ވައުދު ނުފުއްދާ އޮއްވައި ގޮވުމުން އަނެއްކާވެސް ވީ ވައުދެއް

ވެރިކަމަށް އައުމަށް އެތައް ވައުދެއް ވިއެވެ. ރިޔާސީ އިންތިހާބަށް ވައުދުވިލެއް ގިނަކަމުން، ހުދު އެމް.ޑީ.ޕީގެ މެމްބަރުންވެސް މީސްމީޑިއާގައި ފާޑުކިޔަން ފެށިފެއެވެ. އެއިރު ބައެއް ޙަބަރުތަކަށްވެސް މިކަން އެރިއެވެ. ވައުދުތައް ވަމުން ދިޔައިރު ބުނަމުން ދިޔައީ ވައުދުވަނީ ވައުދު ފުއްދާނެގޮތް ހޯދާފައިކަމުގައެވެ. އެއަށްފަހު މިހާރު ވެރިކަމަށް 3 އަހަރުވަނީއެވެ. 100 ދުވަހުގެ ވައުދުތައް ވެސް އަދި މެނިފެސްޓޯގައި ހުރި ގިނަކަން ކަންކަންވެސް އަދި ހުރީ ހަމަ ހުރިގޮތަށެވެ. ނަމަވެސް މައިކެއް ކައިރީ ހުއްޓެވޭ އިރަށް ރައީސުލް ޖުމްހޫރިޔާ އަދިވެސް ފަށަނީ ވައުދުވާށެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރުގައި އަދިވެސް ތާށިވެފައި ހުރިފަދައެވެ

2020 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ވެސް މިފަދަ އެތައް ވައުދެއްވިއެވެ. ދީނުގެ ނަމުގައި ހައްދުފަހަނަ އެޅި ހަރުކަށި ފިކުރު ފެތުރުމާއި ދީނާ ހިލާފު ހިޔާލު ފެތުރުމަކީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ގޮންޖެހުމެއްކަމަށާއި އެކަން ރާއްޖޭގައި ފެތުރިފައިވާ މިންވަރު ސަރުކާރުން އާންމުކޮށް އެކަމާ ދެކޮޅަށް 2019ވަނަ އަހަރު ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމުގައި ރައީސް ވިދާޅުވިއެވެ. މިފަދަ ކަންކަން ހައްލުކުރުމަށް ކަމާބެހޭ މުއައްސަސާތައް މެދުގައި އިންޓެލިޖެންސް މައުލޫމާތު ބަދަލުކުރެވޭނެހެން ޤައުމީ އެކްޝަން ޕްލޭން އެކުލަވާލާ ތަންފީޒުކޮށް މޮނިޓަރ ކުރުމުގެ މަސައްކަތް 2020ވަނަ އަހަރުގެ ތެރޭގައި ފެށޭނެ ކަމުގައާއި ޓެރަރިޒަމާއި ހަރުކަށި ފިކުރާއި ދެކޮޅަށް މަސައްކަތްކުރުމަށް މުއައްސަސާތަކުގެ މެދުގައި މުއާމަލާތް ކުރެވޭނެ މަރުކަޒީ ނިޒާމެއް އެކުލަވާލާ ތަންފީޒު ކުރަން ފެށޭނެ ކަމުގައި ވައުދުވިއެވެ. މީގެ އިތުރުން ރާއްޖޭއިން ބޭރުގައި ކުރާ ޓެރަރިސްޓް ހަގުރާމަތަކަށް ނުވަތަ އެފަދަ ސަރަހައްދުތަކަށް ދިއުމަށްފަހު އެބުރި އަންނަ މީހުން އިސްލާހުކޮށް މުޖުތަމައުއަށް ގެނައުމަށްޓަކައި ޤާއިމްކުރާ ނެޝަނަލް ރިއިންޓަގްރޭޝަން ސެންޓަރުގެ އިމާރާތް ވެސް ވަނީ ހަދާ ނިމިފައިކަމުގައި ދެންނެވިއެވެ

ބޯހިޔާވަހިކަން، ސިއްހީ ނިޒާމް އަދި އެކިއެކި ތަރައްގީއާއި ގުޅޭ ވައުދުތައް ނުފުއްދާ ދިގުލައިގެން ދިއުމުގެ ސަބަބުން ރައްޔިތުންނަށް އެތަކެއް ގެއްލުމެއް ކުރިމަތިވެ ޝަކުވާ ކުރަމުން ދާތާ އެތައް ދުވަހެއް ވެއްޖެއެވެ. މިފަހަރު ވައުދުތައް ނުފުއްދަ ފިލާ އޮއްވާ ގެއްލުމާއި ކުރިމަތިލާން ޖެހުނީ އާއްމު ނިކަމެތި އާއިލާއެއްގެ މީހެއް ނޫނެވެ. ތިމާގެ އެންމެ ގާތް އެކުވެރިއާއަށެވެ. ރާއްޖޭގެ ކުރީގެ ރައީސް، މިހާރު ވެރިކަން ކުރަމުންދާ ޕާޓީގެ ރައީސް އަދި ޖުޑިޝަރީގައި ވެސް އިންނަވާ ރައްޔިތުންގެ މަޖީލީހުގެ ރައީސް އަށެވެ. ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ބުނާ ބަޔަކު ހައްޔަރުކޮށްފިއެވެ. ނަމަވެސް ރައްޔިތުންނާއި ރައީސް ނަޝީދުގެ އާއިލާއިންވެސް އަހަމުން ދާ ގިނަ ސުވާލުތަކަކަށް އަދިވެސް ޖަވާބު ނުލިބެއެވެ. ހަމަލާ ރާވާ ފަންޑު ކުރީ ކޮންބައެއްތޯއެވެ. އިހުމާލުވީ ކޮންބައެއްތޯއެވެ. އިހުމާލުވި މީހުންނާ މެދު އެޅޭނީ ކޮން ފިޔަވަޅެއްތޯއެވެ

މިއިން ސުވާލަކަށް ޖަވާބު ހޯދުމުގެ ބަދަލުގައި، ރައީސް އަނެއްކާވެސް ވީ ވައުދެކެވެ. 6 މެއި 2021ގައި ޓްވީޓަކުންނެވެ. ހަމަލާ އެންމެ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމުގެ ވައުދެވެ. މިފަދައިން ވައުދުވީއިރު، ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ދުވަސްވަރު، ކ. ކާށިދޫގައި ވާހަކަފުޅު ދައްކަވަމުން ރިލްވާނަށް ވީ ގޮތެއް ވެރިކަމުގެ ފުރަތަމަ ދުވަހު ހޯއްދަވާނެކަމުގައި ވިދާޅުވެ ވީ ވައުދު އަދިވެސް އޮތީ އޮތްތާނގައެވެ. ވައުދުތައް ނުފުދި ފުނިޖެހިގެން ގޮވީމައި އަނެއްކާވެސް ވީ ވައުދެކެވެ

Leave a Comment

Your email address will not be published. Required fields are marked *

ކޮޅިގަނޑު މެދުން ފަޅުވެރިން ބަދަލުކުރުން

ޤައުމަކާއި ނަވެއް އަޅާކިޔާނަމަ، ރައީސް އަކީ ކައްޕިއެވެ. ވަޒީރުންނަކީ ފަޅުވެރިންނެވެ. ކޮންމެ ފަޅުވެރިއަކާއި ވަކި ކަމެއް ހަވާލުކުރެވިފައިވާނެއެވެ. ފަޅުވެރިންގެ ދަށުން އެހީތެރިންވެސް ތިބޭނެއެވެ. އެއްވެސް އުސޫލެއް ހައްދެއް ނެތި އެހީތެރިން އޮޑިއަށް އޮއްސާލުމަކީ ހަމަޖެހޭ ކައްޕިއެއް ކުރާނެކަމެއް ނޫނެވެ. އަދި އެހެންމެ ގަދަ ކޮޅިގަނޑެއްގައި ފަޅުވެރިން ބަދަލުކުރާކަށްވެސް ކައްޕިއެއް ނޫޅޭނެއެވެ

<- އިތުރަށް ކިޔާލުމަށް

މަޖިލިސް ޖަލްސާއެއް ނުބާއްވާތާ މަސް ދުވަސް، އެކަމަކު ހަރަދު ކުޑަ ކުރަން ފަށަނީ ނިކަމެތިންގެ ވަޒީފާގަނޑުން

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ 5 ފެބްރުއަރީގައެވެ. މިހާތަނަށް ބާއްވާފައި ވަނީ އެންމެ 5 ޖަލްސާއެވެ. މެއި މަހު 15 ވަނަ ދުވަހު، މި އަހަރުގެ ފުރަތަމަ ދައުރު ހަަމަވެ އަނެއްކާވެސް މެމްބަރުން ދާނީ މަސް ދުވަހުގެ ޗުއްޓީއަކަށެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ދައުރުގެ ތެރޭގައި ބާއްވަން ޖެހެނީ ހަފްތާއަކު މަދުވެގެން ތިން ޖަލްސާއެވެ. މިވަރުވެސް ކޮށްނުލެވި މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ

<- އިތުރަށް ކިޔާލުމަށް

ވަކި ކުލައަކަށް ނޫނެވެ. މިއީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ

ރައްޔިތުން މި ނަގައިދިން ފިލާވަޅު ދަސްނުވެއްޖެނަމަ ދެންވެސް އޮތީ ހިތި ނަތީޖާއެވެ. އަބަދަކު އާރާއި ބާރަކު ނުތިބެވޭނެއެވެ. ދެންވެސް ކާމިޔާބު އޮތީ ރައްޔިތުންނަށެވެ. ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް، ރައްޔިތުންގެ ޙިދުމަތަށް ރުޖޫއަވާށެވެ

<- އިތުރަށް ކިޔާލުމަށް

ގަރުދިޔަ އާއި ބަތާ ކާންބުނެފި، އާސަންދަ ކަނޑާލަން ޖެހިދާނެ ކަމަށް ބުނެފި، އެކަމަކު މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަން ދެކޮޅު

މި ހާލަތުގައި އިންތިހާބު ނިމޭ ގޮތަށް ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާނެކަން ކަށަވަރެވެ. ރައްޔިތު މީހާ އަށް ގަރުދިޔަ އާއި ބަތާ ކާން މަޖުބޫރު ކުރުވާނެ ފިޔަވަޅުތަކެވެ. ވެރިން އުޅޭނީ ހަމަޖެހިގެނެވެ. އެމީހުން ތިބީ ފުދިގެނެވެ. ހަރަދު ކުޑަކުރަންވެސް މަޖިލިސް މެމްބަރުންނާއި ސިޔާސީންނަށް މިކުރާ ހަރަދު ކުޑަކުރުމުގެ ވިސްނުމެއް ނެތް

<- އިތުރަށް ކިޔާލުމަށް

އަނެއްކާވެސް ހިތާމަވެރި ހާދިސާއެއް ހިގަންދެން!

ސުވާލަކީ ގަވައިދުން ގަރާޖުތަކާއި ގުދަންތައް ބަލާ ފާސްކުރުމުގެ ޒިންމާ ނަގަން ޖެހޭ ހަމަ އެއްވެސް ބަޔަކު ނެތީތޯއެވެ. ކޮންމެ ފަހަރަކުވެސް ތެޅިގަންނަނަން ޖެހެނީ ބޮޑު ހާދިސާއެއް ހިނގީމަތޯއެވެ. ހައްލެއްގެ ގޮތުގައި ފަށާ އެއްވެސް ކަމެއް ކޮޅެއްގައި ނުޖެހި ނިމެނީ ކީއްވެތޯއެވެ

<- އިތުރަށް ކިޔާލުމަށް