމަތިލާން ޖެހިފައި އެތައްބައެއް އެބަތިއްބެވެ

ކެއުމުގައި ސިއްހަތައް ރަނގަޅު ތަކެތި ބޭނުންކުރަން ޑޮކްޓަރުން ލަފާދެއެވެ. ތަރުކާރީ އާއި މޭވާއެވެ. ނަމަވެސް އެ ތަކެތިވެސް ހައްދާއިރު ޖަހާލާ ކެމިކަލްތަކުގެ ސަބަބުން އެވަނީ ކާން ހެޔޮނުވާވަރު ވެފައެވެ. ވަޒީފާގައި އަވަދިނެތި އުޅެފައި އައިސް ކައްކާނެ ހިތްވަރު ނެތިގެން ބޭރުން ކެވޭލޭ ގިނައެވެ. ދިރިއުޅުން ބައްޓަން ކުރަންޖެހިފައިވާ ގޮތުން، “ވޯކް – ފެމިލީ ބެލެންސް” އެއީ ގިނަ ދިވެހިންނަށް ހަމަ ނެތް އެއްޗެކެވެ

ދިވެހިރާއްޖޭގައި މިހާރު ކެންސަރު ބައްޔާއި ހާޓް އެޓޭކް އާއި ސްޓްރޯކް ޖެހުން މިވަނީ އާންމު ވެފައެވެ. ކޮންމެ މީހަކު ކައިރީ އަހާލިޔަސް، ގާތް ދެތިން މީހަކު ކެންސަރަށް ފަރުވާ ހޯދަމުން ދާކަމުގައި ބުނާނެއެވެ. ޒުވާން އުމުރުގައި ހާޓް އެޓޭކް ޖެހުނު ގާތް އެކުވެރިއެއް ނުވަތަ ތިމާގެ މީހަކު ހުންނާނެއެވެ. މި ސަބަބުތަކާއި އެކު ޒުވާން އުމުރުގެ ކުއްލި މަރުތައްވެސް އަންނަނީ ގިނަވަމުންނެވެ. ކަމާބެހޭ އެއްވެސް މުއައްސަސާއަކުން މިކަމާ ދިރާސާއެއް ކޮށް ހައްލު ހޯދަން އުޅޭތަނެއް ނުފެނެއެވެ. އިޤްތިސާދީ ގޮތުން ބެލިނަމަވެސް، އިޖްތިމާއީ ގޮތުން ބެލިނަމަވެސް ބަލި ޒުވާން އާބާދީ އެއް އޮތުމީ ޤައުމުގެ މުސްތަޤުބަލު ބަނަވާނެކަމެކެވެ

qSamulqSok raweC qnuyil

Leave a Comment

Your email address will not be published. Required fields are marked *

ވެރިން ކުރާ ވައްކަމާއި ދެކޮޅޭ ކިޔާފައި، ހަމަ އެ ފައިސާއަށް ވޯޓު ވިއްކާނުލާށެވެ

ވައްކަމުގެ ފާހަގައެވެ. ރައްޔިތުންގެ ފައިސާއެވެ. ކުންފުނިތަކާއި ވުޒާރާތަކެވެ. ވަކިތަނެއް ވަކި ގިންތިއެއް ނެތެވެ. ވެރިން ކެވުނު ގޮތަކަށް ކަނީއެވެ. ދައުރު ހަަމަވުމުން ކުރިމަތިލަނީ މަޖިލީހަށެވެ. އަނެއް ފަސް އަހަރު ކާށެވެ. އެހެން މަޤާމެއްގައި ހުރެއެވެ.

Read More »

މިނިވަންކަމުގެ އަސާސެއްގައި ރެނދުލައިފި

ސަރުކާރަށް އެ ލިބެނީ ލައިސެންސެކެވެ. މިނިވަންކަމުގެ އަސާސަކާއި ކުޅެލުމުގެ ލައިސެންސެކެވެ. ދެން އަންނާނީ ކަންމަތީ ފިހާރައާއި ދިމާލަށް ނޫންކަމެއް ނޭގެއެވެ. އެއަށްފަހު އާންމު މީހާ އޭނާގެ ޖީބުން ހަރުދު ކުރާނެ ގޮތްވެސް ކަނޑައަޅާނީ ސަރުކާރުންނެވެ. މި ދެވެނީ އެވަރުގެ ލައިސެންސެކެވެ

Read More »

ރޯދަމަހު ވޯޓު ވިއްކަން ދުވި ބަޔަކަށް ރީތީގެ މުބާރާތް ފެނި ހަރާމް ހަލާލް ހަދާންވެއްޖެ

އެއްވެސް އަހްލާގެއް ނެތް، ތައުލީމެއް ނެތް، އުޅުމެއް ނެތް، އެތައް ބަޔަކަށް ވޯޓު ވިއްކީއެވެ. ރައްޔިތުން ބުނަނީ ތިމަންނަމެން ބޭނުމީ މަސްތުވާތަކެއްޗާއި ދެކޮޅަށް ފިޔަވަޅު އަޅާށެވެ. ކޮރަޕްޝަން ހުއްޓުވާށެވެ. މަޖިލީހަށް ތައުލީމީ ޤާބިލް މީހުން ހޮވާށެވެ. ވިޔަފާރިވެެރިންގެ ކޮންޓްރޯލް ކުޑަކުރާށެވެ. ނަމަވެސް ވޯޓަކާއި ޖެހުމުން ވޯޓު ވިއްކާލަނީ އޭގެ އެންމެ އިދިކޮޅު މީހާއަށެވެ. ހަލާލް ހަރާމް ކީއްކުރަންތޯ، ތިމާމެންގެ އަމިއްލަ ބުނުމަށް ވެސް ހަރާންކޯރުވި ބައެކެވެ

Read More »