މެޑިކަލް ނެގްލިޖެންސް އަށް ފަރުވާއެއް

ސިއްޙީ ޙިދުމަތްތެރިންނަކީ އަޅުގަނޑުމެންގެ ޝުކުރު ހައްޤު ބައެކެވެ. އުފުލަނީ ނުހަނު ބޮނޑު ޒިންމާއެކެވެ. ވަރުބަލި ކަމެއް ނެތި، ފޫހިވުމެއް ނެތި، ޚިދުމަތް ކުރާ ހިތުން އެކަމަށް ނުކުމެ ތިބި ޚިދުމަތްތެރިންނަށް، އެކުރާ މަސައްކަތަތައް ހައްޤު ސާބަހާއި ޝުކުރު އަދާކުރަމެވެ. ނަމަވެސް މިއަދު ފާހަގަ ކުރަން މި އުޅެނީ މި ޒިންމާ އެންމެ ފުރިހަމަ އަށް އަދާ ކުރާ ފަރާތްތަކުގެ ވާހަކައެއް ނޫނެވެ. ސަމާލުކަމަށް ގެންނަން މި އުޅެނީ، ބައެއް ސިއްހީ ޚިދުމަތްތެރިންގެ، ޒިންމާދާރުކަން ކުޑަވުމުގެ ސަބަބުން އަދި ފަރުވާ ކުޑަކުރުމުގެ ސަބަބުން، އެތައް އާއިލާއަކަށް ކުރިމަތިވެފައިވާ ހިތާމައާއި ހިތްދަތިކަމުގެ ވާހަކައެވެ

އާއިލާއެއް ބަލަހައްޓަމުން ދިޔަ ބައްޕައަކަށް ނުބައި އިންޖެކްޝަނެއް ދިނުމުގެ ސަބަބުން، އަބިމީހާ ކަރުއަޅާ ރުއި ރުއިމާއި، ދަރިން ބިކަވެ އެކުދިންގެ އުޖާލާ ދިރިއުޅުމަށް އައި ބަނަކަމުގެ ވާހަކައެވެ. ދަރިފުޅު ދެކިލާހިތުން ކެތް މަދުވެފައިވާ މައިމީހާއަށް އެކަށީގެންވާ ފަރުވާ ނުދެވި، ވިހެއުމުގެ ތެރޭގައި އެ ދަރިފުޅުގެ ހިނިތުންވުމާއި ރުއިމުގެ އަޑު އަހާލަން ނުލިބި، ދުނިޔެއާއި އަލްވަދާއު ކިޔަން ޖެހުނު މައިންގެ ވާހަކައެވެ. ބައްޕަ ނެތްތާއިގައި ބައްޕައެއް ފަދައިން، މަންމަ އެއް ނެތްތާގައި މައެއް ފަދައިން، ލޯބިން އަޅާލަމުން ދިޔަ ދައްތަ ނުވަތަ ބޭބެ ވޭނުގައި އޮތް އިރު ފަރުވާ ނުދީ ލަސްކުރުމުގެ ސަބަބަން މުޅި އުމުރަށް ލޯ މަތިން ގެއްލިގެން ދިޔަ ވާހަކައެވެ. ހިނިތުންވެ ސަކަރާތްޖަހާ އެކު އުޅުނު ރަހްމަތްތެރިޔާ އަށް ނުބައި ބޭހެއް ދިނުމުގެ ސަބަބުން މުޅި އުމުރު ނުކުޅެދޭ މީހަކަށްވެ އެ ހިނިތުންވުން އެކީ ގެއްލިގެން ދިޔަގޮތުގެ ވާހަކައެވެ

މިފަދަ އެތައް ހާދިސާއެއް އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމައުގައި ހިނގާފިއެވެ. ހިނގަމުން އެބަދެއެވެ. އަދި ހިނގާ މިންވަރު އަންނަނީ އިތުރުވަމުންނެވެ. ސަބަބަކީ ޒިންމާދާރުކަން ކުޑަކޮށް ކަންތައްކުރާ، އަދި ފަރުވާކުޑަކޮށްލާ ފަރާތްތަކާއި މެދު އެޅޭނެ އެކަށީގެންވާ އެއްވެސް ފިޔަވަޅެއް ނެތުމެވެ. އަތް މަތި ދަތި އާއިލާއެއް ނަމަ، ކަރުނައަޅާ ރޯލާފައި ފުއްދާލަނީއެވެ. ކިރިއާވެސް އަތުގައި އެއްޗެސް އޮތްނަމަ ބައެއް އާއިލާތަކުން ކޯޓަށް މައްސަލަ ހުށަހަޅައެވެ. ވަކީލުންނަށް އެތައް ފައިސާއެއްދީ، ކޯޓުތަކުގައި އެތައް އަހަރެއް މައްސަލަ އޮތުމަށްފަހު އެދެވޭ އެއްވެސް ނަޖީއެއް ގިނަ ފަހަރު ނުނިކުމެވެ

ދުނިޔޭގެ ތަހްޒީބުވެފައިވާ ޤައުމުތަކުގައި، ނިކަމެތިންނަށް އޮތް ރައްކަލެއްކެ ގޮތުގައި އަދި ފަރުވާކުޑަކޮށްފާނެ ފަރާތްތައް ޒިންމާދާރު ކުރުވުމުގެ މަޤްސަދުގައި ސިއްޙީ ޚިދުމަތް ދިނުމުގައި ފަރުވާކުޑަކުރުމާއި ގުޅޭ ޤާނޫނުތައް ހުރެއެވެ. މެޑިކަލް ނެގްލިޖެންސް ބިލެއް މަޖިލީހުން ފާސް ކޮށްގެން އަޅުގަނޑުމެނަށްވެސް މިމަގަށް ފަޔަވަޅެއް އެޅިދާނެއެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން ހުރިހާކަމެއް ރަނގަޅު ނުވިއެއްކަމަކު އަޅުގަނޑުމެނަށް ކުރެވުނު ވަރެއް ކުރަން އެބަޖެހެއެވެ. އަޅުގަނޑުމެންގެ މަސައްކަތަކަށް ވާނީ މިފަދަ ޚާދިސާތަކުގެ ރިޕޯޓުތަކެއް އެއްކޮށް، ޕެޓިޝަނަކާއި އެކު މަޖިލީހަށް ހުށަހެޅުމެވެ. މިކަމުގައި ބޭނުންވަނީ ތިޔަ ބޭފުޅުންގެ އެއްބާރުލުމެވެ. މިފަދަ ހާދިސާތަކުގެ ޙަބަރުތައް އަޅުގަނޑުމަނަށް ފޮނުވައިދެއްވާށެވެ. ޕެޓިޝަނަށް ސޮއި ހޯދަން އެހީވެދޭށެވެ

Leave a Comment

Your email address will not be published. Required fields are marked *

ކޮޅިގަނޑު މެދުން ފަޅުވެރިން ބަދަލުކުރުން

ޤައުމަކާއި ނަވެއް އަޅާކިޔާނަމަ، ރައީސް އަކީ ކައްޕިއެވެ. ވަޒީރުންނަކީ ފަޅުވެރިންނެވެ. ކޮންމެ ފަޅުވެރިއަކާއި ވަކި ކަމެއް ހަވާލުކުރެވިފައިވާނެއެވެ. ފަޅުވެރިންގެ ދަށުން އެހީތެރިންވެސް ތިބޭނެއެވެ. އެއްވެސް އުސޫލެއް ހައްދެއް ނެތި އެހީތެރިން އޮޑިއަށް އޮއްސާލުމަކީ ހަމަޖެހޭ ކައްޕިއެއް ކުރާނެކަމެއް ނޫނެވެ. އަދި އެހެންމެ ގަދަ ކޮޅިގަނޑެއްގައި ފަޅުވެރިން ބަދަލުކުރާކަށްވެސް ކައްޕިއެއް ނޫޅޭނެއެވެ

<- އިތުރަށް ކިޔާލުމަށް

މަޖިލިސް ޖަލްސާއެއް ނުބާއްވާތާ މަސް ދުވަސް، އެކަމަކު ހަރަދު ކުޑަ ކުރަން ފަށަނީ ނިކަމެތިންގެ ވަޒީފާގަނޑުން

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ 5 ފެބްރުއަރީގައެވެ. މިހާތަނަށް ބާއްވާފައި ވަނީ އެންމެ 5 ޖަލްސާއެވެ. މެއި މަހު 15 ވަނަ ދުވަހު، މި އަހަރުގެ ފުރަތަމަ ދައުރު ހަަމަވެ އަނެއްކާވެސް މެމްބަރުން ދާނީ މަސް ދުވަހުގެ ޗުއްޓީއަކަށެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ދައުރުގެ ތެރޭގައި ބާއްވަން ޖެހެނީ ހަފްތާއަކު މަދުވެގެން ތިން ޖަލްސާއެވެ. މިވަރުވެސް ކޮށްނުލެވި މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ

<- އިތުރަށް ކިޔާލުމަށް

ވަކި ކުލައަކަށް ނޫނެވެ. މިއީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ

ރައްޔިތުން މި ނަގައިދިން ފިލާވަޅު ދަސްނުވެއްޖެނަމަ ދެންވެސް އޮތީ ހިތި ނަތީޖާއެވެ. އަބަދަކު އާރާއި ބާރަކު ނުތިބެވޭނެއެވެ. ދެންވެސް ކާމިޔާބު އޮތީ ރައްޔިތުންނަށެވެ. ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް، ރައްޔިތުންގެ ޙިދުމަތަށް ރުޖޫއަވާށެވެ

<- އިތުރަށް ކިޔާލުމަށް

ގަރުދިޔަ އާއި ބަތާ ކާންބުނެފި، އާސަންދަ ކަނޑާލަން ޖެހިދާނެ ކަމަށް ބުނެފި، އެކަމަކު މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަން ދެކޮޅު

މި ހާލަތުގައި އިންތިހާބު ނިމޭ ގޮތަށް ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާނެކަން ކަށަވަރެވެ. ރައްޔިތު މީހާ އަށް ގަރުދިޔަ އާއި ބަތާ ކާން މަޖުބޫރު ކުރުވާނެ ފިޔަވަޅުތަކެވެ. ވެރިން އުޅޭނީ ހަމަޖެހިގެނެވެ. އެމީހުން ތިބީ ފުދިގެނެވެ. ހަރަދު ކުޑަކުރަންވެސް މަޖިލިސް މެމްބަރުންނާއި ސިޔާސީންނަށް މިކުރާ ހަރަދު ކުޑަކުރުމުގެ ވިސްނުމެއް ނެތް

<- އިތުރަށް ކިޔާލުމަށް

އަނެއްކާވެސް ހިތާމަވެރި ހާދިސާއެއް ހިގަންދެން!

ސުވާލަކީ ގަވައިދުން ގަރާޖުތަކާއި ގުދަންތައް ބަލާ ފާސްކުރުމުގެ ޒިންމާ ނަގަން ޖެހޭ ހަމަ އެއްވެސް ބަޔަކު ނެތީތޯއެވެ. ކޮންމެ ފަހަރަކުވެސް ތެޅިގަންނަނަން ޖެހެނީ ބޮޑު ހާދިސާއެއް ހިނގީމަތޯއެވެ. ހައްލެއްގެ ގޮތުގައި ފަށާ އެއްވެސް ކަމެއް ކޮޅެއްގައި ނުޖެހި ނިމެނީ ކީއްވެތޯއެވެ

<- އިތުރަށް ކިޔާލުމަށް