ހައްޖުގެ އަޅުކަމަށްވެސް ރިޝްވަތު

ދިވެހިންނަކީ އެޅިކޮޅަކަށް ގޮސް ހުސްވާބަޔެކޭ ކިޔާއުޅެއެވެ. ދިމަކުރާތީ ނިޒާމު އައިސް ބީސްސާލި ހިސާބުންވެސް އެޅީ ހައްދުފަހަނައެވެ. ސިޔާސީ ޕާޓީތަކަށް މަރުދިންދިނީނުން، އާއިލީ ގުޅުން ކަނޑާ ރަހްމަތްތެރިންނާއި ފެޔަށް ޖެހުނެވެ. ތިމާ ތާއިދުކުރާ ފިކުރަކަށް ނުވަތަ ލީޑަރަކަށް ފާޑުކިޔުން އެއީ ބޮޑު ފާފައެއް ފަދައެވެ. އެހާ ސިޔާސީ ވެގެން އުޅޭއިރުވެސް އިދިކޮޅު ޕާޓީއެއްގެ ބޭނުމަކީ ފާޑުކިޔައިގެން ވެރިކަމުގައި ތިބި ބަޔަކު ކަންނެތްވިޔަނުދީ، ކަންފެށޭހަކޮށްލިޔަނުދީ، މަސައްކަތްތައް ފުރިހަމައަށް ނިންމަން ޕްރެޝަރ ކުރުންކަމެއް ގިނަ މީހުންނަކަށް ނުވިސްނެއެވެ. ސިޔާސީ ވެގެން ހައްދުފަހަނަ އެޅި އިރު ބަރުލަމާނީ ނިޒާމަކާއި ރިޔާސީ ނިޒާމެއްގެ ތަފާތުވެސް ގިނަ މީހުންނަށް ނުވިސްނެއެވެ. ރަށުގައި ބަނދަރު އަޅަނީ ދާއިރާގެ މެމްބަރު ނޫންކަމެއް، ޤާނޫނު ހަދާނީ ސަރުކާރަކުން ނޫންކަން އަދިވެސް ގިނަ ބަޔަކަށް ނޭގެއެވެ. އެކަމަކު ކޮފީ މޭޒުތަކުގައި މޮޅު އަނގަތަޅާއިރު ނޭގޭ ކަމެއް ނޯވެއެވެ. ބޭނުންވަނީ ކަންކަން ރަނގަޅު ކުރާނެ ވެރިންނޭ ކިޔާފަގޮސް ސަތޭކަ ރުފިޔާއަށް ވޯޓު ވިއްކާލަނީއެވެ. ދެން ގޭ ސިޓިންގ ރޫމުގައި އިދެ، އޭނަ ގޯސް، މީނަ ގޯސް، ރަނގަޅު އެކަކުވެސް ނެތޭ ބަންޖެއްހެން ކިޔަނީއެވެ. ތާކުންތާކު ނުޖެހޭ މީހަކަށް ވޯޓު ވިއްކާލާފަ އައީ ތިމާއެވެ. ހަޤީގަތުގައި ހުރިހާ ގޯހެއްގެ ފެށުމަކީ ވޯޓު ވިއްކާލާ މީހުންނެވެ

ރިޝްވަތުގެ ވަބާ ބޮޑުވަމުން އައިސް މިހާރު މިއޮތީ ހައްދުފަހަނަ އަޅާފައެވެ. އެޅި ކޮޅަކަށް މަރުދަންޖެހޭ ފަދައިން ރިޝްވަތު ބެހުމާއި ހިފުމުގައިވެސް ދިވެހިން ހައްދުފަހަނައެޅީއެވެ. ޖާޒީބަޔަކަށް ނުވަތަ ދަޅު ކޭހަކަށް ވޯޓު ވިއްކާލަން ފެށި މީހުން، ހާހުން އަގު ކިޔަމުން ގޮސް މިއަދު ވިއްކާލަނީ ވަޒީފާއަކަށް ނުވަތަ މަޤާމުގެ ކުރިއެރުމަކަށެވެ. ކުރިންވިއްޔާ ރިޝްވަތުގެ ފާފައިން ލިބޭ ހާހެއްހާ ރުފިޔާ އަނދާއަޅިޔަށްވީމައި ނިމުނީއެވެ. މިހާރު މުސާރައިގެ ގޮތުގައި ކޮންމެ މަހަކު ލިބޭނީ އަލިފާނެއެވެ. އަނބިދަރިންނަށް ކޮންމެ މަހަކު ކާންދޭނީ އަލިފާނެއެވެ. އަދި އެ މަޤާމާއި ވަޒީފާ ލިބުނީ ހައްޤުވާ އެހެން ފަރާތެއްގެ ހައްޤު ނިގުޅައިގަނެގެން ކަމުގައިވާނަމަ އަދި އާޙިރުގައި އަންނަން އޮތް ރޯޅި މާބޮޑުތާއެވެ. ނަމަވެސް ހުރިހާކަމެއް ވަރިހަމައެވެ. ރަށަށް ޑޮލަރު ވަންނާތީ ގެސްޓްހައުސްތަކުގައި ރާވިއްކުން އޯކޭވި ބައެކެވެ. ތިމާގެ ދަރިއަށް މަސްތުވާތަކެތި ވިއްކާ ޑްރަގް ލޯޑު ފަންޑު ކުރާ މީހާއަށް ވޯޓު ވިއްކާލި ބައެކެވެ. ފައިސާ ލިބެންޔާ ރިބާވެސް އޯކޭވި ބައެކެވެ. ދެން ހައްޖަށް ދާން ސްލޮޓެއް ހޯދަން ރިޝްވަތު ނުބަހާ ތިބޭނެތޯއެވެ. ބައެއް ފަހަރު ހިތައް އަރައެވެ. ދިވެހިން މިހާރު ހީކުރަނީ ހެއްދެވި ފަރާތަށްވެސް އޮޅުވާލެވޭނެކަމަށްބާވައެވެ. ޤައިމު ރިޝްވަތު ދީގެން އަދާކުރާ ހައްޖެއް އެ ފަރާތުން ޤަބޫލުކުރައްވާނެކަމަށް އަމިއްލައަށް ޤަބޫލުކުރެވޭނީ، ތިމާ ބެހި ރިޝްވަރު އެކަލާނގެއަށް ފޮރުވޭނެކަމަށް ޤަބޫލުކުރެވޭތީތާއެވެ

ރޯގާތަކާއި ބަލިތަށް ގިނަވާތީ ޗުއްޓީގައި ސަމާލުވުމަށް އެދި ކަމައިބެހޭ ފަރާތްތަކުން އިރުޝާދު ނެރެފައި އެބައޮތެވެ. ޗުއްޓީއަކީ ހައްޖުގެ އަޅުކަމާއި ގުޅިގެން އަންނަ ޗުއްޓީއެކެވެ. ދެ އީދަކީވެސް އަޅުކަމަކާއި ގުޅިގެން އަންނަ އީދެކެވެ. ރޯދަމަހު ތިރީސްދުވަހު ބަރާބަރަށް ނަމާދުކޮށްލުމުގައި ހިފަހައްޓާނުލެވެއެވެ. މިފަހަރު ރޯދަމަހުގެ ފަހު ދިހައެއް ދިމާވީ މަޖިލިސް އިންތިހާބުގެ ކެމްޕޭނާއެވެ. ރިޝްވަތު ނަގާ ބެހުމުގައި އެންމެން އަވަދިވީ ފަހުދިހައެއްގައެވެ. ރޯދަމަސްކަމުން ޝައިތޯނާގެ ބޮލަކަށްވެސް ނުޖެހޭނެއެވެ. މިވަރު ބަޔަކު އީދު ފާހަގަކުރަނީ ހަވާ އަރުވާ، ނާޗަރަންގީ ކުޅެ، މަސްތުވާތަކެތި ބޭނުންކޮށް، ގައިގޯޅިވެ ފެންޖަހާ ކުލަޖަހައިގެންނެވެ. ބަރަކާތްތެރި ރޯދަމަސް ނިމިގެން އަންނަ އީދު ފާހަގަކުރަނީ، އެއްޖިންސުން ގުޅުން ހިންގާ ޝިފާ ރަށަށް ގެންގޮސް އަގު ދީގެން ނައްޓުވައިގެންނެވެ. ހައްޖު ދުވަހު ރޯދައަށްވެސް ހުރެލެވެނީ މަދު މީހަކަށެވެ. ކޮންމެ ދުވަހަކު އަދާކުރަންޖެހޭ ފަސް ނަމާދު އެއީ އަމުދުން ކުރެވޭ ކަމެއް ނޫނެވެ. ނަމަވެސް އީދު ފާހަގަކޮށްލާއިރު ހީވަނީ، އަހަރުގެ ބާކީބައި ސަޖިދައިން ނުތެދުވެ ތިބި ބައެއްހެނެއެވެ. ދެން ސަމާލުވާންވީ ރޯގާއަށްތޯ ނުވަތަ އާންމުވެގެންވާ ބޮޑު އަޒާބެއް އަތުވެދާނެކަމަށްތޯއެވެ

ބަހަނާއަކަށްވާނީ އެހެން މީހުންވެސް ރިޝްވަތު ނަގަނީއެވެ. ވަކި މަ ނުނަގާންވީ ކީއްވެތޯއެވެ. ތިމާއަށް ސުވަރުގެ ދެވިދެވި އޮތަސް އެހެން މީހުން ދަނީ ނަރަކަށްނަމަ، ރޮއެ އާދޭސްކޮށްގެންވެސް ނަރަކަށްދާން ބޭނުންވާނެތޯއެވެ. ނުވާނެއެވެ. އެހެންވީމައި ބޭކާރު ބަހަނާ ނުދައްކާށެވެ. ދެން އަންނާނީ ފާޑުކިޔުމެކެވެ. ތިއީ ވަކި މާރަނގަޅު މީހެއްހެއްޔެވެ. އާދެ ޖަޒުބާތުވީއެވެ. ދިވެހިންނަށް ހެޔޮގޮތް ކިޔާދެވޭނީ ހަމައެކަނި މަލާއިކަތް ބޭކަލުންނަށެވެ. ނަމަވެސް ހެއްދެވި ފަރާތުން އިންސާނުންނަށް، މުސްލިމުންނަށް އަންގަވާފައިވަނީ ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން ނަހީކުރުމަށެވެ. ހަމަޤައިމުވެސް، އިންސާނުންނަކީ ކުށްކުރެވޭނެ ބައެއްކަން މޮޅަށް ދެނެވޮޑިގެންވާ އިލާހް ދެއްވި އިރުޝާދެކެވެ. އެއަށް ގޮންޖަހަން ނޫޅޭށެވެ. ދެން ބުނާނީ މިއީ ނަސޭހަތް ދިނުމެއް ނޫނެވެ. މިއޮތީ ހުސްފާޑުކިޔުމެވެ. އަބަދު ދޮންފުތުކޮށްގެން މަޑުމަޑުން ކިޔާދޭން ތިއީ ދުވަސް ނުފުރޭ ތުއްތުކުދިންތަކެއްތޯއެވެ. ހުކުރު ހުތުބާތަކުންނާއި، ދީނީ ނަސޭހަތްތަކުން އޮންނާނީ މަޑުމައިތިރިކޮށް ތިޔަބުނާ ދޮންފުތުކޮށް ރިޝްވަތުގައި ނުހިފާން ނެސޭހަތް އަޑުއިވިފައެވެ. ދުނިޔެވީގޮތުންވެސް ރިޝްވަތަކީ އޭގެ ސަބަބުން މުޅިތަން ފިތުނަވެ ހަލާކުވާކަމެއްކަން އެކި ރިޕޯޓުތަކުންނާއި ޙަބަރުތަކުން ފެންނާނެއެވެ. ފާފައަށް އަރައިގަންނަނީ ނޭގިގެނެއް ނޫނެވެ. އެ ހުއްޖަތެއް ނުދެއްކޭނެއެވެ. ނޭގޭ ކަމަށް ހެދިގެންނެވެ. މިފާޑުކިޔުން ކިޔާފައިވެސް އިސްލާހުވެވޭތޯ ބަލާށެވެ. އާޙިރުގައި ފައިދާވާނީ ހަމަ ތިބާއަށާއި ތިބާގެ އާއިލާއަށެވެ. މި ހައްޖު ދުވަހަކީ އަހަރުމެން ރިޝްވަތުގެ ވަބާއާއި އެކީ ދުރުވާން އަޒުމުކަނޑައަޅާ ދުވަހަށް ހަދަމާތޯއެވެ

Leave a Comment

Your email address will not be published. Required fields are marked *

ކޮޅިގަނޑު މެދުން ފަޅުވެރިން ބަދަލުކުރުން

ޤައުމަކާއި ނަވެއް އަޅާކިޔާނަމަ، ރައީސް އަކީ ކައްޕިއެވެ. ވަޒީރުންނަކީ ފަޅުވެރިންނެވެ. ކޮންމެ ފަޅުވެރިއަކާއި ވަކި ކަމެއް ހަވާލުކުރެވިފައިވާނެއެވެ. ފަޅުވެރިންގެ ދަށުން އެހީތެރިންވެސް ތިބޭނެއެވެ. އެއްވެސް އުސޫލެއް ހައްދެއް ނެތި އެހީތެރިން އޮޑިއަށް އޮއްސާލުމަކީ ހަމަޖެހޭ ކައްޕިއެއް ކުރާނެކަމެއް ނޫނެވެ. އަދި އެހެންމެ ގަދަ ކޮޅިގަނޑެއްގައި ފަޅުވެރިން ބަދަލުކުރާކަށްވެސް ކައްޕިއެއް ނޫޅޭނެއެވެ

<- އިތުރަށް ކިޔާލުމަށް

މަޖިލިސް ޖަލްސާއެއް ނުބާއްވާތާ މަސް ދުވަސް، އެކަމަކު ހަރަދު ކުޑަ ކުރަން ފަށަނީ ނިކަމެތިންގެ ވަޒީފާގަނޑުން

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ 5 ފެބްރުއަރީގައެވެ. މިހާތަނަށް ބާއްވާފައި ވަނީ އެންމެ 5 ޖަލްސާއެވެ. މެއި މަހު 15 ވަނަ ދުވަހު، މި އަހަރުގެ ފުރަތަމަ ދައުރު ހަަމަވެ އަނެއްކާވެސް މެމްބަރުން ދާނީ މަސް ދުވަހުގެ ޗުއްޓީއަކަށެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ދައުރުގެ ތެރޭގައި ބާއްވަން ޖެހެނީ ހަފްތާއަކު މަދުވެގެން ތިން ޖަލްސާއެވެ. މިވަރުވެސް ކޮށްނުލެވި މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ

<- އިތުރަށް ކިޔާލުމަށް

ވަކި ކުލައަކަށް ނޫނެވެ. މިއީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ

ރައްޔިތުން މި ނަގައިދިން ފިލާވަޅު ދަސްނުވެއްޖެނަމަ ދެންވެސް އޮތީ ހިތި ނަތީޖާއެވެ. އަބަދަކު އާރާއި ބާރަކު ނުތިބެވޭނެއެވެ. ދެންވެސް ކާމިޔާބު އޮތީ ރައްޔިތުންނަށެވެ. ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް، ރައްޔިތުންގެ ޙިދުމަތަށް ރުޖޫއަވާށެވެ

<- އިތުރަށް ކިޔާލުމަށް

ގަރުދިޔަ އާއި ބަތާ ކާންބުނެފި، އާސަންދަ ކަނޑާލަން ޖެހިދާނެ ކަމަށް ބުނެފި، އެކަމަކު މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަން ދެކޮޅު

މި ހާލަތުގައި އިންތިހާބު ނިމޭ ގޮތަށް ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާނެކަން ކަށަވަރެވެ. ރައްޔިތު މީހާ އަށް ގަރުދިޔަ އާއި ބަތާ ކާން މަޖުބޫރު ކުރުވާނެ ފިޔަވަޅުތަކެވެ. ވެރިން އުޅޭނީ ހަމަޖެހިގެނެވެ. އެމީހުން ތިބީ ފުދިގެނެވެ. ހަރަދު ކުޑަކުރަންވެސް މަޖިލިސް މެމްބަރުންނާއި ސިޔާސީންނަށް މިކުރާ ހަރަދު ކުޑަކުރުމުގެ ވިސްނުމެއް ނެތް

<- އިތުރަށް ކިޔާލުމަށް

އަނެއްކާވެސް ހިތާމަވެރި ހާދިސާއެއް ހިގަންދެން!

ސުވާލަކީ ގަވައިދުން ގަރާޖުތަކާއި ގުދަންތައް ބަލާ ފާސްކުރުމުގެ ޒިންމާ ނަގަން ޖެހޭ ހަމަ އެއްވެސް ބަޔަކު ނެތީތޯއެވެ. ކޮންމެ ފަހަރަކުވެސް ތެޅިގަންނަނަން ޖެހެނީ ބޮޑު ހާދިސާއެއް ހިނގީމަތޯއެވެ. ހައްލެއްގެ ގޮތުގައި ފަށާ އެއްވެސް ކަމެއް ކޮޅެއްގައި ނުޖެހި ނިމެނީ ކީއްވެތޯއެވެ

<- އިތުރަށް ކިޔާލުމަށް