އޮޕަރޭޝަން ކުރާ ގަޑިޖެހުނު އިރު ތިއޭޓަރު ތަޅުލާފައި

ނުވަ މަސްދުވަހުގެ ގަދަވޭނުގައި މައި މީހާ އުފުލާ ބުރައަކީ ނުހަނު ލޯތްބާއި، ކެތްތެތިކަމާއި، ފޮނި އުއްމީދުތަކަކާއި ހުވަފެންތަކަކާއި އެކު އުފުލާ ވޭނެކެވެ. އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ވިހަން ދިޔަ ދެމަފިރިންވެސް ދިޔައީ ހަމަ ނުހަނު ފޮނި ހުވަފެންތަކަކާއި އެކުއެވެ. ބަނޑުބޮޑުއިރު ގަވައިދުން ސްކޭންތައް ހެދިކަމަށް ދެމަފިރިން ބުނެއެވެ. އެއްވެސް މައްސަލައެއް ނެތްކަމަށް ހުރިހާ ސްކޭނަކުންވެސް ދެއްކިއެވެ. ވަރަށް ވެސް އުފާވެރިއެވެ. ވިހަން ޑޮކްޓަރ އަންގާފައިވާ ދުވަހަށް ހޮސްޕިޓަލަށްވެސް ގެންދެވުނެވެ

ވިހަން ހޮސްޕިޓަލަށްގޮސް ވިހެއުން ލަސްވުމުން، ޑޮކްޓަރު އެންގެވީ ހަވީރު ވަންދެން ބެލުމަށެވެ. އަދި އެއަށްފަހުވެސް އިތުރަށް މަޑުކޮށްލުމަށް ޑޮކްޓަރު އިރުޝާދު ދެއްވިއެވެ. ދެމަފިރިންވެސް ޑޮކްޓަރުގެ އިރުޝާދަށް އިހްތިރާމް ކުރިއެވެ. ފޯމެއްގައި ސޮއިވެސް ކުރުވިއެވެ. ފޯމުގައި، ކުއްލިއަކަށް އޮޕަރޭޝަން ކުރަންޖެހިއްޖެ ހާލަތެއްގައި އޮޕަރޭޝަން ތިއޭޓަރ ތައްޔާރަށް ހުންނާނެކަމަށް އޮތެވެ. ކެތްތެރިވެގެން ތިއްބައި، ދަންވަރު 12 ޖަހާކަށްހާއިރު، ޑޮކްޓަރު އައިސް ދެންނެވީ އޮޕަރޭޝަން ކުރަން ވަންނަންވީ ކަމުގައެވެ. އޮޕަރޭޝަން ތިއޭޓަރާއި ހަމައަށް ދިޔައިރު އެތަން ހުރީ ތަޅުލާފައެވެ. އެއްވެސް މުވައްޒަފެއް ނެތެވެ. ޑޮކްޓަރުގެ މަސައްކަތުން، މުވައްޒަފުންނަށް ގުޅައިގެން ގެނެސް، އޮޕަރޭޝަން ތިއޭޓަރ ހުޅުވާ އޮޕަރޭޝަން ފެށޭވަރުވީ މެންދަމު 2 ޖަހަން އުޅެނިކޮށެވެ

މާތްﷲގެ ރަޙްމަތްފުޅުން، ދަރިފުޅު ސަލާމަތްވިއެވެ. ނަމަވެސް ވާހަކަދައްކަން ފެށުމުގައި އަދި ހިނގާ އުޅުމުގައި ލަސްކަމެއް އެބަހުއްޓެވެ. ބޭރު ޤައުމަކަށް ގޮސް ޓެސްޓްތައް ހެދޭތޯވެސް އުޅެފިއެވެ. އަދި ދަރިފުޅު މާ ކުޑަވީމަ މާ ބައިވަރު ޓެސްޓުތަކެއް ހެދޭކަށް ނެތެވެ. އާއިލާ ތިބީ ނުހަނު ބޮޑު ކަންބޮޑުވުމެއްގައެވެ. މައްސަލަ ޖެއްސުމުން ހޮސްޕިޓަލުން ބުނީ ސިޓީ އަކުން ރަސްމީކޮށް މައްސަލަ ހުށަހެޅުމަށެވެ. މިހާރު 2 އަހަރު ވެއްޖެއެވެ. އަދިވެސް ޖަވާބެއް ނުލިބެއެވެ. ވަޒީފާގެ ގޮތުން ކުއްޖާގެ ބައްޕައަށް ފާޅުގައި މީސްމީޑިއާގައި އަޑުއުފުލާ ނުހެދެއެވެ. ވަޒީފާއިން ވަކިކޮށްފިނަމަ އެއީ އާއިލާ އަށް މިވަގުތު ލިބޭނެ އިތުރު ހިތްދަތިކަމެކެވެ. އަޅުގަނޑުމެންގެ ބޭނުމަކީ މިފަދަ އާއިލާތަކުގެ އަޑުވެސް ކަމާ ބެހޭ ފަރާތްތަކުގެ ކަންފަތާއި ހަމައަށް ގެންގޮސް ދިނުމެވެ

qSamulqSok raweC qnuyil

Leave a Comment

Your email address will not be published. Required fields are marked *

ވެރިން ކުރާ ވައްކަމާއި ދެކޮޅޭ ކިޔާފައި، ހަމަ އެ ފައިސާއަށް ވޯޓު ވިއްކާނުލާށެވެ

ވައްކަމުގެ ފާހަގައެވެ. ރައްޔިތުންގެ ފައިސާއެވެ. ކުންފުނިތަކާއި ވުޒާރާތަކެވެ. ވަކިތަނެއް ވަކި ގިންތިއެއް ނެތެވެ. ވެރިން ކެވުނު ގޮތަކަށް ކަނީއެވެ. ދައުރު ހަަމަވުމުން ކުރިމަތިލަނީ މަޖިލީހަށެވެ. އަނެއް ފަސް އަހަރު ކާށެވެ. އެހެން މަޤާމެއްގައި ހުރެއެވެ.

Read More »

މިނިވަންކަމުގެ އަސާސެއްގައި ރެނދުލައިފި

ސަރުކާރަށް އެ ލިބެނީ ލައިސެންސެކެވެ. މިނިވަންކަމުގެ އަސާސަކާއި ކުޅެލުމުގެ ލައިސެންސެކެވެ. ދެން އަންނާނީ ކަންމަތީ ފިހާރައާއި ދިމާލަށް ނޫންކަމެއް ނޭގެއެވެ. އެއަށްފަހު އާންމު މީހާ އޭނާގެ ޖީބުން ހަރުދު ކުރާނެ ގޮތްވެސް ކަނޑައަޅާނީ ސަރުކާރުންނެވެ. މި ދެވެނީ އެވަރުގެ ލައިސެންސެކެވެ

Read More »

ރޯދަމަހު ވޯޓު ވިއްކަން ދުވި ބަޔަކަށް ރީތީގެ މުބާރާތް ފެނި ހަރާމް ހަލާލް ހަދާންވެއްޖެ

އެއްވެސް އަހްލާގެއް ނެތް، ތައުލީމެއް ނެތް، އުޅުމެއް ނެތް، އެތައް ބަޔަކަށް ވޯޓު ވިއްކީއެވެ. ރައްޔިތުން ބުނަނީ ތިމަންނަމެން ބޭނުމީ މަސްތުވާތަކެއްޗާއި ދެކޮޅަށް ފިޔަވަޅު އަޅާށެވެ. ކޮރަޕްޝަން ހުއްޓުވާށެވެ. މަޖިލީހަށް ތައުލީމީ ޤާބިލް މީހުން ހޮވާށެވެ. ވިޔަފާރިވެެރިންގެ ކޮންޓްރޯލް ކުޑަކުރާށެވެ. ނަމަވެސް ވޯޓަކާއި ޖެހުމުން ވޯޓު ވިއްކާލަނީ އޭގެ އެންމެ އިދިކޮޅު މީހާއަށެވެ. ހަލާލް ހަރާމް ކީއްކުރަންތޯ، ތިމާމެންގެ އަމިއްލަ ބުނުމަށް ވެސް ހަރާންކޯރުވި ބައެކެވެ

Read More »