މުސާރަ ބަރާބަރަށް ހިނގާ، މަސައްކަތެއް ނުހިނގާ

މަޖިލިސް މެމްބަރެއްގެ މުސާރައިގައި މިއަދު ހިމެނެނީ އަސާސީ މުސާރައިގެ ގޮތުގައި 42،000ރ، ލިވިންގ އެލަވަންސްގެ ގޮތުގައި 20،000ރ، ކޮމެޓީ އެލަވަންސްގެ ގޮތުގައި 20،000ރ އަދި މެޑިކަލް އިންސިއުރަންސްގެ ގޮތުގައި އަހަރަކު 24،000ރ އެވެ. މީގެ އިތުރުން ކޮންމެ މެމްބަރަކާއި އެ މެމްބަރެއްގެ އަނބި ނުވަތަ ފިރިމީހާ އަދި އުމުރުން 18 އަހަރު ނުފުރޭ ދަރިން ރާއްޖެ އާއި ސާކު ގައުމުތަކާއި އަދި އާސިއާންގެ ގައުމުތަކުން ސިއްހީ ފަރުވާ ލިބޭ ފަދަ މެޑިކަލް އިންޝުއަރެންސް ސްކީމެއްގައި ބައިވެރިކޮށްދޭން ޖެހޭނެ އެވެ. އެހެންކަމުން 87 މެމްބަރުންނަށް ބަލާއިރު، މެމްބަރުންގެ މުސާރައާއި އެހެނިހެން އިނާޔަތްތަކަށް ރައްޔިތުންގެ ޓެކްސް ފައިސާއިން 7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތުން ޚަރަދުކުރެއެވެ. ދައުރަކަށް ފަހު ދައުރެއް މެމްބަރުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. މިގޮތުން 1998 ވަނަ އަހަރު ތިބީ 50 މެމްބަރުންނެވެ. 2009 ވަނަ އަހަރު ތިބީ 77 މެމްބަރުންނެވެ. 2014 ވަނަ އަހަރު ތިބީ 85 މެމްބަރުންނެވެ. 2019 ވަނަ އަހަރު މި ހިނގާ ދައުރުގައި މެމްބަރުންގެ އަދަދަކީ 87 މެމްބަރުންނެވެ. މުސާރަވެސް އެންމެ އަވަހަށް ބޮޑުވަނީ މިތަނުގައެވެ. އެގޮތުން 2004 ވަނަ އަހަރު މެމްބަރަކަށް ލިބުނީ 7،200ރ އެވެ. 2006 ވަނަ އަހަރު 19،000ރ އަށް މުސާރަ ބޮޑުވިއެވެ. އަދި 2008 ވަނަ އަހަރު 62،000 އަށް މުސާރަބޮޑުވިއެވެ. އެއަށްފަހު 2011 ވަނަ އަހަރު 82،000ރ އަށްވުރެ ވަނީ ބޮޑުވެފައެވެ.

ކޮވިޑް19ގެ ހާލަތާއި ގުޅިގެން ރައްޔިތުންގެ މަޖީލީހުން މުސާރަކަނޑައަޅާ ފަރާތްތަކުގެ މުސާރަ ކުޑަކުރުމަށް މަޖިލީހުންނިންމުމާއެކު ވެސް، ދައުލަތުގެ ތިން ބާރުގެ ވެރިންނަށް ވުރެ މުސާރައާއި އިނާޔަތުގެ ގޮތުގައި އެ މެމްބަރުންނަށް ލިބޭ މިންވަރު ބޮޑެވެ. 2019 ވަނަ އަހަރު އެޗްއާރްސީއެމްއިން ވަނީ މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރުމަށްވެސް ހުށަހަޅާފައެވެ. މި ހުށަހެޅުމުގައި ބުނެފައިވަނީ، މެންބަރުންނަށް މުސާރައިގެ ގޮތުގައި ލިބޭ އަދަދަކީ ދައުލަތުގެ ބަޖެޓާއި އެހެނިހެން ވަޒީފާތަކަށް ކަނޑައަޅާފައިވާ މުސާރައަށް ވުރެ ބޮޑު މުސާރައެއް ކަމަށެވެ. އަދި ހަމައެއާއެކު ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ރާއްޖެއިން ބޭރުން މެޑިކަލް އިންޝުއަރެންސް ލިބެމުން އަންނައިރު މަޖިލީހުގެ މެންބަރުންނަށް މިހާރު ލިބެމުން އަންނަ މުސާރަ އަލުން މުރާޖާ ކުރުމަކީ މުހިއްމު ކަމެއް ކަމަށް އެޗްއާރްސީއެމްއިން ބުނެފައިވެއެވެ. މީގެ އިތުރުން، މަޖިލީހުގެ މެންބަރުންނަށް ކޮމެޓީ އެލަވަންސްގެ ގޮތުގައި ލިބޭނެ ކަމަށް ކަނޑައަޅާފައިވާ 20،000 ރުފިޔާ އުނިކުރުމަށްވެސް ވަނީ ހުށަހަޅާފައެވެ.

މިކަން ކުރިއަށް ދާ ގޮތެއް ނުވިއެވެ. އަދި ހަނިމާދޫ ދާއިރާގެ މެމްބަރު ޢަބްދުލްޣަފޫރު މޫސާ ފަދަ މެމްބަރުން ވަނީ ދާދި ފަހުންވެސް ރައްޔިތުން މެމްބަރުންގެ މުސާރަ ބޮޑުވެގެން ކަންބޮޑުވެގެން ނޫޅޭ ކަމަށްބުނެ، މެމްބަރުން އަމިއްލަ އަށް ކަނޑައެޅި މެމްބަރުންގެ މުސާރަ ދިފާއުކޮށް ވާހަކަދައްކާފައެވެ. މުސާރަ ބަރާބަރަށް ހިނގައެވެ. ނަމަވެސް މަސައްކަތެއް ނުހިނގައެވެ. އެތައް ބިލެއް އޮތީ ކޮމެޓީތަކުގައި ތާށިވެފައެވެ. ޖަލްސާއަކަށް ހާޒިރުވަނީ ހިތަށްއެރިއްޔާއެވެ. ޖަލްސާއަކަށް ހާޒިރު ނުވިޔަސް މުސާރައިން ކެޑޭ އެއްޗެއް ނެތެވެ. މިހާރުވެސް މަޖިލީހުގައި އޮތީ މަރުތަޅު އެޅިފައެވެ. މަޖީހުގެ ރައީސް އާއި ނައިބު ގޮނޑީގައި އިންނަން އުޒުރުވެރިވެއެވެ. ނަމަވެސް ބަރާބަރަށް މުސާރަ ނަގައެވެ. މިއަދުވެސް މަޖިލީހުގައި އޮތީ އެއް މެމްބަރަކު އަނެއް މެމްބަރެއްގެ އަބުރަށް އަރައިގަތުމާއި ހޯބޯ ލެއްވުމެވެ.

Leave a Comment

Your email address will not be published. Required fields are marked *

ކޮޅިގަނޑު މެދުން ފަޅުވެރިން ބަދަލުކުރުން

ޤައުމަކާއި ނަވެއް އަޅާކިޔާނަމަ، ރައީސް އަކީ ކައްޕިއެވެ. ވަޒީރުންނަކީ ފަޅުވެރިންނެވެ. ކޮންމެ ފަޅުވެރިއަކާއި ވަކި ކަމެއް ހަވާލުކުރެވިފައިވާނެއެވެ. ފަޅުވެރިންގެ ދަށުން އެހީތެރިންވެސް ތިބޭނެއެވެ. އެއްވެސް އުސޫލެއް ހައްދެއް ނެތި އެހީތެރިން އޮޑިއަށް އޮއްސާލުމަކީ ހަމަޖެހޭ ކައްޕިއެއް ކުރާނެކަމެއް ނޫނެވެ. އަދި އެހެންމެ ގަދަ ކޮޅިގަނޑެއްގައި ފަޅުވެރިން ބަދަލުކުރާކަށްވެސް ކައްޕިއެއް ނޫޅޭނެއެވެ

<- އިތުރަށް ކިޔާލުމަށް

މަޖިލިސް ޖަލްސާއެއް ނުބާއްވާތާ މަސް ދުވަސް، އެކަމަކު ހަރަދު ކުޑަ ކުރަން ފަށަނީ ނިކަމެތިންގެ ވަޒީފާގަނޑުން

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ 5 ފެބްރުއަރީގައެވެ. މިހާތަނަށް ބާއްވާފައި ވަނީ އެންމެ 5 ޖަލްސާއެވެ. މެއި މަހު 15 ވަނަ ދުވަހު، މި އަހަރުގެ ފުރަތަމަ ދައުރު ހަަމަވެ އަނެއްކާވެސް މެމްބަރުން ދާނީ މަސް ދުވަހުގެ ޗުއްޓީއަކަށެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ދައުރުގެ ތެރޭގައި ބާއްވަން ޖެހެނީ ހަފްތާއަކު މަދުވެގެން ތިން ޖަލްސާއެވެ. މިވަރުވެސް ކޮށްނުލެވި މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ

<- އިތުރަށް ކިޔާލުމަށް

ވަކި ކުލައަކަށް ނޫނެވެ. މިއީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ

ރައްޔިތުން މި ނަގައިދިން ފިލާވަޅު ދަސްނުވެއްޖެނަމަ ދެންވެސް އޮތީ ހިތި ނަތީޖާއެވެ. އަބަދަކު އާރާއި ބާރަކު ނުތިބެވޭނެއެވެ. ދެންވެސް ކާމިޔާބު އޮތީ ރައްޔިތުންނަށެވެ. ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް، ރައްޔިތުންގެ ޙިދުމަތަށް ރުޖޫއަވާށެވެ

<- އިތުރަށް ކިޔާލުމަށް

ގަރުދިޔަ އާއި ބަތާ ކާންބުނެފި، އާސަންދަ ކަނޑާލަން ޖެހިދާނެ ކަމަށް ބުނެފި، އެކަމަކު މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަން ދެކޮޅު

މި ހާލަތުގައި އިންތިހާބު ނިމޭ ގޮތަށް ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާނެކަން ކަށަވަރެވެ. ރައްޔިތު މީހާ އަށް ގަރުދިޔަ އާއި ބަތާ ކާން މަޖުބޫރު ކުރުވާނެ ފިޔަވަޅުތަކެވެ. ވެރިން އުޅޭނީ ހަމަޖެހިގެނެވެ. އެމީހުން ތިބީ ފުދިގެނެވެ. ހަރަދު ކުޑަކުރަންވެސް މަޖިލިސް މެމްބަރުންނާއި ސިޔާސީންނަށް މިކުރާ ހަރަދު ކުޑަކުރުމުގެ ވިސްނުމެއް ނެތް

<- އިތުރަށް ކިޔާލުމަށް

އަނެއްކާވެސް ހިތާމަވެރި ހާދިސާއެއް ހިގަންދެން!

ސުވާލަކީ ގަވައިދުން ގަރާޖުތަކާއި ގުދަންތައް ބަލާ ފާސްކުރުމުގެ ޒިންމާ ނަގަން ޖެހޭ ހަމަ އެއްވެސް ބަޔަކު ނެތީތޯއެވެ. ކޮންމެ ފަހަރަކުވެސް ތެޅިގަންނަނަން ޖެހެނީ ބޮޑު ހާދިސާއެއް ހިނގީމަތޯއެވެ. ހައްލެއްގެ ގޮތުގައި ފަށާ އެއްވެސް ކަމެއް ކޮޅެއްގައި ނުޖެހި ނިމެނީ ކީއްވެތޯއެވެ

<- އިތުރަށް ކިޔާލުމަށް