މޫދު ގޭގެ ހުވަފެން

މޫދު ކޮޓަރި

އޮކްޓޯބަރ 13، 2020 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓަރ އަސްލަމް އެބޭފުޅާގެ ހުވަފެނެއް ރައްޔިތުންނާއި ހިއްސާކޮށްލެއްވިއެވެ. އަދި ހަަމައެކަނި ހުވަފެނެއްގެ ގޮތުގައި އެކަން ދޫކޮށްލަން ބޭނުންނުވާ ކަމުގައި ދެންނެވިއެވެ. އެއީ ބިން ހިއްކައިގެން ހިޔާވަހިކަން ފޯރުކޮށްދިނުމުގެ ބަދަލުގައި، މޫދު ކޮޓަރި އަޅައިގެން ހިޔާވަހިކަން ފޯރުކޮށްދިނުމުގެ ކޮންޝެޕްޓްގެ ވާހަކައެވެ

ޤައުމާއި ރައްޔިތުންނަށް ދިމާވެގެން އުޅޭ ބޮޑެތި ގޮންޖެހުންތައްް ދެނެގަނެ، އެކަންކަމަށް ހައްލު ހޯދޭނެ އެކި ކޮންސެޕްޓްތަކާއި ޕްލޭންތައް އެކުލަވާލުމަކީ ހަޤީގަތުގައި ވެރިކަމަށް އައުމުގެ ކުރިން ކޮށްނިންމާފައި އޮންނަންވާނެ ކަމެކެވެ. ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރަމުންދާއިރު ރައްޔިތުންނާއި ހިއްސާ ކުރާ މެނިފެސްޓޯ ބިނާވާން ޖެހޭނީ އެ ކޮންސެޕްޓްތަކާއި ޕްލޭންތަކުގެ މައްޗަށެވެ. ވެރިކަމަށް ދެއަހަރުވެގެންދާ އިރުވެސް ކޮންސެޕްޓް ހަދަން ތިބެން ވެއްޖެއްޔާ ދެން ރައްޔިތުންނަށް އޭގެން ރާހަތައް ކުރަނީ ކޮން ދުވަހަކުންތޯއެވެ

ރާއްޖޭގައި މޫދު ކޮޓަރީގެ ކޮންސެޕްޓް ވަރަށް ނަލަކޮށް ރިސޯޓްތަކުން ފެންނަން އެބަ ހުއްޓެވެ. އެންމެ ހިތްގައިމު އަގުތައް ވެސް ހުންނަނީ މި ގިންތީގެ ކޮޓަރިތަކުގައެވެ. ސަބަބެއްވެސް ނެތިއެއް ނޫނެވެ. ސަރަހައްދުގެ ގޮތުންނާއި، ހިންގުމުގެ ޙަރަދުގެ ގޮތުންނެވެ. މާނައީ މީހުން ދިރިއުޅޭ ރަށްރަށުގައި ވެސް މި ކޮންސެޕްޓް ގާއިމްކޮށްގެން އަގުތައް އުޅޭނީ ބޯހިޔާވަހިކަމަށް އެންމެ ބޭނުންޖެހިފައި ތިބި މީހުންނަށް އަތުޖެހޭ ހިސާބަކުނޫނެވެ. ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރަމުންދާ އަދި ކޮށްފައިވާ ބައެއް ތަޖުރިބާކާރުންެގެ ފަރާތުން ލިބުނު މައުލޫމާތުތަކަށް ބަލާލާއިރު، ރަނގަޅު ފެންވަރެއްގައި ބަލަހައްޓާނަމަ، މިފަދަ މޫދު ކޮޓަރިތަކުގެ މެއިންޓެނެންސް އަށް ގާއްގަޑަކަށް މަހަކު 10،000 އާއި 15،000 ރުފިޔާއާއި ދެމެދުގެ ޙަރަދެއް ހިގާނެއެވެ. ރިސޯޓު ފެންވަރުގައި ނުބެލެހެއްޓިޔަސް މީގެން ދޭހަވަނީ މިއީ ބޯހިޔާވަހިކަމަށް އާދޭސް ކުރަމުންދާ ނިކަމެތި މީހާއަށް ކުޅަދާނަ ޙަރަދަކަށް ނުވާނެކަމެވެ

އެހެންކަމުން، މިނިސްޓަރ އަސްލަމްގެ މި ހުވަފެނަކީ ނިކަމެތިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ދެކޭ ހުވަފެނެއް ނޫންކަން ވަރަށް ރަނގަޅަށް ސާފުވެއެވެ. އެއީ މަހުޖަނުންގެ ހިތް ރުއްސައިދޭ ހުވަފެނެކެވެ. ހުޅުމާލެއިން ވަރަށް ރަނގަޅަށް މި މަންޒަރު އެބަފެނެއެވެ. ބިން ހިއްކީ ނިކަމެތިންނަށް ހިޔާވަހިކަން ފޯރުކޮށްދިނުމުގެ ނަމުގައެވެ. ނަމަވެސް، ހިއްކާ ނިމުމުން ފެށީ ބިން ވިއްކާ، މަތީ ފަންތީގެ މަސްރޫއުތައް ހިންގާށެވެ. މިފަދަ ތަންތަން ގަނެވޭ ފެންވަރުގައި ތިބީ މަދު ބައެކެވެ. ނަތީޖާއަކީ މިފަދަ ކޮންމެ އިމާރާތަކުން ތިން ހަތަރު އެޕަރޓްމެންޓް ގަނެލަނީ ދާދި އެއް މަހުޖަނުން ތަކެކެވެ. ނިކަމެތި މީހާ ކިތަންމެ ބޭނުމަސް، މިފަދަ ތަނަކާއި އަތް ގާތް ކޮށްލެވޭހާ ޖީބު ފުނެއް ނޫނެވެ. މޫދު ގެތައްވެސް ވާނީ ހަމަ މިހެންނެވެ. ހަމަ އެއްކަލަ މަހުޖަނުން، ކޮންމެ ރަށަކުން ލަކްޒަރީ މޫދު ކޮޓަރިއެއް ގަނެލާނީއެވެ. ރަށުގައި ހިޔާވަހިކަމަށް ބޭނުން ޖެހިފައި ތިބި ނިކަމެތިންނަށް ކުރާނެ ރާހަތެއް ނެތެވެ

މަތީފަންތީގެ ކޮޓަރި ތަކެއް ކަމުން ސަލާމަތީ ކަންކަން ވެސް ވަރުގަދަ ވާނެތާއެވެ. ދިރިއުޅެނީ ބޭފުޅުން ކަމުން އެފަދަ ކޮޓަރިތައް ހުންނަ ސަރަހައްދަކާއި އާންމުން ކައިރި ވިޔަަކަ ނުދޭނެއެވެ. ދުވަސްކޮޅަކުން މުޅި ސަރަހައްދު އޮންނާނީ އެ މަހުޖަނުންގެ އަތް ދަށުގައެވެ. ނިކަމެތި މީހާ ހިތްހަމަ ޖައްސާލަން ނުކުމެލަން އޮތް ގޮޑުދޮށުން ބައެއް ގެއްލުނީއެވެ. ދިވެހި މަހުޖަނުން ގަނެ ބާކީވާ ބައި ދެން ވިއްކާނީ ބިދޭސީ މަހުޖަނުންނަށެވެ. ނޫންނަމަ ހުޅުމާލޭގައި ކަންވަމުން އަންނަ މޭރުމުން، ދިވަހި މަހުޖަނުން މިފަދަ ތިން ހަތަރު ތަން ގަނެފައި ދޭނީ ބިދޭސީންނަށް ބޮޑު އަގުގައި ކުއްޔަށެވެ. ރަށަށް އަދި ރައްޔިތުންނަށް މިކަމުން ކުރާނެ މަންފާއެއް ނޯންނާނެއެވެ

މިނިސްޓަރ އަސްލަމް ވިދާޅުވެފައިވަނީ މޫދުގައި ކޮޓަރި އަޅައިގެން ދިރިއުޅެވޭނެ ގޮތް ހެދުމަކީ އެބޭފުޅާގެ ހުވަފެނެއްކަމުގައެވެ. މިނިސްޓަރު ކަން ހަވާލުކުރަނީ އަމިއްލަ ހުވަފެންތައް ހާސިލް ކުރަންތޯއެވެ؟ އަތްފޯރާ ފަށުގައި ހިޔާވަހިކަމެއް ލިބުމުގެ ހުވަފެން ދެކެމުން އަންނަ ރައްޔިތުންގެ ހުވަފެން ހަގީގަތައް ހަދަން އުޅޭނީ ކޮން ދުވަހަކުން ބާވައެވެ؟

Leave a Comment

Your email address will not be published. Required fields are marked *

ކޮޅިގަނޑު މެދުން ފަޅުވެރިން ބަދަލުކުރުން

ޤައުމަކާއި ނަވެއް އަޅާކިޔާނަމަ، ރައީސް އަކީ ކައްޕިއެވެ. ވަޒީރުންނަކީ ފަޅުވެރިންނެވެ. ކޮންމެ ފަޅުވެރިއަކާއި ވަކި ކަމެއް ހަވާލުކުރެވިފައިވާނެއެވެ. ފަޅުވެރިންގެ ދަށުން އެހީތެރިންވެސް ތިބޭނެއެވެ. އެއްވެސް އުސޫލެއް ހައްދެއް ނެތި އެހީތެރިން އޮޑިއަށް އޮއްސާލުމަކީ ހަމަޖެހޭ ކައްޕިއެއް ކުރާނެކަމެއް ނޫނެވެ. އަދި އެހެންމެ ގަދަ ކޮޅިގަނޑެއްގައި ފަޅުވެރިން ބަދަލުކުރާކަށްވެސް ކައްޕިއެއް ނޫޅޭނެއެވެ

<- އިތުރަށް ކިޔާލުމަށް

މަޖިލިސް ޖަލްސާއެއް ނުބާއްވާތާ މަސް ދުވަސް، އެކަމަކު ހަރަދު ކުޑަ ކުރަން ފަށަނީ ނިކަމެތިންގެ ވަޒީފާގަނޑުން

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ 5 ފެބްރުއަރީގައެވެ. މިހާތަނަށް ބާއްވާފައި ވަނީ އެންމެ 5 ޖަލްސާއެވެ. މެއި މަހު 15 ވަނަ ދުވަހު، މި އަހަރުގެ ފުރަތަމަ ދައުރު ހަަމަވެ އަނެއްކާވެސް މެމްބަރުން ދާނީ މަސް ދުވަހުގެ ޗުއްޓީއަކަށެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ދައުރުގެ ތެރޭގައި ބާއްވަން ޖެހެނީ ހަފްތާއަކު މަދުވެގެން ތިން ޖަލްސާއެވެ. މިވަރުވެސް ކޮށްނުލެވި މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ

<- އިތުރަށް ކިޔާލުމަށް

ވަކި ކުލައަކަށް ނޫނެވެ. މިއީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ

ރައްޔިތުން މި ނަގައިދިން ފިލާވަޅު ދަސްނުވެއްޖެނަމަ ދެންވެސް އޮތީ ހިތި ނަތީޖާއެވެ. އަބަދަކު އާރާއި ބާރަކު ނުތިބެވޭނެއެވެ. ދެންވެސް ކާމިޔާބު އޮތީ ރައްޔިތުންނަށެވެ. ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް، ރައްޔިތުންގެ ޙިދުމަތަށް ރުޖޫއަވާށެވެ

<- އިތުރަށް ކިޔާލުމަށް

ގަރުދިޔަ އާއި ބަތާ ކާންބުނެފި، އާސަންދަ ކަނޑާލަން ޖެހިދާނެ ކަމަށް ބުނެފި، އެކަމަކު މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަން ދެކޮޅު

މި ހާލަތުގައި އިންތިހާބު ނިމޭ ގޮތަށް ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާނެކަން ކަށަވަރެވެ. ރައްޔިތު މީހާ އަށް ގަރުދިޔަ އާއި ބަތާ ކާން މަޖުބޫރު ކުރުވާނެ ފިޔަވަޅުތަކެވެ. ވެރިން އުޅޭނީ ހަމަޖެހިގެނެވެ. އެމީހުން ތިބީ ފުދިގެނެވެ. ހަރަދު ކުޑަކުރަންވެސް މަޖިލިސް މެމްބަރުންނާއި ސިޔާސީންނަށް މިކުރާ ހަރަދު ކުޑަކުރުމުގެ ވިސްނުމެއް ނެތް

<- އިތުރަށް ކިޔާލުމަށް

އަނެއްކާވެސް ހިތާމަވެރި ހާދިސާއެއް ހިގަންދެން!

ސުވާލަކީ ގަވައިދުން ގަރާޖުތަކާއި ގުދަންތައް ބަލާ ފާސްކުރުމުގެ ޒިންމާ ނަގަން ޖެހޭ ހަމަ އެއްވެސް ބަޔަކު ނެތީތޯއެވެ. ކޮންމެ ފަހަރަކުވެސް ތެޅިގަންނަނަން ޖެހެނީ ބޮޑު ހާދިސާއެއް ހިނގީމަތޯއެވެ. ހައްލެއްގެ ގޮތުގައި ފަށާ އެއްވެސް ކަމެއް ކޮޅެއްގައި ނުޖެހި ނިމެނީ ކީއްވެތޯއެވެ

<- އިތުރަށް ކިޔާލުމަށް