އަޅުގަނޑުމެންގެ ޤައުމަކަށް އެހެނެއް ނުވާނެދޯ؟

އ1880ގެ އަހަރުތަކުގައިވެސް ފަލަސްތީނުގެ ބިމުގައި ޔަހޫދީން ދިރިއުޅުނެވެ. އެއިރު އެއީ ބިންފޭރިގަތުމުގެ ޚިޔާލުގައި އުޅުނު ބައެއް ނޫނެވެ. މުޅި ފަލަސްތީނުގެ އާބާދީއަށް ބަލާއިރު، އެއިރު އެބިމުގައި އުޅުނު ޔަހޫދީންގެ އަދަދު އުޅުނީ އެންމެ %3ގައެވެ. އެމީހުން މުޅިންވެސް އުޅުނީ އަމިއްލަ މަސައްކަތްތަކާއި ވިޔަފާރީގައެވެ. ފަލަސްތީނުގެ ބިން ފޭރިގަތުމުގެ ވިސްނުން އުފެދިގެން އައީ 19ވަނަ ގަރުނުގައި ޔޫރަޕްގައި އުޅުނު ޔަހޫދީންގެ ތެރެއިންނެވެ. އެމީހުން އެންމެ ފުރަތަމަ ފެށީ ފަލަސްތީނުގެ އައްސޭރިފަށުން ބިން ގަންނާށެވެ. މިގޮތަށް އެމީހުންގެ ތެރެއިން ފައިސާވެރިން އެއް ޝަރަޙައްދަކުން ބިން ގަނެ ކޮމިއުނިޓީއެއް ނުވަތަ އެމީހުންގެ ބަހުން ނަމަ ކިބުޓްޒް ތަކެއް ޤާއިމްކުރިއެވެ. މިގޮތަށް ޤާއިމްކުރެވުނު އެންމެ ފުރަތަމަ ކިބުޓްޒް ޤާއިމްކުރެވުނީ 1909 ވަނަ އަހަރުގައެވެ. މިހާރު އަހަރުމެންނަށް މި އިނގޭ އިސްރޭލުގެ ވެރިކަން ކުރާ ރަށް ކަމުގައިވާ ޓެލް އަވިވް ވެސް ޤާއިމް ކުރީ ހަމަ މިގޮތަށް 20 ވަނަ ގަރުނުގެ ކުރީކޮޅު ކިބުޓްޒް އެއްގެ ގޮތުގައެވެ. މިއީ މުޅިން އާ އުކުޅެއް ނޫނެވެ. މި އުކުޅަށް އިނގިރޭސި ބަހުން ކިޔަނީ “ކްރިއޭޓިންގ ފެކްޓްސް އޮން ދަ ގްރައުންޑް” އެވެ. އެހެންގޮތަކަށް ބުނަނީނަމަ ފަސޭހައިން ފަހާނުލެވޭނެހެން ބިމުން ބައެއްގައި ހާލިހަދަނީއެވެ. ފަހުން އެ ހާލި ބަދަލުކޮށްލާނީ އެމީހުންގެ ބާރު ހިނގާ ވަކި ދައުލަތަކަށެވެ. ދެން މަޑު މަޑުން ބާކީ އޮތް ހިސާބުތައް ފޭރިގަންނާނީއެވެ

ދާދި ފަހުން މިޤައުމުންވެސް ފެނިގެން މިދިޔައީ މިއާއި ދާދި އެއް މަންޒަރެއް ނޫންތޯއެވެ. ސަލާމަތްވީ ހަމަ ކިރިޔާއެވެ. ދައްޕަރުގައި އަވަށްޓެރި ޤައުމެއްގެ ބަޔަކު ވަޒަންވެރިވެ ސެކަންޑް ހޯމް އަޅަން ދޭން އުޅުނީއެވެ. އެކަން ކާމިޔާބު ކުރެވުނު ނަމަ ދެން އަންނަ އެއްވެސް ވެރިކަމަކަށް އެމީހުން އެތަނުން ބާލަން ލާހިކު ކުޅަދާނަ ނުވީހެވެ. އިސާހިތަކު ފިއްލަދޫއަށް ވެސް އަތްބާނަން ފެށީހެވެ. އެފަދަ ގޮތެއް ނުވުމީ އަޅުގަނޑުމެންގެ އެދުމެވެ. ވިސްނަންވާނީވެސް ހެޔޮކޮށެވެ. ނަމަވެސް އަބަދަކު އެހެނެއް ނުވާނެ ކަމަކަށް ދެކިގެން އަތް އުރާލައިގެން ތިބޭކަށްވެސް ނުވާނެއެވެ. އެހެން ޤައުމުތަކަށް ދިމާވާ އެކި ހާދިސާތަކުން އިބުރަތް ހާސިލްކޮށް ޤައުމާއި މެދު ގީރައްތެރިވާން ވާނެއެވެ

އ1950ގެ އަހަރުތަކުގައި ޗެޗްނިޔާ ރަސިޔާގެ އަތްދަށަށް ދިޔައެވެ. 1970ގެ އަހަރުތަކުގައި އަފްގާނިސްތާނަށް ސޯވިއެޓް ސިފައިން އަރައިގަތީއެވެ. 1975ގައި އިންޑިއާއިން ސިއްކީމް ޖަހައިގަތީއެވެ. 2014ގައި ރަސިއާއިން ޔޫކްރޭންގެ ކްރައިމިއާ ވެސް ޖަހައިގަތީއެވެ. އެކި ފަހަރު އެކި ޤައުމުތަކުން ބޭނުން ކުރީ އެކި އުކުޅެވެ. އެއްބައި ފަހަރު ހަތިޔާރުގެ ބާރުގައެވެ. އަނެއްބައި ފަހަރު ސިޔާސީ ގޭމަކުންނެވެ. އަދި އަނެއްބައި ފަހަރު ވިޔަފާރީގެ ތެރެއިންނެވެ. މިއީ އަޅުގަނޑުމެން ފިލާވަޅު ލިބިގަންނަންވީ ކަންކަމެވެ. އަޅުގަނޑުމެންގެ ޤައުމަށް ދުވަހަކުވެސް އެހެނެއް ނުވާނެކަމަށް ދެކިގެން އަބަދަކު ނުތިބެވޭނެއެވެ

Leave a Comment

Your email address will not be published. Required fields are marked *

ކޮޅިގަނޑު މެދުން ފަޅުވެރިން ބަދަލުކުރުން

ޤައުމަކާއި ނަވެއް އަޅާކިޔާނަމަ، ރައީސް އަކީ ކައްޕިއެވެ. ވަޒީރުންނަކީ ފަޅުވެރިންނެވެ. ކޮންމެ ފަޅުވެރިއަކާއި ވަކި ކަމެއް ހަވާލުކުރެވިފައިވާނެއެވެ. ފަޅުވެރިންގެ ދަށުން އެހީތެރިންވެސް ތިބޭނެއެވެ. އެއްވެސް އުސޫލެއް ހައްދެއް ނެތި އެހީތެރިން އޮޑިއަށް އޮއްސާލުމަކީ ހަމަޖެހޭ ކައްޕިއެއް ކުރާނެކަމެއް ނޫނެވެ. އަދި އެހެންމެ ގަދަ ކޮޅިގަނޑެއްގައި ފަޅުވެރިން ބަދަލުކުރާކަށްވެސް ކައްޕިއެއް ނޫޅޭނެއެވެ

<- އިތުރަށް ކިޔާލުމަށް

މަޖިލިސް ޖަލްސާއެއް ނުބާއްވާތާ މަސް ދުވަސް، އެކަމަކު ހަރަދު ކުޑަ ކުރަން ފަށަނީ ނިކަމެތިންގެ ވަޒީފާގަނޑުން

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ 5 ފެބްރުއަރީގައެވެ. މިހާތަނަށް ބާއްވާފައި ވަނީ އެންމެ 5 ޖަލްސާއެވެ. މެއި މަހު 15 ވަނަ ދުވަހު، މި އަހަރުގެ ފުރަތަމަ ދައުރު ހަަމަވެ އަނެއްކާވެސް މެމްބަރުން ދާނީ މަސް ދުވަހުގެ ޗުއްޓީއަކަށެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ދައުރުގެ ތެރޭގައި ބާއްވަން ޖެހެނީ ހަފްތާއަކު މަދުވެގެން ތިން ޖަލްސާއެވެ. މިވަރުވެސް ކޮށްނުލެވި މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ

<- އިތުރަށް ކިޔާލުމަށް

ވަކި ކުލައަކަށް ނޫނެވެ. މިއީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ

ރައްޔިތުން މި ނަގައިދިން ފިލާވަޅު ދަސްނުވެއްޖެނަމަ ދެންވެސް އޮތީ ހިތި ނަތީޖާއެވެ. އަބަދަކު އާރާއި ބާރަކު ނުތިބެވޭނެއެވެ. ދެންވެސް ކާމިޔާބު އޮތީ ރައްޔިތުންނަށެވެ. ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް، ރައްޔިތުންގެ ޙިދުމަތަށް ރުޖޫއަވާށެވެ

<- އިތުރަށް ކިޔާލުމަށް

ގަރުދިޔަ އާއި ބަތާ ކާންބުނެފި، އާސަންދަ ކަނޑާލަން ޖެހިދާނެ ކަމަށް ބުނެފި، އެކަމަކު މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަން ދެކޮޅު

މި ހާލަތުގައި އިންތިހާބު ނިމޭ ގޮތަށް ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާނެކަން ކަށަވަރެވެ. ރައްޔިތު މީހާ އަށް ގަރުދިޔަ އާއި ބަތާ ކާން މަޖުބޫރު ކުރުވާނެ ފިޔަވަޅުތަކެވެ. ވެރިން އުޅޭނީ ހަމަޖެހިގެނެވެ. އެމީހުން ތިބީ ފުދިގެނެވެ. ހަރަދު ކުޑަކުރަންވެސް މަޖިލިސް މެމްބަރުންނާއި ސިޔާސީންނަށް މިކުރާ ހަރަދު ކުޑަކުރުމުގެ ވިސްނުމެއް ނެތް

<- އިތުރަށް ކިޔާލުމަށް

އަނެއްކާވެސް ހިތާމަވެރި ހާދިސާއެއް ހިގަންދެން!

ސުވާލަކީ ގަވައިދުން ގަރާޖުތަކާއި ގުދަންތައް ބަލާ ފާސްކުރުމުގެ ޒިންމާ ނަގަން ޖެހޭ ހަމަ އެއްވެސް ބަޔަކު ނެތީތޯއެވެ. ކޮންމެ ފަހަރަކުވެސް ތެޅިގަންނަނަން ޖެހެނީ ބޮޑު ހާދިސާއެއް ހިނގީމަތޯއެވެ. ހައްލެއްގެ ގޮތުގައި ފަށާ އެއްވެސް ކަމެއް ކޮޅެއްގައި ނުޖެހި ނިމެނީ ކީއްވެތޯއެވެ

<- އިތުރަށް ކިޔާލުމަށް