ވައިކަރަދޫ – އުފެއްދުންތެރި ފުދުންތެރި ރަށެއް

ސުފުރާ މަތީ މެންދުރު ކައުން ތައްޔާރުކޮށްފައި ހުއްޓެވެ. ދިވެހި ކެއުމެކެވެ. ގަރުދިޔަ އާއި ބަތެވެ. މުރަނގަ ފަތާއި ކިއުކަމްބަލެވެ. ދެ ބާވަތެއްގެ އަލައެވެ. ފިހުނު މަހާއި ލޮނުމިރުހެވެ. ފިޔާ، މިރުސް އަދި ލުނބޯވެސް ފަޅިކޮށްފައި ހުއްޓެވެ. އަލަނާސި ޖޫސް ތަށިން ރަހަބަލާލައި ކެއުން ފެށީމެވެ. ފިޔާކޮޅު ފިޔަވައި ހުސް ރަށުގެ އުފެއްދުންތަކެވެ. ދަނޑުވެރި ކަމަށް ލޯބިކުރާ އުފެއްދުންތެރި ރައްޔިތުންތަކެއް ދިރިއުޅޭ ރަށެކެވެ. ހައްދާ ތަކެތިން ފުދިގެން ދިރިއުޅުމެއް އުޅެވެން އޮތް ރަށެކެވެ. އެންމެ ގިނައިން ހައްދަނީ ދޮންކެޔޮލެވެ. މުޅި އަތޮޅަށް ފުދޭވަރަށް ހަމަ އެކަނި މި ރަށުން ކެޔޮ ހައްދާލައެވެ

އެއް ގޯތީގައި އަލަނާސި ހައްދަފާނެއެވެ. އަނެއް ގޯތީގައި ކިއުކަމްބާ ހައްދަފާނެއެވެ. ގޭގައި ކާލާށެވެ. ފަތިހު ހޭލައިގެން ދަނޑަށް މަސައްކަތު ދެއެވެ. މިރުހާއި، ބަރަބޮލާއި، ކަރަޔާއި، ކިއުކަމްބަލާއި، އަލައާއި، ކޭލާއި، މިހެން ގޮސް އެތައް ބާވަތެއް ދަނޑުތަކުގައި ހައްދައެވެ. މެންދުރު އިރުގެ ދިލަ ހޫނު ގަދަވުމުން ގެއަށް އައިސް ނިދާލާފައި، އަވި މަޑުވެލީމައި ދަނޑަށް ދާ މީހުން އެނބުރި ގެއަށް އަންނަނީ އިރުއޮއްސެން ގާތްވުމުންނެވެ. މުރާލި ދުޅަހެޔޮ ދިރިއުޅުމެކެވެ. ފަތިހާއި ރޭގަނޑު ލުއި ކަސްރަތެއްގެ ގޮތުގައި ހިނގަން ނުކުމެ އުޅޭ އަންހެނުން ވެސް މަދެއް ނޫނެވެ. ރަށުގައި ހައްދާތަކެތީގެ އިތުރުން ފަންގިވިނުން ފަދަ އަތްތެރި މަސައްކަތްކޮށްގެން ނަފާ ހޯދައެވެ. މަދު ގެއެއްގައި ނޫނީ އެކަން ކޮށްއުޅެއެވެ

ސަޤާފީ ތަންތަނަށް ބަލާނަމަ، އެންމެ ފުރަތަމަ ރަށުގައި ވަޒަންވެރިވި މީހުން ބިނާކުރި ބަނދަރުކަމަށް ބުނާ ތަން ނޭކުރެންދޫ އާއި ދިމާ ގޮނޑުދޮށުގައި އެބައޮތެވެ. ރަށު މީހުން ބޮޑުފާރުގެ ނަމުން ނަން ދީފައިވާ ތަން މިހާރުވަނީ ފެނުގައެވެ. ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޖަނޑިބު ވަޅުލި ކަމަށްބުނާ ހިސާބެއްވެސް ވެއެވެ. އިހުގައި ވަޅުޖެހިފައި އޮތް މަސްވެރިކަމުގެ ފޯރި އަލުން އެބަ ދިރެއެވެ. ޒުވާނުންނާއި މެދު އުމުރުގެ މީހުން ޑިންގީތަކުގައި ގޮސް ރަށަށް ފުދޭ ވަރަށް މަސްބާނައެވެ. ފަރުމަހާއި، ކަނޑުމަހެއެވެ. ބޯވައާއި ބައެއް ފަހަރު ބޮޑެތި ބޯވަދިލަމަހެއެވެ. މިއާއިއެކު ކުދި ޑިންގީއާއި ބޯޓު ފަހަރު ބަނުމުގެ މަސައްކަތްވެސް ވައިގައި ހިފަން ފަށައިފިއެވެ. އިޤްތިސާދެއް ދިރެނީއެވެ. ރަށުގައި ދިރިއުޅޭ އެކި އުމުރުފުރައިގެ މީހުންގެ ވަރަށް ހިތްވަރު ކޮށްފިއެވެ. ނަމަވެސް އެމީހުންނަށްވެސް ވާނީ ވަކިވަރެއް ތާއެވެ. އިތުރު ހަރުފަތަކަށް ގެންދަން ގިނަ ހުރަސްތަކެއް އެބަހުއްޓެވެ

ސްކޫލެއް އެބަހުއްޓެވެ. ސިއްހީ މަރުކަޒެއް އެބަހުއްޓެވެ. ފެނާއި ނަރުދަމާގެ މަޝްރޫޢު ދާދި އިހަކަށް ދުވަހު ފުރިހަމަވެއްޖެއެވެ. ގޯތިވެސް ބަހައިފިއެވެ. މަދީ ރަށުގައި ދިރިއުޅުމެއް ބިނާކުރާނެ ޒުވާނުންނެވެ. ބޮޑު ކުލީގައި ނަމަވެސް ބޭނުމީ މާލެއެވެ. ހޮސްޕިޓަލް ކިއުގައި އެތައް މަހެއް ހުންނަން ޖެހުނަސް ބޭނުމީ މާލެއެވެ. ވެރިންގެ އުދަގުލާއި ނުނިމޭ މަސައްކަތް ކޮނޑަށް ލައިގެންވެސް ބޭނުމީ ފިނިކޮޓަރީގައި މާލެއެވެ. ނަތީޖާއެއްގެ ގޮތުން ރީތި މޫދުގައި ފެތުރެމުންދާ ވިނަތައް ކޮށާލަން އަތް ގާތްކޮށްލަދޭނެ ޒުވާނަކު މަދެވެ. ފަރުތެރޭ ފުރިފައިވާ ލަނޑާ އަލާކޮށް އައު ވިޔަފާރިއަކަށް ދިރުން ގެންނާނެ މީހަކު ނެތެވެ. ސްކޫލުގައި ޓީޗަރުންނަށްވެސް ބިދޭސީން އުޅެއެވެ. މިއޮތް ކުޑަ ރަށުގައެވެ

ރަށަކީ ހުނަރުވެރި އެތައް ޒުވާނުންނެއް އުފެއްދި ރަށެކެވެ. ތައުލީމު ހާސިލްކޮށް އަމިއްލަ ވިޔަފާރިތައް ހިންގާ ޒުވާނުން ބައިވަރެވެ. ނަމަވެސް ރަށް ފެންނަނީ ހަމައެކަނި އީދު ކުޅިވަރާއި ޖެހުމުންނެވެ. ސަރުކާރުން ކަމެއް ކުރިއްޔާ ނޫނީ ރަށުގައި ވައެއްވެސް ނުލެވޭނެކަމަށް ގަބޫލުކުރެވެނީއެވެ. އަމިއްލަ ވިޔަފާރިތައް ފަށައިގެން އުޅޭއިރު، ލޯބިވާ ކަމަށް ދައުވާކުރާ ރަށަށް ކޮށްލާނެ އިންވެސްޓްމެންޓެއް ނެތެވެ. ގިނަ ގެތައް ހުރީ ފަޅަށެވެ. މިއިން ޒަމާނަކު ރަށަށް ޒިޔާރަތްވެސް ކޮށްނުލާ އެތައް ބައެކެވެ. ހަޤީގަތަކީ މިއީ މަސައްކަތް ކުރަން ކެރިއްޖެނަމަ، އަމައްލަ ކަމެއް ފަށައިގެން ދިރިއުޅެވެން އޮތް ރަށެކެވެ. އަބަދު ގޮނޑީގައި ގުދާރު ބިންދައިގެން، ބޯހާސްކަންމަތީ އޮފީހުގައި ނީދެ ދިރިއުޅުމެއް ބިނާކުރެވޭނެ ރަށެކެވެ. ކުލީގެ އަޅުވެތިކަމުން ސަލާމަތް ވާނެގޮތުގެ ނަމޫނާ ދެއްކިދާނެ ރަށެކެވެ. ފަށާއިރު ހުރިހާ ކަމެއް ފުރިހަމަ ނުވާނެއެވެ. ފުރަތަމަ ކޮޅު ދަތިވާނެއެވެ. ބިނާކުރާއިރު ބުރަވާނެއެވެ. ނަމަވެސް އެ ބުންވަރު ހުރީ މަދުބައެއްގެއެވެ

ކޮޅިގަނޑު މެދުން ފަޅުވެރިން ބަދަލުކުރުން

ޤައުމަކާއި ނަވެއް އަޅާކިޔާނަމަ، ރައީސް އަކީ ކައްޕިއެވެ. ވަޒީރުންނަކީ ފަޅުވެރިންނެވެ. ކޮންމެ ފަޅުވެރިއަކާއި ވަކި ކަމެއް ހަވާލުކުރެވިފައިވާނެއެވެ. ފަޅުވެރިންގެ ދަށުން އެހީތެރިންވެސް ތިބޭނެއެވެ. އެއްވެސް އުސޫލެއް ހައްދެއް ނެތި އެހީތެރިން އޮޑިއަށް އޮއްސާލުމަކީ ހަމަޖެހޭ ކައްޕިއެއް ކުރާނެކަމެއް ނޫނެވެ. އަދި އެހެންމެ ގަދަ ކޮޅިގަނޑެއްގައި ފަޅުވެރިން ބަދަލުކުރާކަށްވެސް ކައްޕިއެއް ނޫޅޭނެއެވެ

<- އިތުރަށް ކިޔާލުމަށް

މަޖިލިސް ޖަލްސާއެއް ނުބާއްވާތާ މަސް ދުވަސް، އެކަމަކު ހަރަދު ކުޑަ ކުރަން ފަށަނީ ނިކަމެތިންގެ ވަޒީފާގަނޑުން

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ 5 ފެބްރުއަރީގައެވެ. މިހާތަނަށް ބާއްވާފައި ވަނީ އެންމެ 5 ޖަލްސާއެވެ. މެއި މަހު 15 ވަނަ ދުވަހު، މި އަހަރުގެ ފުރަތަމަ ދައުރު ހަަމަވެ އަނެއްކާވެސް މެމްބަރުން ދާނީ މަސް ދުވަހުގެ ޗުއްޓީއަކަށެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ދައުރުގެ ތެރޭގައި ބާއްވަން ޖެހެނީ ހަފްތާއަކު މަދުވެގެން ތިން ޖަލްސާއެވެ. މިވަރުވެސް ކޮށްނުލެވި މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ

<- އިތުރަށް ކިޔާލުމަށް

ވަކި ކުލައަކަށް ނޫނެވެ. މިއީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ

ރައްޔިތުން މި ނަގައިދިން ފިލާވަޅު ދަސްނުވެއްޖެނަމަ ދެންވެސް އޮތީ ހިތި ނަތީޖާއެވެ. އަބަދަކު އާރާއި ބާރަކު ނުތިބެވޭނެއެވެ. ދެންވެސް ކާމިޔާބު އޮތީ ރައްޔިތުންނަށެވެ. ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް، ރައްޔިތުންގެ ޙިދުމަތަށް ރުޖޫއަވާށެވެ

<- އިތުރަށް ކިޔާލުމަށް

ގަރުދިޔަ އާއި ބަތާ ކާންބުނެފި، އާސަންދަ ކަނޑާލަން ޖެހިދާނެ ކަމަށް ބުނެފި، އެކަމަކު މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަން ދެކޮޅު

މި ހާލަތުގައި އިންތިހާބު ނިމޭ ގޮތަށް ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާނެކަން ކަށަވަރެވެ. ރައްޔިތު މީހާ އަށް ގަރުދިޔަ އާއި ބަތާ ކާން މަޖުބޫރު ކުރުވާނެ ފިޔަވަޅުތަކެވެ. ވެރިން އުޅޭނީ ހަމަޖެހިގެނެވެ. އެމީހުން ތިބީ ފުދިގެނެވެ. ހަރަދު ކުޑަކުރަންވެސް މަޖިލިސް މެމްބަރުންނާއި ސިޔާސީންނަށް މިކުރާ ހަރަދު ކުޑަކުރުމުގެ ވިސްނުމެއް ނެތް

<- އިތުރަށް ކިޔާލުމަށް

އަނެއްކާވެސް ހިތާމަވެރި ހާދިސާއެއް ހިގަންދެން!

ސުވާލަކީ ގަވައިދުން ގަރާޖުތަކާއި ގުދަންތައް ބަލާ ފާސްކުރުމުގެ ޒިންމާ ނަގަން ޖެހޭ ހަމަ އެއްވެސް ބަޔަކު ނެތީތޯއެވެ. ކޮންމެ ފަހަރަކުވެސް ތެޅިގަންނަނަން ޖެހެނީ ބޮޑު ހާދިސާއެއް ހިނގީމަތޯއެވެ. ހައްލެއްގެ ގޮތުގައި ފަށާ އެއްވެސް ކަމެއް ކޮޅެއްގައި ނުޖެހި ނިމެނީ ކީއްވެތޯއެވެ

<- އިތުރަށް ކިޔާލުމަށް