ވައިކަރަދޫ – އުފެއްދުންތެރި ފުދުންތެރި ރަށެއް
ސުފުރާ މަތީ މެންދުރު ކައުން ތައްޔާރުކޮށްފައި ހުއްޓެވެ. ދިވެހި ކެއުމެކެވެ. ގަރުދިޔަ އާއި ބަތެވެ. މުރަނގަ ފަތާއި ކިއުކަމްބަލެވެ. ދެ ބާވަތެއްގެ އަލައެވެ. ފިހުނު މަހާއި ލޮނުމިރުހެވެ. ފިޔާ، މިރުސް އަދި ލުނބޯވެސް ފަޅިކޮށްފައި ހުއްޓެވެ. އަލަނާސި ޖޫސް ތަށިން ރަހަބަލާލައި ކެއުން ފެށީމެވެ. ފިޔާކޮޅު ފިޔަވައި ހުސް ރަށުގެ އުފެއްދުންތަކެވެ. ދަނޑުވެރި ކަމަށް ލޯބިކުރާ އުފެއްދުންތެރި ރައްޔިތުންތަކެއް ދިރިއުޅޭ ރަށެކެވެ. ހައްދާ ތަކެތިން ފުދިގެން ދިރިއުޅުމެއް އުޅެވެން އޮތް ރަށެކެވެ. އެންމެ ގިނައިން ހައްދަނީ ދޮންކެޔޮލެވެ. …
