ކޮޅިގަނޑު މެދުން ފަޅުވެރިން ބަދަލުކުރުން

ރެނދުލާފައިވާ ބާލިދީއެކެވެ. ފެންއަޅާވަރަކުން ހަމަ އަޅަނީއެވެ. ހައްލަކީ އިތުރަށް ފެން އެޅުމެއް ނޫންކަން، ރެނދު ބެއްދުންކަން ވިސްނާލި ކޮންމެ މީހަކަށްވެސް އިނގޭނެއެވެ. ހަރުބަހެއްގައިވެސް އޮވެއެވެ. ފޫނެތް ފަޔަށް ފެން ނުފުރާށެވެ. ޤައުމެއް ހިންގުމުގައިވެސް އޮތީ މި އުސޫލެވެ. މައްސަލައެއް އޮތްނަމަ، ޖެހޭނީ އެކަމެއް މެދުވެރިވާ ސަބަބު ދެނެގަނެ އެކަން ހައްލުކުރާށެވެ. މަތިމައްޗަށް މަޤާމު ބެހިއަކަސް، ފޫވެއްޓިފައިވާ މައްސަލައަކަށް ހައްލެއް ނާއްނާނެއެވެ.

ޤައުމަކާއި ނަވެއް އަޅާކިޔާނަމަ، ރައީސް އަކީ ކައްޕިއެވެ. ވަޒީރުންނަކީ ފަޅުވެރިންނެވެ. ކޮންމެ ފަޅުވެރިއަކާއި ވަކި ކަމެއް ހަވާލުކުރެވިފައިވާނެއެވެ. ފަޅުވެރިންގެ ދަށުން އެހީތެރިންވެސް ތިބޭނެއެވެ. އެއްވެސް އުސޫލެއް ހައްދެއް ނެތި އެހީތެރިން އޮޑިއަށް އޮއްސާލުމަކީ ހަމަޖެހޭ ކައްޕިއެއް ކުރާނެކަމެއް ނޫނެވެ. އަދި އެހެންމެ ގަދަ ކޮޅިގަނޑެއްގައި ފަޅުވެރިން ބަދަލުކުރާކަށްވެސް ކައްޕިއެއް ނޫޅޭނެއެވެ.

ދަތުރަށް ފެށުމުގެ ކުރިން ކައްޕި މަގުޗާޓު ކުރަހާނެއެވެ. ފަޅުވެރިން ނަގާނީ ނިކަން ވިސްނާފައެވެ. ރާއްޖޭގައި މިވީ ދިމާ އިދިކޮޅަށެވެ. މަގުޗާޓެއް ނެތެވެ. ފަޅުވެރިން ނެގީ ހިތުހުރި ގޮތަކަށެވެ. ގާތް މީހުންނާއި ރަހްމަތްތެރިންނެވެ. ފައިސާ އޮތް މަހުޖަނުންނާއި އެކި ހަދިޔާ ދޭ ބޮޑުންނެވެ. މިހެންވުމުން، ފަޅުވެރިން ވަކި ހިސާބަކުން ބަދަލުކުރަން މަޖުބޫރިވީ ކަންނޭގެއެވެ. ނަމަވެސް ކައްޗަށް އެޅިއްޖެ ބިންގަލެއް ކެއްޗާއި ހަމައަށް ނެގިޔަސް ހުންނާނީ ހަމަ ކައްޗަށެވެ. ވެރިކަމަކުގެ ދައުރަށް ބަލާއިރު، ހަޤީގަތުގައި ހިންގާލަން ލިބޭނީ 3 ވަރަކަށް އަހަރެވެ. ފުރަތަމަ އަހަރު ދާނީ އެތުރުމުގަ އާއި ރޭވުމުގައެވެ. ވަކި ހިސާބަކުން މަޖިލިސް އިންތިހާބުވެސް އަންނާނެއެވެ. ފަހު އަހަރު ދާނީ ދެވަނަ ދައުރަކަށް ކޭމްޕެއިން ކުރުމުގައެވެ. މެދުތެރެއިން އެ އަންނަ 3 އަހަރަކީ، ރާވާ އެއްޗެއް ރޭވި ނިމި، އެތުރުނު ގޮތަކަށް އެތުރެވި ގަދަޔަށް ފަލިޖަހަން ޖެހޭ 3 އަހަރެވެ. އެ މެދުން އަލުން ބަލުން އެތުރެން ފަށައިފިނަމަ، ދެން ދާނީ ހަމަ ޗޮކުންނެވެ.

ތަންކޮޅެއް ތިލަކޮށްލާނަމެވެ. ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެނެސްފިއެވެ. އެތައް ވުޒާރާއެއް އެއްކޮށްލައިފިއެވެ. ދައުރުގެ މިއޮތް ދެބައިވީއެވެ. ވަޒީރުން ވުޒާރާ ހިންގުމުގެ ބަދަލުގައި އަނެއްކާ އުޅެން ޖެހޭނީ ވުޒާރާތައް އަތުރާށެވެ. ވުޒާރާތައް ހިންގުމަކީ ފަސޭހަކަމެއް ނޫނެވެ. ތަރުތީބުވެގެން، ވަކި އުސޫލުތަކެއްގެ ތެރެއިން ނޫނީ ނުކުރެވޭނެއެވެ. މީގެ އިތުރުން މަތި މައްޗަށް ނެގި ސިޔާސީ މުވައްޒަފުންތައް ކަނޑާ ތަން ސާފުކުރުމުގެ ޒިންމާވެސް އޮތީ ވަޒީރުންގެ ބޮލަށް ޖަހާފައެވެ. މިވަރުން އަސްލު ވުޒާރާގެ ޒިންމާ އަދާކުރަން އުޅޭނީ ކިހިނަކުންތޯއެވެ. ޤަބޫލުކުރަން ޖެހޭ ހަޤީގަތަކީ ދުނިޔޭގައި ހިނގަމުންދާ ކަންކަމުގެ ސީދާ އަސަރު ރާއްޖެއަށް ކުރަން ފަށައިފިކަމެވެ. ފަތުރުވެރިން އައުން މަދުވެ، ޑޮލަރު ލިބޭވަރު ދަށްވަނީއެވެ. އިޤްތިސާދު އޮތީ ނާޒުކު ފައްތަރެއްގައެވެ. މި ދަނޑިވަޅުގައި ވަޒީރުންގެ މަޖިލީހަށް ގެނައި ބަދަލުތަކަކާއި އެންމެ އަކަށޭނެ ބަދަލުތަކެއްތޯ ސުވާލު އުފައްދާ އެތައްބަޔަކު ވެސް އެބަތިއްބެވެ.

ސުވާލަކީ ތިބޭފުޅުންގެ ނަޒަރުގައި މިއީ ހެޔޮ ބަދަލުތަކެއްތޯއެވެ. މިއީ ބަދަލު ގެންނަން އެންމެ ރަނގަޅު ވަގުތުތޯއެވެ.

ޤައުމަށް ވަންނަހާ ޑޮލަރަކަށް މިވަނީ ކިހިނެތް؟

ރަނގަޅެވެ. ބޭރުގެ ލޯނުތައް ދައްކަން ޑޮލަރު ބޭނުންވާނެ ކަން ދަންނަމުއެވެ. ނަމަވެސް އެކަން އިނގިތިބެ، ޑޮލަރުން ގަތް ޑްރޯނުތައް ކޮބައިތޯއެވެ. ރަސްމާލެ ހިއްކަން އެންދިހާ ތެލެއް ކޮބައިތޯއެވެ. މިއީ ހުސް އިސްރާފެވެ. އޭގެ ބަދަލުގައި ފަހަށް ރައްކާކުރިނަމަ، ލޯނުތައް ދައްކައިފައިވެސް ރައްޔިތުންގެ ލިމިޓާއި ނުކުޅެ ފަރުޖެހުނީހެވެ

<- އިތުރަށް ކިޔާލުމަށް

ހިޔާލު ފާޅުކުރުން. ހައްދެއްނެތި ލިބެންޖެހޭ މިނިވަންކަމެއްތަ

އަދު ރާއްޖޭއަށް ދިމާވެފައިވާ މައްސަލަ އަކީ ހައްޤުތައް ނެތުމުގެ މައްސަލައެއް ނޫނެވެ. ހައްޤުތައް ލިބިދިނުމާއި ހައްޤުތައް ހިފެހެއްޓުމުގެ އިން ކަނޑައެޅުމުގެ މައްސަލައެވެ. މިަކަމަށް ހައްލު ހޯދޭނީ މެދުމިނުމުގެ ވިސްނުމެއް އިޙްތިޔާރުކޮށް މަޝްވަރާގެ މޭޒު ދޮށުންނެވެ

<- އިތުރަށް ކިޔާލުމަށް

މަޖިލިސް ޖަލްސާއެއް ނުބާއްވާތާ މަސް ދުވަސް، އެކަމަކު ހަރަދު ކުޑަ ކުރަން ފަށަނީ ނިކަމެތިންގެ ވަޒީފާގަނޑުން

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ 5 ފެބްރުއަރީގައެވެ. މިހާތަނަށް ބާއްވާފައި ވަނީ އެންމެ 5 ޖަލްސާއެވެ. މެއި މަހު 15 ވަނަ ދުވަހު، މި އަހަރުގެ ފުރަތަމަ ދައުރު ހަަމަވެ އަނެއްކާވެސް މެމްބަރުން ދާނީ މަސް ދުވަހުގެ ޗުއްޓީއަކަށެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ދައުރުގެ ތެރޭގައި ބާއްވަން ޖެހެނީ ހަފްތާއަކު މަދުވެގެން ތިން ޖަލްސާއެވެ. މިވަރުވެސް ކޮށްނުލެވި މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ

<- އިތުރަށް ކިޔާލުމަށް

ވަކި ކުލައަކަށް ނޫނެވެ. މިއީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ

ރައްޔިތުން މި ނަގައިދިން ފިލާވަޅު ދަސްނުވެއްޖެނަމަ ދެންވެސް އޮތީ ހިތި ނަތީޖާއެވެ. އަބަދަކު އާރާއި ބާރަކު ނުތިބެވޭނެއެވެ. ދެންވެސް ކާމިޔާބު އޮތީ ރައްޔިތުންނަށެވެ. ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް، ރައްޔިތުންގެ ޙިދުމަތަށް ރުޖޫއަވާށެވެ

<- އިތުރަށް ކިޔާލުމަށް

ގަރުދިޔަ އާއި ބަތާ ކާންބުނެފި، އާސަންދަ ކަނޑާލަން ޖެހިދާނެ ކަމަށް ބުނެފި، އެކަމަކު މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަން ދެކޮޅު

މި ހާލަތުގައި އިންތިހާބު ނިމޭ ގޮތަށް ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާނެކަން ކަށަވަރެވެ. ރައްޔިތު މީހާ އަށް ގަރުދިޔަ އާއި ބަތާ ކާން މަޖުބޫރު ކުރުވާނެ ފިޔަވަޅުތަކެވެ. ވެރިން އުޅޭނީ ހަމަޖެހިގެނެވެ. އެމީހުން ތިބީ ފުދިގެނެވެ. ހަރަދު ކުޑަކުރަންވެސް މަޖިލިސް މެމްބަރުންނާއި ސިޔާސީންނަށް މިކުރާ ހަރަދު ކުޑަކުރުމުގެ ވިސްނުމެއް ނެތް

<- އިތުރަށް ކިޔާލުމަށް