Uncategorized

ނުރަސްމީ ބޮޑުވަޒީރާއި ދިމަކުރާތީ މަސްހުނި

ބަރުލަމާނީ ނިޒާމެއް އެންމެ ބޮޑަށް އިސްތިހާރުކުރަނީ ވަޒީރުން ހޮވުމުގެ ބާރު ރައްޔިތުންނަށް ލިބޭ ނިޒާމެއްގެ ގޮތުގައެވެ. ނަމަވެސް މަޖިލީހަށް ބަލާލުމުން މިއީ ރައްޔިތުންނާއި އަދި ހަވާލުކުރަން ހޮޔޮވާވަރުގެ ކަމެއް ނޫންކަން ދޭހަވެއެވެ

މާލެ ސިޓީ ކައުންސިލް

ތުއްތު ދިމަކުރާތީ ފުރާވަރަށް

މި އިންތިޚާބު ވެގެން ދާނީ ޤައުމުގެ މުސްތަޤްބަލް ބައްޓަންކުރުމަށް އެޅޭ ވަރުގަދަ ފިޔަވަޅަކަށެވެ. ވަރަށް ވިސްނައިގެން ޒިންމާދާރު ކަމާއިއެކު ފިޔަވަޅު އެޅުން މުހިއްމެވެ. ނޫންނަމަ ކައްސާލައިގެން ވެއްޓި ބޮޑު އަނިޔާއެއް ވެދާނެއެވެ

ވިޔަފާރިވެރިންގެ މަޖިލީހެކޭ ކިޔޭކަށް ނެތް

ވިއްކާލާ ކޮންމެ ވޯޓަކީ ކުރެވޭ ވިޔަފާރީގެ މުއާމަލާތެކެވެ. އެކަމުގެ ސަބަބުން ގެއްލިގެން ދަނީ ތިމާއަށް ތިމާގެ ދާއިރާ ތަމްސީލް ކުރާ މެމްބަރު ޒިންމާދާރު ކުރުމުގެ ހައްޤު އެކަންޔެއް ނޫނެވެ. މުޅި ދާއިރާގެ އެތައް ރައްޔިތުންނެއްގެ ހައްޤެވެ. ވޯޓު ވިއްކުން ހުއްޓުވިގެން ނޫނީ ދެން ޤައުމު އިސްލާހެއް ނުކުރެވޭނެއެވެ

Cyke Sticker

ޖޫރިމަނާގެ މަސްތުގައި ޖެހިފައި

ޖޫރިމަނާ ކުރުމަކީ ރައްޔިތުން ނޭދެވޭ ކަންކަމާއި ދުރުކުރުވަން ބޭނުން ކުރާ އުކުޅަކަށް ވުރެ ދައުލަތައް އާމްދަނީ ހޯދޭނެ ވަސީލަތެއްގެ ގޮތުގައި މިވަނީ ދެކެވެން ފަށައިފައެވެ. އަހަރަކަށް ވުރެ އަހަރެއް ޖޫރިމަނާ ކުރާވަރު އިތުރުވުމަކީ ލިބޭ ކާމިޔާބީއެއް ނޫނެވެ. ކާމިޔާބީ އަކަށް ވާނީ ރައްޔިތުން ނޭދެވޭ ކަންކަމާއި ދުރުކުރެވި ޖޫރިމަނާ އިން ލިބޭ އާމްދަނީ ދައްވުމުންނެވެ