ދަރިން ފަތަން ޖެހެނީ ނަޖިސް ފެނުގައި

ރަށަށް ނުކަތާ ވަރަށް އާބާދީ ބޮޑުވެ ތޮއްޖެހުމުގެ ސަބަބުން މާލެ އަކީ ސިއްހީ މައްސަލަތައް ގިނަ ތަނެކެވެ. އަބަދުވެސް ރަށުތެރޭގައި ބޮޑު ބަލިމަޑު ކަމެއް ފެތުރެއެވެ. ކޮންމެވެސް ހުމެއް ނުވަތަ ރޯގާއެކެވެ. ކުޑަ ކުޑަ ކުދިން އަބަދު ރޯގާ ޖެހި ކެއްސޭ އުޅޭ އުޅުން މިހާރު އާންމު ކަމަކަށް ވެއްޖެއެވެ. އެކި އެކި ޑޮކްޓަރީ ބޭސްތައް ޅަ އުމުރުން ފެށިގެން ކެއުން އާންމު ވެއްޖެއެވެ. މިފަދަ ބޭސް ކެއުން އާންމު ވުމުގެ ސަބަބުން އެ ބޭސްތަކުން ކުރާ އަސަރުވެސް ކުޑަވެއްޖެއެވެ

މަގުމައްޗަށް ކުނި ކޮތަޅު ނެރުމުގެ ސަބަބުން މަގުތައް ވަނީ ތަޤައްޔަރުވެފައެވެ. ބުޅާތައް ކޮތަޅުފަޅާލާ އޭގައި ހުރި ތަކެތި މަގުމައްޗަށް އެޅުމުން، އެ ނަގާނެ ބަޔަކު ނުވެއެވެ. ކުނިވެފައި އެތައް ދުވަހެއް މަގުތަކުގައި ހުރެއެވެ. ބުޅަލުގެ ނަޖިސްވެސް މަގުތަކުގައި އެހާގިނައެވެ. އަދި މިއާއެކު މީދާވެސް މިހާރު މަގުތަކުގައި އާންމުވެއްޖެއެވެ. ވާރޭވެހި ފެންބޮޑުވެއްޖެނަމަ މަގުތަކުގައި ހިގަން ޖެހެނީ މިހުރިހާ ނަޖިހެއް އެކުލެވޭ ފެނުގެ ތެރެއިންނެވެ. ކާބޯތަކެތި ގެންގުޅޭ ތަންތަނުގެ ސާފުތާހިރު ކަމުގެ މިންގަޑު ހުރި ނެތްވަރު ބަލާ މޮނިޓާރ ކުރާނެ ބަޔަކު ނެތެވެ. ދޭތެރެއަކުން  މީސްމީޑިއާގައި ފޮޓޯގަނޑެއް އާންމުވުމުން، އެތަން ހަފްތާއަކަށް ބަންދުކޮށްލަފާނެއެވެ. އަނެއްކާވެސް ހަމަ ކުރިއެކޭ އެއްގޮތައް ހިންގަންފަށައެވެ. މިއީ ރަށުތެރޭގައި ކަންކަން ބޮއްސުންލާފައިވާ ގޮތުގުގެ މަދު މިސާލު ކޮޅެކެވެ

ދެންއޮތީ ކަސްރަތުކޮށްލަން ދެވެސް އޮތް މަދު ތަންތަނުން އެއް ތަނެވެ. މާލޭގެ ފަތާ ޓްރެކެވެ. ސްކޫލް ކުދިން ފަތަން ދަސްކުރާ އެކި ޕްރޮގްރާމްތައްވެސް ހިންގަނީ ހަމަ މިތަނުގައެވެ. އޮއިވަރާއެކު ކުނި ކޮތަޅުތަކުން ކުނި އައިސް ތަނުގެ ނަޖިސްކޮށްލައެވެ. ކައިރީގައި އަޅާފައިވާ ކަނޑުއުނޅަދު ތަކުން ފައިބާ ތެލުގެ އަސަރު ހުރެއެވެ. އަދި މިހާރަކަށް އައިސް އިންސާނުންގެ ނަޖިހުގެ އަސަރުވެސް މުޅިތާގައި ހުރެއެވެ. ނަމަވެސް މިކަމަށް ފިޔަވަޅު އަޅާނެ ބަޔަކު ނެތެވެ. ނަޖިހުގެ އަސަރު ކުރަނީ ކިހިނެތް ކީއްވެތޯ ދިރާސާކުރާނެ ބަޔަކުވެސް ނެތެވެ. އަޅުނޑުމެނާއި ވާހަކަދެއްކި ބައެއް ޑޮކްޓަރުން ފާހަގަކުރައްވާ ގޮތުގައި މިފަހުން މާލެތެރޭގައި އާންމުވަމުން މިދާ ބޭރަށް ހިންގާ ބަލީގެ ފެށުމަކަށްވެސް މިތަން ވެދާނެއެވެ. ފުރަތަމަ ބަލި ފެންނަން ފެށިކަން ފާހަގަވެފައިވަނީ އެތަނަށް ފަތަން ދިޔަ ކުޑަކުދިންގެ ފަރާތުން ކަމަށް އެ ޑޮކްޓަރުން ފާހަގަކުރިއެވެ. ނަމަވެސް މިކަމަށްވެސް ދިރާސާއެއް ކޮށްލާނެ ބަޔަކުނެތެވެ

ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ ވަނީ ހަމަ ރަނގަޅަށްވެސް ބޮއްސުންލާފައެވެ. ގައިންގަޔަށް އަރާ ބަލިތައް އެހާ ގިނައިރު، ގައިންގަޔަށް ނާރާ ބޮޑެތި ބަލިތައްވެސް އަންނަނީ އިންތިހާއަށް އިތުރުވަމުންނެވެ. ޒުވާން އުމުރުގައި، ކަށީގައި ވަރުހުންނަން ޖެހޭ އުމުރުގައިވެސް، އުޅެނީ ކޮންމެވެސް ބައްޔަކާއި ހެދި ބޭސްކޮށްލަކޮށްލަ އެވެ. އަތުން ބޮޑު ޚަރަދެއް އެކަމަށް ހިނގައެވެ. ކުއްލި މަރުތައްވެސް އަންނަނީ އިތުރުވަމުންނެވެ

Leave a Comment

Your email address will not be published. Required fields are marked *

ކޮޅިގަނޑު މެދުން ފަޅުވެރިން ބަދަލުކުރުން

ޤައުމަކާއި ނަވެއް އަޅާކިޔާނަމަ، ރައީސް އަކީ ކައްޕިއެވެ. ވަޒީރުންނަކީ ފަޅުވެރިންނެވެ. ކޮންމެ ފަޅުވެރިއަކާއި ވަކި ކަމެއް ހަވާލުކުރެވިފައިވާނެއެވެ. ފަޅުވެރިންގެ ދަށުން އެހީތެރިންވެސް ތިބޭނެއެވެ. އެއްވެސް އުސޫލެއް ހައްދެއް ނެތި އެހީތެރިން އޮޑިއަށް އޮއްސާލުމަކީ ހަމަޖެހޭ ކައްޕިއެއް ކުރާނެކަމެއް ނޫނެވެ. އަދި އެހެންމެ ގަދަ ކޮޅިގަނޑެއްގައި ފަޅުވެރިން ބަދަލުކުރާކަށްވެސް ކައްޕިއެއް ނޫޅޭނެއެވެ

<- އިތުރަށް ކިޔާލުމަށް

މަޖިލިސް ޖަލްސާއެއް ނުބާއްވާތާ މަސް ދުވަސް، އެކަމަކު ހަރަދު ކުޑަ ކުރަން ފަށަނީ ނިކަމެތިންގެ ވަޒީފާގަނޑުން

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ 5 ފެބްރުއަރީގައެވެ. މިހާތަނަށް ބާއްވާފައި ވަނީ އެންމެ 5 ޖަލްސާއެވެ. މެއި މަހު 15 ވަނަ ދުވަހު، މި އަހަރުގެ ފުރަތަމަ ދައުރު ހަަމަވެ އަނެއްކާވެސް މެމްބަރުން ދާނީ މަސް ދުވަހުގެ ޗުއްޓީއަކަށެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ދައުރުގެ ތެރޭގައި ބާއްވަން ޖެހެނީ ހަފްތާއަކު މަދުވެގެން ތިން ޖަލްސާއެވެ. މިވަރުވެސް ކޮށްނުލެވި މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ

<- އިތުރަށް ކިޔާލުމަށް

ވަކި ކުލައަކަށް ނޫނެވެ. މިއީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ

ރައްޔިތުން މި ނަގައިދިން ފިލާވަޅު ދަސްނުވެއްޖެނަމަ ދެންވެސް އޮތީ ހިތި ނަތީޖާއެވެ. އަބަދަކު އާރާއި ބާރަކު ނުތިބެވޭނެއެވެ. ދެންވެސް ކާމިޔާބު އޮތީ ރައްޔިތުންނަށެވެ. ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް، ރައްޔިތުންގެ ޙިދުމަތަށް ރުޖޫއަވާށެވެ

<- އިތުރަށް ކިޔާލުމަށް

ގަރުދިޔަ އާއި ބަތާ ކާންބުނެފި، އާސަންދަ ކަނޑާލަން ޖެހިދާނެ ކަމަށް ބުނެފި، އެކަމަކު މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަން ދެކޮޅު

މި ހާލަތުގައި އިންތިހާބު ނިމޭ ގޮތަށް ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާނެކަން ކަށަވަރެވެ. ރައްޔިތު މީހާ އަށް ގަރުދިޔަ އާއި ބަތާ ކާން މަޖުބޫރު ކުރުވާނެ ފިޔަވަޅުތަކެވެ. ވެރިން އުޅޭނީ ހަމަޖެހިގެނެވެ. އެމީހުން ތިބީ ފުދިގެނެވެ. ހަރަދު ކުޑަކުރަންވެސް މަޖިލިސް މެމްބަރުންނާއި ސިޔާސީންނަށް މިކުރާ ހަރަދު ކުޑަކުރުމުގެ ވިސްނުމެއް ނެތް

<- އިތުރަށް ކިޔާލުމަށް

އަނެއްކާވެސް ހިތާމަވެރި ހާދިސާއެއް ހިގަންދެން!

ސުވާލަކީ ގަވައިދުން ގަރާޖުތަކާއި ގުދަންތައް ބަލާ ފާސްކުރުމުގެ ޒިންމާ ނަގަން ޖެހޭ ހަމަ އެއްވެސް ބަޔަކު ނެތީތޯއެވެ. ކޮންމެ ފަހަރަކުވެސް ތެޅިގަންނަނަން ޖެހެނީ ބޮޑު ހާދިސާއެއް ހިނގީމަތޯއެވެ. ހައްލެއްގެ ގޮތުގައި ފަށާ އެއްވެސް ކަމެއް ކޮޅެއްގައި ނުޖެހި ނިމެނީ ކީއްވެތޯއެވެ

<- އިތުރަށް ކިޔާލުމަށް