ވަކި ކުލައަކަށް ނޫނެވެ. މިއީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ

ފަހު ބަސް ބުނުމުގެ ބާރެވެ. ގޮތް ނިންމުމުގެ ބާރެވެ. ހާލަތު ބަދަލުކޮށްލުމުގެ ބާރެވެ. ރައްޔިތުންނަށް ލިބެނީ ފަސް އަހަރަކުން މަދު ފުރުސަތެއް ނަމަވެސް އޮތީ ބޮޑު ބާރެކެވެ. އަދު ފެނިގެން މިދިޔައީ ކޮންމެ ކޮންމެ މީހަކީ ވިކޭނެ މީހެއް ނޫން ކަމެވެ. ހާލަތު ބަދަލުކޮށްލުމުގެ ބާރު ރައްޔިތުންގެ އަތުގައި އަދިވެސް އެބަ އޮތް ކަމެވެ.

ވޯޓުން ވިލު ނުލަށް ބާރު ދިނީ ރައްޔިތުންނެވެ. އޭގެ ކުރިން ރަން ރީދުލަށް ބާރު ދިނީވެސް ހަމަ ރައްޔިތުންނެވެ. ބާރު ދިނީ ރައްޔިތުންނަށް ޙިދުމަތް ކުރަންކަން ހަދާން ނެތިއްޖެނަމަ، ވަރުގަދަ ފިލާވަޅެއް ދޭނެކަން ވެސް ދައްކައިލައިފިއެވެ. ރައްޔިތުން ތިބީ ނިދާފަކާ ނޫނެވެ. ވެރިން ބޮޑާވެ ރައްޔިތުންނަށް އަމާޒު ކުރަމުން ދިޔަ ނިކަމެތި ބަސްތައް ތިބީ އަޑު އަހާށެވެ. ރައްޔިތުންގެ ޓެކްސް ފައިސާތައް ހިތުހުރި ގޮތަކަށް ތަޅާ ބުރުވަމުން ދާތަން ތިބީ ދެކޭށެވެ. ވަކި ބަޔަކަށް މަންފާވާނެހެން ބަހަމުން ދިޔަ ވަޒީފާތަކާއި މުދާތަކަށް ދިޔައީ ފާރަވެރިވަމުންނެވެ. ރަނގަޅު ވަގުތުގެ އިންތިޒާރުގައެވެ. އިސާހިތަކު ވަގުތު ޖެހުމުން، ބޮޑުތަނުން އެއޮތީ ފިލާވަޅު ދީފައެވެ.

މިއީ ކޮންމެހެން ވަކި ކުލައަކަށް ލިބުނު ކާމިޔާބީއެއް ނޫނެވެ. މިއީ ޖުމްލަކޮށް ހުރިހާ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ. ވެރިން ހަދާނުގައި ބަހައްޓަންވީ ކަންކަމެވެ. ވޯޓު ހޯދުމުގެ ނަމުގައި ބަހާ ވަޒީފާއަކީ ހަމަ ގެއްލޭ އެތައް ވޯޓެއްވެސް މެއެވެ. ސިޔާސީ ބާރުވެރިކަމުގައި އެދޭ ވަޒީފާއިން އެ ވަޒީފާ ހައްޤު އެތައް ބައެއްގެ ފުރުސަތު ގެއްލުނީއެވެ. އެއީވެސް ވޯޓެވެ. އެ ސިޔާސީ ބާރުވެރިކަމުގައި އައިސް، ވަޒީފާގެ މާހައުލުގައި ބޮޑާވެ، މަސައްކަތް ކުރަން ތިބި މީހުންނަށް ކުރާ ދުއްތުރާލަކީވެސް ހަަމަ ގެއްލޭ ވޯޓެވެ. ވޯޓުގެ ބޭނުމުގައި ބަފާ ފްލެޓުތަކަކީވެސް އެ ހައްޤުވާ އެތައް އާއިލާއެއްގެ ގެއްލޭ ވޯޓެވެ. އަދި މި ނާއިންސާފު ބަލަންތިބި އެތައް ރައްޔިތުންނެއްގެ ވެސް ގެއްލޭ ވޯޓެވެ. ވޯޓުގެ ބޭނުމުގައި ތައުލީމީ ފެންވަރު ނެތް، މަޤާމުތަކަށް ކުފޫ ހަމަނުވާ މީހުން އައްޔަނު ކުރުމީވެސް ގެއްލޭ އެތައް ވޯޓެކެވެ. އަޑުގަދަ ދެތިން މީހަކު ލައިގެން ލައްކަ ވޯޓު ލިބޭނޭ ހިތަށް އެރިއަސް، އެ އަޑުގެ ދުއްތުރާލާ ހެދި ގެއްލޭ ވޯޓު މާގިނައެވެ.

ވެރިންގެ ފަރާތުން ރައްޔިތުން އެދެނީ ނުހަނު އާދައިގެ ކަމަކަށެވެ. އަދުލުވެރި ކަމާއި އެކު ރައްޔިތުންނަށް ހިދުމަތްކުރުމަށެވެ. ކަންދެއްކުމާއި ބޮޑާކަން ދެއްކުމުގެ ބަދަލުގައެވެ. އަދުގެ ހާލަތަށް ބަލަމާތޯއެވެ. މެދުއިރުމަތީގެ ހަނގުރާމަ އާއި ހެދި ދުނިޔޭގެ އެތައް ޤައުމަކުން ފިޔަވަޅުތައް އަޅަނީއެވެ. ރާއްޖެއިން ކަންދެއްކުމުގެ ބޭނުމުގައި ދަނީ ދިމާ އިދިކޮޅަށެވެ. އެހެން ޤައުމުތަކުގެ ވެރިން ރައްޔިތުންނާއި މުހާތަބުކޮށް ކަންއޮތް ގޮތް ސާފުކޮށްދެއެވެ. ރާއްޖޭގައި، މުދަލުގެ އަގު ބޮޑުވާތަން ރައްޔިތުންނަށް އެބަ ފެނެއެވެ. ތެލުގެ އަގު ބޮޑުކޮށްފިއެވެ. ބޭހެއް ނުލިބެއެވެ. ސަރުކާރުގެ ހިދުމަތުގެ ފެންވަރު ދަނީ ދުވަހެއް ދުވަހަކަށް ދަށަށެވެ. ހަނގުރާމައިގެ މާކުރިންވެސް ކަންކަން ދޯދިޔާވާން ފަށައިފިއެވެ. ހާލަތު އޮތް ގޮތް ޤަބޫލުކޮށް، ކަންކަން އިސްލާހު ކުރަން ފެށިނަމަ ރައްޔިތުން މިހާ ފޫހިވާކަށް ނުޖެހުނީއެވެ.

ރައްޔިތުން މި ނަގައިދިން ފިލާވަޅު ދަސްނުވެއްޖެނަމަ ދެންވެސް އޮތީ ހިތި ނަތީޖާއެވެ. އަބަދަކު އާރާއި ބާރަކު ނުތިބެވޭނެއެވެ. ދެންވެސް ކާމިޔާބު އޮތީ ރައްޔިތުންނަށެވެ. ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް، ރައްޔިތުންގެ ޙިދުމަތަށް ރުޖޫއަވާށެވެ.

ޤައުމަށް ވަންނަހާ ޑޮލަރަކަށް މިވަނީ ކިހިނެތް؟

ރަނގަޅެވެ. ބޭރުގެ ލޯނުތައް ދައްކަން ޑޮލަރު ބޭނުންވާނެ ކަން ދަންނަމުއެވެ. ނަމަވެސް އެކަން އިނގިތިބެ، ޑޮލަރުން ގަތް ޑްރޯނުތައް ކޮބައިތޯއެވެ. ރަސްމާލެ ހިއްކަން އެންދިހާ ތެލެއް ކޮބައިތޯއެވެ. މިއީ ހުސް އިސްރާފެވެ. އޭގެ ބަދަލުގައި ފަހަށް ރައްކާކުރިނަމަ، ލޯނުތައް ދައްކައިފައިވެސް ރައްޔިތުންގެ ލިމިޓާއި ނުކުޅެ ފަރުޖެހުނީހެވެ

<- އިތުރަށް ކިޔާލުމަށް

ހިޔާލު ފާޅުކުރުން. ހައްދެއްނެތި ލިބެންޖެހޭ މިނިވަންކަމެއްތަ

އަދު ރާއްޖޭއަށް ދިމާވެފައިވާ މައްސަލަ އަކީ ހައްޤުތައް ނެތުމުގެ މައްސަލައެއް ނޫނެވެ. ހައްޤުތައް ލިބިދިނުމާއި ހައްޤުތައް ހިފެހެއްޓުމުގެ އިން ކަނޑައެޅުމުގެ މައްސަލައެވެ. މިަކަމަށް ހައްލު ހޯދޭނީ މެދުމިނުމުގެ ވިސްނުމެއް އިޙްތިޔާރުކޮށް މަޝްވަރާގެ މޭޒު ދޮށުންނެވެ

<- އިތުރަށް ކިޔާލުމަށް

ކޮޅިގަނޑު މެދުން ފަޅުވެރިން ބަދަލުކުރުން

ޤައުމަކާއި ނަވެއް އަޅާކިޔާނަމަ، ރައީސް އަކީ ކައްޕިއެވެ. ވަޒީރުންނަކީ ފަޅުވެރިންނެވެ. ކޮންމެ ފަޅުވެރިއަކާއި ވަކި ކަމެއް ހަވާލުކުރެވިފައިވާނެއެވެ. ފަޅުވެރިންގެ ދަށުން އެހީތެރިންވެސް ތިބޭނެއެވެ. އެއްވެސް އުސޫލެއް ހައްދެއް ނެތި އެހީތެރިން އޮޑިއަށް އޮއްސާލުމަކީ ހަމަޖެހޭ ކައްޕިއެއް ކުރާނެކަމެއް ނޫނެވެ. އަދި އެހެންމެ ގަދަ ކޮޅިގަނޑެއްގައި ފަޅުވެރިން ބަދަލުކުރާކަށްވެސް ކައްޕިއެއް ނޫޅޭނެއެވެ

<- އިތުރަށް ކިޔާލުމަށް

މަޖިލިސް ޖަލްސާއެއް ނުބާއްވާތާ މަސް ދުވަސް، އެކަމަކު ހަރަދު ކުޑަ ކުރަން ފަށަނީ ނިކަމެތިންގެ ވަޒީފާގަނޑުން

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ 5 ފެބްރުއަރީގައެވެ. މިހާތަނަށް ބާއްވާފައި ވަނީ އެންމެ 5 ޖަލްސާއެވެ. މެއި މަހު 15 ވަނަ ދުވަހު، މި އަހަރުގެ ފުރަތަމަ ދައުރު ހަަމަވެ އަނެއްކާވެސް މެމްބަރުން ދާނީ މަސް ދުވަހުގެ ޗުއްޓީއަކަށެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ދައުރުގެ ތެރޭގައި ބާއްވަން ޖެހެނީ ހަފްތާއަކު މަދުވެގެން ތިން ޖަލްސާއެވެ. މިވަރުވެސް ކޮށްނުލެވި މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ

<- އިތުރަށް ކިޔާލުމަށް

ގަރުދިޔަ އާއި ބަތާ ކާންބުނެފި، އާސަންދަ ކަނޑާލަން ޖެހިދާނެ ކަމަށް ބުނެފި، އެކަމަކު މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަން ދެކޮޅު

މި ހާލަތުގައި އިންތިހާބު ނިމޭ ގޮތަށް ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާނެކަން ކަށަވަރެވެ. ރައްޔިތު މީހާ އަށް ގަރުދިޔަ އާއި ބަތާ ކާން މަޖުބޫރު ކުރުވާނެ ފިޔަވަޅުތަކެވެ. ވެރިން އުޅޭނީ ހަމަޖެހިގެނެވެ. އެމީހުން ތިބީ ފުދިގެނެވެ. ހަރަދު ކުޑަކުރަންވެސް މަޖިލިސް މެމްބަރުންނާއި ސިޔާސީންނަށް މިކުރާ ހަރަދު ކުޑަކުރުމުގެ ވިސްނުމެއް ނެތް

<- އިތުރަށް ކިޔާލުމަށް