މަސްވެރިކަން ހަލާކުކޮށްލަނީ ރޭވިގެން

ވެރިކަމަށް އަންނަން އެންމެ ގަދައަށް ދެއްކި ހަމަ އަގުގެ ވާހަކައިން ފަށަމާތޯއެވެ. މިކަމުގައި މިވަގުތު އިދިކޮޅުގައި އޮތް ޕީ.ޕީ.އެމްގެ ވިސްނުން ފެންނަނީ އެމް.ޑީ.ޕީ އާއި ތަފާތުކޮށެވެ. އެމް.ޑީ.ޕީގެ ވިސްނުމުގައި ހުރީ ނުވަތަ ވޯޓަށް ޓަކައި ރައްޔިތުންނަށް ވިސްނައިދިނީ، ވަކި އަގެއް ހަމަ އަގުގެ ގޮތުގައި ދެއްކާނެކަމެވެ. އެ އަގު ހޯދައިނުދެވުނު ތާނގައި އެއީ ކޮބައިކަންވެސް ބުނެދެވިފައެއް ނުވެއެވެ. ޕީ.ޕީ.އެމްގެ ވިސްނުން ހުރީ ވަކި އަގެއް ހަމައަގޭ ކިޔާފައި ކަނޑައެޅުމުގެ ބަދަލުގައި މަސްވެރިންނަށް ފައިދާވާނެ އަގެއް މަގުފަހިކޮށްދެވޭނެހެން ވެލިއު ޗެއިންގެ އެކި ހިސާބުތަކަށް އިންވެސްޓްކޮށް ސިނާއަތް ކުރިއެރުވުމުގެ ވިސްނުމެވެ. ވިޔަފާރިއަށް މަގުފަހިކޮށްދިނުމެވެ. އެގޮތުން އެމް.ޑީ.ޕީގެ ފުރަތަމަ ވެރިކަމުގައި މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ 1.5 މިލިއަން ރުފިޔާ ޚަރަދުކުރިއިރު، ވީރާނާވެ ހަލާކުވާން އޭރުވެސް ދޫކޮށްލާފައިއޮތް ސިނާއަތް އަލުން ކޮޅަށް ނަގަން ޕީ.ޕީ.އެމްގެ ވެރިކަމުގައި 476 މިލިއަން ރުފިޔާ ޚަރަދުކުރިއެވެ. ބޭނުމަކަށްވީ، އައިސް ލިބޭނެ ގޮތް ފަހިކޮށްދިނުމެވެ. މަސްކޮޅު ކިރޭނެ މަގުފަހިކޮށްދިނުމުވެ. ކިރި މަހަށްވީ ފައިސާ އަވަހަށް މަސްވެރިންގެ ޖީބަށް ފޯރުކޮށްދިނުމެވެ.

ރާއްޖޭގެ މަހަށް ބޭރު ޤައުމުތަކުން ނަގާ ބޮޑު ޑިއުޓީ ނަގަން މެދުވެރިވި އެއް ސަބަބަކީ ވެސް މިއަދު ވެރިކަމުގައި ތިބި ފަރާތްތަކުން އިދިކޮޅުގައި ތިބިއިރު ޔޫރަޕްގެ ޤައުމުތަކަށް ގޮސް ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިދޭން އެދި ކުރި މަސައްކަތެވެ. މިއަދު ވެރިކަމުގައި ތިބިއިރު، ވަރުގަދަ ޚާރިޖީ ސިޔާސަތެއް އޮވެގެން އެވާހަކަ ދައްކާއިރު، ބޭރު ޤައުމުތަކަށް އެވަރަށް ދަތުރު ކުރާއިރު އަދި ޔޫއެންގެ ބޮޑު މަގާމެއް ފުރުއްވި އިރު، ދާހިލީ ވަޒީރު މެދުވެރިކޮށް މަސްވެރިންނަށް އައު މާރކެޓެއް ހޯދައިނުދުވުނު ތާނގައި ޔޫރަޕް މާރކެޓްތަކުން ނަގާ ބޮޑު ޑިއުޓީ ކުޑަކުރެވޭނެ މަގުވެސް ނުހޯދުނެވެ.

އެމް.ޑީ.ޕީއިން ކުރި މަސައްކަތުން ޔޫރަޕްގެ މާރކެތްތަކުގައި ދިވެހި މަހުން ނަގާ ޑިއުޓީ ބޮޑުކުރުމުން، މަސްވެރިންގެ ހައްޤުގައި ފްރީ ޓްރޭޑް އެގްރީމެންޓްގެ ދަށުން ޑިއުޓީއަކާއި ނުލާ މަސްވެރިކަމުގެ އުފެއްދުންތައް ޗައިނާއަށް ވިއްކޭނެ މަގުފަހިކޮށްދެއްވަން އުޅުމުން، އެކަންވެސް އެމް.ޑީ.ޕީއިން ވެރިކަމަށް އައިސް މިވަނީ ހުއްޓުވާފައެވެ. މިއަދު ވެރިކަމުގައި ތިބި ފަރާތްތަކުން މަސްވެރިންނަށް ޕީ.ޕީ.އެމް އިން ކޮށްދިން ކަންތައް ފަރުދާކޮށްލަން ބޭނުން ކުރަނީ ބެޔަސް ނުބަޔަސް ސިޔާސަތު ފެއިލްވުމުގެ ވާހަކައެވެ. އެންމެ ރަނގަޅެވެ. މަސްވެރިން އެދުނު މިންވަރަށް އަދި ޕީ.ޕީ.އެމް ބޭނުންވި ވަރަކަށްވެސް އެކަމެއް ކުރިއަކަށް ނުދިޔައެވެ. ނަމަވެސް އެއީ މުޅިން ފެއިލްވި ސިޔާސަތެއް ކަމަށް ނިންމޭކަށް ނެތެވެ.

ބެޔަސް ނުބެޔަސް އަކީ ސްކީމްއެކެވެ. ބޭނުމަކީ މަސްވެރިކަން ދަށްވެ މަސްވެރިންގެ އަތްމަތި ދަށްވާ ދުވަސްވަރު މަސްވެރިންގެ އަތްމަތި ދަތިވިޔަ ނުދިނުމެވެ. ނަމަވެސް މިކަމުގައި އެންމެ ބޮޑު ޗެލެންޖަކަށްވީ ޕީ.ޕީ.އެމް އިން ވެރިކަމާއި ހަވާލުވިއިރު، މަސްވެރިންނާއި ގުޅޭ އެއްވެސް ދަފްތަރެއް އެކުލަވާލެވިފައި ނެތުމެވެ. މަސްވެރިކަމުގެ ސިނާއަތަށް އެތަށް އަހަރެއްވެގެން ދިޔައިރު، ކުރިން އައި ސަރުކާރަކަށް މުޅި އުމުރު ދިވެހިންގެ ލޭނާރުކަމުގައިވާ ސިނާއަތުގައި އުޅެނީ ނޫޅެނީ ކާކުތޯ ބަލާލުމަށް އަހަންމިއްޔަތު ކަމެއް ދެވިފައި ނެތީއެވެ. ހަމަ މީހަކު އައިސް މިއީ އަހައްމަދޭ، މިއީ މސްވެރިއެކޭ ބުނާއިރަށް ސަރުކާރަކަށް މަހަކު 10،000ރ އެކައުންޓަށް ޖަމާކޮށްދޭކަށް ނުފެށޭނެތާއެވެ. އެހެންކަމުން، ސުމަކުންހެން ފަށަންޖެހުނީ ސްކީމްގައި ބައިވެރިވެވޭނެ މަގު ފަހިކޮށްދޭން، ކަރުދާސްތައް އެކުލަވާލުމުގެ މަސައްކަތެވެ. އަލަށް ކަމެއް ފަށާއިރު ދަތިތަކެއް ހުންނާނެއެވެ. ފިލާވަޅުތަކެއް ލިބޭނެއެވެ. ސްކީމްގައި ބައިވެރިވާން އޭރު އެކުލަވާލެވުނު މަގުޗާޓު އެންމެ ފުރިހަމަ ނޫންކަމުގައި ގަބޫލްކުރަމެވެ. ނަމަވެސް ސްކީމްގައި ބައިވެރިވެވުނު މަދު އޮޑިއަކަށް ނަމަވެސް ބެޔަސް ނުބަޔަސް ޖަމާކޮށްދޭން ފެށުނެވެ. ސުވާލަކީ ހުރިހާ ކަރުދާހެއް އެކުލަވާލައި، މަސައްކަތް ފެށިފައިވާ މި ސްކީމް، ވެރިކަމަށް އައިސް އެމް.ޑީ.ޕީއިން ކުރިޔަށް ނުގެންދިޔައީ ކީއްވެތޯއެވެ؟ ހަމަގައިމުވެސް މަސްވެރިން މި ސްކީމްގެ ވާހަކަ އަދިވެސް ދައްކަނީ އެއީ މަސްވެރިން އެދޭ ކަމަކަށް ވާތީއެވެ. ވެރިކަމުގައި މިއަދު އޮތީ ޕީ.ޕީ.އެމް އެއް ނޫނެވެ. ބެޔަސް ނުބަޔަސް އެމީހުންނަކަށް އެއެއް ނުދެވޭނެއެވެ. ވެރިކަމުގައި ތިބި މީހުން މަސްވެރިން މިހާ އެދޭކަމެއް ނުކޮއްދީ މިތިބީ ކޮން ބާރެއް ނެތިގެންތޯއެވެ.

ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް އަންނަ ބަދަލުތަކާއި ތެލުގެ އަގަށް އަންނަ ބަދަލުތަކާއި އެކު މަސްވެރިންނަށް ގެއްލުމުގައި ވިޔަފާރި ކުރަން ޖެހޭފަހަރު އާދެއެވެ. އެކަމަށް ހައްލެއް ގެނައުމަށް މަސްގަންނަ އެންމެ ކުޑަ އަގެއް (ފްލޯރ ޕްރައިސް) ކަނޑައަޅައިދިނުމަށް އެދި މަސްވެރިން އާދޭސް ކުރާތާ އެތައް ދުވަހެކެވެ. ހަމަ އަގު ހޯދަދޭނެކަމަށް ވައުދުވެ، ވައުދު ވަނީ ވައުދު ފުއްދާނެ ގޮތް ބަލާފައިކަމަށް ބުނެ ވެރިކަމަށް އައި ބޭފުޅުންނަށް ފްލޯރ ޕްރައިސްއެއް ކަނޑައަޅާނުލެވި 4 އަހަރުވެގެން ދިޔައީއެވެ. ހަމަ އަގަގަކީ ކޮބައިކަންވެސް ބުނެނުދެވި 4 އަހަރު ވެގެން ދިޔައީ އެވެ. ނަމަވެސް މިއަދު އިދިކޮޅު ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ހުންނެވި ރައީސް ޔާމީން އެވަނީ މަސް ގަންނާނެ އެންމެ ދަށްއަގު ކަނޑައަޅުއްވާފައެވެ. ހަމަ އެކަނި އަގެއް ކަނޑައަޅާނެ ކަމަށްބުނެ ވައުދެއް ވެލީކީނޫނެވެ. އަގުވެސް ދެންނެވިއެވެ. ނަމަވެސް ހުވަފެނީ ދުނިޔެއްގައި ހުންނަވައެއްނޫނެވެ. ހަޤީގަތް ހާމަކޮށްދެއްވާ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކަށް ރިޢާޔަތްކުރަން ޖެހޭނެކަން ވިސްނައިދެއްވިއެވެ.

އެއްކޮޅުން ޕީ.ޕީ.އެމް އާއި އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު މަސްވެރިކަމަކީ، ރާއްޖޭގެ މައި އެއް ސިނާއަތް ކަމުގައި ދެކި އެ ސިނާއަތް ކުރިއަރުވާނެ ކަމަށް ވައުދުވަމުންދާއިރު، އަނެއްކޮޅުން ވެރިކަމުގައި ތިބި މީހުން ދިވެހިންނަށް ވިސްނައިދޭން މަސައްކަތްކުރަނީ މަސްވެރިކަމަކީ އުވިގެންދާނެ ސިނާއަތެއް ކަމުގައެވެ. މަސްކޮޅުކިރޭނެ ގޮތެއް ނުދެއްކުމާއި، މަހަށްވާ ފައިސާކޮޅު ނުދީ ލަސްކުރުމާއި، އައިސް ޕްލާންޓްތައް ވިރާނާވާން ދޫކޮށްލައިގެން އެތިބީ މަސްވެރިންނަށް ބުޅި ކަންވާރުތައް ބަހައްޓަން މަޖުބޫރުކުރުވާށެވެ. ފެނަކަ ފަދަ ކުންފުނިތައް މެދުވެރިކޮށް ނެތް ވަޒީފާތަކެއް އުފައްދައިގެން، މަހަށް ފުރި ޒުވާން މަސްވެރިން ރަށުގައި ވަޒީފާދީފައި ބައިތިއްބީ ދިވެހިން މަސްވެރިކަމާއި ދުރުކުރުވާށެވެ. މިއީ ހުސް ރޭވުމެއްގެ ތެރެއިން ހިނގާ ކަންކަމެވެ. އެއްވެސް ހާލެއްގައި އަޅާ ނިމިފައި ހުރި އައިސް ޕްލާންޓެއް އޮޕަރޭޝަނަށް ގެންނަން ނޭނގިގެނެއް ނޫނެވެ. އައު ކްރޭނެއް ހަރުކޮށްލާ މަސް ކިރުވާ ސްޕީޑް އަވަސް ނުކުރެވިގެނެއް ނޫނެވެ. ކޯލްޑް ސްޓޯރޭޖްގެ ޖާގަ ބޮޑުކޮށް މަސް ކިރޭ ވަރު އިތުރުނުކުރެވިގެނެއް ނޫނެވެ.

ރާއްޖޭގެ ޕްރޮސެސިން ކެޕޭސިޓީ ދަށްކަމަށްބުނެ، އަދި ޕްރޮސެސްކޮށް ބަންދުކުރާ މަސް ބޭރުގެ މާރކެޓްތަކަށް ވިއްކަން ޖެހެނީ ބޮޑުއަގުގައި ކަމަށް ބުނެ މޮރިޝަސްއަށް ދިވެހި މަސް ގެންގޮސް ކުޑަ އަގެއްގައި ވިއްކަނީ ގަސްތުގައި ދިވެހި މަސްވެރިކަން ނެތިކޮށްލާށެވެ. އެހެން ނޫންނަމަ ޕޮރެސެސިން ކެޕޭސިޓީ އިތުރުކުރާނީއެވެ. ތިމާމެންގެ އަތްތަކުން ކުރި މަސައްކަތުން ބޮޑު ކުރުވި ޑިއުޓީ ކުޑަ ކުރެވޭތޯ ބަލާނީއެވެ. އައު މާރކެޓްތައް މަސްވެރިންނަށް ހޯދައިދޭނީއެވެ.

ދެން އޮތީ މަސްވެރިންނަށް މި މަސައްކަތަކީ ނުކުރެވޭހާ މާލީ ގެއްލުންވާ ކަމަކަށް ހަދައި މަސްވެރިން މަހަށް ނުކުތުން ހުއްޓުވުމެވެ. އަދި އާއްމުންނަށް ދިވެހި މަސްވެރިކަމަކީ މާކުރިންސުރެ ނެތިދާން ފަށާފައިވާ ސިނާއަތެއްކަން ވިސްނައިދިނުމުވެ. އެ މަސައްކަތް އެއޮތީ ފަށާފައެވެ. ބޭނުމަކީ ދިވެހި ކަނޑުތަކުން ދިވެހި މަސްވެރިން މާޔޫސްކޮށްލާ، ބޭރު ޤައުމުތަކަށް، ހާއްސަކޮށް އިންޑިއާއަށް ދިވެހި ކަނޑުތަކާއި، ފަޅުތަށް ހުޅުވާލުމެވެ. ރައީސް ސޯލިހް ވިދާޅުވެފައިވެއެވެ. ދިވެހިންނަށް ލިބިފައި އޮތް އެންމެ ބޮޑު އެއް ނަސީބަކީ މި ރާއްޖޭގެ މަސްކަނޑުތަކެވެ. އެ ނަސީބު ބޮޑުބޭބެއަށް ހިބަކޮށްދިނުމުގެ މަސައްކަތް އެބަ ކުރިއަށް ދެއެވެ. މޮރިޝަސްގައި ކަން ކުރާ އުސޫލުންނެވެ.

Leave a Comment

Your email address will not be published. Required fields are marked *

ކޮޅިގަނޑު މެދުން ފަޅުވެރިން ބަދަލުކުރުން

ޤައުމަކާއި ނަވެއް އަޅާކިޔާނަމަ، ރައީސް އަކީ ކައްޕިއެވެ. ވަޒީރުންނަކީ ފަޅުވެރިންނެވެ. ކޮންމެ ފަޅުވެރިއަކާއި ވަކި ކަމެއް ހަވާލުކުރެވިފައިވާނެއެވެ. ފަޅުވެރިންގެ ދަށުން އެހީތެރިންވެސް ތިބޭނެއެވެ. އެއްވެސް އުސޫލެއް ހައްދެއް ނެތި އެހީތެރިން އޮޑިއަށް އޮއްސާލުމަކީ ހަމަޖެހޭ ކައްޕިއެއް ކުރާނެކަމެއް ނޫނެވެ. އަދި އެހެންމެ ގަދަ ކޮޅިގަނޑެއްގައި ފަޅުވެރިން ބަދަލުކުރާކަށްވެސް ކައްޕިއެއް ނޫޅޭނެއެވެ

<- އިތުރަށް ކިޔާލުމަށް

މަޖިލިސް ޖަލްސާއެއް ނުބާއްވާތާ މަސް ދުވަސް، އެކަމަކު ހަރަދު ކުޑަ ކުރަން ފަށަނީ ނިކަމެތިންގެ ވަޒީފާގަނޑުން

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ 5 ފެބްރުއަރީގައެވެ. މިހާތަނަށް ބާއްވާފައި ވަނީ އެންމެ 5 ޖަލްސާއެވެ. މެއި މަހު 15 ވަނަ ދުވަހު، މި އަހަރުގެ ފުރަތަމަ ދައުރު ހަަމަވެ އަނެއްކާވެސް މެމްބަރުން ދާނީ މަސް ދުވަހުގެ ޗުއްޓީއަކަށެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ދައުރުގެ ތެރޭގައި ބާއްވަން ޖެހެނީ ހަފްތާއަކު މަދުވެގެން ތިން ޖަލްސާއެވެ. މިވަރުވެސް ކޮށްނުލެވި މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ

<- އިތުރަށް ކިޔާލުމަށް

ވަކި ކުލައަކަށް ނޫނެވެ. މިއީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ

ރައްޔިތުން މި ނަގައިދިން ފިލާވަޅު ދަސްނުވެއްޖެނަމަ ދެންވެސް އޮތީ ހިތި ނަތީޖާއެވެ. އަބަދަކު އާރާއި ބާރަކު ނުތިބެވޭނެއެވެ. ދެންވެސް ކާމިޔާބު އޮތީ ރައްޔިތުންނަށެވެ. ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް، ރައްޔިތުންގެ ޙިދުމަތަށް ރުޖޫއަވާށެވެ

<- އިތުރަށް ކިޔާލުމަށް

ގަރުދިޔަ އާއި ބަތާ ކާންބުނެފި، އާސަންދަ ކަނޑާލަން ޖެހިދާނެ ކަމަށް ބުނެފި، އެކަމަކު މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަން ދެކޮޅު

މި ހާލަތުގައި އިންތިހާބު ނިމޭ ގޮތަށް ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާނެކަން ކަށަވަރެވެ. ރައްޔިތު މީހާ އަށް ގަރުދިޔަ އާއި ބަތާ ކާން މަޖުބޫރު ކުރުވާނެ ފިޔަވަޅުތަކެވެ. ވެރިން އުޅޭނީ ހަމަޖެހިގެނެވެ. އެމީހުން ތިބީ ފުދިގެނެވެ. ހަރަދު ކުޑަކުރަންވެސް މަޖިލިސް މެމްބަރުންނާއި ސިޔާސީންނަށް މިކުރާ ހަރަދު ކުޑަކުރުމުގެ ވިސްނުމެއް ނެތް

<- އިތުރަށް ކިޔާލުމަށް

އަނެއްކާވެސް ހިތާމަވެރި ހާދިސާއެއް ހިގަންދެން!

ސުވާލަކީ ގަވައިދުން ގަރާޖުތަކާއި ގުދަންތައް ބަލާ ފާސްކުރުމުގެ ޒިންމާ ނަގަން ޖެހޭ ހަމަ އެއްވެސް ބަޔަކު ނެތީތޯއެވެ. ކޮންމެ ފަހަރަކުވެސް ތެޅިގަންނަނަން ޖެހެނީ ބޮޑު ހާދިސާއެއް ހިނގީމަތޯއެވެ. ހައްލެއްގެ ގޮތުގައި ފަށާ އެއްވެސް ކަމެއް ކޮޅެއްގައި ނުޖެހި ނިމެނީ ކީއްވެތޯއެވެ

<- އިތުރަށް ކިޔާލުމަށް