އަނެއްކާވެސް ހިތާމަވެރި ހާދިސާއެއް ހިގަންދެން!

ވަނަ އަހަރު ހެންވޭރު ގެއެއްގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ މާލޭގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގިއެވެ. އަލިފާނުގެ ގެއްލުން އިތުރު އެތައް ގެއަކަށް ވިއެވެ. މީހެއްގެ ފުރާނަ ގެއްލިގެން ދިޔައެވެ. 2022 ވަނަ މާފަންނު ގެއެއްގައި ހުރި ގުދަނެއްގައި ރޯވިއެވެ. ހަމަ އަލިފާން ހިފާ ގޮވާ ޒާތުގެ އެއްޗެހި ގުދަންކޮށްފައެވެ. މިފަދަ ކޮންމެ ހާދިސާއެއް ހިނގާއިރަށް ވެރިން ނުކުމެ މާލެއިން ގުދަންތައް ހުސްކުރި ކަމުގެ ޔަގީންކަން ދެއެވެ. ނަމަވެސް އަނެއްކާވެސް ފެންނަނީ ހަމަ ކަން ތަކުރާރުވާތަނެވެ. ކުރީ ދެ ހާދިސާއަށް ފަހު ވެރިން އެ ޔަގީންކަން ކަށަވަރު ކުރިއެވެ. އޭގެ ފަހުން 2024 ވަނަ ތަންތަން ބަލާ ފާސްކުރުމުގެ ތެރެއިން މާލެއިން ކެމިކަލް ގުދަނުގެ ގޮތުގައި ބޭނުންކުރާ 114 ތަނެއް ފާހަގަކުރެވުނެވެ. އެއީ އަދި ފަޅާއެރި ތަންތަނެވެ. ސިއްރުން ހިންގާ ކިތައް ތަން ހުންނާނެތޯއެވެ.

މި ވޭތުވި އަހަރުތަކުގެ ކުދި ބޮޑު އެތައް އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. ގުދަންތަކާއި ގަރާޖުތައް މީހުން އުޅޭ ސަރަހައްދާއި ދުރައް ގެންދަން އިންޑަސްޓްރިއަލް ވިލެޖް ނަމުގެ މާލޭގައި ތަނެއް ހިއްކާފައި އެބައޮތެވެ. އަދިވެސް ބޭނުންކުރަނީ ކުނިގޮނޑަކަށެވެ. ގުދަންތައް ހަމަ ސިއްރާއި ފާޅުގައި މާލެތެރޭގައި ހިންގައެވެ. ދެން ފެންނާނީ ހެޑްލައިނެކެވެ. ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލު ކުރަން އެވެނި މިވެނި މުހުލަތެއް ދީފައެވެ. އަނެއްކާވެސް އެވާހަކަ އެ ނިމުނީއެވެ.

ސުވާލަކީ ގަވައިދުން ގަރާޖުތަކާއި ގުދަންތައް ބަލާ ފާސްކުރުމުގެ ޒިންމާ ނަގަން ޖެހޭ ހަމަ އެއްވެސް ބަޔަކު ނެތީތޯއެވެ. ކޮންމެ ފަހަރަކުވެސް ތެޅިގަންނަނަން ޖެހެނީ ބޮޑު ހާދިސާއެއް ހިނގީމަތޯއެވެ. ހައްލެއްގެ ގޮތުގައި ފަށާ އެއްވެސް ކަމެއް ކޮޅެއްގައި ނުޖެހި ނިމެނީ ކީއްވެތޯއެވެ.

ކޮޅިގަނޑު މެދުން ފަޅުވެރިން ބަދަލުކުރުން

ޤައުމަކާއި ނަވެއް އަޅާކިޔާނަމަ، ރައީސް އަކީ ކައްޕިއެވެ. ވަޒީރުންނަކީ ފަޅުވެރިންނެވެ. ކޮންމެ ފަޅުވެރިއަކާއި ވަކި ކަމެއް ހަވާލުކުރެވިފައިވާނެއެވެ. ފަޅުވެރިންގެ ދަށުން އެހީތެރިންވެސް ތިބޭނެއެވެ. އެއްވެސް އުސޫލެއް ހައްދެއް ނެތި އެހީތެރިން އޮޑިއަށް އޮއްސާލުމަކީ ހަމަޖެހޭ ކައްޕިއެއް ކުރާނެކަމެއް ނޫނެވެ. އަދި އެހެންމެ ގަދަ ކޮޅިގަނޑެއްގައި ފަޅުވެރިން ބަދަލުކުރާކަށްވެސް ކައްޕިއެއް ނޫޅޭނެއެވެ

<- އިތުރަށް ކިޔާލުމަށް

މަޖިލިސް ޖަލްސާއެއް ނުބާއްވާތާ މަސް ދުވަސް، އެކަމަކު ހަރަދު ކުޑަ ކުރަން ފަށަނީ ނިކަމެތިންގެ ވަޒީފާގަނޑުން

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ 5 ފެބްރުއަރީގައެވެ. މިހާތަނަށް ބާއްވާފައި ވަނީ އެންމެ 5 ޖަލްސާއެވެ. މެއި މަހު 15 ވަނަ ދުވަހު، މި އަހަރުގެ ފުރަތަމަ ދައުރު ހަަމަވެ އަނެއްކާވެސް މެމްބަރުން ދާނީ މަސް ދުވަހުގެ ޗުއްޓީއަކަށެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ދައުރުގެ ތެރޭގައި ބާއްވަން ޖެހެނީ ހަފްތާއަކު މަދުވެގެން ތިން ޖަލްސާއެވެ. މިވަރުވެސް ކޮށްނުލެވި މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ

<- އިތުރަށް ކިޔާލުމަށް

ވަކި ކުލައަކަށް ނޫނެވެ. މިއީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ

ރައްޔިތުން މި ނަގައިދިން ފިލާވަޅު ދަސްނުވެއްޖެނަމަ ދެންވެސް އޮތީ ހިތި ނަތީޖާއެވެ. އަބަދަކު އާރާއި ބާރަކު ނުތިބެވޭނެއެވެ. ދެންވެސް ކާމިޔާބު އޮތީ ރައްޔިތުންނަށެވެ. ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް، ރައްޔިތުންގެ ޙިދުމަތަށް ރުޖޫއަވާށެވެ

<- އިތުރަށް ކިޔާލުމަށް

ގަރުދިޔަ އާއި ބަތާ ކާންބުނެފި، އާސަންދަ ކަނޑާލަން ޖެހިދާނެ ކަމަށް ބުނެފި، އެކަމަކު މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަން ދެކޮޅު

މި ހާލަތުގައި އިންތިހާބު ނިމޭ ގޮތަށް ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާނެކަން ކަށަވަރެވެ. ރައްޔިތު މީހާ އަށް ގަރުދިޔަ އާއި ބަތާ ކާން މަޖުބޫރު ކުރުވާނެ ފިޔަވަޅުތަކެވެ. ވެރިން އުޅޭނީ ހަމަޖެހިގެނެވެ. އެމީހުން ތިބީ ފުދިގެނެވެ. ހަރަދު ކުޑަކުރަންވެސް މަޖިލިސް މެމްބަރުންނާއި ސިޔާސީންނަށް މިކުރާ ހަރަދު ކުޑަކުރުމުގެ ވިސްނުމެއް ނެތް

<- އިތުރަށް ކިޔާލުމަށް

ވަސީލަތާއި ހިދުމަތުގެ ގޮތުން މާލެއާއި ވާދަކޮށްލެވޭ ވަރަށް ރާއްޖޭގެ އެހެން ރަށެއް ތަރައްޤީ ކުރާނަމަ، ކުރަންވީ ކޮން ރަށެއް؟

މިހިސާބުން އުފެދޭ ސުވާލަކީ ކުރިންވެސް އުފެދުނު ސުވާލެވެ. ވަސީލަތާއި ޙިދުމަތުގެ ގޮތުން މާލެއާއި ވާދަކޮށްލެވޭ ވަރުގެ އެހެން ރަށެއް ތަރަައްޤީ ކުރާނަމަ ކުރަންވީ ކޮން ރަށެއް ނުވަތަ ރަށްތަކެއް ތޯއެވެ. އުތުރުން ރަށަކާއި ދެކުނުން ރަށެކޭ ވަރަށް ގިނަ މީހުން ކިޔާނެއެވެ. ނަމަވެސް އުތުރުން ކޮން ރަށަކާއި ދެކުނުން ކޮން ރަށެއް ތޯއެވެ؟ އަދި އެ ތަރައްގީ އެ ރަށަށް އަމާޒުކުރަންވީ ކޮން ސަބަބުތަކެއް ހުރީމައިތޯއެވެ؟

<- އިތުރަށް ކިޔާލުމަށް