Uncategorized

މެނިފެސްޓޯ މޫސުން

ރައްޔިތުން ވޭތުކުރަމުން މި ދިޔައީ ތަދު 4 އަހަރެވެ. ވެރިކަން ފެށިގެން ދިޔައީ ގާތް މީހުންނަށް ކޭކު ފޮތިން ބައި އެޅުމުންނެވެ. އާލަމީ ވަބާގެ ތެރޭގައި ނޭވާހޮޅިންނާއި ހަކުރުން ކުރީ ވައްކަމެވެ. ރައްޔިތުން ގޭ ބަންދުކޮށްފައި މާގިރިތެރޭ ކުރީ ޕާޓީއެވެ. އިޤްތިޞާދު ނޭނގި ކުރީ ފައިސާ ޗާޕެވެ. ނަތީޖާއަކީ އިންވެސްޓަރުންގެ އިތުބާރު ގެއްލުމެވެ. މުދަލުގެ އަގު އުފުލުމެވެ. ބޭރު ޤައުމަކަށް އަޅުދާސްތުވުމެވެ. މި ހުރިހާ ކަމެއްގެ ތެރޭގައި ހައިބަރނޭޓްކުރައްވަމުން ގެންދެވި އެތައް ސިޔާސީ ސާރިދޯޅުންނެއް ގަދަ ނިދިން …

މެނިފެސްޓޯ މޫސުން Read More »

އަޅުގަނޑުމެންގެ ޤައުމަކަށް އެހެނެއް ނުވާނެދޯ؟

ފަލަސްތީނުގެ ބިން ފޭރިގަތުމުގެ ވިސްނުން އުފެދިގެން އައީ 19ވަނަ ގަރުނުގައި ޔޫރަޕްގައި އުޅުނު ޔަހޫދީންގެ ތެރެއިންނެވެ. އެމީހުން އެންމެ ފުރަތަމަ ފެށީ ފަލަސްތީނުގެ އައްސޭރިފަށުން ބިން ގަންނާށެވެ. މިގޮތަށް އެމީހުންގެ ތެރެއިން ފައިސާވެރިން އެއް ޝަރަޙައްދަކުން ބިން ގަނެ ކޮމިއުނިޓީއެއް ނުވަތަ އެމީހުންގެ ބަހުން ނަމަ ކިބުޓްޒް ތަކެއް ޤާއިމްކުރިއެވެ. މިގޮތަށް ޤާއިމްކުރެވުނު އެންމެ ފުރަތަމަ ކިބުޓްޒް ޤާއިމްކުރެވުނީ 1909 ވަނަ އަހަރުގައެވެ

ދައްޕަރާއި ދިވެހި އާބާދީ

ރައްޔިތުންގެ މަޖިލީހުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރާއްޖޭގެ އިގްތިސާދު ބޭނުންވާ ހިސާބަށް ގެންދިއުމަށް ރާއްޖޭގެ އާބާދީ މާ ކުޑަކަމުގައާއި، ދޭތެރެ ކައިރި ކުރާ ޕްރޮގްރާމެއް ފަށަން ޖެހިދާނެކަމުގައު މިދިޔަ ސެޕްޓެމްބަރ މަހު، އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވިއެވެ. މިނިސްޓަރު ފައްޔާޒު ވިދާޅުވެގެން ކިތަންމެ ވަރަކަށް ދޭތެރެ ކައިރި ކުރިޔަސް، ދިވެހިންނަށް ބޯހިޔާވަހިކަން ނުލިބި އިތުރުކުރެވޭނީ ކޮން އާބާދީއެއްތޯއެވެ. ތައުލީމީ މަސައްކަތްތެރި އެތައް ޒުވާނުނެއް ތިއްބައި ބޮޑު މުސާރަ ލިބޭ ބޮޑެތި މަގާމުތައް ވަނީ ބިދޭސީންނަށް ހިބަކޮށް ދީފައެވެ. އަގައާއި އަތާ ދިމާނުވެގެން އުޅޭއިރު ބިނާކުރެވޭނީ ކޮން އާއިލާއެއްތޯއެވެ

ވައުދު ނުފުއްދާ އޮއްވައި ގޮވުމުން އަނެއްކާވެސް ވީ ވައުދެއް

ބޯހިޔާވަހިކަން، ސިއްހީ ނިޒާމް އަދި އެކިއެކި ތަރައްގީއާއި ގުޅޭ ވައުދުތައް ނުފުއްދާ ދިގުލައިގެން ދިއުމުގެ ސަބަބުން ރައްޔިތުންނަށް އެތަކެއް ގެއްލުމެއް ކުރިމަތިވެ ޝަކުވާ ކުރަމުން ދާތާ އެތައް ދުވަހެއް ވެއްޖެއެވެ. ނަމަވެސް ވައުދުތައް ނުފުދި ފުނިޖެހިގެން ގޮވީމައި އަނެއްކާވެސް ވީ ވައުދެކެވެ

ދުޅަހެޔޮ ހަށިހެޔޮ ސުޕާރި ޑައެޓް

ދަންނަވަން މިއުޅޭ ވާހަކަ އަކީ ފުރިހަމަ ސިއްހަތެއްގެ ވާހަކަ ދައްކާއިރު މާހައުލާއި މުޖްތަމައު އަދި ހާލަތު ހުރި ގޮތް، ސިޔާސަތުތައް އެކުލަވާލާ ފަރާތްތަކުން ދެނެގަންނަން ޖެހޭނެ ވާހަކައެވެ. އަހަރަކަށްވުރެ އަހަރެއް ރައްޔިތުންގެ ލިވިންގ ސްޑޭންޑަޑް ނުވަތަ ދިރިއުޅުމުގެ ހާލަތު ދަނީ ދަށަށެވެ

ނުރަސްމީ ބޮޑުވަޒީރާއި ދިމަކުރާތީ މަސްހުނި

ބަރުލަމާނީ ނިޒާމެއް އެންމެ ބޮޑަށް އިސްތިހާރުކުރަނީ ވަޒީރުން ހޮވުމުގެ ބާރު ރައްޔިތުންނަށް ލިބޭ ނިޒާމެއްގެ ގޮތުގައެވެ. ނަމަވެސް މަޖިލީހަށް ބަލާލުމުން މިއީ ރައްޔިތުންނާއި އަދި ހަވާލުކުރަން ހޮޔޮވާވަރުގެ ކަމެއް ނޫންކަން ދޭހަވެއެވެ

މާލެ ސިޓީ ކައުންސިލް

ތުއްތު ދިމަކުރާތީ ފުރާވަރަށް

މި އިންތިޚާބު ވެގެން ދާނީ ޤައުމުގެ މުސްތަޤްބަލް ބައްޓަންކުރުމަށް އެޅޭ ވަރުގަދަ ފިޔަވަޅަކަށެވެ. ވަރަށް ވިސްނައިގެން ޒިންމާދާރު ކަމާއިއެކު ފިޔަވަޅު އެޅުން މުހިއްމެވެ. ނޫންނަމަ ކައްސާލައިގެން ވެއްޓި ބޮޑު އަނިޔާއެއް ވެދާނެއެވެ

ވިޔަފާރިވެރިންގެ މަޖިލީހެކޭ ކިޔޭކަށް ނެތް

ވިއްކާލާ ކޮންމެ ވޯޓަކީ ކުރެވޭ ވިޔަފާރީގެ މުއާމަލާތެކެވެ. އެކަމުގެ ސަބަބުން ގެއްލިގެން ދަނީ ތިމާއަށް ތިމާގެ ދާއިރާ ތަމްސީލް ކުރާ މެމްބަރު ޒިންމާދާރު ކުރުމުގެ ހައްޤު އެކަންޔެއް ނޫނެވެ. މުޅި ދާއިރާގެ އެތައް ރައްޔިތުންނެއްގެ ހައްޤެވެ. ވޯޓު ވިއްކުން ހުއްޓުވިގެން ނޫނީ ދެން ޤައުމު އިސްލާހެއް ނުކުރެވޭނެއެވެ