ވެރިކަން ލިބުމުން ކޮންމެ ބަޔަކުވެސް ބަލަނީ މިނިވަން ހިޔާލުގައި ތަޅުއަޅުވަން

ކޮންމެ ސިޔާސީ ޕާޓީ އަކުންވެސް ހައްޤުތަކުގެ ވާހަކަ ދައްކައެވެ. ހާއްސަކޮށް އިދިކޮޅުގައި އޮންނައިރުއެވެ. ހައްޤުތައް ހަނިވެގެން ރައްޔިތުންނަށް ކުރާނެ އަސަރާއި ޤައުމަށް ލިބޭނެ ގެއްލުމުގެ ވާހަކައެވެ. ބޭރުގެ ޖަމިއްޔާ ޖަމާއަތްތައް މެދުވެރިކޮށް ބަޔާންތައްވެސް ނެރުވާނެއެވެ. ހަމަ ޤައުމާއި ރައްޔިތުންގެ ހައްޤުގައެވެ. ނަމަވެސް ވެރިކަމަށް އާދެވުމާއި އެކު އެބުނާ ހައްޤުތައް ފުޅާކަމުން ހަނިކުރަން ޖެހިގެން އުޅެއެވެ.

ރައީސް މައުމޫނުގެ ދިގު ތިރީސް އަހަރު ނިމުމަކަށް ގެންނަން މަގުތަކަށް ނިކުތީ ރައްޔިތުންގެ ހައްޤުތައް ހޯދައިދޭށެވެ. އޭރުގެ ހާލަތު ބަދަލުކޮށް އެތައް ހައްޤެއް ލިބުނުކަން ޤަބޫލުކުރަން ޖެހެއެވެ. ނަމަވެސް ދެން އުފެދުނު އެމް.ޑީ.ޕީގެ ވެރިކަމުގައިވެސް ފެނުނީ ކުރިން ހޯދައިދޭން ވަކާލާތު ކުރި ހައްޤުތައް، ފަހުން މާ ބޮޑުކަމަށް ޤަބޫލުކުރެވުނުތަނެވެ. މުގުރާއި އައްޑަނަ ހިފައިގެން އެއްވުންތައް ރޫޅާލަން ސަލާމަތީ ބާރުތަކުން ނުކުތެވެ. އެފަދަ ކަންކަމަށް އޭރު ދިވެހިން އައުކަމުން، އިދިކޮޅުން އޭގެ ފައިދާ ނަގާ، ޖަޒުބާތުގައި ޖައްސުވައިގެން ރައްޔިތުން މަގުތަކަށް ނެރެ ވެރިކަން ބަދަލު ކުރުވިއެވެ.

ދެން އުފެދުނު ރައީސް ޔާމީންގެ ވެރިކަމުގައިވެސް ފެނިގެން ދިޔައީ، ކުރިން ސިޔާސީ ހައްޔަރީންނާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ވާހަކަ ދެއްކި މީހުން ދިމާ އިދިކޮޅަށް އަމަލު ބެހެއްޓި މަންޒަރެވެ. އަނބުރުގެ ޤާނޫނު ވުޖޫދުވިއެވެ. އެއްވެ އުޅެވޭނެ ތަންތަން ހަނިކުރިއެވެ. އެތައް އެއްވުމެއް ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް ރޫޅާލިއެވެ. ބައިނަލަޤްވާމީ އެކި ޖަމާއަތްތަކުން ބަޔާންތައް ނެރުނެވެ. 3 އެޕްރިލް 2016ގައި ނޫސްވެރިން ރައީސް އޮފީސް ކުރިމަތީ އިށީދެތިބެ ކުރި އިހްތިޖާޖާއި އެ އަހަރު މާއްދާ 27ގެ ނަމުގައި ކުރި މުޒާހަރާތައް ފާހަގަކޮށްލެވެއެވެ.

ހައްޤުތަކާއި ގޮތް ނޭގޭ މަރުތަކުގެ ވާހަކަ ދައްކަމުން އަނެއްކާވެސް ވެރިކަމަށް އައީ އެމް.ޑީ.ޕީ އިންނެވެ. ސޯލިހުގެ ސަރުކާރުން ފެނިގެންދިޔައީ ފުލުހުން ނެރެގެން އެއިރުގެ އިދިކޮޅު ޕާޓީ އޮފީސް ތެރޭގައި ހިފަހައްޓާލި މަންޒަރެވެ. އެއްވެ އުޅެވޭނެ ތަންތަނުގައި ޤާނޫނުން އަޅުވާފައިވާ ތަޅު ނައްޓުވާލަން ފަސްޖެހުނެއެވެ. އިހުނެކޭ އެއްފަދައިން ސަރުކާރާއި ދެކޮޅަށް ބަސްބުނާ އެތައް ބަޔަކު ވަޒީފާތަކުން ވަކި ކުރިއެވެ. އަދި އަނެއް ބައެއްގެ ދުލުގައި ދަޅުވާ ހަތިޔާރެއްގެ ގޮތުގައި ވަޒީފާތައް ބެހިއެވެ. ނަމަވެސް ފާހަގަ ކޮށްލަން ޖެހޭ ނުކުތާއެއް އެބައޮތެވެ. ޕީ.ޕީ.އެމް ފިކުރުގެ ވެރިކަންތަކަށް ވުރެ އެމް.ޑީ.ޕީ ފިކުރުގެ ވެރިކަންތަކުގައި ހައްޤުތައް ލިބޭ މިންވަރު ބޮޑެވެ. އިސްތިހާރު ކުރި މިންވަރު ނުވިއަސް، ހަމަ ޤައިމުވެސް އެމް.ޑީ.ޕީ އިން ހައްޤުތައް ހުޅުވާލާ މިންވަރު ބޮޑެވެ.

މިހާރު މިވަނީ އަނެއްކާވެސް ޕީ.ޕީ.އެމް ފިކުރުގެ ވެރިކަމެއް އައިސްފައެވެ. ޕީ.އެން.ސީ ނަމަކަށް ކިޔަސް، މަޤާމުތަކުގައި ތިބީ ކުރިން ފެއިލްވި ޕީ.ޕީ.އެމް ވެރިކަމުގައިވެސް ތިބި މީހުންނެވެ. މިފަހަރު އަނބުރުގެ ބަދަލުގައި އޮތީ މީޑީއާ ކޮންޓްރޮލް ބިލެވެ. އެއާއި ދެކޮޅަށް ނޫސްވެރިންނާއި އިދިކޮޅު ޕާޓީތަކުން މުޒާހަރާ ކުރާއިރު، ސިފަވަނީ ހަމަ މަޒީގެ ސޮފުހާތަކެވެ. އައުކަމެއް ނުހިގައެވެ. ރައްޔިތުންވެސް ބުނެއެވެ. ޕާޓީތައް ދެކެ ފޫހިވެއްޖެއެވެ. އެކަމަކު އިންތިހާބެއް އޮންނަ އިރަށް ހޮވަނީ ޕާޓީ ޓިކެޓް އޮންނަ މީހުންނެވެ. ޕާޓީތަކުންވެސް ބުނެއެވެ. މި މަސައްކަތް ކުރަނީ ހައްޤުތައް ހޯދައިދޭށެވެ. އެކަމަކު ބާރު ލިބޭ ދުވަހު ހައްޤުތައް ގިނަކަމުން ފަށަނީ ހަނިކުރާށެވެ.

Leave a Comment

Your email address will not be published. Required fields are marked *

ކޮޅިގަނޑު މެދުން ފަޅުވެރިން ބަދަލުކުރުން

ޤައުމަކާއި ނަވެއް އަޅާކިޔާނަމަ، ރައީސް އަކީ ކައްޕިއެވެ. ވަޒީރުންނަކީ ފަޅުވެރިންނެވެ. ކޮންމެ ފަޅުވެރިއަކާއި ވަކި ކަމެއް ހަވާލުކުރެވިފައިވާނެއެވެ. ފަޅުވެރިންގެ ދަށުން އެހީތެރިންވެސް ތިބޭނެއެވެ. އެއްވެސް އުސޫލެއް ހައްދެއް ނެތި އެހީތެރިން އޮޑިއަށް އޮއްސާލުމަކީ ހަމަޖެހޭ ކައްޕިއެއް ކުރާނެކަމެއް ނޫނެވެ. އަދި އެހެންމެ ގަދަ ކޮޅިގަނޑެއްގައި ފަޅުވެރިން ބަދަލުކުރާކަށްވެސް ކައްޕިއެއް ނޫޅޭނެއެވެ

<- އިތުރަށް ކިޔާލުމަށް

މަޖިލިސް ޖަލްސާއެއް ނުބާއްވާތާ މަސް ދުވަސް، އެކަމަކު ހަރަދު ކުޑަ ކުރަން ފަށަނީ ނިކަމެތިންގެ ވަޒީފާގަނޑުން

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ 5 ފެބްރުއަރީގައެވެ. މިހާތަނަށް ބާއްވާފައި ވަނީ އެންމެ 5 ޖަލްސާއެވެ. މެއި މަހު 15 ވަނަ ދުވަހު، މި އަހަރުގެ ފުރަތަމަ ދައުރު ހަަމަވެ އަނެއްކާވެސް މެމްބަރުން ދާނީ މަސް ދުވަހުގެ ޗުއްޓީއަކަށެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ދައުރުގެ ތެރޭގައި ބާއްވަން ޖެހެނީ ހަފްތާއަކު މަދުވެގެން ތިން ޖަލްސާއެވެ. މިވަރުވެސް ކޮށްނުލެވި މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ

<- އިތުރަށް ކިޔާލުމަށް

ވަކި ކުލައަކަށް ނޫނެވެ. މިއީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ

ރައްޔިތުން މި ނަގައިދިން ފިލާވަޅު ދަސްނުވެއްޖެނަމަ ދެންވެސް އޮތީ ހިތި ނަތީޖާއެވެ. އަބަދަކު އާރާއި ބާރަކު ނުތިބެވޭނެއެވެ. ދެންވެސް ކާމިޔާބު އޮތީ ރައްޔިތުންނަށެވެ. ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް، ރައްޔިތުންގެ ޙިދުމަތަށް ރުޖޫއަވާށެވެ

<- އިތުރަށް ކިޔާލުމަށް

ގަރުދިޔަ އާއި ބަތާ ކާންބުނެފި، އާސަންދަ ކަނޑާލަން ޖެހިދާނެ ކަމަށް ބުނެފި، އެކަމަކު މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަން ދެކޮޅު

މި ހާލަތުގައި އިންތިހާބު ނިމޭ ގޮތަށް ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާނެކަން ކަށަވަރެވެ. ރައްޔިތު މީހާ އަށް ގަރުދިޔަ އާއި ބަތާ ކާން މަޖުބޫރު ކުރުވާނެ ފިޔަވަޅުތަކެވެ. ވެރިން އުޅޭނީ ހަމަޖެހިގެނެވެ. އެމީހުން ތިބީ ފުދިގެނެވެ. ހަރަދު ކުޑަކުރަންވެސް މަޖިލިސް މެމްބަރުންނާއި ސިޔާސީންނަށް މިކުރާ ހަރަދު ކުޑަކުރުމުގެ ވިސްނުމެއް ނެތް

<- އިތުރަށް ކިޔާލުމަށް

އަނެއްކާވެސް ހިތާމަވެރި ހާދިސާއެއް ހިގަންދެން!

ސުވާލަކީ ގަވައިދުން ގަރާޖުތަކާއި ގުދަންތައް ބަލާ ފާސްކުރުމުގެ ޒިންމާ ނަގަން ޖެހޭ ހަމަ އެއްވެސް ބަޔަކު ނެތީތޯއެވެ. ކޮންމެ ފަހަރަކުވެސް ތެޅިގަންނަނަން ޖެހެނީ ބޮޑު ހާދިސާއެއް ހިނގީމަތޯއެވެ. ހައްލެއްގެ ގޮތުގައި ފަށާ އެއްވެސް ކަމެއް ކޮޅެއްގައި ނުޖެހި ނިމެނީ ކީއްވެތޯއެވެ

<- އިތުރަށް ކިޔާލުމަށް