ވެރިކަން ލިބުމުން ކޮންމެ ބަޔަކުވެސް ބަލަނީ މިނިވަން ހިޔާލުގައި ތަޅުއަޅުވަން

ރައްޔިތުންވެސް ބުނެއެވެ. ޕާޓީތައް ދެކެ ފޫހިވެއްޖެއެވެ. އެކަމަކު އިންތިހާބެއް އޮންނަ އިރަށް ހޮވަނީ ޕާޓީ ޓިކެޓް އޮންނަ މީހުންނެވެ. ޕާޓީތަކުންވެސް ބުނެއެވެ. މި މަސައްކަތް ކުރަނީ ހައްޤުތައް ހޯދައިދޭށެވެ. އެކަމަކު ބާރު ލިބޭ ދުވަހު ހައްޤުތައް ގިނަކަމުން ފަށަނީ ހަނިކުރާށެވެ