ޤައުމަށް ވަންނަހާ ޑޮލަރަކަށް މިވަނީ ކިހިނެތް؟

ކަރުދާހުގައި ދިވެހިރާއްޖެއަކީ ފަގީރު ޤައުމެއް ނޫނެވެ. ބޮލަކަށް ޖެހޭ ޖީ.ޑީ.ޕީ އުޅެނީ ސަތޭކަ ހަތްދިހަ ހާސް ރުފިޔާއަށްވުރެ މަތީގައެވެ. ސަރަހައްދުގެ އެހެން ޤައުމުތަކާއި އަޅާކިޔާއިރުވެސް ނިސްބަތުން ރަނގަޅެވެ. ނަމަވެސް ގޭބިސީތަކުގެ އާމްދަނީ އަށް ބަލާއިރު އަދިވެސް ބޮޑުއިންސަތައަށް މަހެއްގެ މައްޗަށް ލިބެނީ ގާތްގަނޑަކަށް 28ހާސް ރުފިޔާއެވެ. ގޭބިސީ އެއްގެ ހަރަދަށް ބަލާއިރުވެސް އުޅެނީ މިވަރުގައި ކަމުން، އާދައިގެ އާއިލާއެއްގެ އަތުގައި ފަހަށް ރައްކާކުރާނެ މާބޮޑު އެއްޗެއް ނޯއްނާނެކަން ދޭހަވެއެވެ. އެވެރެޖް ގޮތެއްގައި ބޮަލަކަށް ޖެހޭ އާމްދަނީ އުޅެނީ 11 ހާހާއި 14 ހާހާއި ދެމެދެވެ. އެކި ސަބަބުތަކާއި ހެދި، ރުފިޔާގެ އަގު ވެއްޓި، ލިބޭ އާމްދަނީ އިން ގަނެވޭ ތަކެތި ދަނީ މަދުވަމުންނެވެ. އެހެން ގޮތަކަށް ބުނަނީނަމަ ލިބޭ އެއްޗަކުން ދެކޮޅު ޖައްސާލަން މެދު ފަންތީގެ އާއިލާތަކަށް ދަނީ ދަތިވަމުންނެވެ.

ފަތުރުވެރިކަމަކީ ރަން ބިސް އަޅާ ކުކުޅެވެ. އެ ސިނާއަތުގައި އަދިވެސް އެނދު ދަނީ އިތުރުކުރެވެމުންނެވެ. އެކި ޓެކްސްތަކުގެ ޒަރިއްޔާއިން ސަރުކާރަށް ފައިސާ ލިބެއެވެ. އަދި ނުވިތާކަށް ދާދި ފަހުން ސަރުކާރުން ވަނީ ރިސޯޓުތަކުގެ ކަރުގައި ހިފައި ޑޮލަރުން އިންސައްތައެއް މީރާއަށް މާރުކުރަން މަޖުބޫރު ކުރުވާފައެވެ. ނަމަވެސް މިއިން ކަމަކުން އާންމު މީހާއަށް ވީ ފައިދާއެއް ނެތެވެ. ބޭސްފަރުވާ އަށް ދާމީހާ ޑޮލަރަށް ސަލާން ޖަހަނީއެވެ. ކުދި ވިޔަފާރިތަކުން ޑޮލަރަށް ސަލާން ޖަހަނީއެވެ. ބޭރުގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ފޮނުވަން ބެލެނިވެރިންވެސް ޑޮލަރަށް ސަލާން ޖަހަނީއެވެ. ހާލަތު މިހެން އޮތްވާ ރަސްމީ ބޭންކަށް ޑޮލަރު ދެކޮޅު ނުޖެއްސި، މުޅި އާބާދީއަށް ޑޮލަރު ލިމިޓެއް ޖަހަފިއެވެ.

މިވީ ގޮތުން ސަބްސްކްރިޕްޝަނަކަށް ފައިސާ ދައްކަންވެސް ޖެހެނީ ބޭންކަށް ގުޅައިގެން އާދޭސް ކުރާށެވެ. ޓެމޫއިން އެއްޗެެެއް ގަންނަން ބަލާއިރު ދުވަހުގެ ލިމިޓް އޮންނަނީ ހަމަވެފައެވެ. އޮފީހުގެ މަސައްކަތްތަކަށް ބޭނުންވާ ސޮފްޓްވެއަރ އަށް ކާޑަކުން ނުކެނޑެއެވެ. ހަޤީޤަތުގައި ދިވެހިންނަކީ ބޭންކާއި ސަރުކާރުގައި ސަލާންޖަހަން ޖެހޭ ވަރަށް ވުރެ މާ ޤަދަރުވެރި ދިރިއުޅުމެއް އުޅެވޭނެ ފެންވަރުގެ ޤައުމެއްގެ ރައްޔިތުންނެވެ. ހުރިހާވެސް ނިކަމެތިކަމެއްގެ އަސްލަކީ ސިޔާސީން ހާވާފައި ދާ ހަޑިއެވެ. އެވަރުންވެސް އިޤްތިސާދުގެ ހާލަތަށް ބަލައި ސިޔާސީންގެ މުސާރަ ކުޑަކުރުމެއް ނެތެވެ. އަދިވެސް އުޅެނީ އެކި މަޤާމުތަކުގެ މުސާރަ ބޮޑު ނުކުރެވިގެންނެވެ. ގޭބިސީތަކަށް ވަންނަ އާމްދަނީ އިތުރު ކުރެވޭނެ މަގު ކޮށައިދޭނެ ސިޔާސީއެއް ނެތްފަދައެވެ. ބޭނުންވަނީ ރައްޔިތުން ހާލުގައި ބައިތިއްބައިގެން، ރިޝްވަތުން ވޯޓު ގަނެ ބާރުތައް އެއްކުރެވޭނެ ގޮތެއް ހޯދާށެވެ.

ރަނގަޅެވެ. ބޭރުގެ ލޯނުތައް ދައްކަން ޑޮލަރު ބޭނުންވާނެ ކަން ދަންނަމުއެވެ. ނަމަވެސް އެކަން އިނގިތިބެ، ޑޮލަރުން ގަތް ޑްރޯނުތައް ކޮބައިތޯއެވެ. ރަސްމާލެ ހިއްކަން އެންދިހާ ތެލެއް ކޮބައިތޯއެވެ. މިއީ ހުސް އިސްރާފެވެ. އޭގެ ބަދަލުގައި ފަހަށް ރައްކާކުރިނަމަ، ލޯނުތައް ދައްކައިފައިވެސް ރައްޔިތުންގެ ލިމިޓާއި ނުކުޅެ ފަރުޖެހުނީހެވެ. ޤައުމަކީ އިމްޕޯޓަށް ބަރޯސާވާ ޤައުމެކެވެ. އަދި އާންމު ދިރިއުޅުމުގައި ޑޮލަރަށް ބޭނުންޖެހޭ ރައްޔިތުން ތަކެއް އުޅޭ ޤައުމެކެވެ. ސަރުކާރުތަކުން ފިސްކަލް ޕްލޭން އެކުލަވާލަން ޖެހޭނީ މިކަންކަމަށް ރިޢާއަތްކޮށެވެ. އަދު މިވާގޮތުން ފާސްކުރި ބަޖެޓަކީ ކީއްކުރާ އެއްޗެއްކަން ނޭނގޭ ފަދައިން، ޤައުމަށް ވަންނަހާ ޑޮަލަރަކަށް ވާގޮތެއްވެސް ނޭނގެއެވެ. މިއިން ކަމަކާއި އުޅުމަށްވުރެ، އަދު ސިޔާސީންނަށްވެސް މުހިންމުވެފައި ވަނީ ސޯފާއެއްގެ ވާހަކަ ދެއްކުމެވެ.

Leave a Comment

Your email address will not be published. Required fields are marked *

ހިޔާލު ފާޅުކުރުން. ހައްދެއްނެތި ލިބެންޖެހޭ މިނިވަންކަމެއްތަ

އަދު ރާއްޖޭއަށް ދިމާވެފައިވާ މައްސަލަ އަކީ ހައްޤުތައް ނެތުމުގެ މައްސަލައެއް ނޫނެވެ. ހައްޤުތައް ލިބިދިނުމާއި ހައްޤުތައް ހިފެހެއްޓުމުގެ އިން ކަނޑައެޅުމުގެ މައްސަލައެވެ. މިަކަމަށް ހައްލު ހޯދޭނީ މެދުމިނުމުގެ ވިސްނުމެއް އިޙްތިޔާރުކޮށް މަޝްވަރާގެ މޭޒު ދޮށުންނެވެ

<- އިތުރަށް ކިޔާލުމަށް

ކޮޅިގަނޑު މެދުން ފަޅުވެރިން ބަދަލުކުރުން

ޤައުމަކާއި ނަވެއް އަޅާކިޔާނަމަ، ރައީސް އަކީ ކައްޕިއެވެ. ވަޒީރުންނަކީ ފަޅުވެރިންނެވެ. ކޮންމެ ފަޅުވެރިއަކާއި ވަކި ކަމެއް ހަވާލުކުރެވިފައިވާނެއެވެ. ފަޅުވެރިންގެ ދަށުން އެހީތެރިންވެސް ތިބޭނެއެވެ. އެއްވެސް އުސޫލެއް ހައްދެއް ނެތި އެހީތެރިން އޮޑިއަށް އޮއްސާލުމަކީ ހަމަޖެހޭ ކައްޕިއެއް ކުރާނެކަމެއް ނޫނެވެ. އަދި އެހެންމެ ގަދަ ކޮޅިގަނޑެއްގައި ފަޅުވެރިން ބަދަލުކުރާކަށްވެސް ކައްޕިއެއް ނޫޅޭނެއެވެ

<- އިތުރަށް ކިޔާލުމަށް

މަޖިލިސް ޖަލްސާއެއް ނުބާއްވާތާ މަސް ދުވަސް، އެކަމަކު ހަރަދު ކުޑަ ކުރަން ފަށަނީ ނިކަމެތިންގެ ވަޒީފާގަނޑުން

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ 5 ފެބްރުއަރީގައެވެ. މިހާތަނަށް ބާއްވާފައި ވަނީ އެންމެ 5 ޖަލްސާއެވެ. މެއި މަހު 15 ވަނަ ދުވަހު، މި އަހަރުގެ ފުރަތަމަ ދައުރު ހަަމަވެ އަނެއްކާވެސް މެމްބަރުން ދާނީ މަސް ދުވަހުގެ ޗުއްޓީއަކަށެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ދައުރުގެ ތެރޭގައި ބާއްވަން ޖެހެނީ ހަފްތާއަކު މަދުވެގެން ތިން ޖަލްސާއެވެ. މިވަރުވެސް ކޮށްނުލެވި މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ

<- އިތުރަށް ކިޔާލުމަށް

ވަކި ކުލައަކަށް ނޫނެވެ. މިއީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ

ރައްޔިތުން މި ނަގައިދިން ފިލާވަޅު ދަސްނުވެއްޖެނަމަ ދެންވެސް އޮތީ ހިތި ނަތީޖާއެވެ. އަބަދަކު އާރާއި ބާރަކު ނުތިބެވޭނެއެވެ. ދެންވެސް ކާމިޔާބު އޮތީ ރައްޔިތުންނަށެވެ. ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް، ރައްޔިތުންގެ ޙިދުމަތަށް ރުޖޫއަވާށެވެ

<- އިތުރަށް ކިޔާލުމަށް

ގަރުދިޔަ އާއި ބަތާ ކާންބުނެފި، އާސަންދަ ކަނޑާލަން ޖެހިދާނެ ކަމަށް ބުނެފި، އެކަމަކު މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަން ދެކޮޅު

މި ހާލަތުގައި އިންތިހާބު ނިމޭ ގޮތަށް ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާނެކަން ކަށަވަރެވެ. ރައްޔިތު މީހާ އަށް ގަރުދިޔަ އާއި ބަތާ ކާން މަޖުބޫރު ކުރުވާނެ ފިޔަވަޅުތަކެވެ. ވެރިން އުޅޭނީ ހަމަޖެހިގެނެވެ. އެމީހުން ތިބީ ފުދިގެނެވެ. ހަރަދު ކުޑަކުރަންވެސް މަޖިލިސް މެމްބަރުންނާއި ސިޔާސީންނަށް މިކުރާ ހަރަދު ކުޑަކުރުމުގެ ވިސްނުމެއް ނެތް

<- އިތުރަށް ކިޔާލުމަށް