ދައްޕަރާއި ދިވެހި އާބާދީ

ރައްޔިތުންގެ މަޖިލީހުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރާއްޖޭގެ އިޤްތިޞާދު ބޭނުންވާ ހިސާބަށް ގެންދިއުމަށް ރާއްޖޭގެ އާބާދީ މާ ކުޑަކަމުގައާއި، ދޭތެރެ ކައިރި ކުރާ ޕްރޮގްރާމެއް ފަށަން ޖެހިދާނެކަމުގައި މިދިޔަ ސެޕްޓެމްބަރ މަހު، އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް ވިދާޅުވިއެވެ. ނެޝަނަލް ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސް ހިސާބުން ދައްކާގޮތުގައި ރާއްޖޭގެ އަބާދީ އިތުރުވަމުން ދިޔަކަމުގައިވީ ނަމަވެސް، އާބާދީ އިތުރުވަމުންދާ މިންވަރު ވަނީ 2000ގެ އަހަރުތަކުން ފެށިގެން މަޑުޖެހިފައެވެ. އާބާދީ އިތުރުވި މިންވަރު އެންމެ މަތިވެފައިވަނީ 3.43 ޕަސެންޓުގައި 1985 އަކާއި 1995 ދެމެދެވެ. 2000އިން ފެށިގެން 2014އާއި ހަމައަށް އާބާދީ އިތުރުވާ މިންވަރު ހުރީ 1.65 ޕަސެންޓުގައެވެ. މިމުއްދަތުގައި ކޮންމެ ދެމަފިރިއަކަށް އެވެރެޖްކޮށް ލިބިފައިވަނީ 2 ކުދިންނެވެ. ކުރިން މި އެވެރެޖް ހުރީ 6 ކުދިންގައެވެ. އެހެންކަމުން މިނިސްޓަރ ފައްޔާޒު އެވިދާޅުވީ ހަމަ ދެތުވާހަކައެއްކަން އެބަހާމަވެއެވެ

ހިތާމައަކީ މި ހާލަތު އިތުރަށް ގޯސްވެދާނެ ސަބަބުތައް މެދުވެރި ކުރުވަމުން އެދަނީ ހަމަ މިނިސްޓަރުވެސް ނިސްބަތްވާ އަދުގެ ސަރުކާރުންކަމެވެ. ދައްޕަރުގެ މައްސަލައިން ހެކިދެނީ އެކަމަށެވެ. ރައީސުލް ޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ފިއްލަދޫގެ އިހްތިސާސުން ދައްޕަރު ނަގާ ބިދޭސީންނަށް ސެކަންޑް ހޯމް އަޅަން ދޭން އުޅުނެވެ. ފިއްލަދޫގެ ހިއްވަރުގަދަ އެތައް ޒުވާނުންނެއްގެ މަސައްކަތުން ރަށްވަނީ އަނބުރާ ހޯދިފައެވެ. ނަމަވެސް މިއީ މިއަދު ދިވެހި އާބާދީ އިތުރުވުމަށް އޮތް އެންމެ ބޮޑު ހުރަސް ދައްކުވައިދޭ އެއް މައްސަލައެވެ. މިނިސްޓަރު ފައްޔާޒު ވިދާޅުވެގެން ކިތަންމެ ވަރަކަށް ދޭތެރެ ކައިރި ކުރިޔަސް، ދިވެހިންނަށް ބޯހިޔާވަހިކަން ނުލިބި އިތުރުކުރެވޭނީ ކޮން އާބާދީއެއްތޯއެވެ. ހިޔާ ފްލެޓްތަކުގެ މަޝްރޫޢުއިން ހިޔާވަހިކަމެއް ލިބުނު މީހުން ނުލާވެސް 15000 ގާތްކުރާ އަދަދަކަށް ވަގުތުން ވަގުތަށް ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ ދިވެހިން އެބަތިއްބެވެ. މީގެއިތުރުން ވަޒީފާ އަދާ ނުކުރާ ޒުވާނުންވެސް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މިވަގުތު ދިވެހި ޒުވާނުންގެ ތެރެއިން 50 އިންސައްތަ އަށްވެރު ގިނަ ޒުވާނުންނަކީ ވަޒީފާއެއް އަދާ ނުކުރާ ޒުވާނުންނެވެ. ވަޒީފާގެ ބާޒާރަށް މި ޒުވާނުން ނެރެން އެކަށޭނެ މަސައްކަތެއް ނުކުރެވޭތާ، ތަޢުލީމީ މަސައްކަތްތެރި އެތައް ޒުވާނުނެއް ތިއްބައި ބޮޑު މުސާރަ ލިބޭ ބޮޑެތި މަޤާމުތައް ވަނީ ބިދޭސީންނަށް ހިބަކޮށް ދީފައެވެ. އަނގައާއި އަތާ ދިމާނުވެގެން އުޅޭއިރު ބިނާކުރެވޭނީ ކޮން އާއިލާއެއްތޯއެވެ. އިތުރުވާނީ ކޮން އާބާދީއެއްތޯއެވެ. ދިރިއުޅެން ބޭނުންވާނެ އެންމެ އަސާސީ ކަންކަންފަދަ ބޯހިޔާވަހިކަން ފަދަ ކަންކަން ފޯރުކޮށްދިނުމެއްނެތި ދޭތެރެ ކައިރިކޮށްގެން ލިބޭ ދަރިން ގެންގުޅެންވީ މަގުމަތީގައިތޯ ނުވަތަ މިނިސްޓަރު ފައްޔާޒުގެ ގޯތީގައިތޯ ސުވާލު އުފެދެއެވެ

އަމިއްލަ ޤައުމުގައި ދިވެހިން ދެވަނަ ދަރަޖައިގެ ބަޔަކަށް ހަދާފައި އެކި ނަން ނަމުގައި ޖޫރިމަނާތަކާއި ޓެކްސްތައް ނަގަމުން ދިޔަސް، ރަނގަޅު މިންވަރެއްގައި އާބާދީ އިތުރުވާ ރޭޓް ބަހައްޓަން ޖެހޭކަން ވިސްނޭ ޤައުމުތަކުން އެބައެއްގެ އަމިއްލަ ޤައުމުގެ އާބާދީއަށް އެތައްކަމެއް ފަހިކޮށްދެއެވެ. މިޤައުމުގައި އޮތީ ތިމާ އާއި ތިމާގެ އަބިދަރިން މަގުމަތިވެގެން ދާއިރު ޤައުމު ތިމާއަށް ކޮށްދިނީ ކޮންކަމެއްތޯ ނާހާ، ތިމާއަށް ޤައުމަށް ކޮށްދެވޭނީ ކީއްތޯ އަހާލަ އަހާލަތިބުވެ. އެހެންގޮތަކަށް ދަންނަވަނީނަމަ ޓެކްސް ދައްކާލަ ދައްކާލަ ތިބުމެވެ

އާބާދީ އިތުރުވާ މިންވަރު ވަކި މިންވަރަކަށްވެރު ދަށުގައި ގިނަ އަހަރުތަކެއް ހުރެއްޖެނަމަ ދުރުރާސްތާގައި ދިމާވާނެ އެންމެ ބޮޑު މައްސަލައަކީ ކުޑަ ޒުވާން އާބާދީއަކަށް ބޮޑު މުސްކުޅި އާބާދީއެއް ބަލަން ޖެހުމުގެ ބުރައެވެ. ޒުވާނުންގެ އާބާދީ ކުޑަވުމުގެ ސަބަބުން އިޤްތިޞާދު އެކީ މަޑުޖެހި ސަރުކާރަށް ލިބޭ އާމްދަނީ މަދުވާ ދަނޑިވަޅުގައި، މުސްކުޅި އާބާދީ ބަލަހައްޓަން ސަރުކާރުން ކުރަންޖެހޭ ޙަރަދު އޮންނާނީ އިންތިހާއަށް އިތުރުވެފައެވެ. މިއަދު ދުނިޔޭގެ ތަރައްޤީވެފައިވާ ބައެއް ޤައުމުތަކަށް އެދަނީ މި މައްސަލަކުރިމަތިވަމުންނެވެ. މިފަދަ ޤައުމުތަކަށް ދިމާވާ މައްސަލަތަކުން ފިލާވަޅު ލިބިގަތުމުގެ ބަދަލުގައި މިފެންނަނީ ހަމަ އެ މައްސަލަތަކާއި ދިމާލަށް މަޑުމަޑުން އޮޔާދާތަނެވެ

މައްސަލައެއް ނެތްތާއެވެ. ބޯހިޔާވަހިކަން ކިތަންމެ ބޭނުން ނަމަވެސް ގުޅީފަޅުން 300،000 މީހުންގެ އާބާދީއަކަށް ހައުސިންގ ޔުނިޓް އަޅައި އަދި ކޮންމެ އަތޮޅެއްގެ ވެރިކަންކުރާ ރަށުގައި 500 ހައުސިންގ ޔުނިޓް އަޅަން ވައުދުވި މީހާ ބަހައްޓާފައި ދިވެހިންވެސް އަވީގައި ތިބެފައި ވޯޓުލީ އަވާމެންދުރަކަށްތާއެވެ

Leave a Comment

Your email address will not be published. Required fields are marked *

ކޮޅިގަނޑު މެދުން ފަޅުވެރިން ބަދަލުކުރުން

ޤައުމަކާއި ނަވެއް އަޅާކިޔާނަމަ، ރައީސް އަކީ ކައްޕިއެވެ. ވަޒީރުންނަކީ ފަޅުވެރިންނެވެ. ކޮންމެ ފަޅުވެރިއަކާއި ވަކި ކަމެއް ހަވާލުކުރެވިފައިވާނެއެވެ. ފަޅުވެރިންގެ ދަށުން އެހީތެރިންވެސް ތިބޭނެއެވެ. އެއްވެސް އުސޫލެއް ހައްދެއް ނެތި އެހީތެރިން އޮޑިއަށް އޮއްސާލުމަކީ ހަމަޖެހޭ ކައްޕިއެއް ކުރާނެކަމެއް ނޫނެވެ. އަދި އެހެންމެ ގަދަ ކޮޅިގަނޑެއްގައި ފަޅުވެރިން ބަދަލުކުރާކަށްވެސް ކައްޕިއެއް ނޫޅޭނެއެވެ

<- އިތުރަށް ކިޔާލުމަށް

މަޖިލިސް ޖަލްސާއެއް ނުބާއްވާތާ މަސް ދުވަސް، އެކަމަކު ހަރަދު ކުޑަ ކުރަން ފަށަނީ ނިކަމެތިންގެ ވަޒީފާގަނޑުން

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ 5 ފެބްރުއަރީގައެވެ. މިހާތަނަށް ބާއްވާފައި ވަނީ އެންމެ 5 ޖަލްސާއެވެ. މެއި މަހު 15 ވަނަ ދުވަހު، މި އަހަރުގެ ފުރަތަމަ ދައުރު ހަަމަވެ އަނެއްކާވެސް މެމްބަރުން ދާނީ މަސް ދުވަހުގެ ޗުއްޓީއަކަށެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ދައުރުގެ ތެރޭގައި ބާއްވަން ޖެހެނީ ހަފްތާއަކު މަދުވެގެން ތިން ޖަލްސާއެވެ. މިވަރުވެސް ކޮށްނުލެވި މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ

<- އިތުރަށް ކިޔާލުމަށް

ވަކި ކުލައަކަށް ނޫނެވެ. މިއީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ

ރައްޔިތުން މި ނަގައިދިން ފިލާވަޅު ދަސްނުވެއްޖެނަމަ ދެންވެސް އޮތީ ހިތި ނަތީޖާއެވެ. އަބަދަކު އާރާއި ބާރަކު ނުތިބެވޭނެއެވެ. ދެންވެސް ކާމިޔާބު އޮތީ ރައްޔިތުންނަށެވެ. ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް، ރައްޔިތުންގެ ޙިދުމަތަށް ރުޖޫއަވާށެވެ

<- އިތުރަށް ކިޔާލުމަށް

ގަރުދިޔަ އާއި ބަތާ ކާންބުނެފި، އާސަންދަ ކަނޑާލަން ޖެހިދާނެ ކަމަށް ބުނެފި، އެކަމަކު މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަން ދެކޮޅު

މި ހާލަތުގައި އިންތިހާބު ނިމޭ ގޮތަށް ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާނެކަން ކަށަވަރެވެ. ރައްޔިތު މީހާ އަށް ގަރުދިޔަ އާއި ބަތާ ކާން މަޖުބޫރު ކުރުވާނެ ފިޔަވަޅުތަކެވެ. ވެރިން އުޅޭނީ ހަމަޖެހިގެނެވެ. އެމީހުން ތިބީ ފުދިގެނެވެ. ހަރަދު ކުޑަކުރަންވެސް މަޖިލިސް މެމްބަރުންނާއި ސިޔާސީންނަށް މިކުރާ ހަރަދު ކުޑަކުރުމުގެ ވިސްނުމެއް ނެތް

<- އިތުރަށް ކިޔާލުމަށް

އަނެއްކާވެސް ހިތާމަވެރި ހާދިސާއެއް ހިގަންދެން!

ސުވާލަކީ ގަވައިދުން ގަރާޖުތަކާއި ގުދަންތައް ބަލާ ފާސްކުރުމުގެ ޒިންމާ ނަގަން ޖެހޭ ހަމަ އެއްވެސް ބަޔަކު ނެތީތޯއެވެ. ކޮންމެ ފަހަރަކުވެސް ތެޅިގަންނަނަން ޖެހެނީ ބޮޑު ހާދިސާއެއް ހިނގީމަތޯއެވެ. ހައްލެއްގެ ގޮތުގައި ފަށާ އެއްވެސް ކަމެއް ކޮޅެއްގައި ނުޖެހި ނިމެނީ ކީއްވެތޯއެވެ

<- އިތުރަށް ކިޔާލުމަށް