މަސްވެރިކަމުގެ ސިނާއަތަށް ފިކުރީ އިންޤިލާބެއް ބޭނުންވޭ

ރާއްޖޭގެ އުފަލާ އަރާމަކީ، އާދެ، މަސްވެރިކަމޭ ވާނަސީބަކީ، ކިޔާތީ ލަވަޔަކުން އަޑުއަހާ އުޅުނީމެވެ. ފުރަތަމަ ބައި ކަމުގައިވާ ‘އުފަލާ އަރާމަކީ’ އަށް ނުހަނު ބޮޑު ބަދަލެއް އަތުވެއްޖެއެވެ. ނަމަވެސް ހަޤީގަތަކީ އަދިވެސް ‘މަސްވެރިކަމޭ ވާނަސީބަކީ’ ބުނުމަކުން ގޯހަކަށް ނުވާނެއެވެ. ނަޒަރު ހިންގާލަން ޖެހެނީ ކާބަފައިންގެ ޒަމާނުގައި އުފަލާއި އަރާމަށްވީ ސިނާއަތް މިއަދު މާޔޫސްކަމާއި ބަނަކަމުން ފުރިގެންވާ ސިނާއަތަކަށްވީ ގޮތާއި ސަބަބުތަކަށެވެ. ކުރީ ޒަމާނުގައިވެސް މަސްވެރިކަން އުފަލާއި އަރާމު ގެނެސްދޭ ސިނާއަތަކަށް ވެގެން އުޅުނީ އެއީ ފަސޭހަ މަސައްކަތަކަށް ވެގެނެއްނޫނެވެ. މަސްވެރިކަމަކީ އަބަދުވެސް ބުރަ މަސައްކަތެކެވެ. ޒަމާނީ ވަސީލަތްތަކާއިއެކު މިއަދުވެސް އެއީ ބުރަ މަސައްކަތެކެވެ. ތަފާތަކީ ކުރީގައި މުޅި ދިރިއުޅުން އެ ސިނާއަތަށް ބަރޯސާވެ ކުރިއެރުވޭތީއެވެ. މިއަދު މިއީ ހަރަދުބޮޑު، މަންފާ ހޯދަން ދަތި ސިނާއަތެކެވެ

ޒަމާނަށް އައި ބަދަލުތަކާއިއެކު މަސްވެރިކަމުގެ ސިނާއަތަށް ބަދަލުތަކެއް އައިސްފިއެވެ. އޮޑިތައް ބޮޑުވެއްޖެއެވެ. ފިނިކުރާ ނިޒާމުތައް ހަރުކުރެވިއްޖެއެވެ. މަސްއުޅޭ ސަރަހައްދުތައް ދެނެގަނެވޭނެ ނިޒާމުތައް ހަރުކުރެވިއްޖެއެވެ. ނަމަވެސް ސިނާއަތުގެ ބެލެނިވެރި ފަރާތް އޮޑިތަކާއި އެއް ސްޕީޑެއްގައި ކުރިއަރައިގެނެއް ނުދިއައެވެ. މިއަދު މިއޮތް ހާލަތަކީ އެތައް ޒަމާނެއްގެ އިހުމާލުން އައިސްފައި އޮތް ހާލަތެކެވެ. މަސްވެރިކަން ކުރިއަރައިގެން ދިޔަ މިންވަރަށް ކޭޓަރ ކުރެވޭނެވަރަށް ކޯލްޑް ސްޓޯރޭޖްތަކެއް ނުހެދުނެވެ. މަސް ޕޮރޮސެސްކޮށް ދަޅުގައި ބަންދުކުރުމުގެ ކެޕޭސިޓީ އިތުރެއް ނުކުރެވުނެވެ. މިއަދު މިއިވެނީ ވާރުތަވި ދަރަނީގެ ވާހަކައެވެ. ނަމަވެސް ވާރުތަވީ ދަރަނިއެކަންޏެއް ނޫނެވެ. ވާރުތަވީ ވީރާނާވެފައިއޮތް ސިނާއަތެކެވެ

މަސްވެރިކަމުގެ ވުޒާރާއެއް އެބައޮތެވެ. ނުހަނު ގިނަ ޒިންމާތަކަކާއި އެކުއެވެ. މަސްވެރިކަމަށް ހާއްސަ ކުންފުންޏެއްވެސް އެބައޮތެވެ. ނަމަވެސް ދެފަރާތުންވެސް އަބަދުމެހެން މި އަވަދިވާންޖެހެނީ ނުދެވިހުރި ފައިސާކޮޅު ދެވޭތޯއެވެ. ހުރިހާ ހަކަތައެއް މިކަމަށެވެ. ސިޔާސީ ބޭނުމަށް މަސްގަންނަ އަގުވެސް ކުޅޭކުޅޭ އެއްޗަކަށްވެ، ކުންފުންޏެއްގެ ބޭނުން ކެނޑޭހިސާބަށް ވަނީ ގެންގޮސްފައެވެ. މިހުރިހާ ކަމެއް ހައްލުވާން އޮތީ މި ސިނާއަތުގައި އުޅޭ ހުރިހާ ފަރާތްތަކުގެ ވިސްނުމާއި ފިކުރަށްވެސް ބަދަލުތަކެއް އައިސްގެނެވެ. 48 ގަޑިއިރު ތެރޭގައި ފައިސާދޭނެކަމުގައި ވައުދުވެފައި އޮތަތީ އަބަދުމެހެން މިފެންނަނީ އެވާހަކަ ދައްކާތަނެވެ. ނަމަވެސް އެއީ މަސްވެރިކަމުގެ ސިނާއަތަށް ވެފައިވާ ހަމައެކަނި ވައުދެއް ނޫނެވެ. 48 ގަޑި އިރުގެ ވައުދަކީ ވެރިކަމުގެ ފުރަތަމަ ދުވަހު ފުއްދާ ވައުދެއްވެސް ނޫނެވެ. މިކިޔާލަދެނީ މި ވައުދުގެ ފަހަތުގައިވާ ވިސްނުމެވެ. މިއީ ފައިސާއަށްވުރެ މާ ފުޅާ ދާއިރާއެއްގައި ވިސްނައިގެން ދޫކޮށްލި ވައުދެކެވެ

މި ވައުދުގެ ފަހަތުގައިވާ ވިސްނުމަކީ މަސްވެރިކަމަކީވެސް އެހެން ވިޔަފާރިތަކެކޭ އެއްފަދައިން ނަފާ ލިބިގެން ހިންގޭ ވިޔަފާރިއަކަށް ވާންޖެހޭކަމެވެ. ހަމައަގޭ ކިޔާ ވަކި ސިޔާސީ ސްލޯގަނެއްގެ ތެރެއިން، ކަނޑައެޅޭ ސިޔާސީ އަގެއްގައި ރޭޓް ކަނޑައެޅިގެން ހިންގާ ސިނާއަތެއް ނޫންކަމުގައެވެ. އޭގެ ބަދަލުގައި، އެހެން ވިޔަފާރިތަކެކޭ އެއްފަދައިން މާރކެޓް ރޭޓްތަކަށް ބެލިގެން ކުރިއަށްދާ ސިނާއަތަކަށް ބަދަލުކުރުމުގެ ވިސްނުމެވެ. ވުޒާރާއަކީ މަސްވެރިންނަށް ވިޔަފާރީގެ މާހައުލު ފަހިކޮށްދީގެން ނަފާ ނެރެވޭނެ މަގުކޮށައިދޭ ތާކަށް ބަދަލުވުމުގެ ވިސްނުމެވެ. މިގޮތުން މައިގަނޑު ދެ ކަމަކަށް އަމާޒު ހިފުމެވެ. މަސްވެރިން ކުރަންޖެހޭ ހޭދަ ކުޑަކޮށްގެން ނަފާ އިތުރުކުރުމާއި، ސިނާއަތަށް ވިޔަފާރީގެ އައު ފުރުސަތުތައް ފަހިކޮށްދީގެން ނަފާ އިތުރުކުރުމެވެ

މަސްވެރިން ކުރަންޖެހޭ ހޭދަ ކުޑަކުރުމަށް ބަލާއިރު، އެއް ކުންފުނިން އަނެއްކުންފުންޏަށް ފައިދާ ލައިގެން ވިއްކާ ތެޔޮ، މަސްވެރިންނާއި ހަމައަށް ދާއިރު އެއަރާ އަގު ކުޑަކޮށް ބޭސް ރޭޓާއި ގާތްކުރާ އަގެއްގައި ތެޔޮ ފޯރުކޮށްދިނުމަށް އަމާޒު ހިފޭނެއެވެ. ޑިޖިޓަލް އެޕްލިކޭޝަންގެ ޒަރިއްޔާއިން، މަސްވެރިންނަށް އައިސް އަދި ތެޔޮ ލިބޭނެ ތަންތަން ފެންނަން ހުރުމީ ތެޔޮ އަންދައިގެން ކުރަންޖެހޭ ދަތުރުތައް ކުރުކޮށްދީ އަނެއްކާވެސް ހަރަދު ކުޑަކޮށްދޭން ކޮށޭނެ މަގެކެވެ. ވިޔަފާރީގެ ފުރުސަތުތައް ފުޅާކުރުމަށް، ތަފާތު ވައްތަރުގެ މަސްވެރިކަމަށް އޮތް ފުރުސަތުތައް ފަހިކުރަން ޖެހެއެވެ. މިކަމަށް ބޭނުންވާނެ ޤާނޫނީ އޮނިގަނޑުތައް ހަދަންޖެހެއެވެ. ބައިނަލަޤްވާމީ މުއާހަދާތަކާއި ހިލާފުނުވާނެހެން ކަންކަން އިންތިޒާމުކުރަން ޖެހެއެވެ. މަސް ގަނެވޭނެ މިންވަރު އިތުރުކުރަން، ސްޓޯރޭޖްތަކާއި ޕޮރެސެސިން ކެޕޭސިޓީ އިތުރުކުރަން ޖެހެއެވެ. ހުއްޓިފައިވާ އައިސް ޕްލާންޓްތައް އަލުން އޮޕަރޭޝަނަށް ގެންނަން ޖެހެއެވެ. ބޭރު މާރކެޓްތަކުގައި މަސްވެރިކަމުގެ އުފެއްދުންތައް މާރކެޓް ކުރުން އިތުރުކުރަން ޖެހެއެވެ. އައު މާރކެޓްތައް އުފައްދަން ޖެހެއެވެ. ހަޤީގަތުގައި އެތެރެއާއި ބޭރުގައި މަސްވެރިކަމުގެ އެކި އުފެއްދުންތައް މާރކެޓްކޮށް ވިޔަފާރިކުރެވޭނެ ގޮތް ފަހިކޮށްދޭން އެކަމަށް ހާއްސަ ކުންފުންޏެއްވެސް ބޭނުންވެއެވެ

48 ގަޑިއިރު ތެރޭގައި ފައިސާ ދެވެން އަންނަނީ މިހުރިހާ ކަމެއް ފުރިހަމަވެ މުޅި ސިނާއަތަށް އިންޤިލާބީ ބަދަލެއް އައިސްގެނެވެ. 48 ގަޑިއިރުތެރޭ ފައިސާ ދިނުމަކީ މިހުރިހާކަމެއް ހާސިލްވުމާއެކު ނުކުންނަ ނަތީޖާއެކެވެ. އެއީ މެޝިނަކުން ޗާޕުކޮށްގެން ފައިސާ ދޭހެން ކަމާކަންފަށާ ކުރާ ކަމެއްނޫނެވެ. ނަމަވެސް މިވަރުގެ ބަދަލެއް ސިނާއަތައް ގެންނައިރު ކުރިމަތިލާން ޖެހޭނެ ހަޤީގަތަކީ މަސްވެރިކަމަކީވެސް ޤައުމުގެ އެހެންކަމަކާއި ގުޅިފައިވާ ކަމެއްކަމެވެ. އެއްދުވަހަކުން ވީރާނާވެފައިވާ ސިނާއަތެއް އާރާސްތެއް ނުކުރެވޭނެއެވެ. ޤައުމުގެ އިޤްތިސާދީ ހާލަތާއި ދުނިޔެއަށް އަންނަމުންދާ ބަދަލުތަކަށް ރިޢާއަތް ކުރަން ޖެހޭނެއެވެ. މިއާއެކު މަޝްރޫއުތަކަށް ވަގުތުނަގާނެއެވެ. މިކަމަށް އެންމެ ފުރަތަމަ ބޭނުންވަނީ ވިސްނުމާއި ފިކުރަށް އިންޤިލާބީ ބަދަލެއް އައުމެވެ. ޒަމާނުއްސުރެ މިއޮތް ސަބްސިޑީ ދިނުމާއި، ވެރިކަން ފެށޭ ދުވަހު ހުރިހާ ކަމެއް ބަދަލުވެ ރަނގަޅުވާނެ ކަމުގެ ވިސްނުމާއި، މަސްވެރިކަމުގެ ވުޒާރާއާއި މިފްކޯއަކީ އަބަދު ފައިސާ ނުދެވިގެން އުޅެންޖެހޭ ބައެއްކަމުގައި ވިސްނިފައިވާ ވިސްނުމާއި، މަސްވެރިކަމަކީ ހަމައެކަނި ކަޅުބިލަމަހުގެ މަސްވެރިކަން ކަމުގައި ދެކުންފަދަ އެތައް ވިސްނުމެކެވެ. އޭރުން އެފެށުނީ ބަދަލަކާއި ދިމާލަށް ބާރު ސްޕީޑުގައި ކުރެވޭ ދަތުރެކެވެ. އެ ދަތުރު ނަތީޖާ ނިމޭނީ މަސްވެރިކަމުގެ މުޅި ސިނާއަތް އަލުން އުފަލާއި އަރާމު މަސްވެރި އާއިލާތަކަށް ގެނެސްދޭ، ޤައުމުގެ ނަސީބުކަމުގައި ވެގެންގޮސްގެނެވެ

qSamulqSok raweC qnuyil

Leave a Comment

Your email address will not be published. Required fields are marked *

ވެރިން ކުރާ ވައްކަމާއި ދެކޮޅޭ ކިޔާފައި، ހަމަ އެ ފައިސާއަށް ވޯޓު ވިއްކާނުލާށެވެ

ވައްކަމުގެ ފާހަގައެވެ. ރައްޔިތުންގެ ފައިސާއެވެ. ކުންފުނިތަކާއި ވުޒާރާތަކެވެ. ވަކިތަނެއް ވަކި ގިންތިއެއް ނެތެވެ. ވެރިން ކެވުނު ގޮތަކަށް ކަނީއެވެ. ދައުރު ހަަމަވުމުން ކުރިމަތިލަނީ މަޖިލީހަށެވެ. އަނެއް ފަސް އަހަރު ކާށެވެ. އެހެން މަޤާމެއްގައި ހުރެއެވެ.

Read More »

މިނިވަންކަމުގެ އަސާސެއްގައި ރެނދުލައިފި

ސަރުކާރަށް އެ ލިބެނީ ލައިސެންސެކެވެ. މިނިވަންކަމުގެ އަސާސަކާއި ކުޅެލުމުގެ ލައިސެންސެކެވެ. ދެން އަންނާނީ ކަންމަތީ ފިހާރައާއި ދިމާލަށް ނޫންކަމެއް ނޭގެއެވެ. އެއަށްފަހު އާންމު މީހާ އޭނާގެ ޖީބުން ހަރުދު ކުރާނެ ގޮތްވެސް ކަނޑައަޅާނީ ސަރުކާރުންނެވެ. މި ދެވެނީ އެވަރުގެ ލައިސެންސެކެވެ

Read More »

ރޯދަމަހު ވޯޓު ވިއްކަން ދުވި ބަޔަކަށް ރީތީގެ މުބާރާތް ފެނި ހަރާމް ހަލާލް ހަދާންވެއްޖެ

އެއްވެސް އަހްލާގެއް ނެތް، ތައުލީމެއް ނެތް، އުޅުމެއް ނެތް، އެތައް ބަޔަކަށް ވޯޓު ވިއްކީއެވެ. ރައްޔިތުން ބުނަނީ ތިމަންނަމެން ބޭނުމީ މަސްތުވާތަކެއްޗާއި ދެކޮޅަށް ފިޔަވަޅު އަޅާށެވެ. ކޮރަޕްޝަން ހުއްޓުވާށެވެ. މަޖިލީހަށް ތައުލީމީ ޤާބިލް މީހުން ހޮވާށެވެ. ވިޔަފާރިވެެރިންގެ ކޮންޓްރޯލް ކުޑަކުރާށެވެ. ނަމަވެސް ވޯޓަކާއި ޖެހުމުން ވޯޓު ވިއްކާލަނީ އޭގެ އެންމެ އިދިކޮޅު މީހާއަށެވެ. ހަލާލް ހަރާމް ކީއްކުރަންތޯ، ތިމާމެންގެ އަމިއްލަ ބުނުމަށް ވެސް ހަރާންކޯރުވި ބައެކެވެ

Read More »