ޓެކްސްތައް ބޮޑު ނުކޮށް މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަންވީ

ޓެކްސްއާއި ގުޅޭ ބިލް ތަސްދީގުކުރެވި ރައްޔިތުންގެ ޖީބުން ޓެކްސް ނެގެން ފެށީ 2010 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަމުގައެވެ. 2022 ވަނަ އަހަރު، އެމް.ޑީ.ޕީގެ އަގްލަބިއްޔަތު އޮތް މަޖިލީހުން، މިހާރުގެ ނައިބު ރައީސް، އޭރުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރުގެވެސް ވޯޓާއިއެކު ޓީޖީއެސްޓީ އަދި ޖީއެސްޓީ ބޮޑުކުރިއެވެ. އޭގެ ފަހުން އަދި ދެ އަހަރުވެސް ނުވެއެވެ. އަނެއްކާވެސް މިއޮތީ ޓެކްސް ބޮޑުކުރަން މަޖިލީހަށް ހުށަހަޅާފައެވެ. މިފަހަރު ޕީ.އެން.ސީގެ ސަރުކާރުންނެވެ. ހަރަދުތައް މެނޭޖްނުކުރެވިގެންނެވެ. ހުއްޖަތަކީ ޤައުމުގެ އިޤްތިސާދީ ހާލަތު ރަނގަޅު ކުރުމަށެވެ. ނަމަވެސް މިކަންކަން ކުރުމަށް އޮތް ހަމައެކަނި ގޮތަކީ ރައްޔިތުންގެ ޖީބަށް އަތްކޮށްޕުން ނުވަތަ ރަންބިސް އަޅާ ކުކުޅުގެ ބަނޑުފަޅާލުން ބާވައެވެ

ކުރީ ސަރުކާރުން ބޮޑުކުރި ޓެކްސްތަކުގެ ހަގީގީ މަންފާ މިކުރަނީ މި ސަރުކާރަށެވެ. ނަމަވެސް އެވަރުންވެސް ހަރަދުތައް ދެކޮޅު ޖެހޭކަމަކަށް ނުވިއެވެ. ސިޔާސީ މަޤާމުތައް ނުކަތާވަރަށް ގިނައެވެ. ކޮންމެވެސް ސަބަބަކާއި ހެދި، އެމް.އެން.ޕީ، އެމް.ޑީ.އޭ އަދި ޖޭޕީގެ މެމްބަރުންނަށް މަޤާމުތައް ދޭން މަޖުބޫރެވެފައިވާ ފަދައެވެ. އެޕާޓީތަކުން ރާވައިގެން އެއްބަޔަކު ސަރުކާރާއި ދެކޮޅަށް މަސައްކަތްކުރާ އިރުވެސް، ޕީ.ޕީ.އެމް ޕީ.އެން،ސީގެ އެތައް މެމްބަރުންނެއް މަގުމަތިކޮށްފައިވެސް އެ ޕާޓީތަކުގެ މެމްބަރުން މަޤާމުތަކުގައި އެބަ ބައިތިއްބައެވެ. ޤައުމު އިނދަޖެހޭއިރުވެސް، ސަސްޕެންޝަންގައި ބައިތިއްބައިގެން މުސާރަދޭންޖެހޭ ބަޔަކުވެސް އެބަތިއްބެވެ. ސިޔާސީ މަޤާމުތަކުގެ އަދަދު މަދު ނުކުރާތަނުގައި، ސިޔާސީ މަޤާމުތަކުގެ މުސާރަ ކުޑަކުރުމެއްވެސް ނެތެވެ

މަޖިލިސް މެމްބަރުންނަށް ބެލިކަމުގައިވިޔަސް، މުސާރައާއި ކޮމެޓީ އެލަވަންސްއާއި، ހެލްތް އިންސިއުރެންސް ސްކީމްތަކާއި، ހެދުނާއި މެންދުރުގެ ކެއުމާއިއެކު ދައުލަތަން ބޮލަކަށް މަހަކު ލައްކައަކަށްވުރެ ގިނައިން ހަރަދުކުރާނެއެވެ. މެމްބަރުންގެ މުސާރަކުޑަކުރުމުގެ ވިސްނުމެއް ނެތެވެ. ވަޒީރުންގެ މުސާރަ ކުޑަކުރުމުގެ ވިސްނުމެއް ނެތެވެ. ކުރީގެ ރައީސުންނާއި ޤާޒީންނަށް ދޭ އިނާޔަތްތައް ކުޑަކުރުމުގެ ވިސްނުމެއް ނެތެވެ. މީގައި މަޖިލިސް މެމްބަރުންނާއި ސިޔާސީ މީހުން އެކަނި ގޯސްކުރެވޭކަށްވެސް ނެތެވެ

އަޅުގަނޑަކީ މަޖިލިސް އިންތިހާބުގައި މެމްބަރުންގެ މުސާރަކުޑަކުރުމަށާއި، ކޮމެޓީ އެލަވަންސް ކަނޑާލަން އަދި ހެލްތް އިންސިއުރެންސަކަށް ހަމައެކަނި އާންމު ރައްޔިތުމީހާއަށްވެސް ލިބޭ ގޮތަށް އާސަންދަ ލިބޭނެ ގޮތް ހަމަޖައްސަން ވަކާލާތުކުރި މީހެކެވެ. ދާއިރާގެ ގިނަ މީހުންނަކަށް ކަމަކު ނުދިޔައެވެ. ބޭނުންވީ ފައިސާ ބަހާނެ ކެންޑިޑޭޓެކެވެ. ބޭނުންވީ ވޯޓު ވިއްކާށެވެ. ހީވީ އީދެއް އައިހެންނެވެ. އެކަމަކު ރައްޔިތުންވެސް ކޮރަޕްޝަނާއި ދެކޮޅެވެ. ފައިސާ ނުބަހާތީ މުސާރަކުޑަކުރަން ގޮވާލާ މީހަކަށް ވޯޓުލާކަށް ބޭނުމެއް ނުވިއެވެ. އެ ހިތްވަރެއް ރައްޔިތުންގެ ވެސް ނެތެވެ. ދެން ޓެކްސްތައް ބޮޑުކޮށް، މުދަލުގެ އަގު އުފުލުމުން ހަމައެކަނި ސިޔާސީ މީހާ ގޯސްކޮށްލާފައި، ގޭގެ ސިޓިން ރޫމްގައި އިނދެ އޭނަ ގޯސް މީނަ ގޯސް ރަނގަޅު އެކަކުވެސް ނެތޭ ގޮވަނީއެވެ. ކޮފީ މޭޒުތަކުގައި ރަހްމަތްތެރިންނާއި އެކު އަނގަތަޅާއިރު ދުނިޔެމަތީގެ ނޭގޭ ކަމެއް ނޯވެއެވެ. ނުކުންނަ ގޮތަށް ވޯޓު ވިއްކާލަނީ ރަށުގައި އުޅޭ އެންމެ ގޮތް ކުޑަމީހާއަށެވެ. ގޯހީ ހަމައެކަނި ސިޔާސީ މީހާތޯއެވެ. ތާކުންތާކު ނުޖެހޭ ބަޔަކަށް ވޯޓު ވިއްކި މީހުން ހަމަ ބަރާބަރެވެ

qSamulqSok raweC qnuyil

ވެރިން ކުރާ ވައްކަމާއި ދެކޮޅޭ ކިޔާފައި، ހަމަ އެ ފައިސާއަށް ވޯޓު ވިއްކާނުލާށެވެ

ވައްކަމުގެ ފާހަގައެވެ. ރައްޔިތުންގެ ފައިސާއެވެ. ކުންފުނިތަކާއި ވުޒާރާތަކެވެ. ވަކިތަނެއް ވަކި ގިންތިއެއް ނެތެވެ. ވެރިން ކެވުނު ގޮތަކަށް ކަނީއެވެ. ދައުރު ހަަމަވުމުން ކުރިމަތިލަނީ މަޖިލީހަށެވެ. އަނެއް ފަސް އަހަރު ކާށެވެ. އެހެން މަޤާމެއްގައި ހުރެއެވެ.

Read More »

މިނިވަންކަމުގެ އަސާސެއްގައި ރެނދުލައިފި

ސަރުކާރަށް އެ ލިބެނީ ލައިސެންސެކެވެ. މިނިވަންކަމުގެ އަސާސަކާއި ކުޅެލުމުގެ ލައިސެންސެކެވެ. ދެން އަންނާނީ ކަންމަތީ ފިހާރައާއި ދިމާލަށް ނޫންކަމެއް ނޭގެއެވެ. އެއަށްފަހު އާންމު މީހާ އޭނާގެ ޖީބުން ހަރުދު ކުރާނެ ގޮތްވެސް ކަނޑައަޅާނީ ސަރުކާރުންނެވެ. މި ދެވެނީ އެވަރުގެ ލައިސެންސެކެވެ

Read More »

ރޯދަމަހު ވޯޓު ވިއްކަން ދުވި ބަޔަކަށް ރީތީގެ މުބާރާތް ފެނި ހަރާމް ހަލާލް ހަދާންވެއްޖެ

އެއްވެސް އަހްލާގެއް ނެތް، ތައުލީމެއް ނެތް، އުޅުމެއް ނެތް، އެތައް ބަޔަކަށް ވޯޓު ވިއްކީއެވެ. ރައްޔިތުން ބުނަނީ ތިމަންނަމެން ބޭނުމީ މަސްތުވާތަކެއްޗާއި ދެކޮޅަށް ފިޔަވަޅު އަޅާށެވެ. ކޮރަޕްޝަން ހުއްޓުވާށެވެ. މަޖިލީހަށް ތައުލީމީ ޤާބިލް މީހުން ހޮވާށެވެ. ވިޔަފާރިވެެރިންގެ ކޮންޓްރޯލް ކުޑަކުރާށެވެ. ނަމަވެސް ވޯޓަކާއި ޖެހުމުން ވޯޓު ވިއްކާލަނީ އޭގެ އެންމެ އިދިކޮޅު މީހާއަށެވެ. ހަލާލް ހަރާމް ކީއްކުރަންތޯ، ތިމާމެންގެ އަމިއްލަ ބުނުމަށް ވެސް ހަރާންކޯރުވި ބައެކެވެ

Read More »