ދިރިއުޅުމުގެ ހާލަތަކީ ފާފަތަކަށް އަރައިގަންނަން އޮތް ހުއްޖަތެއް ނޫން

ވަގުކަލޭގެ އަތުލައިގަތީމައި ބުނެއެވެ. ވައްކަންކުރީ ފަގީރުކަމުންނެވެ. ނިކަމެތިކަމުންނެވެ. އުޅެންޖެހިފައިވާ ހާލުންނެވެ. ގިނަ މީހުން އުޅެނީ މާބައިވަރުތަކެއް ލިބިގެނެއް ނޫނެވެ. ގިނަ މީހުން އުޅެނީ ކިރިޔާ އަނގަޔާއި އަތާ ދިމާކޮށްލައިގެންނެެވެ. މަސް ނިމޭއިރު އަތުގައި އެއްޗެއްނެތި ބިލުތައްވެސް ނުދެއްކިފައި ހުރެއެވެ. އޭގެ މާނައަކީ އެންމެން ވައްކަން ކުރަންވީތޯއެވެ. އޮޅުވާލައިގެން، މަކަރުހަދައިގެން، ފޭރިގެން ފައިސާ ހޯދުން ހުއްދަވީތޯއެވެ. ފާފައަކުން ދުރުވެގެން، މިއަދު އެއްއިރު ނުކައި ހުންނަން ޖެހުނަސް، ދެން އޮތް ދުނިޔޭގައި ލިބެން އޮތް އަޒާބަކުން މިންޖު ވެއްޖެނަމަ މާ ރަނގަޅު ނޫންތޯއެވެ

މަސްތުވާތަކެތީގައި އަވާގައި ޖެހިފައިވާ މީހާއާއި ސުވާލުކުރުމުން ބުނެއެވެ. ބޯގޮވައިގެންނެވެ. މާޔޫސްވެގެންނެވެ. ދެރަވެގެންނެވެ. ދުނިޔެމަތީގައި ތިމާ ނޫންމީހަކަށް ދެރައެއް ކުރިމަތި ނުވަނީތޯއެވެ. ފަލަސްތީނުގެ ރައްޔިތުން އެއުޅޭ ހާލު ނިކަން ދެކިބަލާށެވެ. އެންމެން އުޅެނީ ބޮއެގެންތޯއެވެ. ތިމާ ބިޓު ކަޓައިގެން ބޮއެގެން އުޅޭކަށް ނުވޭނޫންތޯއެވެ. އަނެއްބަޔަކު ރައްޓެހިންނާއި އެކު މަޖަލަކަށް އަޖުމަބަލާލަން ބޮއެފައި، ފަހުން ދެވި ހިފީމައި ބަހާނައަކަށްވެސް މިހެން ކިޔައެވެ. ކޮންމެވެސް ހުއްޖަތެއް ދައްކައިގެން، ބަލިމީހަކަށް ހެދެން އުޅުނަސް އެއީ ހަމަ ބޮޑު ފާފައެކެވެ. އެހެން ނޫންނަަމަ ދީނުގައި އޮތީހީ ބޮއެގެން އުޅޭ މީހުންނަކީ ބަލިކުދިންނޭ އެމީހުންނަށް އަޅާލާ ހަމްދަރުދީވާށެ ނޫންތޯއެވެ

މަސްތުވާތަކެތި ވިއްކާ މީހާވެސް ބުނަނީ ފަގީރުކަމުންނޭ، ނިކަމެތިކަމުންނޭ، އުޅެންޖެހިފައިވާ ހާލުން އަރައިގަންނަން ވިއްކަނީކަމަށެވެ. ތިމާހުރި ހާލަތުން އަރައިގަތުމަށް ހަރާމް އެއްޗެއް ވިއްކައިގެން އެހެން އެތައް ބައެއްގެ ދިރިއުޅުން ހަލާކުކޮށްލަނީއެވެ. ތިމާގެ ހާލަތުން އަރައިގަނެވޭނަމަ، ޒަހަރުވެސް ވިއްކަން ފަސްނުޖެހޭނެތާއެވެ. ވިއްކައިގެން މުއްސަދިވާ ދުވަސް ނޫން އަނެއްދުވަހު މަރުގެންދަވައިފިނަމަ ކައްވަޅުގައި ދޭނީ ކޮން ޖަވާބެއްތޯއެވެ. ފައިސާގަނޑު ހިފައިގެން ޑީލެއް ހަދަން ދެވޭނެތޯއެވެ. ދުނިޔެމަތީގައި ހެކިވެރިންނަށް ބިރު ދެއްކިއަސް، ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގަންނަވާ ފަރާތެއް ވާކަން ނޭގެނީތޯއެވެ. ގާޒީއަކަށް އެތިކޮޅެއް ދީގެން މައްސަލަ އޮއްބާލެވުނަސް، ކޮނޑުގައި ތިއްބެވި މަލާއަކަތުން އަމަލު ލިޔުއްވާނެކަން ނުދެނެހުރީތޯއެވެ

ދެން އޮތީ ރިޝްވަތެވެ. ސިޔާސީ މީހުންވެސް ކަނީއޭ، ތިމަން ނުކާންވީ ކީއްވެހޭ ބުނާނެއެވެ. އެހެން ބުނެ ތިމާގެ ދަރިއަށް މަސްތުވާތަކެތި ވިއްކާ ޑްރަގް ލޯޑަށްވެސް ވޯޓު ވިއްކާލަނީއެވެ. މާދަން ތިމާގެ ދަރި ބޮއެގެން ޖަލަށްލީމައި، ހޭރެނީ ޑްރަގް ލޯޑުންނަށް ފިޔަވަަޅު ނޭޅޭތީ ފުލުހުންނަށެވެ. އެހެންމީހުންވެސް ކުރާތީ ތިމާ ވޯޓު ވިއްކާލީއެވެ. ތިމާއަށް ސުވަރުގެ ދެވިދެވި އޮތްވައި، އެހެންމީހުން ނަރަކައަށް ދާތަން ފެނިގެން، މަވެސް ދާނީ ނަރަކައަށޭ ކިޔާފައި ދާންނަތޯއެވެ. ނުދާނެއެވެ. އެހެންވީމައި އެހެންމީހުން ކުރަނީއޭ ކިޔާ ބޭކާރު ބަހަނާ ނުދައްކާށެވެ. ހެއްެދެވި ފަރާތަށް އޮޅުވާލެވޭނެކަމަށް ހީކުރެވެނީތޯއެވެ

ދެން ބުނާނީ ވޯޓު ވިއްކަނީ ފަގީރުކަމުންނޭ، ނިކަމެތިކަމުންނޭ، އުޅެންޖެހޭ ހާލުންނެވެ. ވޯޓު ވިއްކާލައިގެން ހޯދި ސަތޭކައިން ފަގީރުކަމުން އަރައިގަނެވެނީތޯއެވެ. ވޯޓު ވިއްކައިގެން، ލިބުނު  ވަޒީފާއިން ކޮންމެ މަހަކު މުސާރައަށް ލިބޭނީ އަލިފާނެވެ. ވައްކަންކުރާ މީހާވެސް ދެއްކީ އެ ބަހާނެއެވެ. މަސްތުވާތަކެތި ވިއްކާ މީހާވެސް، ބޯމީހާވެސް އެ ބަހަނާއެވެ. ތަފާތަކީ މުޖުތަމައުގެ ގިނަ ބަޔަކު އެކަން ކުރުމެވެ. އެހެންވީމައި ގިނަބަޔަކު ކުރާނަމަ ޒިނޭވެސް ހުއްދަކުރަންވީތޯއެވެ. ވައްކަންވެސް ހުއްދަކުރަންވީތޯއެވެ. ދުނިޔެމަތީގައި ކަމެއް ހުއްދަކުރިޔަސް، އާހިރުގައި އޭގެ ޖަޒާ ލިބޭނެއެވެ. ދެން ސަލާމަތްވާނީ ކިހިނަކުންތޯއެވެ. އެދުވަހުން ވެސް ރިޝްވަތުދީގެން ސުވަރުގެ ވަދެވޭތޯ އުޅޭނީތޯއެވެ. ބައެއް މީހުން ހައްޖަށްދާން ޖާގަ ހޯދަނީވެސް ރިޝްވަތުދީގެންނެވެ.  ރިޝްވަތު ދޭ މީހާއާއި ރިޝްވަތު ނަގާ މީހާއަށް އިސްލާމްދީނުގައި ވަނީ ލައުނަތް ލައްވާފައެވެ.

ތައުބާވެ އެފަދަ ކަންކަމުން ދުރުހެލިވާށެވެ. ބަހަނާއަކުން އާހިރަތުގައި ފަރުވާއެއް ނުލިބޭނެއެވ

Leave a Comment

Your email address will not be published. Required fields are marked *

ކޮޅިގަނޑު މެދުން ފަޅުވެރިން ބަދަލުކުރުން

ޤައުމަކާއި ނަވެއް އަޅާކިޔާނަމަ، ރައީސް އަކީ ކައްޕިއެވެ. ވަޒީރުންނަކީ ފަޅުވެރިންނެވެ. ކޮންމެ ފަޅުވެރިއަކާއި ވަކި ކަމެއް ހަވާލުކުރެވިފައިވާނެއެވެ. ފަޅުވެރިންގެ ދަށުން އެހީތެރިންވެސް ތިބޭނެއެވެ. އެއްވެސް އުސޫލެއް ހައްދެއް ނެތި އެހީތެރިން އޮޑިއަށް އޮއްސާލުމަކީ ހަމަޖެހޭ ކައްޕިއެއް ކުރާނެކަމެއް ނޫނެވެ. އަދި އެހެންމެ ގަދަ ކޮޅިގަނޑެއްގައި ފަޅުވެރިން ބަދަލުކުރާކަށްވެސް ކައްޕިއެއް ނޫޅޭނެއެވެ

<- އިތުރަށް ކިޔާލުމަށް

މަޖިލިސް ޖަލްސާއެއް ނުބާއްވާތާ މަސް ދުވަސް، އެކަމަކު ހަރަދު ކުޑަ ކުރަން ފަށަނީ ނިކަމެތިންގެ ވަޒީފާގަނޑުން

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ 5 ފެބްރުއަރީގައެވެ. މިހާތަނަށް ބާއްވާފައި ވަނީ އެންމެ 5 ޖަލްސާއެވެ. މެއި މަހު 15 ވަނަ ދުވަހު، މި އަހަރުގެ ފުރަތަމަ ދައުރު ހަަމަވެ އަނެއްކާވެސް މެމްބަރުން ދާނީ މަސް ދުވަހުގެ ޗުއްޓީއަކަށެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ދައުރުގެ ތެރޭގައި ބާއްވަން ޖެހެނީ ހަފްތާއަކު މަދުވެގެން ތިން ޖަލްސާއެވެ. މިވަރުވެސް ކޮށްނުލެވި މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ

<- އިތުރަށް ކިޔާލުމަށް

ވަކި ކުލައަކަށް ނޫނެވެ. މިއީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ

ރައްޔިތުން މި ނަގައިދިން ފިލާވަޅު ދަސްނުވެއްޖެނަމަ ދެންވެސް އޮތީ ހިތި ނަތީޖާއެވެ. އަބަދަކު އާރާއި ބާރަކު ނުތިބެވޭނެއެވެ. ދެންވެސް ކާމިޔާބު އޮތީ ރައްޔިތުންނަށެވެ. ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް، ރައްޔިތުންގެ ޙިދުމަތަށް ރުޖޫއަވާށެވެ

<- އިތުރަށް ކިޔާލުމަށް

ގަރުދިޔަ އާއި ބަތާ ކާންބުނެފި، އާސަންދަ ކަނޑާލަން ޖެހިދާނެ ކަމަށް ބުނެފި، އެކަމަކު މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަން ދެކޮޅު

މި ހާލަތުގައި އިންތިހާބު ނިމޭ ގޮތަށް ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާނެކަން ކަށަވަރެވެ. ރައްޔިތު މީހާ އަށް ގަރުދިޔަ އާއި ބަތާ ކާން މަޖުބޫރު ކުރުވާނެ ފިޔަވަޅުތަކެވެ. ވެރިން އުޅޭނީ ހަމަޖެހިގެނެވެ. އެމީހުން ތިބީ ފުދިގެނެވެ. ހަރަދު ކުޑަކުރަންވެސް މަޖިލިސް މެމްބަރުންނާއި ސިޔާސީންނަށް މިކުރާ ހަރަދު ކުޑަކުރުމުގެ ވިސްނުމެއް ނެތް

<- އިތުރަށް ކިޔާލުމަށް

އަނެއްކާވެސް ހިތާމަވެރި ހާދިސާއެއް ހިގަންދެން!

ސުވާލަކީ ގަވައިދުން ގަރާޖުތަކާއި ގުދަންތައް ބަލާ ފާސްކުރުމުގެ ޒިންމާ ނަގަން ޖެހޭ ހަމަ އެއްވެސް ބަޔަކު ނެތީތޯއެވެ. ކޮންމެ ފަހަރަކުވެސް ތެޅިގަންނަނަން ޖެހެނީ ބޮޑު ހާދިސާއެއް ހިނގީމަތޯއެވެ. ހައްލެއްގެ ގޮތުގައި ފަށާ އެއްވެސް ކަމެއް ކޮޅެއްގައި ނުޖެހި ނިމެނީ ކީއްވެތޯއެވެ

<- އިތުރަށް ކިޔާލުމަށް