ސަފީރާއިއެކު ހިއްޕަވަމުން ޗާގޯސް

ކަނޑު ވިއްކުމާއި ދެކޮޅު އިއްތިހާދުގެ ގޮތުގައި އެކުގައި މަސައްކަތްކުރަމުން ގެންދަވާ ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ ނޫސްވެރިންގެ ބައްދަލުވުމެކެވެ. ކުރީގެ ހޯމް މިނިސްޓަރު އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ނުކުންނަވާނެކަން ހާމަކުރައްވާފައިވާ، ޢުމަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މޮރިޝަސްއަކީ ބައިނަލަޤްވާމީ މައިދާނުގައި ދިވެހިރާއްޖެއާއި ވާދަކޮށް އެކަނި ކުރިހޯދޭވަރު ޤައުމެއް ނޫނެވެ. އެމީހުންނަށް ވާގިވެރިވާ ބޮޑު ބާރެއް ފަހަތުގައި އޮވެގެން މެނުވީ ރާއްޖޭގެ މައްޗަށް ކުރިއެއް ނުހޯދޭނެއެވެ. ފާހަގަކުރެއްވީ ކަނޑުގެ މައްސަލައިގައި މޮރިޝަސްގެ ހުންގާނުގައި ހުރީ އިންޑިއާކަމެވެ. މުޅި މައްސަލައިގައި އޮތީ އިންޑިއާގެ ނުފޫޒުކަމެވެ. ދެން ވާހަކަފުޅުދެއްކެވީ ކުރީގެ އެމް.ޑީ.ޕީގެ ޕާލަމެންޓަރީ ޤްރޫޕްގެ ލީޑަރ އަދި މިހާރު އެ ޕާޓީއިން ވަކިވެފައިވާ މެދުހެންވޭރު ދާއިރާގެ މަޖިލިސް މެމްބަރު ޢަލީ އާޒިމްއެވެ. އާޒިމްގެ ވާހަކަފުޅުގައި ވަރަށް ފާޅުކަންބޮޑު ގޮތެއްގައި އިންޑިއާ އާއި ދެކޮޅަށް ބަސް ބުނަން ބޭނުން ނޫންކަމުގައި ދެންނެވިއެވެ. ސަރުކާރާއި ފެއަށް ޖެހި، ރައީސް ސޯލިހްގެ ވެރިކަން ބަދަލު ކުރުމަށް އެންމެން އެއްގަލަކަށް އެރިނަމަވެސް، ޢަލީ އާޒިމްމެނަށް އަދިވެސް އިންޑިއާގެ ނުފޫޒު ރާއްޖޭގެ މައްޗަށް ގަދަވަމުން ދާ މަންޒަރެއް ނުފެނެއެވެ. އެ ވާހަކަ ދައްކާކަށް ބޭނުމެއްވެސް ނުވެއެވެ. ކަންވާނީވެސް އެހެންތާއެވެ

2021 ވަނަ އަހަރު ޑިސެމްބަރ މަހު އިދިކޮޅު ޕީ.ޕީ.އެމް.އިން އިންޑިއާ ސިފައިން ރާއްޖޭގައި ޤާއިމްވެ ތިބުމާއި ދެކޮޅަށް އަޑުއުފުލުމަށް ސައިކަލް ބުރެއް އިންތިޒާމްކުރިއެވެ. އަދި އެއަށް ދައުވަތުދީ މީސްމީޑިއާގައި ޕޯސްޓްތައްކުރިއެވެ. މިފަދައިން ކުރި ޓްވީޓްއަކަށް ރައްދުދީ އޭރު ޢަލީ އާޒިމް ވިދާޅުވީ “ސިޔާސީ ފައިދާ ނެގިއަސް ތި ދެން ބޮޑު ވަރު” ކަމުގައެވެ. އަދި ދެންނެވީ ދިވެހި ޒުވާނުން ދެކެނީ ޤައުމުގެ ސަލާމަތް އޮތީ އިންޑިއާއާއިއެކު މަސައްކަތްކޮށްގެން ކަމުގައެވެ. އަދި 2022 ވަނަ އަހަރު ކުރީކޮޅު އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމުގެ ބިލް މަޖިލީހަށް ވެއްދުމަށްވެސް އިސްވެ އެތައް މަސައްކަތެއް ޢަލީ އާޒިމް ކުރެއްވިއެވެ. އެ ބިލުގައި ވާ ގޮތުން ރައްޔިތުންގެ ނަމުގައި ނުވަތަ ރާއްޖެ ރަމްޒުވާ ގޮތަށް ވަކި ބަޔަކު ނުވަތަ ސިޔާސީ ޕާޓީއަކުން ޤައުމަކާ ނުވަތަ އެ ޤައުމެއްގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރުމާއި ކެމްޕެއިން ކުރުމާއި ސިޔާސީ އެއްވެސް ހަރަކާތެއް ހިންގުމަކީ ކުށެކެވެ. އަދި ހަމަ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު، ފަނޑިޔާރުން ވިހެއުމުން ޗުއްޓީ ދޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ އިބްތިދާއީ ބަހުސްގައި، އާޒިމް ވަނީ ރައީސް ޔާމީން މިނިވަން ކުރި ފަނޑިޔާރުންވެސް ވަކިކުރަން ޖެހިދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ

އުފެދޭ ސުވާލަކީ އޭރުވެސް މިހާރުވެސް ޢަލީ އާޒިމް އިންޑިއާއާއި އެހާ ދޯޅުވެގެން އެ އުޅުއްވަނީ ކީއްވެތޯއެވެ. ޢަލީ އާޒިމް އަކީ މެދުހެންވޭރު ރައްޔިތުންނާއި މާ ބޮޑު ގުޅުމެއް ބާއްވާ ބޭފުޅެއް ނޫނެވެ. ދާއިރާގައި އާއިލާ ބޮޑުވީމައާއި، ވޯޓް ވިއްކާ ކުދިންކޮޅެއްގެ އެހީގައި ގޮޑި ހިސޯރުކޮށްގެން އިންނެވި ބޭފުޅެކެވެ. ކޮވިޑްގެ ދަތި ހާލަތުން ރައްޔިތުން އަރައިނުގަނެވި އުޅުން އިރުވެސް ޢަލީ އާޒިމް އުޅުއްވީ ޕާޓީ ކުރައްވާށެވެ. މިގޮތުން 2021ވަނަ އަހަރު ކުރީކޮޅު ޢަލީ އާޒިމް އާއި އޭރު އެމް.ޑީ.ޕީގެ ބައެއް އިސް ވެރިން ގެއެއްގެތެރޭގައި ނަށާ މަޖާކުރާ ވީޑިއޯއެއްވެސް މީސް މީޑިއާގައި އާންމުވެފައިވެއެވެ. ބައެއް އާންމުން ބުނާގޮތުގައި އެއީ މަސްތުގެ ހާލުގައި ޕާޓީ ކުރަނިކޮށް ނަގާފައިވާ ވީޑިއޯއެކެވެ. ޢަލީ އާޒިމް ވަނީ އަދަދު ނޫހަށް ދިން އިންޓަވިއުއެއްގައި ކުރީގެ ނައިބު ރައީސް އަދި އެމްއެމްޕީއާރްސީ ކޮރަޕްޝަން މައްސަލައިގައި ކުށް ސާބިތުވެފައިވާ އަދީބުގެ ދެންނެވުމަށް “ދިޔާ ތަކެތި” އެއް ތަނުން އަނެއް ތަނަށް ޑެލިވާރކޮށްދީ ހެދިކަމަށް އެއްބަސްވެފައެވެ. 2021 ވަނަ އަހަރު މެދު ތެރޭގައިވެސް ޢަލީ އާޒިމްގެ އެހެން ވީޑިއޯއެއް ވަނީ ލީކްވެފައެވެ. އެއީ ސިއްރިއްޔާތުގައި އޭރުގެ އިންޑިއާ ސަފީރާއިއެކު ސަފާރީއެއްގައި ބައްދަލުކުރަން ގޮސް އިންނަވަނިކޮށެވެ. ވީޑިއޯއިން ފެންނަ ފެނުމުން އޭގައި ޢަލީ އާޒިމްއާއިއެކު ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު އަދުން ހުސެން އާއި މިހާރުގެ ދާހިލީ ވަޒީރު ޝާހިދުވެސް އިންނެވިއެވެ. އެކި ވައްތަރުގެ ބުއިންތައް މޭޒުމަތީގައި ހުއްޓެވެ. ހަމަ އުފެދޭ ސުވާލަކީ ސަފާރީގައި ސަފީރާއެކު ހިއްޕަވަމުން ޗާގޯސް މައްސަލައިގައި ރާއްޖެއަށް އިހްލާސްތެރިވެވޭނެބާއެވެ

Leave a Comment

Your email address will not be published. Required fields are marked *

ކޮޅިގަނޑު މެދުން ފަޅުވެރިން ބަދަލުކުރުން

ޤައުމަކާއި ނަވެއް އަޅާކިޔާނަމަ، ރައީސް އަކީ ކައްޕިއެވެ. ވަޒީރުންނަކީ ފަޅުވެރިންނެވެ. ކޮންމެ ފަޅުވެރިއަކާއި ވަކި ކަމެއް ހަވާލުކުރެވިފައިވާނެއެވެ. ފަޅުވެރިންގެ ދަށުން އެހީތެރިންވެސް ތިބޭނެއެވެ. އެއްވެސް އުސޫލެއް ހައްދެއް ނެތި އެހީތެރިން އޮޑިއަށް އޮއްސާލުމަކީ ހަމަޖެހޭ ކައްޕިއެއް ކުރާނެކަމެއް ނޫނެވެ. އަދި އެހެންމެ ގަދަ ކޮޅިގަނޑެއްގައި ފަޅުވެރިން ބަދަލުކުރާކަށްވެސް ކައްޕިއެއް ނޫޅޭނެއެވެ

<- އިތުރަށް ކިޔާލުމަށް

މަޖިލިސް ޖަލްސާއެއް ނުބާއްވާތާ މަސް ދުވަސް، އެކަމަކު ހަރަދު ކުޑަ ކުރަން ފަށަނީ ނިކަމެތިންގެ ވަޒީފާގަނޑުން

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ 5 ފެބްރުއަރީގައެވެ. މިހާތަނަށް ބާއްވާފައި ވަނީ އެންމެ 5 ޖަލްސާއެވެ. މެއި މަހު 15 ވަނަ ދުވަހު، މި އަހަރުގެ ފުރަތަމަ ދައުރު ހަަމަވެ އަނެއްކާވެސް މެމްބަރުން ދާނީ މަސް ދުވަހުގެ ޗުއްޓީއަކަށެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ދައުރުގެ ތެރޭގައި ބާއްވަން ޖެހެނީ ހަފްތާއަކު މަދުވެގެން ތިން ޖަލްސާއެވެ. މިވަރުވެސް ކޮށްނުލެވި މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ

<- އިތުރަށް ކިޔާލުމަށް

ވަކި ކުލައަކަށް ނޫނެވެ. މިއީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ

ރައްޔިތުން މި ނަގައިދިން ފިލާވަޅު ދަސްނުވެއްޖެނަމަ ދެންވެސް އޮތީ ހިތި ނަތީޖާއެވެ. އަބަދަކު އާރާއި ބާރަކު ނުތިބެވޭނެއެވެ. ދެންވެސް ކާމިޔާބު އޮތީ ރައްޔިތުންނަށެވެ. ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް، ރައްޔިތުންގެ ޙިދުމަތަށް ރުޖޫއަވާށެވެ

<- އިތުރަށް ކިޔާލުމަށް

ގަރުދިޔަ އާއި ބަތާ ކާންބުނެފި، އާސަންދަ ކަނޑާލަން ޖެހިދާނެ ކަމަށް ބުނެފި، އެކަމަކު މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަން ދެކޮޅު

މި ހާލަތުގައި އިންތިހާބު ނިމޭ ގޮތަށް ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާނެކަން ކަށަވަރެވެ. ރައްޔިތު މީހާ އަށް ގަރުދިޔަ އާއި ބަތާ ކާން މަޖުބޫރު ކުރުވާނެ ފިޔަވަޅުތަކެވެ. ވެރިން އުޅޭނީ ހަމަޖެހިގެނެވެ. އެމީހުން ތިބީ ފުދިގެނެވެ. ހަރަދު ކުޑަކުރަންވެސް މަޖިލިސް މެމްބަރުންނާއި ސިޔާސީންނަށް މިކުރާ ހަރަދު ކުޑަކުރުމުގެ ވިސްނުމެއް ނެތް

<- އިތުރަށް ކިޔާލުމަށް

އަނެއްކާވެސް ހިތާމަވެރި ހާދިސާއެއް ހިގަންދެން!

ސުވާލަކީ ގަވައިދުން ގަރާޖުތަކާއި ގުދަންތައް ބަލާ ފާސްކުރުމުގެ ޒިންމާ ނަގަން ޖެހޭ ހަމަ އެއްވެސް ބަޔަކު ނެތީތޯއެވެ. ކޮންމެ ފަހަރަކުވެސް ތެޅިގަންނަނަން ޖެހެނީ ބޮޑު ހާދިސާއެއް ހިނގީމަތޯއެވެ. ހައްލެއްގެ ގޮތުގައި ފަށާ އެއްވެސް ކަމެއް ކޮޅެއްގައި ނުޖެހި ނިމެނީ ކީއްވެތޯއެވެ

<- އިތުރަށް ކިޔާލުމަށް