ވޯޓް ވިއްކުމުގެ ނަތީޖާ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް، މެމްބަރުން ތަޅުމުގައި ހާޒިރުވެނެތުމުގެ ސަބަބުން ކުރުކޮށްލަން ޖެހުނީ މަދުފަހަރަކު ނޫނެވެ. ކޮންމެ ތިން މަހަކުން އެއް ފަހަރު ޗުއްޓީ ލިބޭ، އަދި ހަފްތާއަކު އެންމެ ހަތަރު ދުވަހު އަނގަތަޅާލަން މަޖިލީހަށް ހާޒިރުވާން ޖެހޭ މެމްބަރުންގެ ހާލަތެވެ. ފާސް ކުރާ ޤާނޫންތައް ހުންނަނީ ތާކުންތާކު ނުޖެހޭ ފަދަ ގޮތަކަށެވެ. އަބަދުވެސް އޮންނަނީ އިސްލާހް ކުރަން ޖެހިފައެވެ. ޚަބަރުތަކުން ފެންނަނީ ޤާނޫންތަކުގައި ހުރި ބާނގަޑުތަކުގެ ސަބަބުން ގޭންގްތައް ނުހުއްޓުވޭ ވާހަަކައެވެ. މަސްތުވާތަކެތީގެ ވިޔަފާރި ނުހުއްޓުވޭ ވާހަކައެވެ. ބޮޑެތި މަހުޖަނުންނާއި ހަމައަށް ޤާނޫނުގެ ދިގު އަތް ނުފޯރާ ވާހަކައެވެ.

ހާޒިރީ އާއި ޤާނޫނުތަކުގެ މައްސަލަ ފެންމަތިވާ ކޮންމެ ފަހަރަކު މީސްމީޑިއާގައި ފާޑުކިޔާ ފަރާތްތަކުގެ އިގިލިކުރީގައި އޮންނަ ފާޑުކިޔުމަކީ މަޖިލީހުގައި ތިބީ ވިޔަފާރިވެރިންކަމުގައެވެ. ހުސް ނުކިޔަވާ މީހުން ކަމުގައެވެ. އަހްލާގީ މިންގަނޑުދަށް ބައެއް ކަމުގައެވެ. ރައްޔިތުންނަށް ހެޔޮ އެދޭ ބަޔަކު ނެތް ކަމުގައެވެ. ސުވާލަކީ މަޖިލީހަކީ މިފަދަ މީހުންނަށް އަމިއްލައަށް ވަދެ އިށީދެވޭ ތަނެއް ތޯއެވެ. މަޖިލީހުގެ ގޮޑީގައި އިދެވެނީ ދާއިރާއެއްގެ ރައްޔިތުންގެ މެޖޯރިޓީ ވޯޓް ލިބިގެންނެވެ. ޓްރާންސްޕޭރަންސީ އިން 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބާއި ގުޅޭ ގޮތުން ނެރުނު ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ގޮތުން އެ އިންތިހާބުގައި ވޯޓް ލެވޭ އާބާދީގެ %60 މީހުން ވޯޓް ވިއްކިއެވެ. އެހެންކަމުން ވިޔަފާރިވެރިންވެސް، އަޚްލާގެއް ނެތް މީހުންވެސް، ރައްޔިތުންނަށް އަޅާލުމެއް ނެތް މީހުންވެސް މަޖިލީހަށް ވެއްދީ ހަމަ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވޯޓް ވިއްކައިގެންނެވެ. އަނެއް ސުވާލަކީ، ވޯޓް ގަންނަން މަޖިލީހަށް ހޮވޭ މީހުން ފައިސާ ހޯދަނީ ކޮންގޮތަކުންތޯއެވެ. އެމީހުންނަށް ފައިސާ ދޭ ފަރާތްތަކުން ފައިސާ ދެނީ ހަމަ އެއްވެސް ސަރުތަކާ ނުލާތޯއެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށާއި އެ ވިޔަފާރީގެ ބޮޑުންނަށް ފިޔަވަޅު ނޭޅެނީ އެމީހުންނާއި ސިޔާސީ ފަރާތްތަކާއި އޮންނަ ގުޅުމުން ކަމުގައި ގަބޫލްކުރާ ރައްޔިތުން ގިނައެވެ. ނަމަވެސް އިސްވެ ދެންނެވުނު ހާލަތަށް ބަލާއިރު އެ ގުޅުމުގެ އިސްލު ގުޅެނީވެސް ހަމަ ރައްޔިތުންނާއިއެވެ. މަޖިލީހަށް ހޮވެނީ އެންމެ ގިނައިން ފައިސާ ބަހާ މީހާކެވެ. މަޖިލީހަށް ހޮވުމަށްފަހު މެމްބަރުގެ މަސައްކަތް މިނެކިރުމުގައިވެސް، ޤާނޫނު ހެދުމާއި، މުހިއްމު މައްސަލަތަކުގައި ބަހުސްކޮށް ހައްލު ހޯދުމަށް ވަކާލާތުކުރުމަށް ވުރެ، ގިނަ ރައްޔިތުންނަށް މުހިންމު ވަނީ ރަށު ގޭގޭގެ ބިލްތައް ދައްކައިދޭ މިންވަރާއި، ބޭސް ސިޓީއަށް ފައިސާދޭ މިންވަރާއި، އާއިލާ ކުދިންނަށް ވަލު ދޮރާށިން ވަޒީފާ ހޯދައިދޭ މިންވަރެވެ. މިކަން ކަމަށް ފައިސާ ފައިބަނީ މަތިންބާވައެވެ. ފައިސާ ދޭ ފަރާތްތަކެއް ތިބޭނެތާއެވެ. މިޖިލީހުގެ ގޮޑި ހޯދަންވެސް އަދި ދަމަހައްޓަންވެސް އެންމެ މުހިންމު އެއްޗަކަށް ވެފައިމިވަނީ ފައިސާއެވެ. ގިނަ ފަހަރު ފައިސާ ދެނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތައް ކަމަށް ވަނީނަމަ، އެ ވިޔަފާރި ހުއްޓުވަން ހަދާ ކޮންމެ ޤާނޫނެއްގައި ބާގަނޑުތައް ހުންނާނެއެވެ.

ތައުލީމީ އަޚްލާގް ރަނގަޅު ޒުވާނަކު މަޖިލީހަށް ކުރިމަތިލާން ވޯޓް ހޯދަން ގެއިން ގެއަށް ނިކަން ހިގާލަބަލާށެވެ. މަޖިލީހުގައި ތިބެގެން ހުރިހާ ހަޑިއެއް ހޭވި މެމްބަރު ކުރި ހުރިހާ ކަމެއްގެ އަހުވަ ދައްކާލާނީ އެ ޒުވާނާއަށެވެ. ވަރަށް މޮޅު ކަމެކޭ ހިތާ، މަޖިލީހުގައި ތިބެނީ ހުސް އަމިއްލަ އެދުމުން ފޯވެފައިތިބި މަކަރުވެރި ބަޔެކޭ ކިޔާ ހަޅޭފަޅޭއް ޖަހާ ފަހާލާނީ އެ ޒުވާނާއެވެ. ދެން އަންނާނީ ފާއިތުވި ހުރިހާ އަހަރު ހަޑިހާވަން އިން މެމްބަރެވެ. ނުވަތަ މިއިން ޒަމާނަކު ދާއިރާއިން ނުވެސް ފެންނަ މަހުޖަނެކެވެ. އޭނައަށް މަރުހަބާ ކިޔާނީ ފައިސާގެ ސިޓީ އުރަ ލިބޭނެ ކަމުގެ އުއްމީދުގައެވެ. މީސްމީޑިއާގައި ކީހާ ފާޑުކިޔުން ހަތާން ނެތި، ކޮލްގެޓް އިސްތިހާރެއްގައި ދަތްޕިލަ ނުދައްކާ މިންވަރަށް ހިނިތުންވެލާ ސަލާންކުރާނެއެވެ. އެއްކަލަ ޒުވާނާ ސިޔާސީ ޕާޓީއަކާއި ގުޅިއްޖެނަމަ އެ ސިޔާސީ ޕާޓީގެ މުޅި ހަޔާތުގައި ހިގާފައިހުރި ހުރިހާ ނޭއްގާނީ ކަމެއް އެ ޒުވާނަކާއި ދިމާލަށް ގޮވާނެއެވެ. އެއީ އޭނާ ކުރިކަމެއްހެން ހީވާ ކަހަލައެވެ. ނަމަވެސް އެ ހުރިހާ ޖަރީމާއެއް ހިގިއިރު ބޮނޑެތި މަގާމުތަކުގައި ތިބި ވެރިން މަޖިލީހަށް އަނެއްކާވެސް ކުރިމަތިލައިގެން ޒިޔާރަށް ކުރުމުން ކިޔަނީ މަރުހަބާއެވެ. ކިތަންމެ ވަރަކަށް ސިޔާސީ ޕާޓީތަކަށް އެއްޗެތިކިޔަސް، މަޖިލީހުގައި ގިނައީ ސިޔާސީ ޕާޓީތަކުގެ މެމްބަރުންނެވެ. ގިނައީ ހަމަ އަބަދު ހޮވޭ އެއްބައެކެވެ.

އެކަމަކު ސިޔާސީ ދާއިރާގައި އަބަދު އުޅެނީ އެއްބައެކޭ ކިޔަނީވެސް ހަމަ ރައްޔިތުމީހާއެވެ. ތުއުލީމީ ޒުވާނުންނަށް ފުރުސަތު ނެތޭ ކިޔަނީވެސް ހަމަ ރައްޔިތުމީހާއެވެ. އެ ފުރުސަތު ފަހިވުމުން އެއަށް ހުރަހަކަށްވެސް ވަނީ ރައްޔިތުމީހާއެވެ. ހޮޅުއަށީގައި އެންމެ އަޑުގަދަކޮށްފައި، ޒުވާބުކޮށްފައި، ފައިސާ ބެހި މީހާއަށް ވޯޓް ދީފައި، ޤައުމު އޮތް ހާލަތުގެ ޒިންމާ އަޅުވަނީ މަޖިލީހަށް “ވަދެ” ތިބި ސިޔާސީ ވިޔަފާރިވެރިންގެ ބޮލުގައެވެ. އެންމެނެއް ނޫނެވެ. ނަމަވެސް ގިނަ ރައްޔިތުންނެވެ. ދާއިރާތަކުން ހޮވާފައި ތިބި މެމްބަރުން ބަލާލުމުން، ޤައުމުގައި ކޮރަޕްޝަނާއި، އަޚްލާގީ މިންގަޑާއި، އިޤްތިސާދީ ހާލަތު ގޯސްވެފައިވާ މިންވަރުން ހައިރާންވާކަށް ނުޖެހެއެވެ. އެންމެ ފަހުން އޮތް މަޖިލިސް ބައި-އިލެކްޝެންގައިވެސް ދާއިރާއަކުން ހޮވީ ރަށުތެރޭގައި ފާރުމަތިން ގޭގޭގެ ގިފިލި ބަލަން އުޅުނު މީހެކެވެ.

Leave a Comment

Your email address will not be published. Required fields are marked *

ކޮޅިގަނޑު މެދުން ފަޅުވެރިން ބަދަލުކުރުން

ޤައުމަކާއި ނަވެއް އަޅާކިޔާނަމަ، ރައީސް އަކީ ކައްޕިއެވެ. ވަޒީރުންނަކީ ފަޅުވެރިންނެވެ. ކޮންމެ ފަޅުވެރިއަކާއި ވަކި ކަމެއް ހަވާލުކުރެވިފައިވާނެއެވެ. ފަޅުވެރިންގެ ދަށުން އެހީތެރިންވެސް ތިބޭނެއެވެ. އެއްވެސް އުސޫލެއް ހައްދެއް ނެތި އެހީތެރިން އޮޑިއަށް އޮއްސާލުމަކީ ހަމަޖެހޭ ކައްޕިއެއް ކުރާނެކަމެއް ނޫނެވެ. އަދި އެހެންމެ ގަދަ ކޮޅިގަނޑެއްގައި ފަޅުވެރިން ބަދަލުކުރާކަށްވެސް ކައްޕިއެއް ނޫޅޭނެއެވެ

<- އިތުރަށް ކިޔާލުމަށް

މަޖިލިސް ޖަލްސާއެއް ނުބާއްވާތާ މަސް ދުވަސް، އެކަމަކު ހަރަދު ކުޑަ ކުރަން ފަށަނީ ނިކަމެތިންގެ ވަޒީފާގަނޑުން

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ 5 ފެބްރުއަރީގައެވެ. މިހާތަނަށް ބާއްވާފައި ވަނީ އެންމެ 5 ޖަލްސާއެވެ. މެއި މަހު 15 ވަނަ ދުވަހު، މި އަހަރުގެ ފުރަތަމަ ދައުރު ހަަމަވެ އަނެއްކާވެސް މެމްބަރުން ދާނީ މަސް ދުވަހުގެ ޗުއްޓީއަކަށެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ދައުރުގެ ތެރޭގައި ބާއްވަން ޖެހެނީ ހަފްތާއަކު މަދުވެގެން ތިން ޖަލްސާއެވެ. މިވަރުވެސް ކޮށްނުލެވި މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ

<- އިތުރަށް ކިޔާލުމަށް

ވަކި ކުލައަކަށް ނޫނެވެ. މިއީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ

ރައްޔިތުން މި ނަގައިދިން ފިލާވަޅު ދަސްނުވެއްޖެނަމަ ދެންވެސް އޮތީ ހިތި ނަތީޖާއެވެ. އަބަދަކު އާރާއި ބާރަކު ނުތިބެވޭނެއެވެ. ދެންވެސް ކާމިޔާބު އޮތީ ރައްޔިތުންނަށެވެ. ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް، ރައްޔިތުންގެ ޙިދުމަތަށް ރުޖޫއަވާށެވެ

<- އިތުރަށް ކިޔާލުމަށް

ގަރުދިޔަ އާއި ބަތާ ކާންބުނެފި، އާސަންދަ ކަނޑާލަން ޖެހިދާނެ ކަމަށް ބުނެފި، އެކަމަކު މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަން ދެކޮޅު

މި ހާލަތުގައި އިންތިހާބު ނިމޭ ގޮތަށް ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާނެކަން ކަށަވަރެވެ. ރައްޔިތު މީހާ އަށް ގަރުދިޔަ އާއި ބަތާ ކާން މަޖުބޫރު ކުރުވާނެ ފިޔަވަޅުތަކެވެ. ވެރިން އުޅޭނީ ހަމަޖެހިގެނެވެ. އެމީހުން ތިބީ ފުދިގެނެވެ. ހަރަދު ކުޑަކުރަންވެސް މަޖިލިސް މެމްބަރުންނާއި ސިޔާސީންނަށް މިކުރާ ހަރަދު ކުޑަކުރުމުގެ ވިސްނުމެއް ނެތް

<- އިތުރަށް ކިޔާލުމަށް

އަނެއްކާވެސް ހިތާމަވެރި ހާދިސާއެއް ހިގަންދެން!

ސުވާލަކީ ގަވައިދުން ގަރާޖުތަކާއި ގުދަންތައް ބަލާ ފާސްކުރުމުގެ ޒިންމާ ނަގަން ޖެހޭ ހަމަ އެއްވެސް ބަޔަކު ނެތީތޯއެވެ. ކޮންމެ ފަހަރަކުވެސް ތެޅިގަންނަނަން ޖެހެނީ ބޮޑު ހާދިސާއެއް ހިނގީމަތޯއެވެ. ހައްލެއްގެ ގޮތުގައި ފަށާ އެއްވެސް ކަމެއް ކޮޅެއްގައި ނުޖެހި ނިމެނީ ކީއްވެތޯއެވެ

<- އިތުރަށް ކިޔާލުމަށް