ޖޫން ޖުލައި ގަދަ ކުރިމަތިވަނީ

މިއަހަރުގެ ފެބްރުއަރީ މަހު ސަރުކާރުގެ އިޤްތިސާދީ ވަޒީރު ވިދާޅުވެފައިވަނީ ޤައުމުގެ މާލީ ހާލަތު ދަށްކަމުގައި ބަޔަކު ބުނަނީ ސިޔާސީގޮތުން މާޔޫސްވެގެންކަމުގައެވެ. ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވަނީ ސަރުކާރުން ވެރިކަމާއި ހަވާލުވީ ކަންކަން ހައްލު ކުރާނެ ގޮތުގެ ޕްލޭނަކާއި އެކުއެވެ. ނަމަވެސް މިއަދު މިއިވެނީ ފިޗްއިން ރާއްޖޭގެ ރޭޓިންގް ދަށްކުރި ވާހަކައެވެ. ރާއްޖެއިން ދައްކަންހުރި ލޯނުތައް ދެއްކުން ފަސްކޮށްދެވެން ނެތްކަމަށް ޗައިނާއިން އެންގި ވާހަަކައެވެ. އިންޑިއާއަށް ދައްކަންހުރި ލޯނުތައް ފަސްކޮށްދޭން އެދި އެ ސަރުކާރުގައި އެދުނު ވާހަަކައެވެ. ޖީއެސްޓީ އަނެއްކާވެސް ބޮޑުކުރަން ނިންމި ވާހަކައެވެ.

ސަރުކާރުން މަޖިލިސް އިންތިހާބާއި ދިމާކޮށް ރިޝްވަތާއި ސިޔާސީ މަޤާމުތައް ބަހާލިއިރު ދައްކަންހުރި ދަރަނިތަކެއް ހުރިކަން ނެގެނީބާވައެވެ. ނެތް ފައިސާއަކުން ރަސްމާލެ މަޝްރޫއު ފެއްޓިއިރު، އެއަށްވުރު ބޮޑަށް ދައުލަތަށް ފައިސާ ވަންނާނެ މަޝްރޫއުތަކެއް ނިންމުމުގެ މުހިންމުކަން ނޭގެނީބާވައެވެ. ހަރަދުކުޑަކުރަން މިއަދު ވުޒާރާތަކުންނާއި ސަރުކާރުގެ ކުންފުނިތަކުން މީހުން ވަކިކުރަން ފެށީމައި ޝަކުވާކުރާއިރު، ރިޝްވަތުގެ ގޮތުގައި އެމަޤާމު ނަގާ ވޯޓު ވިއްކާލި މީހާއަށް އެ އޮފީހުގައި އިންނާނެ ގޮނޑި މޭޒުވެސް ހަމަނުވާކަން ހަމަނޭގެނީބާވައެވެ. މިއަދު ކުރީ ސަރުކާރު ބޮލަށް ކަނޑާލާއިރު، މިއަހަރު ފެބްރުއަރީ މަހު އިޤްތިސާދީ ވަޒީރު އެވަނީ މާލީ ހާލަތު ގޯހޭ ބުނި މީހުންނާއި ދިމާލަށް ގޮންޖަހާފައެވެ. އޭރު ކުރީ ސަރުކާރުން އުފަންކުރުވި ކަމަށް އެ ބުނާ ހާލަތު ކޮބައިތޯއެވެ. ކުރީ ސަރުކާރުން ގޯސްތަކެއް ނުހަދާ ވާހަކައެއް ނޫނެވެ. ނަމަވެސް މި އަދަވަޅުން ބައެއް ކޮނުނީ ހަމަ މި ސަރުކާރުންނެވެ.

ސަރުކާރުން ވަނީ ރައްޔިތުންގެ އަތުން ނަގާ ޓެކްސް އާއި އެކި ފީތައް އަނެއްކާވެސް ބޮޑުކުރަން ނިންމާފައެވެ. އަޅުގަނޑު މި ވަކާލާތުކުރަނީ އޭގެ ކުރިން މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަންޖެހޭކަމުގައެވެ. މަޖިލިސް މެމްބަރުންގެ އިނާޔަތްތައް ކަޑާލަންޖެހޭކަމުގައެވެ. މަޖިލިސް މެމްބަރުންނަށް ދެވޭ އަގުބޮޑު ހެލްތް އިންސިއުރެންސް ކަޑާލަންޖެހޭކަމުގައެވެ. ވަޒީރުންގެ މުސާރަ ކުޑަކޮށް ކުރީގެ ރައީސުންނަށް ދެވޭ އިނާޔަތްތައް ކަޑާލަން ޖެހޭކަމުގައެވެ. ގަޑި ޖެހިގެން އަންނަ މެމްބަރުންނާއި ހާޒިރުނުވާ މެމްބަރުންގެ މުސާރައިން ކެޑޭގޮތް ހެދުމަށެވެ. މަޖިލިސް އިންތިހާބުގައިވެސް މިކަންކަމަށް ވަކާލާތުކުރީމެވެ. އަދިވެސް މިކުރަނީއެވެ. ދެން ކުރިމަތިލި ހަދިޔާ ފޮށި ބެހި ކެންޑިޑޭޓޫންހެން އިންތިހާބު ނިމޭއިރަށް ގެއްލިގެން ދިޔައީކީ ނޫނެވެ. ނަަމަވެސް އޭރު މެދުހެންވޭރުގެ ގިނަ ބަޔަކު ސަމާލުކަމެއް ނުދިނެވެ. ދުވީ އެކަކު ކައިރުން ހަދިޔާ ފޮށި ހޯދާށާއި އަނެކަކު ކައިރިން ރިޝްވަތުގެ ފައިސާކޮޅެއް ލިބޭތޯއެވެ. މިއަދު އެއިން އެކަކުވެސް ރައްޔިތުންގެ ހައްޤުގައި ބަހެއް ބުނެލަން ފެންނާކަށް ނެތެވެ. ކެއި ރިޝްވަތުގެ ރަހަ އެންމެންގެ ކަރުބުޑުގައި ލަނީއެވެ.

ކުރީ ސަރުކާރުން ފައިސާ ޗާޕު ކުރީމައި ހޯހޯއޭ ކިއީ މީހުން މިއަދު ވެރިކަމަށް އައިސް އެ ތައްޔާރުވަނީ ކުރިއަށްވުރެ ގިނައިން ފައިސާ ޗާޕުކުރެވޭނެ މާއްދާއެއް ފާސްކޮށް ޤާނޫނަށް އިސްލާހެއް ގެންނާށެވެ. މިކަމާއި ދެކޮޅަށް އެއްޗެއް ބުނެލާނެ މެމްބަރަކުވެސް އެތާކުނެތެވެ. މިއީ ހަޤީގަތެއްކަމުގައި ޤަބޫލުކުރަން ދަތިނަމަ ޙަބަރުތައް ބައްލަވާލައްވާށެވެ. ޑޮލަރުގެ ތާށިކަން އިންތިހާއަށް ބޮޑުވެ ބޭރުގައި ކިޔަވަން ތިބި ދަރިވަރުންނަށް ދޫކުރާ މިންވަރު ދަށްކޮށްފިއެވެ. ދާދިއަވަހަށް ޑޮލަރު ކާޑް ލިމިޓްވެސް ކުޑަކުރާނެއެވެ. ތުރުކީން އަންނަން ބުނި ކާޑުގެ ބޯޓުވެސްވީ ބަހަބަރެވެ. ބިދޭސީންގެ ކޯޓާ އުވާލަނީއެވެ. ތަކެތީގެ އަގުބޮޑުވެ އިތުރު ވަޒީފާތަކެއް ދިވެހިންނަށް ގެއްލޭނެއެވެ. ނެގި ރިޝްވަތުން ކުރިއަށް އޮތް ފަސްއަހަރަށް ވާވަރަށް ޖީއެސްޓީ ބޮޑުކުރިޔަސް އަތްމަތި ދަތިނުވާވަރުވި ކަމަށް އުއްމީދު ކުރަމެވެ. އެންމެނެއް ނޫނެވެ. ނަމަވެސް އަޤްލަބިއްޔަތު ކައިފިއެވެ. ނަތީޖާއެއްގެ ގޮތުން ޖޫން ޖުލައި ގަދައަށް މިއޮތް ނުކުއްނަނީ ފީވަކަރު އޮޑިއެއްގައެވެ.

Leave a Comment

Your email address will not be published. Required fields are marked *

ކޮޅިގަނޑު މެދުން ފަޅުވެރިން ބަދަލުކުރުން

ޤައުމަކާއި ނަވެއް އަޅާކިޔާނަމަ، ރައީސް އަކީ ކައްޕިއެވެ. ވަޒީރުންނަކީ ފަޅުވެރިންނެވެ. ކޮންމެ ފަޅުވެރިއަކާއި ވަކި ކަމެއް ހަވާލުކުރެވިފައިވާނެއެވެ. ފަޅުވެރިންގެ ދަށުން އެހީތެރިންވެސް ތިބޭނެއެވެ. އެއްވެސް އުސޫލެއް ހައްދެއް ނެތި އެހީތެރިން އޮޑިއަށް އޮއްސާލުމަކީ ހަމަޖެހޭ ކައްޕިއެއް ކުރާނެކަމެއް ނޫނެވެ. އަދި އެހެންމެ ގަދަ ކޮޅިގަނޑެއްގައި ފަޅުވެރިން ބަދަލުކުރާކަށްވެސް ކައްޕިއެއް ނޫޅޭނެއެވެ

<- އިތުރަށް ކިޔާލުމަށް

މަޖިލިސް ޖަލްސާއެއް ނުބާއްވާތާ މަސް ދުވަސް، އެކަމަކު ހަރަދު ކުޑަ ކުރަން ފަށަނީ ނިކަމެތިންގެ ވަޒީފާގަނޑުން

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ 5 ފެބްރުއަރީގައެވެ. މިހާތަނަށް ބާއްވާފައި ވަނީ އެންމެ 5 ޖަލްސާއެވެ. މެއި މަހު 15 ވަނަ ދުވަހު، މި އަހަރުގެ ފުރަތަމަ ދައުރު ހަަމަވެ އަނެއްކާވެސް މެމްބަރުން ދާނީ މަސް ދުވަހުގެ ޗުއްޓީއަކަށެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ދައުރުގެ ތެރޭގައި ބާއްވަން ޖެހެނީ ހަފްތާއަކު މަދުވެގެން ތިން ޖަލްސާއެވެ. މިވަރުވެސް ކޮށްނުލެވި މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ

<- އިތުރަށް ކިޔާލުމަށް

ވަކި ކުލައަކަށް ނޫނެވެ. މިއީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ

ރައްޔިތުން މި ނަގައިދިން ފިލާވަޅު ދަސްނުވެއްޖެނަމަ ދެންވެސް އޮތީ ހިތި ނަތީޖާއެވެ. އަބަދަކު އާރާއި ބާރަކު ނުތިބެވޭނެއެވެ. ދެންވެސް ކާމިޔާބު އޮތީ ރައްޔިތުންނަށެވެ. ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް، ރައްޔިތުންގެ ޙިދުމަތަށް ރުޖޫއަވާށެވެ

<- އިތުރަށް ކިޔާލުމަށް

ގަރުދިޔަ އާއި ބަތާ ކާންބުނެފި، އާސަންދަ ކަނޑާލަން ޖެހިދާނެ ކަމަށް ބުނެފި، އެކަމަކު މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަން ދެކޮޅު

މި ހާލަތުގައި އިންތިހާބު ނިމޭ ގޮތަށް ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާނެކަން ކަށަވަރެވެ. ރައްޔިތު މީހާ އަށް ގަރުދިޔަ އާއި ބަތާ ކާން މަޖުބޫރު ކުރުވާނެ ފިޔަވަޅުތަކެވެ. ވެރިން އުޅޭނީ ހަމަޖެހިގެނެވެ. އެމީހުން ތިބީ ފުދިގެނެވެ. ހަރަދު ކުޑަކުރަންވެސް މަޖިލިސް މެމްބަރުންނާއި ސިޔާސީންނަށް މިކުރާ ހަރަދު ކުޑަކުރުމުގެ ވިސްނުމެއް ނެތް

<- އިތުރަށް ކިޔާލުމަށް

އަނެއްކާވެސް ހިތާމަވެރި ހާދިސާއެއް ހިގަންދެން!

ސުވާލަކީ ގަވައިދުން ގަރާޖުތަކާއި ގުދަންތައް ބަލާ ފާސްކުރުމުގެ ޒިންމާ ނަގަން ޖެހޭ ހަމަ އެއްވެސް ބަޔަކު ނެތީތޯއެވެ. ކޮންމެ ފަހަރަކުވެސް ތެޅިގަންނަނަން ޖެހެނީ ބޮޑު ހާދިސާއެއް ހިނގީމަތޯއެވެ. ހައްލެއްގެ ގޮތުގައި ފަށާ އެއްވެސް ކަމެއް ކޮޅެއްގައި ނުޖެހި ނިމެނީ ކީއްވެތޯއެވެ

<- އިތުރަށް ކިޔާލުމަށް