ސަފީރާއިއެކު ހިއްޕަވަމުން ޗާގޯސް
އުފެދޭ ސުވާލަކީ ސަފާރީގައި ސަފީރާއެކު ހިއްޕަވަމުން ޗާގޯސް މައްސަލައިގައި ރާއްޖެއަށް އިހްލާސްތެރިވެވޭނެބާއެވެ
އުފެދޭ ސުވާލަކީ ސަފާރީގައި ސަފީރާއެކު ހިއްޕަވަމުން ޗާގޯސް މައްސަލައިގައި ރާއްޖެއަށް އިހްލާސްތެރިވެވޭނެބާއެވެ
ހާޒިރީ އާއި ޤާނޫނުތަކުގެ މައްސަލަ ފެންމަތިވާ ކޮންމެ ފަހަރަކު މީސްމީޑިއާގައި ފާޑުކިޔާ ފަރާތްތަކުގެ އިގިލިކުރީގައި އޮންނަ ފާޑުކިޔުމަކީ މަޖިލީހުގައި ތިބީ ވިޔަފާރިވެރިންކަމުގައެވެ. ހުސް ނުކިޔަވާ މީހުން ކަމުގައެވެ. އަހްލާގީ މިންގަނޑުދަށް ބައެއް ކަމުގައެވެ. ރައްޔިތުންނަށް ހެޔޮ އެދޭ ބަޔަކު ނެތް ކަމުގައެވެ. ސުވާލަކީ މަޖިލީހަކީ މިފަދަ މީހުންނަށް އަމިއްލައަށް ވަދެ އިށީދެވޭ ތަނެއް ތޯއެވެ. މަޖިލީހުގެ ގޮޑީގައި އިދެވެނީ ދާއިރާއެއްގެ ރައްޔިތުންގެ މެޖޯރިޓީ ވޯޓް ލިބިގެންނެވެ. ޓްރާންސްޕޭރަންސީ އިން 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބާއި ގުޅޭ ގޮތުން ނެރުނު ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ގޮތުން އެ އިންތިހާބުގައި ވޯޓް ލެވޭ އާބާދީގެ %60 މީހުން ވޯޓް ވިއްކިއެވެ. އެހެންކަމުން ވިޔަފާރިވެރިންވެސް، އަޚްލާގެއް ނެތް މީހުންވެސް، ރައްޔިތުންނަށް އަޅާލުމެއް ނެތް މީހުންވެސް މަޖިލީހަށް ވެއްދީ ހަމަ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވޯޓް ވިއްކައިގެންނެވެ. އަނެއް ސުވާލަކީ، ވޯޓް ގަންނަން މަޖިލީހަށް ހޮވޭ މީހުން ފައިސާ ހޯދަނީ ކޮންގޮތަކުންތޯއެވެ. އެމީހުންނަށް ފައިސާ ދޭ ފަރާތްތަކުން ފައިސާ ދެނީ ހަމަ އެއްވެސް ސަރުތަކާ ނުލާތޯއެވެ.
ވެރިކަމަށް އަންނަން އެންމެ ގަދައަށް ދެއްކި ހަމަ އަގުގެ ވާހަކައިން ފަށަމާތޯއެވެ. މިކަމުގައި މިވަގުތު އިދިކޮޅުގައި އޮތް ޕީ.ޕީ.އެމްގެ ވިސްނުން ފެންނަނީ އެމް.ޑީ.ޕީ އާއި ތަފާތުކޮށެވެ. އެމް.ޑީ.ޕީގެ ވިސްނުމުގައި ހުރީ ނުވަތަ ވޯޓަށް ޓަކައި ރައްޔިތުންނަށް ވިސްނައިދިނީ، ވަކި އަގެއް ހަމަ އަގުގެ ގޮތުގައި ދެއްކާނެކަމެވެ. އެ އަގު ހޯދައިނުދެވުނު ތާނގައި އެއީ ކޮބައިކަންވެސް ބުނެދެވިފައެއް ނުވެއެވެ. ޕީ.ޕީ.އެމްގެ ވިސްނުން ހުރީ ވަކި އަގެއް ހަމައަގޭ ކިޔާފައި ކަނޑައެޅުމުގެ ބަދަލުގައި މަސްވެރިންނަށް ފައިދާވާނެ އަގެއް މަގުފަހިކޮށްދެވޭނެހެން ވެލިއު …
ރައްޔިތުން ވޭތުކުރަމުން މި ދިޔައީ ތަދު 4 އަހަރެވެ. ވެރިކަން ފެށިގެން ދިޔައީ ގާތް މީހުންނަށް ކޭކު ފޮތިން ބައި އެޅުމުންނެވެ. އާލަމީ ވަބާގެ ތެރޭގައި ނޭވާހޮޅިންނާއި ހަކުރުން ކުރީ ވައްކަމެވެ. ރައްޔިތުން ގޭ ބަންދުކޮށްފައި މާގިރިތެރޭ ކުރީ ޕާޓީއެވެ. އިޤްތިޞާދު ނޭނގި ކުރީ ފައިސާ ޗާޕެވެ. ނަތީޖާއަކީ އިންވެސްޓަރުންގެ އިތުބާރު ގެއްލުމެވެ. މުދަލުގެ އަގު އުފުލުމެވެ. ބޭރު ޤައުމަކަށް އަޅުދާސްތުވުމެވެ. މި ހުރިހާ ކަމެއްގެ ތެރޭގައި ހައިބަރނޭޓްކުރައްވަމުން ގެންދެވި އެތައް ސިޔާސީ ސާރިދޯޅުންނެއް ގަދަ ނިދިން …
ފަލަސްތީނުގެ ބިން ފޭރިގަތުމުގެ ވިސްނުން އުފެދިގެން އައީ 19ވަނަ ގަރުނުގައި ޔޫރަޕްގައި އުޅުނު ޔަހޫދީންގެ ތެރެއިންނެވެ. އެމީހުން އެންމެ ފުރަތަމަ ފެށީ ފަލަސްތީނުގެ އައްސޭރިފަށުން ބިން ގަންނާށެވެ. މިގޮތަށް އެމީހުންގެ ތެރެއިން ފައިސާވެރިން އެއް ޝަރަޙައްދަކުން ބިން ގަނެ ކޮމިއުނިޓީއެއް ނުވަތަ އެމީހުންގެ ބަހުން ނަމަ ކިބުޓްޒް ތަކެއް ޤާއިމްކުރިއެވެ. މިގޮތަށް ޤާއިމްކުރެވުނު އެންމެ ފުރަތަމަ ކިބުޓްޒް ޤާއިމްކުރެވުނީ 1909 ވަނަ އަހަރުގައެވެ
ރައްޔިތުންގެ މަޖިލީހުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރާއްޖޭގެ އިގްތިސާދު ބޭނުންވާ ހިސާބަށް ގެންދިއުމަށް ރާއްޖޭގެ އާބާދީ މާ ކުޑަކަމުގައާއި، ދޭތެރެ ކައިރި ކުރާ ޕްރޮގްރާމެއް ފަށަން ޖެހިދާނެކަމުގައު މިދިޔަ ސެޕްޓެމްބަރ މަހު، އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވިއެވެ. މިނިސްޓަރު ފައްޔާޒު ވިދާޅުވެގެން ކިތަންމެ ވަރަކަށް ދޭތެރެ ކައިރި ކުރިޔަސް، ދިވެހިންނަށް ބޯހިޔާވަހިކަން ނުލިބި އިތުރުކުރެވޭނީ ކޮން އާބާދީއެއްތޯއެވެ. ތައުލީމީ މަސައްކަތްތެރި އެތައް ޒުވާނުނެއް ތިއްބައި ބޮޑު މުސާރަ ލިބޭ ބޮޑެތި މަގާމުތައް ވަނީ ބިދޭސީންނަށް ހިބަކޮށް ދީފައެވެ. އަގައާއި އަތާ ދިމާނުވެގެން އުޅޭއިރު ބިނާކުރެވޭނީ ކޮން އާއިލާއެއްތޯއެވެ
ބޯހިޔާވަހިކަން، ސިއްހީ ނިޒާމް އަދި އެކިއެކި ތަރައްގީއާއި ގުޅޭ ވައުދުތައް ނުފުއްދާ ދިގުލައިގެން ދިއުމުގެ ސަބަބުން ރައްޔިތުންނަށް އެތަކެއް ގެއްލުމެއް ކުރިމަތިވެ ޝަކުވާ ކުރަމުން ދާތާ އެތައް ދުވަހެއް ވެއްޖެއެވެ. ނަމަވެސް ވައުދުތައް ނުފުދި ފުނިޖެހިގެން ގޮވީމައި އަނެއްކާވެސް ވީ ވައުދެކެވެ
ދަންނަވަން މިއުޅޭ ވާހަކަ އަކީ ފުރިހަމަ ސިއްހަތެއްގެ ވާހަކަ ދައްކާއިރު މާހައުލާއި މުޖްތަމައު އަދި ހާލަތު ހުރި ގޮތް، ސިޔާސަތުތައް އެކުލަވާލާ ފަރާތްތަކުން ދެނެގަންނަން ޖެހޭނެ ވާހަކައެވެ. އަހަރަކަށްވުރެ އަހަރެއް ރައްޔިތުންގެ ލިވިންގ ސްޑޭންޑަޑް ނުވަތަ ދިރިއުޅުމުގެ ހާލަތު ދަނީ ދަށަށެވެ
ބަރުލަމާނީ ނިޒާމެއް އެންމެ ބޮޑަށް އިސްތިހާރުކުރަނީ ވަޒީރުން ހޮވުމުގެ ބާރު ރައްޔިތުންނަށް ލިބޭ ނިޒާމެއްގެ ގޮތުގައެވެ. ނަމަވެސް މަޖިލީހަށް ބަލާލުމުން މިއީ ރައްޔިތުންނާއި އަދި ހަވާލުކުރަން ހޮޔޮވާވަރުގެ ކަމެއް ނޫންކަން ދޭހަވެއެވެ
މި އިންތިޚާބު ވެގެން ދާނީ ޤައުމުގެ މުސްތަޤްބަލް ބައްޓަންކުރުމަށް އެޅޭ ވަރުގަދަ ފިޔަވަޅަކަށެވެ. ވަރަށް ވިސްނައިގެން ޒިންމާދާރު ކަމާއިއެކު ފިޔަވަޅު އެޅުން މުހިއްމެވެ. ނޫންނަމަ ކައްސާލައިގެން ވެއްޓި ބޮޑު އަނިޔާއެއް ވެދާނެއެވެ