މަގުތައް ހެދެންދެން ރޯޑް ވޯދިނަސް ދެއްކުން ހުއްޓުވާލަންޖެހޭ

ކޮންމެ ސަރުކާރެއް އޮތަސް މިއީ ނުނިމޭ މަޝްރޫއެކެެވެ. އިރުކޮޅުކޮޅާ ގާއަތުރާ ގާނަގާ މަގު ހަދާނެއެވެ. ޖެހިގެން އަންނަ ދުވަހު ކޮންމެވެސް ހޮޅިއެއް ވަޔަރެއް ވަޅުލާން މަގުގެ އެއްފަޅި ކޮނެފައި އެގޮތްމިގޮތަށް ގާތަށް އޮންނާނީ އަތުރާލާފައެވެ. އަޑިގަނޑުތައް ރަނގަޅު ކުރާތަނެއް ދެނެއް ނުފެންނާނެއެވެ. ތާރު އަޅާފައިވާ މަގުތަކުގައި ހެދޭ ވަޅުގަނޑުތައްވެސް ހަމަ މިހެންނެވެ. ވެލި އެޅިފައިވާ ސަރަހައްދުތައް ކަހާލާނެ ބަޔަކުވެސް ނެތެވެ. ބައެއް ހިސާބުތަކުގައި ތާރުގަނޑުގެ ފެންވަރު ދަށްކަމުން ރާޅު ނަގަން އުޅޭކަހަލަ ގޮތަކަށް ހިކިފައިވެސް ހުރެއެވެ.

ދުއްވާ މީހާއަށް ހަމަހީވާނީ ވަލު މަގުން ދުއްވާފައި ދެވޭހެނެވެ. އެއެއްމިއެއް ބަލާނުލައި ވަލު ޖަނާވަރުންތަކެއްހެން ބާރު ދުވެލީގައި އެދާ އެހެން އުޅަނދުތަކަށް ބަލަންޖެހެއެވެ. މަގުގައިވާ ވަޅުގަނޑުތަކަށް ބަަލަންޖެހެއެވެ. ވިލާގަނޑަކަށްފަހު ވަލުތެރޭގައި ގަސްތަކުން ފައިބާ ފެނަށް ބަލަންޖެހޭހެން އިމާރާތްތަކުން ބޮލަށް ފައިބާ ފެނަށްވެސް ބަލަންޖެހެއެވެ. އަދި މިދޭތެރެއިން ކަފިހިހުރަހަށް ބެލުމެއްނެތި ހިނގާމީހުން ކުއްލިއަކަށް މަގުހުރަސްކުރާނެއެވެ. ޤަވާއިދާއި އެއްގޮތަށް ދުއްވާ މީހަކުނަމަ މަގުމައްޗަށް ނުކުންނަންޖެހެނީ ފުރާނަ އަތަށްލައިގެންނެވެ.

އެތަން މިތާ ކަފިހި ހުރަސް ކުރަހާފައި، އެތަން ކަމުނުގޮސްގެން ކުޑަކޮށް ފުސްކޮށްލާފައި އެހެން ދިމާލެއްގައި ކަހިފިހުރަސްޖަހާފައި ހުރެދާނެއެވެ. ރަނގަޅަށް އުޅެން ބޭނުންވާ މީހާއަށްވެސް އެގަހުކޭލެއް މިގަހުކޭލެއް ނޭގޭ މިންވަރަށް ކަންކަން އޮތީ ބޮއްސުންލާފައެވެ. ވަލުމަގުތަކުން ދުއްވަން ޖެހުމުގެ ސަބަބުން ސިއްހީ މައްސަލަތަކާއި ކުރިމަތިވާ މީހުންވެސް މަދެއްނޫނެވެ. މިހުރިހާކަމެއް މިހެން ހުރިއިރުވެސް ގަރާޖަކަށް ގެންގޮސް އުޅަނދު “ރޯޑަށް ވޯދީ” ވޭތޯ ނުވަތު މަގުގައި ދުއްވަން ކަމުދޭތޯ ބަލާ އެބަ ފައިސާ ދައްކަންޖެހެއެވެ. ނަމަވެސް އެބުނާ “ރޯޑު” އޮތީ އެއްވެސް އުޅަނދަކަށް “ވޯދީ” ވާ ފެންވަރަކު ނޫނެވެ. ވާރޭކޮޅެއް ވެހިއްޖެނަމަ އުޅެންޖެހޭ ހާލު އެންމެނަށް އިނގެއެވެ. އިންޖީނަށް ފެން އެޅިގެން ހަލާކުވަނީ ކިތައް އުޅަދުތޯއެވެ.

މަގުތައް ރަނގަޅު ފެންވަރެއްގައި ހެދެންދެން ސަރުކާރުން އުޅަނދުތަކުގެ ރޯޑް ވޯދިނަަސް ދައްކަން ނުޖެހޭ ގޮތަށް އުސޫލު ބަދަލުކުރަން އެބަޖެހެއެވެ

Leave a Comment

Your email address will not be published. Required fields are marked *

ކޮޅިގަނޑު މެދުން ފަޅުވެރިން ބަދަލުކުރުން

ޤައުމަކާއި ނަވެއް އަޅާކިޔާނަމަ، ރައީސް އަކީ ކައްޕިއެވެ. ވަޒީރުންނަކީ ފަޅުވެރިންނެވެ. ކޮންމެ ފަޅުވެރިއަކާއި ވަކި ކަމެއް ހަވާލުކުރެވިފައިވާނެއެވެ. ފަޅުވެރިންގެ ދަށުން އެހީތެރިންވެސް ތިބޭނެއެވެ. އެއްވެސް އުސޫލެއް ހައްދެއް ނެތި އެހީތެރިން އޮޑިއަށް އޮއްސާލުމަކީ ހަމަޖެހޭ ކައްޕިއެއް ކުރާނެކަމެއް ނޫނެވެ. އަދި އެހެންމެ ގަދަ ކޮޅިގަނޑެއްގައި ފަޅުވެރިން ބަދަލުކުރާކަށްވެސް ކައްޕިއެއް ނޫޅޭނެއެވެ

<- އިތުރަށް ކިޔާލުމަށް

މަޖިލިސް ޖަލްސާއެއް ނުބާއްވާތާ މަސް ދުވަސް، އެކަމަކު ހަރަދު ކުޑަ ކުރަން ފަށަނީ ނިކަމެތިންގެ ވަޒީފާގަނޑުން

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ 5 ފެބްރުއަރީގައެވެ. މިހާތަނަށް ބާއްވާފައި ވަނީ އެންމެ 5 ޖަލްސާއެވެ. މެއި މަހު 15 ވަނަ ދުވަހު، މި އަހަރުގެ ފުރަތަމަ ދައުރު ހަަމަވެ އަނެއްކާވެސް މެމްބަރުން ދާނީ މަސް ދުވަހުގެ ޗުއްޓީއަކަށެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ދައުރުގެ ތެރޭގައި ބާއްވަން ޖެހެނީ ހަފްތާއަކު މަދުވެގެން ތިން ޖަލްސާއެވެ. މިވަރުވެސް ކޮށްނުލެވި މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ

<- އިތުރަށް ކިޔާލުމަށް

ވަކި ކުލައަކަށް ނޫނެވެ. މިއީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ

ރައްޔިތުން މި ނަގައިދިން ފިލާވަޅު ދަސްނުވެއްޖެނަމަ ދެންވެސް އޮތީ ހިތި ނަތީޖާއެވެ. އަބަދަކު އާރާއި ބާރަކު ނުތިބެވޭނެއެވެ. ދެންވެސް ކާމިޔާބު އޮތީ ރައްޔިތުންނަށެވެ. ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް، ރައްޔިތުންގެ ޙިދުމަތަށް ރުޖޫއަވާށެވެ

<- އިތުރަށް ކިޔާލުމަށް

ގަރުދިޔަ އާއި ބަތާ ކާންބުނެފި، އާސަންދަ ކަނޑާލަން ޖެހިދާނެ ކަމަށް ބުނެފި، އެކަމަކު މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަން ދެކޮޅު

މި ހާލަތުގައި އިންތިހާބު ނިމޭ ގޮތަށް ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާނެކަން ކަށަވަރެވެ. ރައްޔިތު މީހާ އަށް ގަރުދިޔަ އާއި ބަތާ ކާން މަޖުބޫރު ކުރުވާނެ ފިޔަވަޅުތަކެވެ. ވެރިން އުޅޭނީ ހަމަޖެހިގެނެވެ. އެމީހުން ތިބީ ފުދިގެނެވެ. ހަރަދު ކުޑަކުރަންވެސް މަޖިލިސް މެމްބަރުންނާއި ސިޔާސީންނަށް މިކުރާ ހަރަދު ކުޑަކުރުމުގެ ވިސްނުމެއް ނެތް

<- އިތުރަށް ކިޔާލުމަށް

އަނެއްކާވެސް ހިތާމަވެރި ހާދިސާއެއް ހިގަންދެން!

ސުވާލަކީ ގަވައިދުން ގަރާޖުތަކާއި ގުދަންތައް ބަލާ ފާސްކުރުމުގެ ޒިންމާ ނަގަން ޖެހޭ ހަމަ އެއްވެސް ބަޔަކު ނެތީތޯއެވެ. ކޮންމެ ފަހަރަކުވެސް ތެޅިގަންނަނަން ޖެހެނީ ބޮޑު ހާދިސާއެއް ހިނގީމަތޯއެވެ. ހައްލެއްގެ ގޮތުގައި ފަށާ އެއްވެސް ކަމެއް ކޮޅެއްގައި ނުޖެހި ނިމެނީ ކީއްވެތޯއެވެ

<- އިތުރަށް ކިޔާލުމަށް