ދުޅަހެޔޮ ހަށިހެޔޮ ސުޕާރި ޑައެޓް

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކަސްރަތާއި ހަށިގަނޑަށް ފައިދާ ކުރުވަނިވި ކާބޯތަކެތީގެ މުހިންމުކަމުގެ ވާހަކަ އަބަދުމެހެން އަޑުއިވެއެވެ. ރާއްޖޭގައި ގައިން ގަޔަށް އަރާ ބަލިތަކަށް ވުރެ ގައިން ގަޔަށް ނާރާ ބޮޑެތި ބަލިތައް ތަހައްމަލް ކުރާ މީހުން އަހަރެއް އަހަރަކަށް ގިނަ ވަމުން ދާކަމަށް ތަފާސް ހިސާބުތަކަށް ރިޔާއަތްކޮށް ސިއްހީ މާހިރުންވެސް ދަނީ ބުނަމުންނެވެ. ހާއްސަކޮށް ޒުވާން އުމުރުގައިވެސް ބޮޑެތި ބަލިތައް ތަހައްމަލް ކުރާ މީހުން ގިނަކަން ފާހަގަ ކުރެވެއެވެ. އެހެންކަމުން ރައްޔިތުންގެ މެދުގައި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކުރެވިދާނެ ކަންކަމާއި މެދު ހޭލުތެރިކަން އިތުރުކޮށް އެފަދަ ކަންކަމަށް ބާރު އެޅުމުގު ގޮތުން ދުޅަހެޔޮ ހަށިހެޔޮގެ ނަމުގައި ވަނީ ޕްރޮގްރާމެއްވެސް ފަށާފައެވެ. ދެރައީ ޤައުމުގައި ބާކީ ހުރި ހުރިހާ ކަމެއް ދުޅަހެޔޮ ހަށިހެޔޮ ދިރިއުޅުމެއް އުޅެވޭނެ މަގަށް ހުރަސްއަޅާތީއެވެ

ސަރުކާރު އޮފީސްތައް ތަންކޮޅެއް އަވަހަށް ނިމުނެއް ކަމަކު މުސާރު އެހާ ކުޑައެވެ. ޙަރަދު ކުޑަ ކުރުމުގެ ގޮތުން ފަސް މުވައްޒަފުން ލައިގެން ކުރެވޭ ވަރު ކަންކަން ކުރަން އުޅެނީ ދެ މުވައްޒަފުން ލައިގެންނެވެ. ނަމަވެސް ވުޒާރާތަކާއި މުއައްސަސާތަކުގެ މަތިބަރެވެ. އެމީހުންގެ މުސާރަތައްވެސް ބޮޑެވެ. ސިޔާސީ މަގާމުތަކެވެ. ކުރަނީ ކީއްކަމެއް އިގޭ މީހަކު ނެތެވެ. ދަށުގައި ތިބޭ ނިކަމެތިން ދިރިއުޅުމުގެ ޙަރަދު ދެކޮޅު ޖައްސަން ޖެހެނީ ދެވަނަ ވަޒީފާއަކަށް ދާށެވެ. އަމިއްލަ ކުންފުނިތަކުގައި އަދި މިއައް ވުރެ ހާލުބޮޑެވެ. މުސާރަ ކުޑަކޮށް ރަނގަޅު ވެދާނެއެވެ. ނަމަވެސް މިހާ ޙަރަދު ބޮޑު ތަނެއްގައި ދެކޮޅު ޖެހޭ ވަރަކަށް ނޫނެވެ. ގިނަ ދުވަސް ދުވަހު ގެއަށް އާދެވޭވަރު ވާނީ އިރުއޮއްސި ހައެއްގެ ފަހުންނެވެ. އަމިއްލަ ކަމަކައިގެން އުޅޭނެ އެއްވެސް ވަގުތެއް ނޯންނާނެވެ. ރާއްޖެއަކީ ނަފްސާނީ ބަލިތައް ގިނަ ނަމަވެސް ވެރިންގެ ހުރިހާ ކަމެއް ހަމަޖެހިފައި ވާތީ ނަފްސާނީ ބަލިތަކަށް މާބޮޑު ފަރުވާލެއް ސަމާލުކަމެއް ދޭ ޤައުމެއް ނޫނެވެ. އެހެންކަމުން ސްޓްރެސް ބޮޑުވެ މީހާ ޑިޕްރެޝަަނަށް ދިއުން އެއީ ސިކް ލީވެއް ނެގޭނެ ފަދަ ހާލަތަކަށްވެސް ނުވެއެވެ. މަސައްކަތްތެރިން ކިހާ ދުޅަހެޔޮވާނެ ނޫންތޯއެވެ

މީގެ މައްޗައް ދެން އޮތީ ވަޒީފާ ނިންމާފައި ގެއަށް އައިސް އުޅެން ޖެހޭ މާހައުލެވެ. ބައިބޯ ކޮންކްރީޓް ޖަންގައްޔެކެވެ. ކަނާތައްވެސް ވާތައްވެސް ގުޑިލާނެހާ ޖާގަނެތެވެ. ވަށައިގެން ބެދިފައެވެ. ބޯހަމަޖައްސާލާނެ ތަންކޮޅެއް ނެތެވެ. ގިނަ ރޭ ރޭ މިހާރު ދަންވަރުވެސް ހަމަހިމޭން ނުވެއެވެ. ކޮންމެވެސް ތާކު ސިމެންތި ގަށާނެއެވެ. ނުނީ މަރުތެޔޮލަކުން ތަޅާނެއެވެ. ނުނީ ކަންމަތީ ކުދިން ހޯބޯލަވާނެއެވެ. ބެލްކަނިން ބޯދިއްކޮލަން އޮތީ ކުށުގެ ހާއްޔެކެވެ. ވައްކަމާއި ފޭރުން އޮތީ އިންތިހާގައެވެ. ކުރީގަވާ ވަގުން ބަލަނީ މީހަކު ނެތް ގަޑިއެއްގައި ގެއަށް ވަންނާށެވެ. މިހާރު ބަލަނީ މީހުން މަދު ގަޑިއެކެވެ. އެކީ ހުސްނުވިއަސް ހެވެވެ. ވަންނަނީ ވަޅި ކަޓަރު ފަދަ ހަތިޔާރާއެކުއެވެ. ގޭގޭގެ ވައިގޮޅިން އެތައް ބުރިއެއް މައްޗައްވެސް އަރަނީއެވެ. ދިހަވަނި ބުރީގައި ދޮރު ތަޅުލައިގެން އިނަސް ސަލާމަތެއް މިހާރު ނެތެވެ. ފޭރުން އިތުރުވެ ރަހީނުކުރުންވެސް އާންމު ވަނީއެވެ. ސަލާންޖަހަމުން ފަހަތުން ހިގާމީހުން ގިނަވެއްޖެއެވެ. ކޮންމެ ދެމަގަކުން އެއް މަގެއްގައި މަސްތުވާތަކެތީގެ އައްޑާއެކެވެ. އިޖްތިމާއީ ފޭރާން ވީދުނު ވަރަކީ އާއިލާތައް އެކުއެކީވެސް މިހާރު މި ވިޔަފާރިއަށް ވަދެފައިވުމެވެ. މުޖްތަމައު ކިހާ ދުޅަހެޔޮވާނެ ނޫންތޯއެވެ

އަދި މިހާ ހިސާބުން ދުޅަހެޔޮކަން ނިމުނީކީ ނޫނެވެ. ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ފައިދާ ހުރި ކާބޯތަކެތި އަދި ހުރީއެވެ. ފިހާރައިގައެވެ. ދިހަ ބާރަ މީހުން އެކުވެ ބަހާލައިގެން އަލިފާން ފޮއްޓެއްފަދަ ތަންކޮޅަށް ކުލި ދައްކާފައި އެއްބައި ބާކީވެއެވެ. ބާކީވި ބައިން އަމިއްލަ ބަޔަކަށް ދީފިނަމަ އަގުބޮޑު ވާނެތީ، ރައްޔިތުންނަށް ކަރަންޓާއި ފެނުގެ ޙިދުމަތް ދޭން އުފައްދާފައި ހުރި ކުންފުނިތަކަށް ބިލްދައްކާ ނިމޭ އިރު ވޮލެޓް ތެރޭ ބާކީ އޮންނަނީ ކައި ހުސްކުރި ސުޕާރި ޕެކެޓެކެވެ. އާދެ، ހުސް ވޮލެޓެއް ތެރޭ ހުސް ސުޕާރި ޕެކެޓެކެވެ. މަހުގެ ބާކީ ހަރަދު ބަރަދު ނިންމާލަން ޖެހޭނީ ކޮންމެސް މީހެއްގެ އަތުން ލޯނެއް ނަގައިގެންނެވެ. މަހުގެ ބައިބައިން ގަރުދިޔަ ކޮޅެއް ކައްކާލައިގެން މުޅި މަހަށް ރޭޝަންކޮށްގެން ފުއްދާލެވޭތޯ ބަލަނީއެވެ. މިހާތަނަށް ރައްޔިތަކު ބޯހިޔާވަހިކަމަށް ކުރި އުއްމީދެއްވިއްޔާ ދިޔައީ ފެނަށެވެ. ލިބޭ މުސާރައިން ކިރިޔާ ދިރިހުރެވޭ ކަމެކެވެ. އަދި ދަރިންގެ ތައުލީމަށާއި އެހެނިހެން ކަންކަމަށް ކުރަން ޖެހޭ ޙަރަދުވެސް އޮތީއެވެ. އާންމު ރައްޔިތުމީހާ ކިހާ ދުޅަހެޔޮވާނެ ނޫންތޯއެވެ

ދަންނަވަން މިއުޅޭ ވާހަކަ އަކީ ފުރިހަމަ ސިއްހަތެއްގެ ވާހަކަ ދައްކާއިރު މާހައުލާއި މުޖްތަމައު އަދި ހާލަތު ހުރި ގޮތް، ސިޔާސަތުތައް އެކުލަވާލާ ފަރާތްތަކުން ދެނެގަންނަން ޖެހޭނެ ވާހަކައެވެ. އަހަރަކަށްވުރެ އަހަރެއް ރައްޔިތުންގެ ލިވިންގ ސްޑޭންޑަޑް ނުވަތަ ދިރިއުޅުމުގެ ހާލަތު ދަނީ ދަށަށެވެ. ދުވަސްކޮޅަކުން އާސަންދަ މެދުވެރިކޮށް އެންމެ ކޮލެޓީ ދަށް ބޭސް ނޫނިއްޔާ ނުވެސް ލިބޭނެއެވެ. ބޭސްފަރުވާއަށް ސަލާންޖަހަން އެތައް ބަޔަކު ތިއްބަ، ދެން ރަނގަޅު ބޭސްގުޅައެއްވެސް ޖެހޭނީ އަމިއްލަ އަށް ގަންނާށެވެ. މިފަދަ ކަން ކަން އިސްލާހުކުރުން “ދުޅަހެޔޮ ހަށިހެޔޮ” ޕްރޮގްރާމެއް އެތައް ފައިސާއެއް ޙަރަދުކޮށްގެން ހިންގުމަށްވުރެ މާ ރަނގަޅުވާނެ ނޫންތޯއެވެ. ވެރިންނާއި މަހުޖަނުންނަށް ދުޅަހެޔޮ ހަށިހެޔޮ ދިރިއުޅުމެއް އުޅެވިދާނެއެވެ. ނަމަވެސް އާންމުންގެ ތެރެއިން ގިނަ މީހުން އުޅެނީ ބޮޑު ހާސް ކަމެއްގެ ތެރޭގައި އަގައާއި އަތާ ދިމާނުވެ ސުޕާރި ކޮޅެއް ކާލައިގެންނެވެ. ސުޕާރި ޑައެޓެކެވެ. އެއްބަޔަކު މިހާރު ސުޕާރި ޕެކެޓެއް ގަންނާނެހާވެސް ނެތި ހާވަނީ ކުނި ކޮތަޅުތަކެވެ

Leave a Comment

Your email address will not be published. Required fields are marked *

ކޮޅިގަނޑު މެދުން ފަޅުވެރިން ބަދަލުކުރުން

ޤައުމަކާއި ނަވެއް އަޅާކިޔާނަމަ، ރައީސް އަކީ ކައްޕިއެވެ. ވަޒީރުންނަކީ ފަޅުވެރިންނެވެ. ކޮންމެ ފަޅުވެރިއަކާއި ވަކި ކަމެއް ހަވާލުކުރެވިފައިވާނެއެވެ. ފަޅުވެރިންގެ ދަށުން އެހީތެރިންވެސް ތިބޭނެއެވެ. އެއްވެސް އުސޫލެއް ހައްދެއް ނެތި އެހީތެރިން އޮޑިއަށް އޮއްސާލުމަކީ ހަމަޖެހޭ ކައްޕިއެއް ކުރާނެކަމެއް ނޫނެވެ. އަދި އެހެންމެ ގަދަ ކޮޅިގަނޑެއްގައި ފަޅުވެރިން ބަދަލުކުރާކަށްވެސް ކައްޕިއެއް ނޫޅޭނެއެވެ

<- އިތުރަށް ކިޔާލުމަށް

މަޖިލިސް ޖަލްސާއެއް ނުބާއްވާތާ މަސް ދުވަސް، އެކަމަކު ހަރަދު ކުޑަ ކުރަން ފަށަނީ ނިކަމެތިންގެ ވަޒީފާގަނޑުން

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ 5 ފެބްރުއަރީގައެވެ. މިހާތަނަށް ބާއްވާފައި ވަނީ އެންމެ 5 ޖަލްސާއެވެ. މެއި މަހު 15 ވަނަ ދުވަހު، މި އަހަރުގެ ފުރަތަމަ ދައުރު ހަަމަވެ އަނެއްކާވެސް މެމްބަރުން ދާނީ މަސް ދުވަހުގެ ޗުއްޓީއަކަށެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ދައުރުގެ ތެރޭގައި ބާއްވަން ޖެހެނީ ހަފްތާއަކު މަދުވެގެން ތިން ޖަލްސާއެވެ. މިވަރުވެސް ކޮށްނުލެވި މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ

<- އިތުރަށް ކިޔާލުމަށް

ވަކި ކުލައަކަށް ނޫނެވެ. މިއީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ

ރައްޔިތުން މި ނަގައިދިން ފިލާވަޅު ދަސްނުވެއްޖެނަމަ ދެންވެސް އޮތީ ހިތި ނަތީޖާއެވެ. އަބަދަކު އާރާއި ބާރަކު ނުތިބެވޭނެއެވެ. ދެންވެސް ކާމިޔާބު އޮތީ ރައްޔިތުންނަށެވެ. ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް، ރައްޔިތުންގެ ޙިދުމަތަށް ރުޖޫއަވާށެވެ

<- އިތުރަށް ކިޔާލުމަށް

ގަރުދިޔަ އާއި ބަތާ ކާންބުނެފި، އާސަންދަ ކަނޑާލަން ޖެހިދާނެ ކަމަށް ބުނެފި، އެކަމަކު މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަން ދެކޮޅު

މި ހާލަތުގައި އިންތިހާބު ނިމޭ ގޮތަށް ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާނެކަން ކަށަވަރެވެ. ރައްޔިތު މީހާ އަށް ގަރުދިޔަ އާއި ބަތާ ކާން މަޖުބޫރު ކުރުވާނެ ފިޔަވަޅުތަކެވެ. ވެރިން އުޅޭނީ ހަމަޖެހިގެނެވެ. އެމީހުން ތިބީ ފުދިގެނެވެ. ހަރަދު ކުޑަކުރަންވެސް މަޖިލިސް މެމްބަރުންނާއި ސިޔާސީންނަށް މިކުރާ ހަރަދު ކުޑަކުރުމުގެ ވިސްނުމެއް ނެތް

<- އިތުރަށް ކިޔާލުމަށް

އަނެއްކާވެސް ހިތާމަވެރި ހާދިސާއެއް ހިގަންދެން!

ސުވާލަކީ ގަވައިދުން ގަރާޖުތަކާއި ގުދަންތައް ބަލާ ފާސްކުރުމުގެ ޒިންމާ ނަގަން ޖެހޭ ހަމަ އެއްވެސް ބަޔަކު ނެތީތޯއެވެ. ކޮންމެ ފަހަރަކުވެސް ތެޅިގަންނަނަން ޖެހެނީ ބޮޑު ހާދިސާއެއް ހިނގީމަތޯއެވެ. ހައްލެއްގެ ގޮތުގައި ފަށާ އެއްވެސް ކަމެއް ކޮޅެއްގައި ނުޖެހި ނިމެނީ ކީއްވެތޯއެވެ

<- އިތުރަށް ކިޔާލުމަށް