ކުޅުދުއްފުއްޓާއި 23

މިހާރު އެއީ މުޅިން ތަފާތު ރަށެކެވެ. ސިޓީއެއްގެ ކުލަ ޖެހެން ފަށައިފިއެވެ. މީގެ ފަސް ވަރަކަށް އަހަރު ކުރިން ރަށަށް ޒިޔާރަތްކުރި މީހަކު މިއަދު ރަށުތެރޭގައި ހިގާލުމުން ހީވާނީ ހަމަ މުޅިން އެހެން ރަށަކަށް އާދެވުނުހެނެވެ. މަގުތަކުގައި ތާރުއެޅި، އާންމުންގެ ގެތައް ތިން ހަތަރު ބުރިއަށް އުފުލިގެން ހިނގައްޖެއެވެ. ބޭންކް، ޔުނިވާރސިޓީ އަދި ބޮޑެތި ވިޔަފާރިތަކުގެ ގޮފިތައް ވަނީ ގާއިމް ކުރެވިފައެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އަޅަން ފެށުނު އެއާރޕޯޓްގެ ނަފާ ރަށަށް ކުރަން ފަށައިފިއެވެ. ކައިރި ރަށްރަށުން ތައުލީމް ހާށިލްކުރާށާއި، ވަޒީފާ އަދާކުރަން ތަންތަން ކުއްޔަށް ހިފައިގެން އަންނަ މިންވަރު ވަނީ އެތައް ގުނައެއް އިތުރުވެފައެވެ. އަބާދީ އަށް ބަލާއިރު، ރަށުގެ ޖުމްލަ އާބާދީ ވަނީ 2014 އިން 2018 އާއި ހަމައަށް އައިއިރު 13% އިތުރުވެފައެވެ. މީގެ ބޮޑު ބައެއް ހިއްސާ ކުރަނީ އަންހެނުންނެވެ. މިގޮތުން އަންހެނުންގެ އާބާދީ 35% އިތުރުވިއިރު، ފިރިހެނުންގެ އާބާދީ ދިޔައީ 6% ދަށަށެވެ.

އިންތިޚާބުތަކުގައި ކުޅުދުއްފުށި ފާހަގަވެފައިވަނީ ރީދޫ ވަމުން ވަމުން އައިސް އެކީ ރީދޫ ކުލައިން ފަވާލި ރަށެއްގެ ގޮތުގައެވެ. މިގޮތުން 2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމް.ޑީ.ޕީ އިން 34% ވޯޓް ނެގިއެވެ. ޕީ.ޕީ.އެމް އަށް 24% ނެގުން އިރު، ޖޭޕީ އަށް ލިބުނީ 22% އެވެ. ވޯޓް ނުލާ އެފަހަރު 18% އުޅުނެވެ. ދެވަނަ ބުރުގައި އެމް.ޑީ.ޕީ އަށް އެކަނި ނެގުނީ 37% އެވެ. ދެން ހުރި ޕާޓީތައް އެކުވެގެން ޕީ.ޕީ.އެމް އަށް ނެގުނީ 49% އެވެ. ވޯޓް ނުލާ މީހުންގެ އަދަދު ދެވަނަ ބުރުގައި ކުޑަކޮށް މަދުވިއެވެ. ބައެއް މީހުން ފުރަތަމަ ބުރުގައި ވާގޮތެއް ބަލަލަން މަޑުކޮށްލީ ކަމަށްވުން އެކަށީގެންވެއެވެ. 2014 ވަނަ އަހަރު އޮތް މަޖިލިސް އިންތިޚާބުގައި ކުޅުދުއްފުށީގެ ދެ ދާއިރާއިން 1 ދާއިރާ ޕީ.ޕީ.އެމް ނެގި އިރު އަނެއް ދާއިރާގެ ގޮޑި ކާބިޔާބު ކުރީ އެމް.ޑީ.ޕީ އިންނެވެ. ހަމަ އެ އަހަރުގެ ކައުންސިލް އިންތިޚާބުގައި ރަށު ކައުންސިލްގެ 3 ގޮޑި އެމް.ޑީ.ޕީ އިން ނެގި އިރު، ޕީ.ޕީ.އެމް އަށް ނެގުނީ 1 ގޮޑިއެވެ. ބާކީ އިން ގޮޑި ކާބިޔާބުކުރީ އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓެކެވެ. 2017 ވަނަ އަހަރު އޮތް ކައުންސިލް އިންތިޚާބުގައި ރަށު ކައުންސިލްގެ 5 ގޮޑިވެސް ނެގީ އެމް.ޑީ.ޕީ އިންނެވެ. މުޅިން ރީދޫ ކޮށްލީއެވެ.

ދެން އައީ 2018ގެ ރިޔާސީ އިންތިޚާބެވެ. އެމް.ޑީ.ޕީގެ ބިޔަ ކޯލިޝަނުން 45% ވޯޓް ނެގިއެވެ. ޕީ.ޕީ.އެމް ނެގީ 38% ވޯޓެވެ. 2013ގެ ދެވަނަ ބުރުގައި އެމް.ޑީ.ޕީއަށް ވެސް އެކަނި ނެގުނީ ދާދީ އެއް އިންސައްތައެކެވެ. ވޯޓް ނުލާ ތިބީ 16% މީހުންނެވެ. 2013ގެ ފުރަތަމަ ބުރާއި މާ ބޮޑު ތަފާތެއް ނެތެވެ. 2019 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުވެސް ކުޅުދުއްފުށި ފަވާލީ ރީދޫ ކުލައިންނެވެ. ދެކުނު ދާއިރާ 46% ވޯޓާއި އެކު އެމް.ޑީ.ޕީ ނެގިއިރު، ޕީ.ޕީ.އެމްގެ ކެންޑިޑޭޓަށް ނެގުނީ 20%ގެ ވޯޓެވެ. ޖޭޕީ މި ގޮޑިއަށް ވާދައެއް ނުކުރެއެވެ. އުތުރު ދާއިރާގެ ގޮޑި އެމް.ޑީ.ޕީ އިން ނެގީ 59% ވޯޓުންނެވެ. ޕީ.ޕީ.އެމް އިން މި ގޮޑީ އަށް ވާދަ ނުކުރާއިރު، ޖޭޕީގެ ކެންޑިޑޭޓަށް ލިބުނީ 41%އެވެ. 2021 ގެ ކައުންސިލް އިންތިޚާބު އައިސް ބައްދަލުކުރި އިރު އެއީ ސިޓީއެކެވެ. މުޅި ސިޓީ ކައުންސިލް ފަވާލީ ރީދޫކުލައިންނެވެ. ކައުންސިލްގެ ހުރިހާ ގޮޑިއަކާއި މޭޔާރ ކަންވެސް އެމް.ޑީ.ޕީއިން ކަށަވަރު ކުރިއެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ބޯމަތިވިއުރު މުޅި ކައުންސިލް އެކީހެން ވަނީ އަލަށް އުފަންވަމުން އަންނަ ޑިމޮކްރެޓްސްއަށް ބަދަލުވެފައެވެ. ރީދޫ ކުލައިން ފަވާލި ރަށުގައި މަޑު ނޫ ރޮގެއް އެޅިއްޖެކަން ކަށަވަރެވެ. ޕީ.ޕީ.އެމްވެސް ރަށުގައި އޮތީ ގަދަކޮށެވެ. ފިޔާތޮށިކުލަ ފަޑުވިޔޭ ބުނެވޭނެ ޖާގައެއް ނުދެއެވެ.

ކުޅުދުއްފުށި ފާހަގަ ކުރެވެނީ އެ އަތޮޅުގެ އިޤްތިސާދީ ހެބެއްގެ ގޮތުގައެވެ. އަންހެންވެރިން އެކި ޖަމިއްޔާތައް ހަދައިގެން ކުޅިވަރުތައް ކުޅެ ވަނަ ހޯދާ ރަށެއްގެ ގޮތުގައެވެ. އެއާރޕޯޓާއިއެކު އިޤްތިސާދު އިތުރަށް ފުޅާވުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ. ނަމަވެސް ބޮޑުވަމުން އަންނަ އާބާދީއަކަށް ބިމުގެ ތަދިކަން ކުރިމަތިވެސް ބޯހިޔާވަހިކަން ދަތިވުން އޮތީ މާ ދުރަކުނޫނެވެ. ރަށުގައި ސަރުކާރުގެ މުއައްސަސާތަކުގެ ގޮފިތައް ޤާއިމްކުރެވި، އިތުރު ވަޒީފާތަކެއް އުފެއްދިއްޖެނަމަ މާލެ ނައިސް ދިރިއުޅެން އިހްތިޔާރު ކުރާނެ އެތައް ޒުވާނުންނެއް ތިބި ސިޓީއެކެވެ. އަތޮޅުގައި ފަތުރުވެރިކަން ކުރިއެރުވޭނެ ޖާގަވެސް ތަނަވަހެވެ. ރިޔާސީ އިންތިޚާބާއި ކައިރިކޮށް ކެންޑިޑޭޓުން ކުޅުދުއްފުއްޓަށް ހާއްސަ ވައުދުތަކެއް ވާނެކަން ކަށަވަރެވެ. މި ސަރުކާރުން ފެށި ނުވަތަ ފަށާނެ ކަމަށް ބުނި ގިނަ ކަންކަން އަދިވެސް އޮތީ ޕްލޭނިން، ޓެންޑާރ ކުރެވިފައި އަދި ކުރިއަށް ދަނީ ފަދަ ސްޓޭޓަސް ތަކުގައި ތާށިވެފައެވެ. ސިޔާސީ ގޮތުން ބުނާނަމަ އަންނަނީ އަންނަނީގައެވެ. މިގޮތުން 400 ހައުސިންގ ޔުނިޓް ޤާއިމްކުރުން، އައު ޓާޝަރީ ހޮސްޕިޓަލް ޤާއިމްކުރުން، ކައުންސިލްގެ އައު އިމާރާތް އަދި ސްކޭޓިންގ ޕާކް، ހޮސްޕިޓަލްގެ މެންޓަލް ހެލްތް ވޯޑް ޤާއިމްކުރުން އަދި އޮފީސް ކޮމްޕްލެކްސް ޤާއިމްކުރުން ހިމެނެއެވެ.

ސުވާލަކީ މިފަހަރު އިންތިޚާބުގައި ކުޅުދުއްފުށި ސިޓީ ފެވޭނީ ކޮން ކުލައަކުންތޯއެވެ.

qSamulqSok raweC qnuyil

Leave a Comment

Your email address will not be published. Required fields are marked *

ވެރިން ކުރާ ވައްކަމާއި ދެކޮޅޭ ކިޔާފައި، ހަމަ އެ ފައިސާއަށް ވޯޓު ވިއްކާނުލާށެވެ

ވައްކަމުގެ ފާހަގައެވެ. ރައްޔިތުންގެ ފައިސާއެވެ. ކުންފުނިތަކާއި ވުޒާރާތަކެވެ. ވަކިތަނެއް ވަކި ގިންތިއެއް ނެތެވެ. ވެރިން ކެވުނު ގޮތަކަށް ކަނީއެވެ. ދައުރު ހަަމަވުމުން ކުރިމަތިލަނީ މަޖިލީހަށެވެ. އަނެއް ފަސް އަހަރު ކާށެވެ. އެހެން މަޤާމެއްގައި ހުރެއެވެ.

Read More »

މިނިވަންކަމުގެ އަސާސެއްގައި ރެނދުލައިފި

ސަރުކާރަށް އެ ލިބެނީ ލައިސެންސެކެވެ. މިނިވަންކަމުގެ އަސާސަކާއި ކުޅެލުމުގެ ލައިސެންސެކެވެ. ދެން އަންނާނީ ކަންމަތީ ފިހާރައާއި ދިމާލަށް ނޫންކަމެއް ނޭގެއެވެ. އެއަށްފަހު އާންމު މީހާ އޭނާގެ ޖީބުން ހަރުދު ކުރާނެ ގޮތްވެސް ކަނޑައަޅާނީ ސަރުކާރުންނެވެ. މި ދެވެނީ އެވަރުގެ ލައިސެންސެކެވެ

Read More »

ރޯދަމަހު ވޯޓު ވިއްކަން ދުވި ބަޔަކަށް ރީތީގެ މުބާރާތް ފެނި ހަރާމް ހަލާލް ހަދާންވެއްޖެ

އެއްވެސް އަހްލާގެއް ނެތް، ތައުލީމެއް ނެތް، އުޅުމެއް ނެތް، އެތައް ބަޔަކަށް ވޯޓު ވިއްކީއެވެ. ރައްޔިތުން ބުނަނީ ތިމަންނަމެން ބޭނުމީ މަސްތުވާތަކެއްޗާއި ދެކޮޅަށް ފިޔަވަޅު އަޅާށެވެ. ކޮރަޕްޝަން ހުއްޓުވާށެވެ. މަޖިލީހަށް ތައުލީމީ ޤާބިލް މީހުން ހޮވާށެވެ. ވިޔަފާރިވެެރިންގެ ކޮންޓްރޯލް ކުޑަކުރާށެވެ. ނަމަވެސް ވޯޓަކާއި ޖެހުމުން ވޯޓު ވިއްކާލަނީ އޭގެ އެންމެ އިދިކޮޅު މީހާއަށެވެ. ހަލާލް ހަރާމް ކީއްކުރަންތޯ، ތިމާމެންގެ އަމިއްލަ ބުނުމަށް ވެސް ހަރާންކޯރުވި ބައެކެވެ

Read More »