ގަރުދިޔަ އާއި ބަތާ ކާންބުނެފި، އާސަންދަ ކަނޑާލަން ޖެހިދާނެ ކަމަށް ބުނެފި، އެކަމަކު މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަން ދެކޮޅު

ހަނގުރާމައިގެ ކަޅު ވިލާތައް ދުނިޔެ ވަށައިލުމުގެ ކުރިންވެސް ދިވެހިރާއްޖޭ އޮތީ އިޤްތިސާދީ ގޮތުން ނާޒުކު ހާލަތެއްގައެވެ. ދައްކަން ޖެހިފައި ހުރި ލޯނުތަކާއި، ގައިން ޑްރޯން ތަކާއި، ކުރި ބޭކާރު ހަރަދު ތަކާއި، ބަހާލި ވަޒީފާތައް ދިޔައީ މި ހާލަތަށް ދަރު އަޅަމުންނެވެ. ފަރުވާލެއް ނެތެވެ. ލިބޭ ބަޔަކު ލިބޭހާ ހިނދަކު، ހުރިހާ ކަމެއް ވަރިހަމަ ވެގެންނެވެ. ޤައުމަކާއި ޤައުމެކެވެ. އެކީ އިނދަ ޖެހުނީމައި، ފަހުން އެންމެންނަށް ލިބޭނެ ގެއްލުމެއްވެސް ވަރިހަމަ ވެފައެވެ.

މިހެން ތިއްބައި ޤައުމުގެ ހާލަތަށް ރިޢާއަށްކޮށް، ރައީސް އޮފީހުގެ ވަޒީރަކު ރައްޔިތުންނަށް ނަސޭހަތްތެރިވީ ރައްޔިތުން ގަރުދިޔަ އާއި ބަތަށް ތިރިވެލުމަށެވެ. އަނެއްކޮޅުން މަޖިލީހުގެ ނައިބު ދެއްވީ އާސަންދަ ކަނޑާލަން ޖެހިދާނެ ކަމުގެ އިންޒާރެވެ. ސަރުކާރުގެ ހަރަދުތައް ދެކޮޅު ނުޖެހިގެން އުޅެނީ ރައްޔިތުންނާއި ހެދިއޭ ހީވާ ކަހަލައެވެ. މި ހާލަތުގައި އަޅުގަނޑު އިސްވެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ ކުޑަކޮށް، ދޭ އަގު ބޮޑު ހެލްތް އިންސިއުރެންސްގެ ބަދަލުގައި އާސަންދަ ހަމަޖައްސާ، ކޮމެޓީ އެލަވަންސް ކަނޑާލާ، މެމްބަރު ކަމުން ވަކިވުމުން ދޭ އިނާޔަތް ކަނޑާލަން ގޮވާލާ ޕެޓިޝަން ފެށީމެވެ. ދެ ހާހަށްވުރެ ގިނަ ރައްޔިތުން ސޮއި ކުރި ޕޭޓިޝަން މަޖިލީހުގެ ތަޅުމަށް ވައްދައިދޭނެ އެންމެ މެމްބަރެއްވެސް ނުވިއެވެ. ރައްޔިތުން ހޮވާފައި ތިބި މީހުން ފީކަޅައީއެވެ. ހަނގުރާމައިގެ އަސަރު މިއައީ މި ހުރިހާ ކަމެއްގެ ތެރޭގައި އުޅެނިކޮށެވެ.

ދުނިޔޭގެ އެހެން ޤައުމުތަކުގައި ހަރަދު ކުޑަކުރަން ދުރާލާ ފިޔަވަޅު އަޅަން ފަށައިފިތާ އެތައް ދުވަހެކެވެ. އެހެން ޤައުމުތަކުގައި ޕެޓްރޯލަށް ކުރާ ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާއިރު ރާއްޖޭގައި ބާއްވަނީ ސައިކަލު ބުރެވެ. ކަރަންޓް ހަރަދު ކުޑަކުރަން ފަޔަވަޅުތައް އަޅާއިރު، ރާއްޖޭގައި ދިއްލަނީ ކުލަކުލައިގެ ބޮކިތަކެވެ. އެ ޤައުމުތަކުގެ ބޮޑުވަޒީރުންނާއި ލީޑަރުން ޤައުމީ ޓީވީގައި ހަރަދު ކުޑަކުރަން ނަސޭހަތްތެރިވާ އިރު މި ޤައުމުގެ ވެރިން އުޅެނީ ދެ އިންތިހާބު އެއް ނުކުރެވިގެނެވެ. ރާއްޖެއަށް އެއްވެސް އަސަރެއް ނުކުރާ ކަމަށް ދެއްކެން އުޅުނަސް، ތެލުގެ އަގު ބޮޑުވެއްޖެއެވެ. އެއާއި އެކު މުދަލުގެ އަގު އުފުލެން ފަށައިފިއެވެ. ފަހަރުގައި ގޭހާއި ތެޔޮ އެކީ ހުސްނުވެދާނެއެވެ. ނަމަވެސް އެންމެ ބޮޑު ކާރިސާ އަކީ މުދަލުގެ އަގުން އުފުލޭ ކޮންމެ 1ރ އަކީ ވެސް ނިކަމެތި އާއިލާތަކަށް ބޮޑު އެއްޗެއްކަން ނުވިސްނޭ ވެރިން ތިބުމެވެ.

މި ހާލަތުގައި އިންތިހާބު ނިމޭ ގޮތަށް ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާނެކަން ކަށަވަރެވެ. ރައްޔިތު މީހާ އަށް ގަރުދިޔަ އާއި ބަތާ ކާން މަޖުބޫރު ކުރުވާނެ ފިޔަވަޅުތަކެވެ. ވެރިން އުޅޭނީ ހަމަޖެހިގެނެވެ. އެމީހުން ތިބީ ފުދިގެނެވެ. ހަރަދު ކުޑަކުރަންވެސް މަޖިލިސް މެމްބަރުންނާއި ސިޔާސީންނަށް މިކުރާ ހަރަދު ކުޑަކުރުމުގެ ވިސްނުމެއް ނެތެވެ. އަދި ނުވިތާކަށް ސިޔާސީ މަޤާމުތައް އަދިވެސް އުފައްދަނީއެވެ. ކުރިމަތިލާން ޖެހޭ ހަޤީގަތަކީ ރައްޔިތުންގެ ޒިންމާވެސް މިކަމުގައި އޮތްކަމެވެ. ބޭނުމީ ތައުލީމީ ޒިންމާދާރު މެމްބަރުންނޭ ގޮވާފައި، ވޯޓު ވިއްކައިގެން ރަށުގައި އުޅޭ އެންމެ ތާކުންތާކު ނުޖެހޭ މީހުން ހޮވަނީ ރައްޔިތުންނެވެ. ސަރުކާރު ހަރަދު ކުރާގޮތް ބަލާ ޒިންމާދާރު ކުރުވީ މަޖިލިސް މެމްބަރުންގެ ޒިންމާއެކެވެ. މެމްބަރުންނަކީ އަމިއްލައަށް މުސާރަ ކަނޑައަޅާ ބައެއްކަމުން، ޤައުމުގެ އިޤްތިސާދީ ހާލަތަށް ބަލާ މުސާރަ ކުޑަކުރުމުގެ ބާރުވެސް އޮތީ މެމްބަރުންގެ އަތްމަތީގައެވެ. ނަމަވެސް ރައްޔިތުން ހޮވާފައި ތިބި މެމްބަރުންގެ އެ ފެންވަރެއް ނެތެވެ.

Leave a Comment

Your email address will not be published. Required fields are marked *

ކޮޅިގަނޑު މެދުން ފަޅުވެރިން ބަދަލުކުރުން

ޤައުމަކާއި ނަވެއް އަޅާކިޔާނަމަ، ރައީސް އަކީ ކައްޕިއެވެ. ވަޒީރުންނަކީ ފަޅުވެރިންނެވެ. ކޮންމެ ފަޅުވެރިއަކާއި ވަކި ކަމެއް ހަވާލުކުރެވިފައިވާނެއެވެ. ފަޅުވެރިންގެ ދަށުން އެހީތެރިންވެސް ތިބޭނެއެވެ. އެއްވެސް އުސޫލެއް ހައްދެއް ނެތި އެހީތެރިން އޮޑިއަށް އޮއްސާލުމަކީ ހަމަޖެހޭ ކައްޕިއެއް ކުރާނެކަމެއް ނޫނެވެ. އަދި އެހެންމެ ގަދަ ކޮޅިގަނޑެއްގައި ފަޅުވެރިން ބަދަލުކުރާކަށްވެސް ކައްޕިއެއް ނޫޅޭނެއެވެ

<- އިތުރަށް ކިޔާލުމަށް

މަޖިލިސް ޖަލްސާއެއް ނުބާއްވާތާ މަސް ދުވަސް، އެކަމަކު ހަރަދު ކުޑަ ކުރަން ފަށަނީ ނިކަމެތިންގެ ވަޒީފާގަނޑުން

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ 5 ފެބްރުއަރީގައެވެ. މިހާތަނަށް ބާއްވާފައި ވަނީ އެންމެ 5 ޖަލްސާއެވެ. މެއި މަހު 15 ވަނަ ދުވަހު، މި އަހަރުގެ ފުރަތަމަ ދައުރު ހަަމަވެ އަނެއްކާވެސް މެމްބަރުން ދާނީ މަސް ދުވަހުގެ ޗުއްޓީއަކަށެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ދައުރުގެ ތެރޭގައި ބާއްވަން ޖެހެނީ ހަފްތާއަކު މަދުވެގެން ތިން ޖަލްސާއެވެ. މިވަރުވެސް ކޮށްނުލެވި މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ

<- އިތުރަށް ކިޔާލުމަށް

ވަކި ކުލައަކަށް ނޫނެވެ. މިއީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ

ރައްޔިތުން މި ނަގައިދިން ފިލާވަޅު ދަސްނުވެއްޖެނަމަ ދެންވެސް އޮތީ ހިތި ނަތީޖާއެވެ. އަބަދަކު އާރާއި ބާރަކު ނުތިބެވޭނެއެވެ. ދެންވެސް ކާމިޔާބު އޮތީ ރައްޔިތުންނަށެވެ. ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް، ރައްޔިތުންގެ ޙިދުމަތަށް ރުޖޫއަވާށެވެ

<- އިތުރަށް ކިޔާލުމަށް

އަނެއްކާވެސް ހިތާމަވެރި ހާދިސާއެއް ހިގަންދެން!

ސުވާލަކީ ގަވައިދުން ގަރާޖުތަކާއި ގުދަންތައް ބަލާ ފާސްކުރުމުގެ ޒިންމާ ނަގަން ޖެހޭ ހަމަ އެއްވެސް ބަޔަކު ނެތީތޯއެވެ. ކޮންމެ ފަހަރަކުވެސް ތެޅިގަންނަނަން ޖެހެނީ ބޮޑު ހާދިސާއެއް ހިނގީމަތޯއެވެ. ހައްލެއްގެ ގޮތުގައި ފަށާ އެއްވެސް ކަމެއް ކޮޅެއްގައި ނުޖެހި ނިމެނީ ކީއްވެތޯއެވެ

<- އިތުރަށް ކިޔާލުމަށް

ވަސީލަތާއި ހިދުމަތުގެ ގޮތުން މާލެއާއި ވާދަކޮށްލެވޭ ވަރަށް ރާއްޖޭގެ އެހެން ރަށެއް ތަރައްޤީ ކުރާނަމަ، ކުރަންވީ ކޮން ރަށެއް؟

މިހިސާބުން އުފެދޭ ސުވާލަކީ ކުރިންވެސް އުފެދުނު ސުވާލެވެ. ވަސީލަތާއި ޙިދުމަތުގެ ގޮތުން މާލެއާއި ވާދަކޮށްލެވޭ ވަރުގެ އެހެން ރަށެއް ތަރަައްޤީ ކުރާނަމަ ކުރަންވީ ކޮން ރަށެއް ނުވަތަ ރަށްތަކެއް ތޯއެވެ. އުތުރުން ރަށަކާއި ދެކުނުން ރަށެކޭ ވަރަށް ގިނަ މީހުން ކިޔާނެއެވެ. ނަމަވެސް އުތުރުން ކޮން ރަށަކާއި ދެކުނުން ކޮން ރަށެއް ތޯއެވެ؟ އަދި އެ ތަރައްގީ އެ ރަށަށް އަމާޒުކުރަންވީ ކޮން ސަބަބުތަކެއް ހުރީމައިތޯއެވެ؟

<- އިތުރަށް ކިޔާލުމަށް