ދިމަކުރާތީ ފަހުގެ އަޕްޑޭޓް އަށް ކުރީގެ ފީޗާތައް އެބުރި އައުން

People's Majilis

އ2005 ވަނަ އަހަރު ވެގެން ދިޔައީ ވަރަށްވެސް ތާރީޚީ އަހަރަކަށެވެ. ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީތައް ރަޖިސްޓަރީ ކުރުމުގެ ހުއްދަ، އޭރު އޮތް ރައްޔިތުންގެ މަޖިލީހުގެ 50 މެމްބަރުންގެ އަގުލަބިއްޔަތުން ފާސްވެ، ލިބިގެންދިޔައީއެވެ. އަވާމެންދުރެއް ފަދައިން، އުދަރެހުން ފެންނަމުން ދިޔަ ދިމަކުރާތީ ނިޒާމް ހަގީގަތަކަށްވެ، ތާރީޚުގެ މުޅިން އައު ސަފްހާއެއް ހުޅުވާލެވުނީއެވެ. ނަގަމުން ދިޔަ ބޯ ވިލާގަނޑު ކިތަންމެ ބަނަވިޔަސް، ދެވެން އޮތް މަންޒިލާ މެދު ކުރެވުނު އުއްމީދާއެކު، ކަށިން ހިއްވަރު ނެރެ ފަލި ޖެހީ އަނެއް ދިވެހިރާއްޖެ އަކާ ދިމާލަށެވެ. އެތައް ރައްޔިތުންނެއް ވަމުން ދިޔައީ އެތައް ގިނަ ގުރުބާނީ އެކެވެ

ވާސިލްވާން ހިތުލީ މަންޒިލް ކަމުގައިވާ، އަނެއް ދިވެހިރާއްޖޭގެ މަލަމަތި ފެންނަވަރުވީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ އެކުއެވެ. އަނެއްކާވެސް ތާރީޚީ އަހަރެކެވެ. ގިނަ ޕާޓީތަކަކާ އެކު ބޭއްވުނު ފުރަތަމަ ރިޔާސީ އިންތިހާބެވެ. ގިނަ ކެންޑިޑޭޓުން ތަކެކެވެ. ދުވަހަކުވެސް ފެނިދާނެ ކަމަށް ހީނުކުރާ އެތައް މަންޒަރަކާއި އަޑުތަކެކެވެ. ކުރިން ނުފެންނަ އެތައް މޫނެކެވެ. މާޒީއާއި ޙިލާފަށް ރައްޔިތުން އަރިހަށް ވެރިން ހާލުބަލާލަން އަންނަން ފެށިއެވެ. ވަރަށްވެސް ހެޔޮފުޅެވެ. ތަފާތު ތަޖުރިބާއެކެވެ. ނިކަމެތި މީހާގެ އިހްސާސްތައް ދަންނަ ވެރިޔަކު ފެނިދާނެ ކަމުގެ އުއްމީދު އާވިއެވެ. އެކަކު ރަނގަޅު ނޫންނަމަ، އެހެން މީހުންވެސް އިޙްތިޔާރު ކުރެވޭނެތާއެވެ. ވަކި އާއިލާއެއްގެ މުށުތެރޭ ދެން ހުރިހާ ބާރެއް ނުބޭއްވޭނެ ކަމުގައި ބެލެވުނެވެ. ދިމަކުރާތީ ނިޒާމުގެ ފުރުތަމަ ވަރސަން ޑައުންލޯޑް ކޮށްލެވުނީއެވެ. އަދި ޅަފަތުގައި ވުމުން، އުނި ކަން ކަން ހުއްޓެއް ކަމަކު އައު އަޕްޑޭޓްތަކާއި އެކު އިތުރު ފުރިހަމަ ކަން އަންނާނެކަމުގެ ޔަގީންކަން އޮތެވެ

އަދާ ހަމައަށް އައި އިރު، ދިމަކުރާތީ ނިޒާމާއެކު ދިވެހިންނަށް މިވަނީ ވަރަށް ގިނަ ތަޖުރިބާތަކެއް ކުރެވިފައެވެ. ފުރަތަމަ ވަރސަންގައި “ބަގް” ތައް ގިނަވެ ވަކި ހިސާބަކުން، ވަގުތީ ޕެޗެއް ނެރެގެން ބޭނުން ކުރެވޭ ވަރު ކޮށްލަން ޖެހުނެވެ. ގޮތަކަށް ބުނަނީނަމަ މިއަދު އަޅުގަނޑުމެން މިތިބީ ތިން ވަނަ ވަރސަން ޑައުންލޯޑް ކޮށްގެންނެވެ. ކޮންމެ ވަރސަން އެއްވެސް ޑައުންލޯޑް ކުރަނީ އައު ފީޗާތަކާއި އެކު ކުރިޔަށް ވުރެ ރަނގަޅުވާނެ ކަމުގެ އުއްމީދުގައެވެ. ނަމަވެސް މި ވަރސަންގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ، ކުރިން ކަމުނުގޮސްގެން އުނި ކުރި އެތައް ފީޗާތަކެއް އެބުރި އައިސްފައިވުމެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވޭ ފީޗާ އަކީ “މައުމޫނިޒަމް” ފީޗާއެވެ

މިހާ ހިސާބުން “މައުމޫނިޒަމް” އަކީ ކޮބައިކަން އެބަ ސާފުވާންޖެހެއެވެ. އައްޑޫ މީދޫ ދާއިރާގެ މަޖްލިސް މެމްބަރުކަން ކުރައްވަމުން ގެންދަވާ ރޮޒައިނާ އާދަމް ވިދާޅުވެފައިވަނީ މައުމޫނިޒަމް އަކީ ހަމައެކަނި ކުރީގެ ރައީސް މައުމޫނަށް ޙާއްޞަވާ އެއްޗެއް ނޫންކަމަށާއި އެއީ ސަރުކާރުގެ އިސް މަގާމުތަކުގައި އާއިލީ ފަރާތްތަކާއި ގާތް ފަރާތްތައް ތިއްބެވުމަށް އެމްޑީޕީ އިން ދިން ނަމެއްކަމުގައެވެ. ކުރީގައި ގޯސްވެ ފާޑުކީ ފީޗާ މިއަދު ހަމަ އެއްވަނައިގެ ފީޗާއަކަށް ވީތާއެވެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައީސް ނަޝީދަކީ ދެ ޅިޔަނުންނެވެ. އަދި ޒަމާންވީ ދެ އެކުވެރިންނެވެ. ރައީސް ޞާލިޙުގެ އަނބިކަނބަލުން ފަޒުނާ އަޙްމަދަކީ ރައީސް ނަޝީދުގެ ދެބެންގެ ދެ ދަރި ކޮއްކޯފުޅެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަކީ އެ މަޖިލީހުގެ ރައީސްގެ ދެބެންގެ ދެދަރި ކޮއްކޯފުޅެވެ. ޕޮލިސް ކޮމިޝަނަރަކަށް ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ޅިޔަނެކެވެ. ޕޮލިސް ކޮމިޝަނަރާއި ރައީސުލްޖުމްހޫރިއްޔާ ކައިވެނި ބައްލަވައިގެން އުޅުއްވަނީ ދެބެންނާއެވެ. މީގެ އިތުރުން ރައީސް އޮފީހުން ފެށިގެން ގޮސް ދައުލަތުގެ އެކި މަގާމުތަކުގައި އާއިލާގެ އެކި ބޭފުޅުން އެބަތިއްބެވެ. އަދި ކުންފުނިތަކުގެ ވެރިންނަށްވެސް އާއިލީ ބޭފުޅުން އެބަތިއްބެވެ

ދިމަކުރާތީގެ މި ވަރސަންގައި މުޅި ނިޒާމާއި ޙިލާފް އޮޕަރޭޝަންތައް ވެސް އެބަހުއްޓެވެ. ނައިބު ރައީސް އަދި ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރުކަން ފަދަ މުހިއްމު މަގާމުތައް ވަކި މީހަކަށް މާކުރިން ޕާޓީތެރެއިން ހާއްސަ ކޮށްފައިވާ ފަދަ ގޮތަކަށް ވެސް ކަން ކަން ހިގާފައި އެބަހުއްޓެވެ. މިކަމުގެ ހެއްކަކީ އެ މަގާމުތަކަށް ވާދަކުރަން ހުޅުވާލުމުން އިތުރު މީހަކު ކުރިމަތިވެސް ނުލުމެވެ. މިގޮތުން، މަޖިލީހުގެ ނައިބު ރައީސް ކަމަށް ނަން ހުށަހަޅަން ހުޅުވާލުމުން އީވާގެ ނަން ނޫން ނަމެއް ހުށަހަޅާފައެއް ނުވެއެވެ. ހަމަ މި މޭރުމުން “ސުޕަ މެޖޯރިޓީ” އޮތް ވެރިކަން ކުރާ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު ކަމަށް ވެސް މެދުހެންވޭރު ދާއިރާއަށް ނިސްބަތްވާ ޢަލީ އާޒިމް ނޫން ނަމެއް ހުށަހަޅާފައެއް ނުވެއެވެ. މިއީ ރައްޔިތުންގެ ނިންމުމޭ ބުނެ ފަރުޖައްސާލެވޭކަށް ނެތެވެ. ރައްޔިތުން ދިމަކުރާތީ ނިޒާމް ހިޔާރު (ޑައުންލޯޑް) ކުރީ ނުހަނު ބޮޑެތި އުއްމީދުތަކަކާއި އެކުއެވެ. ކުރިން ބޭނުންކުރި އެޕާއި އޭގެ ފީޗާތައް ކަމުނުދާތީއެވެ. ނަމަވެސް، އާ ނަމެއްގައި އެބުރި މިއައީ ހަމަ އެ ފީޗާތަކެވެ

Leave a Comment

Your email address will not be published. Required fields are marked *

ކޮޅިގަނޑު މެދުން ފަޅުވެރިން ބަދަލުކުރުން

ޤައުމަކާއި ނަވެއް އަޅާކިޔާނަމަ، ރައީސް އަކީ ކައްޕިއެވެ. ވަޒީރުންނަކީ ފަޅުވެރިންނެވެ. ކޮންމެ ފަޅުވެރިއަކާއި ވަކި ކަމެއް ހަވާލުކުރެވިފައިވާނެއެވެ. ފަޅުވެރިންގެ ދަށުން އެހީތެރިންވެސް ތިބޭނެއެވެ. އެއްވެސް އުސޫލެއް ހައްދެއް ނެތި އެހީތެރިން އޮޑިއަށް އޮއްސާލުމަކީ ހަމަޖެހޭ ކައްޕިއެއް ކުރާނެކަމެއް ނޫނެވެ. އަދި އެހެންމެ ގަދަ ކޮޅިގަނޑެއްގައި ފަޅުވެރިން ބަދަލުކުރާކަށްވެސް ކައްޕިއެއް ނޫޅޭނެއެވެ

<- އިތުރަށް ކިޔާލުމަށް

މަޖިލިސް ޖަލްސާއެއް ނުބާއްވާތާ މަސް ދުވަސް، އެކަމަކު ހަރަދު ކުޑަ ކުރަން ފަށަނީ ނިކަމެތިންގެ ވަޒީފާގަނޑުން

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ 5 ފެބްރުއަރީގައެވެ. މިހާތަނަށް ބާއްވާފައި ވަނީ އެންމެ 5 ޖަލްސާއެވެ. މެއި މަހު 15 ވަނަ ދުވަހު، މި އަހަރުގެ ފުރަތަމަ ދައުރު ހަަމަވެ އަނެއްކާވެސް މެމްބަރުން ދާނީ މަސް ދުވަހުގެ ޗުއްޓީއަކަށެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ދައުރުގެ ތެރޭގައި ބާއްވަން ޖެހެނީ ހަފްތާއަކު މަދުވެގެން ތިން ޖަލްސާއެވެ. މިވަރުވެސް ކޮށްނުލެވި މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ

<- އިތުރަށް ކިޔާލުމަށް

ވަކި ކުލައަކަށް ނޫނެވެ. މިއީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ

ރައްޔިތުން މި ނަގައިދިން ފިލާވަޅު ދަސްނުވެއްޖެނަމަ ދެންވެސް އޮތީ ހިތި ނަތީޖާއެވެ. އަބަދަކު އާރާއި ބާރަކު ނުތިބެވޭނެއެވެ. ދެންވެސް ކާމިޔާބު އޮތީ ރައްޔިތުންނަށެވެ. ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް، ރައްޔިތުންގެ ޙިދުމަތަށް ރުޖޫއަވާށެވެ

<- އިތުރަށް ކިޔާލުމަށް

ގަރުދިޔަ އާއި ބަތާ ކާންބުނެފި، އާސަންދަ ކަނޑާލަން ޖެހިދާނެ ކަމަށް ބުނެފި، އެކަމަކު މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަން ދެކޮޅު

މި ހާލަތުގައި އިންތިހާބު ނިމޭ ގޮތަށް ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާނެކަން ކަށަވަރެވެ. ރައްޔިތު މީހާ އަށް ގަރުދިޔަ އާއި ބަތާ ކާން މަޖުބޫރު ކުރުވާނެ ފިޔަވަޅުތަކެވެ. ވެރިން އުޅޭނީ ހަމަޖެހިގެނެވެ. އެމީހުން ތިބީ ފުދިގެނެވެ. ހަރަދު ކުޑަކުރަންވެސް މަޖިލިސް މެމްބަރުންނާއި ސިޔާސީންނަށް މިކުރާ ހަރަދު ކުޑަކުރުމުގެ ވިސްނުމެއް ނެތް

<- އިތުރަށް ކިޔާލުމަށް

އަނެއްކާވެސް ހިތާމަވެރި ހާދިސާއެއް ހިގަންދެން!

ސުވާލަކީ ގަވައިދުން ގަރާޖުތަކާއި ގުދަންތައް ބަލާ ފާސްކުރުމުގެ ޒިންމާ ނަގަން ޖެހޭ ހަމަ އެއްވެސް ބަޔަކު ނެތީތޯއެވެ. ކޮންމެ ފަހަރަކުވެސް ތެޅިގަންނަނަން ޖެހެނީ ބޮޑު ހާދިސާއެއް ހިނގީމަތޯއެވެ. ހައްލެއްގެ ގޮތުގައި ފަށާ އެއްވެސް ކަމެއް ކޮޅެއްގައި ނުޖެހި ނިމެނީ ކީއްވެތޯއެވެ

<- އިތުރަށް ކިޔާލުމަށް