Jalaal

ޤައުމަށް ވަންނަހާ ޑޮލަރަކަށް މިވަނީ ކިހިނެތް؟

ރަނގަޅެވެ. ބޭރުގެ ލޯނުތައް ދައްކަން ޑޮލަރު ބޭނުންވާނެ ކަން ދަންނަމުއެވެ. ނަމަވެސް އެކަން އިނގިތިބެ، ޑޮލަރުން ގަތް ޑްރޯނުތައް ކޮބައިތޯއެވެ. ރަސްމާލެ ހިއްކަން އެންދިހާ ތެލެއް ކޮބައިތޯއެވެ. މިއީ ހުސް އިސްރާފެވެ. އޭގެ ބަދަލުގައި ފަހަށް ރައްކާކުރިނަމަ، ލޯނުތައް ދައްކައިފައިވެސް ރައްޔިތުންގެ ލިމިޓާއި ނުކުޅެ ފަރުޖެހުނީހެވެ

ހިޔާލު ފާޅުކުރުން. ހައްދެއްނެތި ލިބެންޖެހޭ މިނިވަންކަމެއްތަ

އަދު ރާއްޖޭއަށް ދިމާވެފައިވާ މައްސަލަ އަކީ ހައްޤުތައް ނެތުމުގެ މައްސަލައެއް ނޫނެވެ. ހައްޤުތައް ލިބިދިނުމާއި ހައްޤުތައް ހިފެހެއްޓުމުގެ އިން ކަނޑައެޅުމުގެ މައްސަލައެވެ. މިަކަމަށް ހައްލު ހޯދޭނީ މެދުމިނުމުގެ ވިސްނުމެއް އިޙްތިޔާރުކޮށް މަޝްވަރާގެ މޭޒު ދޮށުންނެވެ

ކޮޅިގަނޑު މެދުން ފަޅުވެރިން ބަދަލުކުރުން

ޤައުމަކާއި ނަވެއް އަޅާކިޔާނަމަ، ރައީސް އަކީ ކައްޕިއެވެ. ވަޒީރުންނަކީ ފަޅުވެރިންނެވެ. ކޮންމެ ފަޅުވެރިއަކާއި ވަކި ކަމެއް ހަވާލުކުރެވިފައިވާނެއެވެ. ފަޅުވެރިންގެ ދަށުން އެހީތެރިންވެސް ތިބޭނެއެވެ. އެއްވެސް އުސޫލެއް ހައްދެއް ނެތި އެހީތެރިން އޮޑިއަށް އޮއްސާލުމަކީ ހަމަޖެހޭ ކައްޕިއެއް ކުރާނެކަމެއް ނޫނެވެ. އަދި އެހެންމެ ގަދަ ކޮޅިގަނޑެއްގައި ފަޅުވެރިން ބަދަލުކުރާކަށްވެސް ކައްޕިއެއް ނޫޅޭނެއެވެ

މަޖިލިސް ޖަލްސާއެއް ނުބާއްވާތާ މަސް ދުވަސް، އެކަމަކު ހަރަދު ކުޑަ ކުރަން ފަށަނީ ނިކަމެތިންގެ ވަޒީފާގަނޑުން

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ 5 ފެބްރުއަރީގައެވެ. މިހާތަނަށް ބާއްވާފައި ވަނީ އެންމެ 5 ޖަލްސާއެވެ. މެއި މަހު 15 ވަނަ ދުވަހު، މި އަހަރުގެ ފުރަތަމަ ދައުރު ހަަމަވެ އަނެއްކާވެސް މެމްބަރުން ދާނީ މަސް ދުވަހުގެ ޗުއްޓީއަކަށެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ދައުރުގެ ތެރޭގައި ބާއްވަން ޖެހެނީ ހަފްތާއަކު މަދުވެގެން ތިން ޖަލްސާއެވެ. މިވަރުވެސް ކޮށްނުލެވި މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ

ވަކި ކުލައަކަށް ނޫނެވެ. މިއީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ

ރައްޔިތުން މި ނަގައިދިން ފިލާވަޅު ދަސްނުވެއްޖެނަމަ ދެންވެސް އޮތީ ހިތި ނަތީޖާއެވެ. އަބަދަކު އާރާއި ބާރަކު ނުތިބެވޭނެއެވެ. ދެންވެސް ކާމިޔާބު އޮތީ ރައްޔިތުންނަށެވެ. ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް، ރައްޔިތުންގެ ޙިދުމަތަށް ރުޖޫއަވާށެވެ

ގަރުދިޔަ އާއި ބަތާ ކާންބުނެފި، އާސަންދަ ކަނޑާލަން ޖެހިދާނެ ކަމަށް ބުނެފި، އެކަމަކު މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަން ދެކޮޅު

މި ހާލަތުގައި އިންތިހާބު ނިމޭ ގޮތަށް ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާނެކަން ކަށަވަރެވެ. ރައްޔިތު މީހާ އަށް ގަރުދިޔަ އާއި ބަތާ ކާން މަޖުބޫރު ކުރުވާނެ ފިޔަވަޅުތަކެވެ. ވެރިން އުޅޭނީ ހަމަޖެހިގެނެވެ. އެމީހުން ތިބީ ފުދިގެނެވެ. ހަރަދު ކުޑަކުރަންވެސް މަޖިލިސް މެމްބަރުންނާއި ސިޔާސީންނަށް މިކުރާ ހަރަދު ކުޑަކުރުމުގެ ވިސްނުމެއް ނެތް

އަނެއްކާވެސް ހިތާމަވެރި ހާދިސާއެއް ހިގަންދެން!

ސުވާލަކީ ގަވައިދުން ގަރާޖުތަކާއި ގުދަންތައް ބަލާ ފާސްކުރުމުގެ ޒިންމާ ނަގަން ޖެހޭ ހަމަ އެއްވެސް ބަޔަކު ނެތީތޯއެވެ. ކޮންމެ ފަހަރަކުވެސް ތެޅިގަންނަނަން ޖެހެނީ ބޮޑު ހާދިސާއެއް ހިނގީމަތޯއެވެ. ހައްލެއްގެ ގޮތުގައި ފަށާ އެއްވެސް ކަމެއް ކޮޅެއްގައި ނުޖެހި ނިމެނީ ކީއްވެތޯއެވެ

ވަސީލަތާއި ހިދުމަތުގެ ގޮތުން މާލެއާއި ވާދަކޮށްލެވޭ ވަރަށް ރާއްޖޭގެ އެހެން ރަށެއް ތަރައްޤީ ކުރާނަމަ، ކުރަންވީ ކޮން ރަށެއް؟

މިހިސާބުން އުފެދޭ ސުވާލަކީ ކުރިންވެސް އުފެދުނު ސުވާލެވެ. ވަސީލަތާއި ޙިދުމަތުގެ ގޮތުން މާލެއާއި ވާދަކޮށްލެވޭ ވަރުގެ އެހެން ރަށެއް ތަރަައްޤީ ކުރާނަމަ ކުރަންވީ ކޮން ރަށެއް ނުވަތަ ރަށްތަކެއް ތޯއެވެ. އުތުރުން ރަށަކާއި ދެކުނުން ރަށެކޭ ވަރަށް ގިނަ މީހުން ކިޔާނެއެވެ. ނަމަވެސް އުތުރުން ކޮން ރަށަކާއި ދެކުނުން ކޮން ރަށެއް ތޯއެވެ؟ އަދި އެ ތަރައްގީ އެ ރަށަށް އަމާޒުކުރަންވީ ކޮން ސަބަބުތަކެއް ހުރީމައިތޯއެވެ؟

ރޯދަމަސް އައި ކަމުގެ އިހްސާސް ކުރެވޭތޯ؟

ކުރިއާއި ޙިލާފަށް މި ރޯދަމަހު ރޯދަމަހެއް އައިކަމުގެ އިހްސާސެއް ނުކުރެވެއެވެ. އާންމުކޮށް ހޯމަ ބުރާސްފަތީގައި ސުްނަނަތް ރޯދަ ނުހިފާ މީހަކަށްވެސް ރޯދަމަހު ރޯދައަށް ހުންނަ އިރު، އެހެން މަސްމަހާއި ތަފާތުކަން އިހްސާސް ކުރެވޭނެއެވެ. ވައިގެ ތެރޭގައި އަދު މާހައުލުގައިވެސް ތަފާތު އިހްސާސެއް ހުރެއެވެ. މީސްމީޑިއާ އިންވެސް މި ޝުއޫރު ކޮންމެވެސް ވަރަކަށް ފެނިއްޖެއެވެ. މި ރޯދަމަހު ރޯދަމަހެއްގެ އިހުސާސެއް ނުކުރެވެއެވެ.