މަސްތުވާތަކެއްޗާއި ރިޝްވަތާ ހަމަ ހަޤީޤަތުގަިވެސް ރައްޔިތުން ދެކޮޅުތޯ

12 އަހަރުން ދަށުގެ ކުއްޖެއް ހަމަ އެ އުމުރުފުރައިގެ އެހެން ކުއްޖަކަށް ހަނގާކޮށް އަނިޔާކުރާ ވޯޑިއޯއެއް މީސްމީޑިއާގައި އާންމުވުމާއިއެކު ޖަޒްބާތުގައި އެތައް ބަޔަކު 18 އަހަރުނުވިޔަސް އަދަބު ދޭންޖެހޭނެ ކަމުގައި ގޮވަންފެށިއެވެ. ރަނގަޅެވެ. 18 އަހަރު ނުވިޔަސް ދީނުގައި ވާގޮތާއި އެއްގޮތަށް ބާލީޢުވުމާއިއެކު ކުށުގެ ޒިންމާނަގައި އަދަބު ތަންފާޒިކުރެވެންވާނެއެވެ. ސުވާލަކީ 18 އަހަރުން މަތީގެ މީހުންގެ މައްޗަށް ވަކި އަދުބު ތަންފީޒު ކުރުވޭތޯއެވެ. 18 އަހަރުން މަތީގެ މީހުންގެ އުޅުން ހުރީ ކިހިނަކުންތޯއެވެ.

ޖަލަން ލާން ހުކުމް ކުރާ މީހާ ހުންނަނީ މަގުމަތީގައި މިނިވަނެއްގެ ގޮތުގައެވެ. ދެވަނަ ފަހަރަށް ކުށެއް ކުރުމުންވެސް ބިޑި އަޅުވައިގެން ގެންދާއިރު ކުއްވެރިޔާ ހުންނަނީ ހެވިދިއްލިފައެވެ. ދެދުވަހެއްނުވެ ދޫކޮށްލާނެކަން އޭނައަށްވެސް އިނގެއެވެ. ޖަލަށް ދިއުމަށް މިހާރު ކުއްވެރިން ކިޔަނީވެސް ކުކުޅުކައިގެން ފަލަވެލަން ދިއުމެވެ. ރައްޔިތުމީހާގެ ޓެކްސް ފައިސާއިން ހިލޭ ހުރުމާއި ކެއުމާއި އެތަނުން ލިބެއެވެ. މިކަމުގެ ޒިންމާ ރައްޔިތުން އަޅުވަނީ ސިޔާސީ މީހުންގެ ބޮލުގައެވެ. ސިޔާސީ މީހާ އެހިސާބަށް ދިޔައީ ރައްޔިތު މީހާ ވިއްކި ވޯޓާއެކުއެވެ.

މުޖުތަމައުގެ މިއަދުގެ ހާލަތަކީ އުމުރުން ކިތަންމެ ބޮޑުވިޔަސް ލޭނުން ދުއްވާލަންވެސް ނޭގުމެވެ. ކުނި އަޅާނެ ޑަސްބިނެއް ކައިރީގައި ހުއްޓަސް އަޅަނީ ބޭރަށެވެ. ބާރަށް ދުއްވުމާއި ޕާކުކުރުމުގައި އެއްވެސް ޤާނޫނެއް ޤަވާއިދެއް ނޯވެއެވެ. ކޮންމެ ކަމެއްވެސް ވަރިހަމަވެފައެވެ. މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ މީހުންނާއި ރައްޔިތުން ދެކޮޅޭ ބުނާއިރު، މަސްތުވާތަކެތި ވިއްކާމީހުން އަތުގައި އެހާ ފައިސާ ގިނައީ ހަމަ ގައިމުވެސް މި މުސްލިން މުޖްތަމައުގައި އެމީހުންގެ އަތުން އެ ގަންނާނެ ބައިވަރު މީހުން ތިބީތީއެވެ. ސިޔާސީ މީހުންގެ ބޮލަށް މިކަން ކަނޑާލާފައި ފަރަކު ނުޖެހޭނެއެވެ. ކޮންމެ އިންތިހާބަކާއި ދިމާކޮށް ސިޔާސީ މީހުންނަށް ވޯޓު ވިއްކާލާއިރު ސިޔާސީ މީހާ އެ ފައިސާ ހޯދީ ކިހިނަކުންތޯއެވެ. އެއީ މަތިން ބާއްވާލެވުނު އެއްޗެއްކަމަށް ހީވަނީތޯއެވެ. ވިޔަފާރިވެރިންނާއި ޑްރަގް ޑީލަރުންގެ ބާރު ގަދަ ވާހަކަ ދައްކާއިރު، ހަޤީޤަތަކީ އެމީހުން އެހާ ބާރު ގަދަވެގެން އެ އުޅެނީ ރައްޔިތުން މިވަރަށް ރިޝްވަރު ނަގާތީއެވެ. ރަށުގެ އެންމެ ހަޔާތްކުޑަ މީހާއަށް ވޯޓު ވިއްކައިގެން ޤާނޫނު ހަދާ މަޖިލީހަށް އޭނަ ހޮވާތީއެވެ. މިއަދު ސިޔާސީ މީހުންގެ ފަރުދާއިން ނެއްޓި، ސީދާ ޑްރަޖް ޑީލަރުން އެދަނީ މަޖިލީހަށް ކުރިމަތިލަމުންނެވެ. އެމީހުންނަށްވެސް އިނގޭތީއެވެ. ފައިސާކޮޅަކުން ހޮވޭނެތީއެވެ.

މި ބަރަކާތްތެރި ރޯދަމަހުވެސް ކިތައް މީހުން އެކި ގޮތްގޮތަށް ރިޝްވަތު ނަގައިފިތޯއެވެ. ރޯދަމަސްކަމުން ޝައިތޯނާގެ ބޮލަކަށްވެސް މިކަން ކަނޑައެއް ނުލެވޭނެއެވެ. ހެއްދެވި ފަރާތުން އެ ހުއްޖަށްވެސް މި މުޖުތައުއަށް ނުދެއްކޭނެހެން ކަންކަން ތަރުތީބު ކުރައްވައިފިއެވެ. މަސްތުވާތަކެއްޗާ ދެކޮޅޭ ބުނާއިރު ބޮޑެތި ޑްރަގް ޑީލަރުން އިންތިހާބަށް ކުރިމަތިލައިގެން އެމީހުންގެ ނަމުގައި ކުޅިވަރު މުބާރާތްތައް އެބަ ބާއްވައެވެ. ރައްޔިތުން އަންބާކިޔާފައި މި މުބާރާތްތަކުގައި ބައިވެރިވާއިރު އެއީ އެފަދަ މީހުންނަށް ދެވޭ ހިތްވަރެއް ނޫންތޯއެވެ. މުބާރާތުގެ އެކި ވަނަތަކަށް އޭނަ ދޭ ފައިސާއަކީ ބަހާ ރިޝްވަތެއް ނޫންތޯއެވެ. އެއީ އޭނަ ކޮންތާކުން ހޯދި ފައިސާއެއްތޯއެވެ. މާދަން އޭނަ ވިއްކާ މަސްތުވާތަކެތީގެ ވަބާގައިޖެހި ތިމާގެ ދަރިން ހަލާކުވީމައި ދެން ސަރުކާރާއި ފުލުހުންނާއި ކޯޓުތަކަށް ހަޅޭއްލަވާނެއެވެ. އޭގެ ކުރިން ހަމަ ހެވިހެވިފައި އެމީހުން ކުރާ ހުރިހާކަމެއްގައި ބައިވެރިވަނީއެވެ. ގެއަށް ވޯޓް ހޯދަން އަންނަ މީހުންކައިރީ ގޭގެ ކަރަންޓްބިލް ދައްކަން، އެެއަރކޯނެއް ގަނެދޭން އެއްވެސް ލަދެއްނެތި ބުނާއިރު އެއީވެސް ރިޝްވަތެއް ނޫންތޯއެވެ.

ބަހަނާއަކަށް ބުނަނީ ރަނގަޅު އެކަކުވެސް ނެތޭއެވެ. ނޫނެކެވެ. ރަނގަޅުމީހުން މިހާރު ކުރިމަތިނުލަނީ ފައިސާ ބަހަައިގެން ނޫނީ ނުހޮވޭވަރު ރައްޔިތުން ކުރީތިއެވެ. ދެން ބަހާނާއަކަށް ބުނަނީ މަ ނުނެގިޔަސް އެހެން މީހުން ނަގާނެއެވެ. އެހެންވީމައި މަވެސް ވަކި ނެގުމަކުން ގޯހެއް ނެތްތާއެވެ. ސުވާލަކީ ތިބާއަށް ސުވަރުގެ ދެވިދެވި އޮއްވަ އެހެންމީހުން ނަރަކައަށް ދާތަން ފެނިއްޖެހިނދު މަވެސްދާނީ ނަރަކަައަށޭ އެހެން މީހުންވެސް އެދަނީ އެދިމާލަށޭ ތިބާ ބުނާނަންތޯއެވެ. ނޫނެކެވެ. ފައިދާ އޮތީ ސުވަރުގެ ވީމައި އެހެންމީހުން ކޮންމެ ދިމާލާކަށް ދިޔަސް ތިބާ ދުވާނީ ސުވަރުގެއަށެވެ. އެހެންވީމައި މިއަދު އެހެންމީހުންގެ ވާހަކަ ތިޔަ ދައްކަނީ ހަމަ އަމިއްލަ އެދުމުން ފުރިގެންގޮސް ބަންޑުންވާހިނދުވެސް، ބޮޑެ ފާފައެއް ކުރެވޭއިރުވެސް، އެކަން ރަނގަޅުކަމެއްގެ ގޮތުގައި އަމިއްލަ ނަފްސަށް ވިސްނައިދޭށެވެ. 12 އަހަރުގެ ކުދިންގެ ވާހަކަ ދައްކާއިރު ފައިސާގެ ދަހިވެތިކަމުގައި މުޖުތަމައު ހަލާކުވެ ވެއްޓިފައި އޮތްހާލު ނިކަން ދެކިބަލާށެވެ. މިއީ ފަގީރުކަމުން ބަނޑަށްޖެހިފައިވާ ޤައުމެއް ނޫނެވެ. ފަލަސްތީނު ރައްޔިތުން އެއުޅޭ ހާލުގައި އުޅެން ޖެހިއްޖެނަމަ ދިވެހިން ހަދާނީ ކިހިނެތްތޯއެވެ. ފަލަސްތީނުގެ ހައްޤުގައިވެސް ސައިކަލް ބުުރުތަކެއް ބާއްވިއެވެ. މަޖިލިސް އިންތިހާބާއި ޖެހުމުން ޔަހޫދީންނަށް ވާގިވެރިވާ ބްރޭންޑްތައް ވިއްކާ ވިޔަފާރިވެރިން ބޮއިކޮޓްކޯށްލާކަށް ނުކެރުނެވެ. މަޖިލިސް އިންތިހާބަށް ފައިސާ ބަހަނީ އެމީހުންވިއްޔައެވެ. ފައިސާގައި ޖެހިފައި ފަލަސްތީން މަތިންވެސް ހަދާން ނެތުނީއެވެ.

qSamulqSok raweC qnuyil

ވެރިން ކުރާ ވައްކަމާއި ދެކޮޅޭ ކިޔާފައި، ހަމަ އެ ފައިސާއަށް ވޯޓު ވިއްކާނުލާށެވެ

ވައްކަމުގެ ފާހަގައެވެ. ރައްޔިތުންގެ ފައިސާއެވެ. ކުންފުނިތަކާއި ވުޒާރާތަކެވެ. ވަކިތަނެއް ވަކި ގިންތިއެއް ނެތެވެ. ވެރިން ކެވުނު ގޮތަކަށް ކަނީއެވެ. ދައުރު ހަަމަވުމުން ކުރިމަތިލަނީ މަޖިލީހަށެވެ. އަނެއް ފަސް އަހަރު ކާށެވެ. އެހެން މަޤާމެއްގައި ހުރެއެވެ.

Read More »

މިނިވަންކަމުގެ އަސާސެއްގައި ރެނދުލައިފި

ސަރުކާރަށް އެ ލިބެނީ ލައިސެންސެކެވެ. މިނިވަންކަމުގެ އަސާސަކާއި ކުޅެލުމުގެ ލައިސެންސެކެވެ. ދެން އަންނާނީ ކަންމަތީ ފިހާރައާއި ދިމާލަށް ނޫންކަމެއް ނޭގެއެވެ. އެއަށްފަހު އާންމު މީހާ އޭނާގެ ޖީބުން ހަރުދު ކުރާނެ ގޮތްވެސް ކަނޑައަޅާނީ ސަރުކާރުންނެވެ. މި ދެވެނީ އެވަރުގެ ލައިސެންސެކެވެ

Read More »

ރޯދަމަހު ވޯޓު ވިއްކަން ދުވި ބަޔަކަށް ރީތީގެ މުބާރާތް ފެނި ހަރާމް ހަލާލް ހަދާންވެއްޖެ

އެއްވެސް އަހްލާގެއް ނެތް، ތައުލީމެއް ނެތް، އުޅުމެއް ނެތް، އެތައް ބަޔަކަށް ވޯޓު ވިއްކީއެވެ. ރައްޔިތުން ބުނަނީ ތިމަންނަމެން ބޭނުމީ މަސްތުވާތަކެއްޗާއި ދެކޮޅަށް ފިޔަވަޅު އަޅާށެވެ. ކޮރަޕްޝަން ހުއްޓުވާށެވެ. މަޖިލީހަށް ތައުލީމީ ޤާބިލް މީހުން ހޮވާށެވެ. ވިޔަފާރިވެެރިންގެ ކޮންޓްރޯލް ކުޑަކުރާށެވެ. ނަމަވެސް ވޯޓަކާއި ޖެހުމުން ވޯޓު ވިއްކާލަނީ އޭގެ އެންމެ އިދިކޮޅު މީހާއަށެވެ. ހަލާލް ހަރާމް ކީއްކުރަންތޯ، ތިމާމެންގެ އަމިއްލަ ބުނުމަށް ވެސް ހަރާންކޯރުވި ބައެކެވެ

Read More »