މަޖިލިސް ޖަލްސާއެއް ނުބާއްވާތާ މަސް ދުވަސް، އެކަމަކު ހަރަދު ކުޑަ ކުރަން ފަށަނީ ނިކަމެތިންގެ ވަޒީފާގަނޑުން

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ 5 ފެބްރުއަރީގައެވެ. މިހާތަނަށް ބާއްވާފައި ވަނީ އެންމެ 5 ޖަލްސާއެވެ. މެއި މަހު 15 ވަނަ ދުވަހު، މި އަހަރުގެ ފުރަތަމަ ދައުރު ހަަމަވެ އަނެއްކާވެސް މެމްބަރުން ދާނީ މަސް ދުވަހުގެ ޗުއްޓީއަކަށެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ދައުރުގެ ތެރޭގައި ބާއްވަން ޖެހެނީ ހަފްތާއަކު މަދުވެގެން ތިން ޖަލްސާއެވެ. މިވަރުވެސް ކޮށްނުލެވި މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.

މެދުއިރުމަތީގައި ފެށިގެން އުޅޭ ހަނގުރާމަ އާއި ގުޅިގެން ދުނިޔޭގެ އިޤްތިސާދަށް މިއައި ހީނަރުކަން އައުމުގެ ކުރިންވެސް ރާއްޖޭގެ އިޤްތިސާދު އޮތީ ހަރަދު ކުޑަކުރަން ޖެހިފައެވެ. ރައްޔިތުންގެ މަޖިލީހަށް ދައުލަތުން ކުރަންޖެހެނީ އިސްރާފު ބޮޑު ހޭދައެއް ކަމުގައި އޭރުވެސް އަދި އަމުދުން މިއަދުވެސް ރައްޔތިުން ޤަބޫލުކުރެއެވެ. އޭގެ ހެއްކަކީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ ކުޑަކޮށް، ކޮމިޓީ އެލަވަންސް ކަނޑާލާ، ލިބޭ އަގުބޮޑު ހެލްތް އިންޝުއަރެންސް އާސަންދައަށް ބަދަލު ކުރުމަށް ގޮވާލާ އަޅުގަނޑު ފެށި ޕެޓިޝަނަށް 2000 އަށް ވުރެ ގިނަ ސޮއި ލިބިގެން ދިޔުމެވެ. ނަމަވެސް އެންމެ މަޖިލިސް މެމްބަރަކު ވެސް އެ ޕެޓިޝަން މަޖިލިސް ތަޅުމަކަށް ނުވެއްދިއެވެ.

ދާދި އިހަކަށް ދުވަހު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރައިޒޭޝަން ބޯޑުން މިވަނީ ހަރަދު ކުޑަކުރުމުގެ ގޮތުން ކުންފުނިތަކުގެ މުވައްޒަފުންނާއި ގުޅޭ ފިޔަވަޅުތަކެއް އެޅުމަށް އަންގާ އިއުލާނު ކޮށްފައެވެ. މި ބޯޑުގައި މަޖިލީހުގެ އެސްއޯއީ (ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ގުޅޭ) ކޮމެޓީގެ މެމްބަރުން ތިއްބަވައެވެ. މި ބޭފުޅުންނަށް މި ބޭފުޅުންގެ އަމިއްލަ މުސާރަ ކުޑަކޮށް ހަރަދު ކުޑަކުރުމުގެ ބަދަލުގައި ފެނުނީ ނިކަމެތި ރައްޔިތުންގެ މުސާރައެވެ. މަސައްކަތެއް ނުކޮށް ކާޑު ޖަހާލާފައި ގެއަށް ދާގޮތަށް ސިޔާސީ ގޮތުން އެތައް ބަޔަކަށް ކުންފުނިތައް މެދުވެރިކޮށް މުސާރަ ދެއެވެ. މި މީހުންނަށް ލިބޭނެ ގެއްލުމެއް ނެތެވެ. ހަރަދު ކުޑަކުރުމަށް މި މީހުން ވަޒީފާއިން ކެނޑުމެއްވެސް ނެތެވެ. މަޤާމުގެ ކުރިއެރުމެއްވެސް ނުލިބޭ ގޮތަށް މި ދަތިކުރަނީ މަސައްކަތް ކުރަންތިބި މުވައްޒަފުންނަށެވެ. ރައްޔިތުންވެސް އެބަ ވިސްނަން ޖެހެއެވެ. ވޯޓު ވިއްކައިގެން ކުފޫ ހަމަނުވާ މީހުން ޤާނޫނު ހަދަން ހޮވީ މަސައްކަތެއްނުކޮށް މުސާރަ ނަގަންހެއްޔެވެ؟ ނޫނީ ސަރުކާރަށް ކެމްޕެއިން ކޮށްދޭން ހެއްޔެވެ؟ ރައްޔިތުން ބޭނުންވާ ގޮތަކީ މިއީ ހެއްޔެވެ؟

Leave a Comment

Your email address will not be published. Required fields are marked *

ހިޔާލު ފާޅުކުރުން. ހައްދެއްނެތި ލިބެންޖެހޭ މިނިވަންކަމެއްތަ

އަދު ރާއްޖޭއަށް ދިމާވެފައިވާ މައްސަލަ އަކީ ހައްޤުތައް ނެތުމުގެ މައްސަލައެއް ނޫނެވެ. ހައްޤުތައް ލިބިދިނުމާއި ހައްޤުތައް ހިފެހެއްޓުމުގެ އިން ކަނޑައެޅުމުގެ މައްސަލައެވެ. މިަކަމަށް ހައްލު ހޯދޭނީ މެދުމިނުމުގެ ވިސްނުމެއް އިޙްތިޔާރުކޮށް މަޝްވަރާގެ މޭޒު ދޮށުންނެވެ

<- އިތުރަށް ކިޔާލުމަށް

ކޮޅިގަނޑު މެދުން ފަޅުވެރިން ބަދަލުކުރުން

ޤައުމަކާއި ނަވެއް އަޅާކިޔާނަމަ، ރައީސް އަކީ ކައްޕިއެވެ. ވަޒީރުންނަކީ ފަޅުވެރިންނެވެ. ކޮންމެ ފަޅުވެރިއަކާއި ވަކި ކަމެއް ހަވާލުކުރެވިފައިވާނެއެވެ. ފަޅުވެރިންގެ ދަށުން އެހީތެރިންވެސް ތިބޭނެއެވެ. އެއްވެސް އުސޫލެއް ހައްދެއް ނެތި އެހީތެރިން އޮޑިއަށް އޮއްސާލުމަކީ ހަމަޖެހޭ ކައްޕިއެއް ކުރާނެކަމެއް ނޫނެވެ. އަދި އެހެންމެ ގަދަ ކޮޅިގަނޑެއްގައި ފަޅުވެރިން ބަދަލުކުރާކަށްވެސް ކައްޕިއެއް ނޫޅޭނެއެވެ

<- އިތުރަށް ކިޔާލުމަށް

ވަކި ކުލައަކަށް ނޫނެވެ. މިއީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ

ރައްޔިތުން މި ނަގައިދިން ފިލާވަޅު ދަސްނުވެއްޖެނަމަ ދެންވެސް އޮތީ ހިތި ނަތީޖާއެވެ. އަބަދަކު އާރާއި ބާރަކު ނުތިބެވޭނެއެވެ. ދެންވެސް ކާމިޔާބު އޮތީ ރައްޔިތުންނަށެވެ. ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް، ރައްޔިތުންގެ ޙިދުމަތަށް ރުޖޫއަވާށެވެ

<- އިތުރަށް ކިޔާލުމަށް

ގަރުދިޔަ އާއި ބަތާ ކާންބުނެފި، އާސަންދަ ކަނޑާލަން ޖެހިދާނެ ކަމަށް ބުނެފި، އެކަމަކު މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަން ދެކޮޅު

މި ހާލަތުގައި އިންތިހާބު ނިމޭ ގޮތަށް ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާނެކަން ކަށަވަރެވެ. ރައްޔިތު މީހާ އަށް ގަރުދިޔަ އާއި ބަތާ ކާން މަޖުބޫރު ކުރުވާނެ ފިޔަވަޅުތަކެވެ. ވެރިން އުޅޭނީ ހަމަޖެހިގެނެވެ. އެމީހުން ތިބީ ފުދިގެނެވެ. ހަރަދު ކުޑަކުރަންވެސް މަޖިލިސް މެމްބަރުންނާއި ސިޔާސީންނަށް މިކުރާ ހަރަދު ކުޑަކުރުމުގެ ވިސްނުމެއް ނެތް

<- އިތުރަށް ކިޔާލުމަށް

އަނެއްކާވެސް ހިތާމަވެރި ހާދިސާއެއް ހިގަންދެން!

ސުވާލަކީ ގަވައިދުން ގަރާޖުތަކާއި ގުދަންތައް ބަލާ ފާސްކުރުމުގެ ޒިންމާ ނަގަން ޖެހޭ ހަމަ އެއްވެސް ބަޔަކު ނެތީތޯއެވެ. ކޮންމެ ފަހަރަކުވެސް ތެޅިގަންނަނަން ޖެހެނީ ބޮޑު ހާދިސާއެއް ހިނގީމަތޯއެވެ. ހައްލެއްގެ ގޮތުގައި ފަށާ އެއްވެސް ކަމެއް ކޮޅެއްގައި ނުޖެހި ނިމެނީ ކީއްވެތޯއެވެ

<- އިތުރަށް ކިޔާލުމަށް