މެނިފެސްޓޯ މޫސުން

ރައްޔިތުން ވޭތުކުރަމުން މި ދިޔައީ ތަދު 4 އަހަރެވެ. ވެރިކަން ފެށިގެން ދިޔައީ ގާތް މީހުންނަށް ކޭކު ފޮތިން ބައި އެޅުމުންނެވެ. އާލަމީ ވަބާގެ ތެރޭގައި ނޭވާހޮޅިންނާއި ހަކުރުން ކުރީ ވައްކަމެވެ. ރައްޔިތުން ގޭ ބަންދުކޮށްފައި މާގިރިތެރޭ ކުރީ ޕާޓީއެވެ. އިޤްތިޞާދު ނޭނގި ކުރީ ފައިސާ ޗާޕެވެ. ނަތީޖާއަކީ އިންވެސްޓަރުންގެ އިތުބާރު ގެއްލުމެވެ. މުދަލުގެ އަގު އުފުލުމެވެ. ބޭރު ޤައުމަކަށް އަޅުދާސްތުވުމެވެ. މި ހުރިހާ ކަމެއްގެ ތެރޭގައި ހައިބަރނޭޓްކުރައްވަމުން ގެންދެވި އެތައް ސިޔާސީ ސާރިދޯޅުންނެއް ގަދަ ނިދިން ހޭލައިފިއެވެ. މެނިފެސްޓޯ މޫސުމަށެވެ. ރިޔާސީ ބަހުސަށް ފިލައިގެން ރިޔާސީ އިންތިހާބެއް އެކީ ސެލްފީ ނަގަމުން ގޮސް ވެރިކަން ލިބުމުން މުލިއާގޭތެރޭގައި ފޮޓޯގަނޑަކަށް ވެފައިއިން ބޭފުޅާވެސް ރިއެކްޓް ކުރާ މޫސުން އައީއެވެ

ވައުދުތަކައިގެން މެނިފެސްޓޯ މޫސުމުގައި ސިޔާސީ ސާރިދޯޅުން ރައްޔިތުން ފަހާ ދުވަން ފަށާއިރު އެ ބޭފުޅުންގެ ޓްރެކް ރިކޯޑަށް ވެސް ބަލާލަން ވާނެއެވެ. ސިޔާސީ ލީޑަރުންނަކީ ގަދަ ފިނީގައާއި ދިލަ އަވީގައި ރައްޔިތުންނާއި އެކު ރައްޔިތުންގެ ހައްޤުގައި އަޑު އުފުލަން ތިބެން ޖެހޭނެ ބައެކެވެ.  މިކަން އެންމެ ރަނގަޅަށް އަޖުމަ ބަލާލެވޭނީ އިދިކޮޅު ޕާޓީގެ ގޮތުގައި އޮންނަ އިރެވެ. ބުރަކަށީގައި ރިއްސާތީ ލަންޑަނަށް، އަރިކަށީ ރިއްސާތީ ޖަރުމަނަށް، ވިއްސިވިހާލިވުމުން އެއީ އަދި ލީޑަރުންނެއް ނޫނެވެ. ތިމާމެން އިދިކޮޅުގައި އޮތީތީ މުޅި ޤައުމުގެ އިޤްތިސާދު ފުނޑާލަން ފަތުރުވެރިކަން ބޮއިކޮޓްކުރަން ގޮވާ، މީހުންގެ މަރު ސިޔާސީކޮށް، ބޯހިމެނުން ފަދަ ޤައުމީ ކަންކަން ސިޔާސީ ކުރުމީ އިދިކޮޅު ޕާޓީގެ ޒިންމާދާރުކަމެއް ނޫނެވެ

ލޮލަށް ނުފެންނަ އަތުން ނުހިފޭ ތަރައްޤީ، ބަރަވެލި ސްޕީޑްގައި ގެނެސްދެމުން މިދާ ސަރުކާރުގެ ލޮލަށް ނުފެންނަ ފޮރިން މިނިސްޓަރ ހޯލް ނިއު ވޯލްޑް ބަލާލަން މެޖިކް ކާރޕެޓްގައި ދުނިޔެ ވަށާ ބުރުޖަހާލަން ޗާޕު ކުރިހާ ފައިސާއެއް ހޭދަކުރަމުން ދާއިރު ރައްޔިތުންނަށް މެނިފެސްޓޯގައި ވާ ކަންކަން ފުރިހަމަކޮށްދެވުނީ ކިހާވަރަކަށްތޯ ބަލާލަން ޖެހެއެވެ. ފުރަތަމަ ކަމަކަށް އެމް.ޑީ.ޕީގެ މެނިފެސްޓޯ އަކާއި ގުޅިފައިވާ ކޯލިޝަންގެ މެނިފެސްޓޯ އެއް އުޅޭ ކަމަށް އެމް.ޑީ.ޕީގެ އަންހެނުންގެ ގޮފީގެ ރައީސް އަދި އައްޑޫ މީދޫ ދައިރާގެ ހިންގާލަން ޓީމްގެ ރޮޒައިނާ ވަނީ ވިދާޅުވެފައެވެ. ސައްޙައީ ކޮން މެނިފެސްޓޯއެއްކަން ކަށަވަރު ނުވާއިރު، ހިންގާލަން އެ އުޅުއްވަނީ ކޮން އެއްޗެއްކަމެއް ގިނަ ރައްޔިތުންނަށް ސާފުނުވާއިރު، ފެންނަން އޮތް މެނިފެސްޓޯގައި ހުރި ވައުދުތައް ދިވެހި ބަހުގެ މާހިރުންނަށްވެސް ފަހުމްނުވާހާ ކޮށްޓެވެ

ނޫ އިޤްތިސާދުގެ ދަށުން 49 މަޝްރޫއު، އޯގާތެރި ސަރުކާރުގެ ދަށުން 431 މަޝްރޫއު، ފަޙުރުވެރި އާއިލާގެ ދަށުން 470 މަޝްރޫއު، ޖަޒީރާ ދިރިއުޅުމުގެ ދަށުން 645 މަޝްރޫއު، ހެޔޮ ވެރިކަމުގެ ދަށުން 66 މަޝްރޫއު އޮތްކަމުގައި ސަރުކާރުގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ރައީސް އޮފީހުގެ ރަސްމީ އަދާހަމައިން ފެންނަ ގޮތުގައި ޖުމްލަ 1،661 މަޝްރޫއުގެ ތެރެއިން ވެރިކަމަށް 4 އަހަރުވީއިރުވެސް %16 އޮތީ “ޕްލޭނިންގ” ސްޓޭޓަސްގައެވެ. ޖަހާނެ ވަކި އެއްޗެއް ނޭގިގެން %27 “ހިނގަމުން ދަނީ” ސްޓޭޓަސް ޖަހާފައިވާއިރު، ކޮންޓްރެކްޓްކްކޮއްފައި، ޑިޒައިން އެވޯޑްކޮށްފައި، “އެވޯޑްކޮށްފައި އަދި ޓެންޑަރކޮށްފައި” ފަދަ ސްޓޭޓަސްތަކުގައ އެތައް މަޝްރޫއުއެއް ތާށިވެފައި އެބަހުއްޓެވެ. މަސައްކަތް މަޑުޖެހިފައި ނުވަތަ ފަސްކުރެވިފައި %2 ޖަހާފައިވާއިރު، ހުއްޓިފައި ސްޓޭޓަސްގައި %4 އެބައޮތެވެ. ނިމިފައި ކަމަށް ޖަހާފައިވަނީ އެންމެ %25އެވެ. ދެން އޮތީ ވެރިކަމުގެ ފަހު އަަހަރު ކަޑަޖެހުމެވެ

މިއީ އެމް.ޑީ.ޕީގެ ދެވަނަ ވެރިކަމެވެ. ފުރުތަމަ ވެރިކަމުގައި ލޮލަށް ނުފެންނަ އަތުން ނުހިފޭ ބަޑިއެއް ބޮލުގައި ޖެއްސިކަމަށް ބުނެ އިސްތިޢުފާދެއްވި ރައީސްގެ މަދު ދުވަސްކޮޅު ޑޮލަރު ރޭޓް ހިއްލާލާ މުދަލުގެ އަގު އުފުލާލިއެވެ. އެމް.ޑީ.ޕީގެ ދެވަނަ ވެރިކަމުގައި ލޮލަށް ނުފެންނަ އަތުން ނުހިފޭ މަޝްރޫއުތަކަކަށް ޚަރަދުކުރަން ކަމަށް ބުނެ ދައުލަތުގެ ދަރަނި 100 ބިލިއަނަށް އަރުވާލައިފިއެވެ. އަނެއްކާވެސް އައު މެނިފެސްޓޯއެއް ހިފައިގެން ރައްޔިތުން ގާތަށް ދާންވީއެވެ. އެކަމަކު ރައްޔިތުން ވެސް ވިސްނަން ވެއްޖެއެވެ. އާބާދީގައި ގިނައީ ތަފާތު ވަރުވަރުގެ ތަޢުލީމީ ސެޓްފިކެޓްތައް ނަގައިގެން ތިބި ވިސްނޭ ޒުވާނުންނެވެ. ކަމެއް ހާސިލް ކުރިކަމުގެ އެއްވެސް ޓްރެކް ރިކޯޑެއް ނެތް ބައެއް މާލެއިން އައްޑޫއަށް ކޭބަލް ކާރު އަޅާނަމޭ ބުނާއިރަށް ރަތް އަވީގައި ކިއު ހަދާލާފައި ދެން އަތްޖަހާ ގޮވަމުން ވޯޓްލާ ވަރަށް ވުރެ ވިސްނޭ ބައެކެވެ. މިކަންކަން ވިސްނޭތީ ދުވާލުގެ ބޮޑުބައި ސިޔާސަތުތަކަށްފާޑުކިޔަށް މީސްމީޑިއާގައި ވަގުތުވެސް ހޭދަކުރާ  ބައެކެވެ. ދެން އޮތީ މިވަގުތު އިދިކޮޅުގައި އޮތް ޕީ.ޕީ.އެމްގެ މެނިފެސްޓޯއެވެ. މެނިފެސްޓޯގައި ދެލިކުރާ ބޮޑެތި މަޝްރޫޢުތައް ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމުގެ ޓްރެކް ރިކޯޑެއް އެބައޮތެވެ. ގިނަ ރައްޔިތުންގެ ޝަކުވާއަކީ އެހާ މާރކެޓިންގ އަދި ޕީއާރު ސަޅި ނޫންކަމެވެ. އެމް.ޑީ.ޕީގެ މެނިފެސްޓޯ އަކީ މުޅިން މާރކެޓިން އާއީ ޕީއާރް އެންގަލް އަކުން ހަދާފައިވާ މެނިފެސްޓޯއެއްކަން އޮތީ މިހާރު ހާމަވާށެވެ. އެހެންކަމުން މާރކެޓިން ސަޅި ނުވިއްޔާ ދެރަތާއެވެ. އުފަންވާ ކޮންމެ ކުއްޖަކަށް ހަދިޔާ ފޮއްޓެކޭ ކިޔާފައި ކޮންމެ ކުއްޖެއްގެ ބޮލުގައި 2 ލައްކަ ރުފިޔާގެ ދަރަނި އަޅުވާލީމަ މާރކެޓިން ސަޅިތާއެވެ. އޭގެ ބަދަލުގައި ޕީ.ޕީއެމްގެ މެނިފެސްޓޯގައި ކޮންމެ ކޮންމެ ވަޢުދެއް ނުޖެހެއެވެ. ޖަހަނީ ފީސިބިލިޓީ ސްޓަޑީތައް ހަދާ، އެތައް ދިރާސާއެއް ކުރުމަށް ފަހުއެވެ. މާރކެޓިންގ އާއި ޕީއާރު ޖެހެނީ އެއަށް ފެތޭށެވެ

ދެން ތިބޭފުޅުން ނިންމަވާށެވެ. މަރކެޓިންއަށް ހެއްލި އަޑުގަދަ މީހުންނަށް ރުށްތައް އަމިއްލަ އަތުން ދީފައި އަމިއްލައަށް އެކަމަށް ފާޑުކިޔާ ބައެއްގެ ގޮތުގައި ތިބޭނީތޯއެވެ. ނުވަތަ އައު މީހެއްގެ އަޖުމަބަލާލަން ކަމަށް ބުނެ ސިޔާސީ ހައިބަރނޭޝަންގައި އޮތް ސާރިދޯޅެއް އިޙްތިޔާރުކުރާނީތޯއެވެ. ނުވަތަ ތަރައްޤީ ގެނެސްދެވޭނެ ކަން ސާބިތުކޮށްދީފައިވާ ފަރާތަކަށް ތަރައްޤީ ގެނެސްދޭން ފުރުސަތު ދޭނީތޯއެވެ

Leave a Comment

Your email address will not be published. Required fields are marked *

ކޮޅިގަނޑު މެދުން ފަޅުވެރިން ބަދަލުކުރުން

ޤައުމަކާއި ނަވެއް އަޅާކިޔާނަމަ، ރައީސް އަކީ ކައްޕިއެވެ. ވަޒީރުންނަކީ ފަޅުވެރިންނެވެ. ކޮންމެ ފަޅުވެރިއަކާއި ވަކި ކަމެއް ހަވާލުކުރެވިފައިވާނެއެވެ. ފަޅުވެރިންގެ ދަށުން އެހީތެރިންވެސް ތިބޭނެއެވެ. އެއްވެސް އުސޫލެއް ހައްދެއް ނެތި އެހީތެރިން އޮޑިއަށް އޮއްސާލުމަކީ ހަމަޖެހޭ ކައްޕިއެއް ކުރާނެކަމެއް ނޫނެވެ. އަދި އެހެންމެ ގަދަ ކޮޅިގަނޑެއްގައި ފަޅުވެރިން ބަދަލުކުރާކަށްވެސް ކައްޕިއެއް ނޫޅޭނެއެވެ

<- އިތުރަށް ކިޔާލުމަށް

މަޖިލިސް ޖަލްސާއެއް ނުބާއްވާތާ މަސް ދުވަސް، އެކަމަކު ހަރަދު ކުޑަ ކުރަން ފަށަނީ ނިކަމެތިންގެ ވަޒީފާގަނޑުން

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ 5 ފެބްރުއަރީގައެވެ. މިހާތަނަށް ބާއްވާފައި ވަނީ އެންމެ 5 ޖަލްސާއެވެ. މެއި މަހު 15 ވަނަ ދުވަހު، މި އަހަރުގެ ފުރަތަމަ ދައުރު ހަަމަވެ އަނެއްކާވެސް މެމްބަރުން ދާނީ މަސް ދުވަހުގެ ޗުއްޓީއަކަށެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ދައުރުގެ ތެރޭގައި ބާއްވަން ޖެހެނީ ހަފްތާއަކު މަދުވެގެން ތިން ޖަލްސާއެވެ. މިވަރުވެސް ކޮށްނުލެވި މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ

<- އިތުރަށް ކިޔާލުމަށް

ވަކި ކުލައަކަށް ނޫނެވެ. މިއީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ

ރައްޔިތުން މި ނަގައިދިން ފިލާވަޅު ދަސްނުވެއްޖެނަމަ ދެންވެސް އޮތީ ހިތި ނަތީޖާއެވެ. އަބަދަކު އާރާއި ބާރަކު ނުތިބެވޭނެއެވެ. ދެންވެސް ކާމިޔާބު އޮތީ ރައްޔިތުންނަށެވެ. ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް، ރައްޔިތުންގެ ޙިދުމަތަށް ރުޖޫއަވާށެވެ

<- އިތުރަށް ކިޔާލުމަށް

ގަރުދިޔަ އާއި ބަތާ ކާންބުނެފި، އާސަންދަ ކަނޑާލަން ޖެހިދާނެ ކަމަށް ބުނެފި، އެކަމަކު މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަން ދެކޮޅު

މި ހާލަތުގައި އިންތިހާބު ނިމޭ ގޮތަށް ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާނެކަން ކަށަވަރެވެ. ރައްޔިތު މީހާ އަށް ގަރުދިޔަ އާއި ބަތާ ކާން މަޖުބޫރު ކުރުވާނެ ފިޔަވަޅުތަކެވެ. ވެރިން އުޅޭނީ ހަމަޖެހިގެނެވެ. އެމީހުން ތިބީ ފުދިގެނެވެ. ހަރަދު ކުޑަކުރަންވެސް މަޖިލިސް މެމްބަރުންނާއި ސިޔާސީންނަށް މިކުރާ ހަރަދު ކުޑަކުރުމުގެ ވިސްނުމެއް ނެތް

<- އިތުރަށް ކިޔާލުމަށް

އަނެއްކާވެސް ހިތާމަވެރި ހާދިސާއެއް ހިގަންދެން!

ސުވާލަކީ ގަވައިދުން ގަރާޖުތަކާއި ގުދަންތައް ބަލާ ފާސްކުރުމުގެ ޒިންމާ ނަގަން ޖެހޭ ހަމަ އެއްވެސް ބަޔަކު ނެތީތޯއެވެ. ކޮންމެ ފަހަރަކުވެސް ތެޅިގަންނަނަން ޖެހެނީ ބޮޑު ހާދިސާއެއް ހިނގީމަތޯއެވެ. ހައްލެއްގެ ގޮތުގައި ފަށާ އެއްވެސް ކަމެއް ކޮޅެއްގައި ނުޖެހި ނިމެނީ ކީއްވެތޯއެވެ

<- އިތުރަށް ކިޔާލުމަށް