ހައްޖުގެ އަޅުކަމަށްވެސް ރިޝްވަތު

ރިޝްވަތުގެ ވަބާ ބޮޑުވަމުން އައިސް މިހާރު މިއޮތީ ހައްދުފަހަނަ އަޅާފައެވެ. އެޅި ކޮޅަކަށް މަރުދަންޖެހޭ ފަދައިން ރިޝްވަތު ބެހުމާއި ހިފުމުގައިވެސް ދިވެހިން ހައްދުފަހަނައެޅީއެވެ. ޖާޒީބަޔަކަށް ނުވަތަ ދަޅު ކޭހަކަށް ވޯޓު ވިއްކާލަން ފެށި މީހުން، ހާހުން އަގު ކިޔަމުން ގޮސް މިއަދު ވިއްކާލަނީ ވަޒީފާއަކަށް ނުވަތަ މަޤާމުގެ ކުރިއެރުމަކަށެވެ. ކުރިންވިއްޔާ ރިޝްވަތުގެ ފާފައިން ލިބޭ ހާހެއްހާ ރުފިޔާ އަނދާއަޅިޔަށްވީމައި ނިމުނީއެވެ. މިހާރު މުސާރައިގެ ގޮތުގައި ކޮންމެ މަހަކު ލިބޭނީ އަލިފާނެއެވެ. އަނބިދަރިންނަށް ކޮންމެ މަހަކު ކާންދޭނީ އަލިފާނެއެވެ