މި ދައުރުގެ މައި އިދިކޮޅު ޕާޓީއަކަށް ވާނީ؟

އެމް.ޑީ.ޕީއަކީ އިދިކޮޅު ޕާޓީގެ ގޮތުގައި ދިވެހިންގެ މެދުގައި އެންމެ މަޤުބޫލު ޕާޓީއެވެ. ދިމަކުރާތީ ނިޒާމު ދިވެހި ގޮނޑުދޮށަށް ބީއްސާލުމުގެ ކުރިން، ރައީސް މައުމޫނުގެ ވެރިކަމަށް ގޮންޖަހާލައި، އެމް.ޑީ.ޕީގެ ބާނީން މަސައްކަތްކުރި ހިސާބުން ފެށިގެންނެވެ. ނަމަވެސް އެމް.ޑީ.ޕީގެ ފުރަތަމަ ވެރިކަން ހިފަހައްޓާލެވުނީ ތިން އަހަރަށެވެ. އެއަށްފަހު އަނެއްކާވެސް ވެރިކަން ފުރޮޅާލީ އޭރުގެ އިދިކޮޅު ފިކުރަށެވެ. ރައީސް ޔާމީންގެ ވެރިކަމުގެ ފުރަތަމަ ދައުރު ފުރިހަމަ ކުރެއްވީ ފިކުރެއްގެ ބިންގާ އަޅުއްވާފައެވެ. އެ ފިކުރާއިއެކު ޕީ.ޕީ.އެމް / ޕީ.އެންސީ އިދިކޮޅު ޕާޓީގެ ގޮތުގައި އޮވެ ހަރަކާތްތެރިވި ގޮތްވެސް ރައްޔިތުންނަށް ފެނިއްޖެއެވެ. އެމް.ޑީ.ޕީ އާއި ހާސްބައި ތަފާތެވެ. މިއަދު އަނެއްކާވެސް ޕީ.ޕީ.އެމް / ޕީ.އެން.ސީ އޮތީ ވެރިކަމުގައެވެ. އެމް.ޑީ.ޕީ އޮތީ އިދިކޮޅުގައެވެ. ނަމަވެސް މަންޒަރު ވަރަށް ތަފާތެވެ. ދެ ފިކުރުންވެސް، އެ ފިކުރެއްގެ ބާނީންކަމުގައި ގިނަ ބަޔަކު ޤަބޫލުކުރާ ލީޑަރުން ވަނީ އެކަހެރިކޮށްފައެވެ.

ކުޅަދާނަ އިދިކޮޅު ޕާޓީއެއް އޮތުމީ، ދިމަކުރާތީ ނިޒާމު އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުވުމުގެ އެއް އަސާސެވެ. އެއްލާ ކަޅިން، އެމް.ޑީ.ޕީ ވެގެން ދާނީ މި ފަސް އަހަރުގެ މައި އިދިކޮޅު ޕާޓީކަމުގައި ބެލެވިދާނެއެވެ. ރައީސް ސޯލިހް ވަގުތީ ގޮތުން ޕާޓީގެ ރައީސްގެ ހައިސިއްޔަތު ފުރުއްވަމުން ގެންދެވިނަމަވެސް، އެ މަޤާމަށް ކުރީގެ ދާހިލީ ވަޒީރު ޝާހިދުއާއި، އިޤްތިޞާދީ ވަޒީރު ފައްޔާޒު ފިނި ހަނގުރާމައެއް ކުރައްވާ ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. ޕާޓީގެ އެތެރެ އޮތް ބަލިކަށިކަން ހާމަވަނީ ވެރިކަމުގައި އޮތް ޕާޓީއިން ރަން ރީނދޫ ގަސް ހިލުވާލާއިރަށް، އެމް.ޑީ.ޕީގެ މަޖިލިސް މެމްބަރުން ލުހިގެން ސަރުކާރު ފަޅިއަށް އަންނާތީއެވެ. ދާދި ފަހުން މާލެ ސިޓީ ކައުންސިލްގެ ހުސްވެފައިވާ މެދުހެންވޭރު ގޮނޑިއަށް އެމް.ޑީ.ޕީގެ ޓިކެޓުގައި ހޮވުނު ފަރާތް ހުވާ ނުކުރެވެނީސް ސަރުކާރު ކޮޅަށް ބަދަލުވެއްޖެއެވެ. މާނައަކީ ޕާޓީ ތެރޭގައި ބޮޑެތި އިންތިހާބީ މަޤާމުތަށް ފުރުއްވާ ބޭފުޅުން ހިފެހެއްޓުމުގެ ޤާބިލުކަމެއް ޕާޓީގެ ލީޑަރޝިޕުގައި ނެތްކަމެވެ. އަދި ޕާޓީއަށް ވަފާތެރިވާނެ މީހުން ދެނެގަތުމުގައިވެސް ޕާޓީ ފެއިލްވެފައިވުމެވެ. ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެމް.ޑީ.ޕީއަށް މެޖޯރިޓީއެއް ނެގިދާނެ ކަމާއި މެދު ޝައްކެވެ. މިހުރިހައި ކަމަކާއިއެކު އެމް.ޑީ.ޕީ އިން އިދިކޮޅު ޕާޓީގެ ގޮތުގައި މާޒީގައި އެދެއްކި ހިތްވަރު ދެއްކިދާނެ ކަމާއިމެދު ޝައްކެވެ. ޑިމޮކްރެޓްސްއާއި އެކީ މަސައްކަތް ކުރަން ބަލާއިރު ދެ ޕާޓީގެ އާންމު މެމްބަރުން ތިބީ އެއް ކޮފީ މޭޒަކަށް އެރޭވަރަށްވުރެ އަދި ދުރުކޮށެވެ.

ޑިމޮކްރެޓްސް ވަކިން އިދިކޮޅު ޕާޓީގެ ދައުރު އަދާކުރަން ބަލާއިރު އަދި އެ ޕާޓީ މާ ކުޑައެވެ. އެމް.ޑީ.ޕީގެ ތެރޭގައި އޮތް އެންމެ އަޑުގަދަ ފެކްޝަން އުފުރިގެން ދިއުމުން، އަސްލު ސައިޒަށްވުރެ އަޑުގަދަ ކަމުން، އިންތިހާބުތަކުގައި ކެމްޕެއިންކުރާއިރު ވަރަށް ބޮޑުކަމަށް ފެނިދާނެއެވެ. ނަމަވެސް ނަތީޖާ އިއުލާނު ކުރާއިރު އަސްލު މަންޒަރު ސާފުވާނެވެ. ރައީސް ނަޝީދު ޕާޓީ ދިރުވަން އިސްވެ މަސައްކަތް ފެށުމުން ނޫނީ ޑިމޮކްރެޓްސް ކުރިއަރާތަނެއް ނުފެނެއެވެ. އެވަރުގެ ލީޑަރޝިޕެއް ނެތެވެ. އެމް.އެން.ޕީ އަދި އެމް.ޑީ.އޭ އަކީ ނެތް ޕާޓީތަކެއް ފަދައެވެ. އެއިރަކު އޮންނަ ސަރުކާރެއްގެ ތައްޕާހުން އުޅޭ ބައެކެވެ. ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރަނގަޅު ނަތީޖާއެއް ނެރެވުނު ނަމަ ޖުމްހޫރީ ޕާޓީއަކީ ކުރިމަގެއް އޮތް ޕާޓީއެއް ކަމުގައި ދެކެވުނީހެވެ. ނަމަވެސް އެހެން ޕާޓީތަކުން އުކާލި ކުނިބުނި އެއްކޮށްގެން، ރަނގަޅު މަގު ޗާޓެއްނެތި ކުރި މަސައްކަތުން ނުކުތީ ލަދުވެތި ނަތީޖާއެކެވެ. އައު ލީޑަރޝިޕެއް ނާންނަހާ ހިނދަކު ޖޭޕީއަަކަށް އިދިކޮޅު ޕާޓީއެއްގެ ދައުރު އަދައެއް ނުކުރެވޭނެއެވެ.

ދެން އޮތީ ރައީސް ޔާމީންގެ ޕީ.އެން.އެފް އެވެ. ޕާޓީ އަދި ރެޖިސްޓަރ ނުކުރެވުނަސް މިހާރުވެސް ޑިމޮކްރެޓްސް އަށް ވަކި ދުލެއް ނުކުރާނެއެވެ. މިހާރުވެސް އިންތިހާބުތަކުގައި ވާދަކުރަން ފަށައިފިއެވެ. މަޖިލިސް އިންތިހާބަށް ވަރަށް ވަރުގަދައަށް އެބަ ތައްޔާރުވެއެވެ. މެމްބަރޝިޕް އިތުރުކުރުމުގެ މަސައްކަތްވެސް ކުރިއަށް ދެއެވެ. ނަމަވެސް ވޭތުވި ފަސް އަހަރު ޕީ.ޕީ.އެމް އަށް ކުރިމަތިވި އެންމެ ބޮޑު ހުރަސް މިވަގުތު އޮތީ ޕީ.އެން.އެފް އަށެވެ. އެއީ ޕާޓީގެ ލީޑަރު ކަސްތަޅު އަޅުވާފައި ހުރުމެވެ. މީގެ އިތުރުން “ލީޑަރޝިޕް” ގެ ގޮތުގައި ވެސް އާންމުން ބަލައިގަންނަ ވަރުގެ މޫނުތަކެއް ނުފެނެއެވެ. އޮތްގޮތަކީ އައު ލީޑަރުން ބިނާކުރުން ނޫނީ ލޮޓި ދީފައި ދިޔަ ޑީލަރުން އަނެއްކާވެސް ލީޑަރުންގެ ގޮތުގައި ޕާޓީއަށް ގެނައުމެވެ. ރައީސް ޔާމީނާއި ނުލާ ސަރުކާރު ހިންގާ ޕާޓީއަށް އިންތިހާބުތައް ނަގާ ސަރުކާރު ހިންގަން ދަތިވިޔަސް، ފައިސާއަށް ވިކޭ މެޖޯރިޓީއެއް އޮތް ޤައުމެއްގައި އަދި އެއީކީ މުޅިން ސަރުކާރު ހުއްޓުން އަރާވަރުގެ ޗެލެންޖަކަށް ނުވާނެއެވެ. ދެން އޮތީ ރައީސް ޔާމީންގެ ކޯޓު މަރުހަލާތައް ފުރިހަމަވެ މިނިވެންވަޑައިގަތުމަށް ކުރެވޭ އިންތިޒާރެވެ. ރައީސް ޔާމީން މިނިވަން ވެއްޖެނަމަ ސަރުކާރަށް ލޮޅުން އަރާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

މިއީ އަޅުގަނޑަށް ފެންނަ މަންޒަރެވެ. އަޅުގަނޑުގެ ހިޔާލެވެ. މި މަންޒަރުން އަޅުގަނޑަކަށް އަދި ވަރުގަދަ އިދިކޮޅު ޕާޓީއެއް ނުފެނެއެވެ. އެވަރުގެ ޕާޓީއެއް ފާޅުވާން އަދި އަހަރެއް ދެއަހަރެއް ވަރު ނަގާފާނެއެވެ. ތިޔަބޭޅުންގެ ނަޒަރުގައި މި ދައުރުގެ މައި އިދިކޮޅު ޕާޓީއަކަށް ވާނީ ކޮން ޕާޓީއެއްތޯ؟

Leave a Comment

Your email address will not be published. Required fields are marked *

ކޮޅިގަނޑު މެދުން ފަޅުވެރިން ބަދަލުކުރުން

ޤައުމަކާއި ނަވެއް އަޅާކިޔާނަމަ، ރައީސް އަކީ ކައްޕިއެވެ. ވަޒީރުންނަކީ ފަޅުވެރިންނެވެ. ކޮންމެ ފަޅުވެރިއަކާއި ވަކި ކަމެއް ހަވާލުކުރެވިފައިވާނެއެވެ. ފަޅުވެރިންގެ ދަށުން އެހީތެރިންވެސް ތިބޭނެއެވެ. އެއްވެސް އުސޫލެއް ހައްދެއް ނެތި އެހީތެރިން އޮޑިއަށް އޮއްސާލުމަކީ ހަމަޖެހޭ ކައްޕިއެއް ކުރާނެކަމެއް ނޫނެވެ. އަދި އެހެންމެ ގަދަ ކޮޅިގަނޑެއްގައި ފަޅުވެރިން ބަދަލުކުރާކަށްވެސް ކައްޕިއެއް ނޫޅޭނެއެވެ

<- އިތުރަށް ކިޔާލުމަށް

މަޖިލިސް ޖަލްސާއެއް ނުބާއްވާތާ މަސް ދުވަސް، އެކަމަކު ހަރަދު ކުޑަ ކުރަން ފަށަނީ ނިކަމެތިންގެ ވަޒީފާގަނޑުން

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ 5 ފެބްރުއަރީގައެވެ. މިހާތަނަށް ބާއްވާފައި ވަނީ އެންމެ 5 ޖަލްސާއެވެ. މެއި މަހު 15 ވަނަ ދުވަހު، މި އަހަރުގެ ފުރަތަމަ ދައުރު ހަަމަވެ އަނެއްކާވެސް މެމްބަރުން ދާނީ މަސް ދުވަހުގެ ޗުއްޓީއަކަށެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ދައުރުގެ ތެރޭގައި ބާއްވަން ޖެހެނީ ހަފްތާއަކު މަދުވެގެން ތިން ޖަލްސާއެވެ. މިވަރުވެސް ކޮށްނުލެވި މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ

<- އިތުރަށް ކިޔާލުމަށް

ވަކި ކުލައަކަށް ނޫނެވެ. މިއީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ

ރައްޔިތުން މި ނަގައިދިން ފިލާވަޅު ދަސްނުވެއްޖެނަމަ ދެންވެސް އޮތީ ހިތި ނަތީޖާއެވެ. އަބަދަކު އާރާއި ބާރަކު ނުތިބެވޭނެއެވެ. ދެންވެސް ކާމިޔާބު އޮތީ ރައްޔިތުންނަށެވެ. ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް، ރައްޔިތުންގެ ޙިދުމަތަށް ރުޖޫއަވާށެވެ

<- އިތުރަށް ކިޔާލުމަށް

ގަރުދިޔަ އާއި ބަތާ ކާންބުނެފި، އާސަންދަ ކަނޑާލަން ޖެހިދާނެ ކަމަށް ބުނެފި، އެކަމަކު މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަން ދެކޮޅު

މި ހާލަތުގައި އިންތިހާބު ނިމޭ ގޮތަށް ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާނެކަން ކަށަވަރެވެ. ރައްޔިތު މީހާ އަށް ގަރުދިޔަ އާއި ބަތާ ކާން މަޖުބޫރު ކުރުވާނެ ފިޔަވަޅުތަކެވެ. ވެރިން އުޅޭނީ ހަމަޖެހިގެނެވެ. އެމީހުން ތިބީ ފުދިގެނެވެ. ހަރަދު ކުޑަކުރަންވެސް މަޖިލިސް މެމްބަރުންނާއި ސިޔާސީންނަށް މިކުރާ ހަރަދު ކުޑަކުރުމުގެ ވިސްނުމެއް ނެތް

<- އިތުރަށް ކިޔާލުމަށް

އަނެއްކާވެސް ހިތާމަވެރި ހާދިސާއެއް ހިގަންދެން!

ސުވާލަކީ ގަވައިދުން ގަރާޖުތަކާއި ގުދަންތައް ބަލާ ފާސްކުރުމުގެ ޒިންމާ ނަގަން ޖެހޭ ހަމަ އެއްވެސް ބަޔަކު ނެތީތޯއެވެ. ކޮންމެ ފަހަރަކުވެސް ތެޅިގަންނަނަން ޖެހެނީ ބޮޑު ހާދިސާއެއް ހިނގީމަތޯއެވެ. ހައްލެއްގެ ގޮތުގައި ފަށާ އެއްވެސް ކަމެއް ކޮޅެއްގައި ނުޖެހި ނިމެނީ ކީއްވެތޯއެވެ

<- އިތުރަށް ކިޔާލުމަށް