ދެވޭނީ ކިހާވަރެއް؟

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި މެދު ޝަކުވާ ނުކުރާ އާންމު ރައްޔިތަކު މަދެވެ. ކޮރަޕްޝަނާއި ރިޝްވަތާއި ދެކޮޅަށް ޝަކުވާ ނުކުރާ ރައްޔިތަކު ނެތެވެ. ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ތަފާސްހިސާބުން ދައްކާގޮތުގައި 19 ވަނަ މަޖިލިސް އިންތިހާބުގައި ވޯޓުލީ އާބާދީގެ 60% މީހުން ރިޝްވަތު ނެގިއެވެ. އަޅުގަނޑުވެސް މިފަހަރު މަޖިލީހަށް ކުރިމަތިލާން ގަސްތުކުރީމެވެ. މަޖިލިސް މެމްބަރުންގެ މުސާރަ ކުނޑަކުރުމަށާއި، މެމްބަރުންގެ މުސާރަ ކަނޑައެޅުމުގެ ބާރު ދައުލަތުގެ އެހެން ބާރަކާއި ހަވާލުކުރުމާއި، ކޮމެޓީ އެލަވަންސް ކަނޑާލަން ވަކާލާތުކުރީމެވެ. މަޖިލީހަށް ކުރިމަތިލެވޭނެ ތައުލީމީ ފެންވަރު ކަނޑައަޅަން ވަކާލާތުކުރީމެވެ. މިއީ މަޖިލީހަށް ފާޑުކިޔަންވީމައި ވަރަށް ފޯރިއާއިއެކު ދައްކާ ވާހަކައެއް ނަމަވެސް ގިނަ ބަޔަކު އަސްލު ކަމާއި ޖެހުމުން މާބޮޑު ފަރުވާލެއް މިކަމަކަށް ނެތެވެ. ހޮސްޕިޓަލްތަކުގެ ފަރުވާ ކުނޑަކަމުން ހިނގާ ހިތާމަވެރި ހާދިސާތަށް މަދުކުރުމަަށް މެޑިކަލް ނެގްލިޖެންސްއާއި ގުޅޭ ޤާނޫނެއް ގެންނަން ވަކާލާތުކުރީމެވެ. ގިނަ މީހުން ބުނަނީ އެމީހުންނަށް ދިމާވި ކަމެއް ނޫންވީމައި މާ މުހިންމު ކަމެއްގެ ގޮތުގައި ނުދެކެވޭކަމުގައެވެ. ގިނަ މީހުން ބޭނުންވީ ތިމާގެ ގާތް ރަހްމަތްތެރިޔާ މަޖިލިސް ގޮނޑީގައި ބައިންދާށެވެ. އަމިއްލަ މަންފާއަކަށް ވިސްނާފައެވެ. އަނެއް ބަޔަކު އަހާލީ މިވަގުތު ދެވެން އޮތީ ކޮން އެހީއެއްތޯއެވެ.

ކަންމިހެން އޮތް އިރު، ރިޝްވަތު ނަގާފައި ގޮސް ސިޓިންގ ރޫމުގައި އިދެގެން ސިޔާސީ މީހުންގެ ކޮރަޕްޝަންގެ ވާހަކަ ދެއްކުމުގެ ބޭނުމަކީ ކޮބައިތޯއެވެ. އަމިއްލަ މަންފާއަށް ގޭދޮށު ސޮރު ހޮވާފައި، މެމްބަރުންގެ މުސާރައާއި ވެރިންގެ ޚަރަދުގެ ވާހަކަ ކޮފީ މޭޒުގައި ދެއްކުމުގެ ބޭނުމަކީ ކޮބައިތޯއެވެ. އާއިލާ މީހާ ހޮވާފައި، ރަނގަޅު ތައުލީ ޒުވާނުން ސިޔާސީ ދާއިރާއަށް ނުނިކުންނަ ވާހަކަ ކިޔުމުގެ ބޭނުމަކީ ކޮބައިތޯއެވެ. ސިޓިންގ ރޫމުގައި ތިބި އާއިލާ މީހުންނަށް އޮޅުވާލެވިދާނެއެވެ. ކޮފީ މޭޒުގައި ތިބި ރަހްމަތްތެރިން ހަނދާން ނެތިދާނެއެވެ. އެފަދަ މީހުންނަށް ހީވަނީ ހެއްދެވި ފަރާތަށްވެސް އެމީހުންގެ މުނާފިޤުކަން އޮޅުވާލެވޭނެކަމަށްބާވައެވެ. ބަހަނާއަކަށް ބުނަނީ އުޅެން ޖެހޭ ހާލުގެ ވާހަކައެވެ. ދުނިޔޭގައި މީހުން މާހަލުގައި އެބަ އުޅެއެވެ. ދެން ވިސްނާލާށެވެ. ފަލަސްތީނު ރައްޔިތުން އުޅެން އެ ޖެހޭ ހާލުގައި ގިނަ ދިވެހިން އުޅެން ޖެހިއްޖެނަމަ އަމިއްލަ މައިމީހާވެސް ވިއްކާލާކަށް ފަހެއްނުޖެހޭނެތާއެވެ.

ޤައުމުގެ އިޤްތިސާދުގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ކޮބައިތޯއެވެ. ސިޔާސީ މީހުންނަށް ފާޑުކިޔުމުގެ ބޭނުމެއް ކޮބައިތޯއެވެ. ބަހަނާއަކަށް ބުނަނީ އެއީ ސިޔާސީ ކަންކަން އޮންނަ ގޮތް ކަމުގައެވެ. އެ ޤައުމެއްގައި ސިޔާސީ ކަންކަން އޮންނަ ގޮތް ބައްޓަން ކުރާނީ އެ ބަޔަކު އަމިއްލައަށެވެ. ސިޔާސީ ކަންކަން އޮންނަންޖެހޭ ވަކި ގޮތެއް މަތިން ބާވާލައްވާފައި އޮތް ފޮތެއްގައި ލިޔެފައި އޮތީކީ ނޫނެވެ. ރައްޔިތުންގެ ތެރެއިން ގިނަ މީހުން، ދެވޭނީ ކިހާވަރެއްތޯ އަހާނަމަ އިހަށް ސިޔާސީ މީހުންގެ ވާހަކަ ނުދައްކަމާތޯއެވެ.

Leave a Comment

Your email address will not be published. Required fields are marked *

ކޮޅިގަނޑު މެދުން ފަޅުވެރިން ބަދަލުކުރުން

ޤައުމަކާއި ނަވެއް އަޅާކިޔާނަމަ، ރައީސް އަކީ ކައްޕިއެވެ. ވަޒީރުންނަކީ ފަޅުވެރިންނެވެ. ކޮންމެ ފަޅުވެރިއަކާއި ވަކި ކަމެއް ހަވާލުކުރެވިފައިވާނެއެވެ. ފަޅުވެރިންގެ ދަށުން އެހީތެރިންވެސް ތިބޭނެއެވެ. އެއްވެސް އުސޫލެއް ހައްދެއް ނެތި އެހީތެރިން އޮޑިއަށް އޮއްސާލުމަކީ ހަމަޖެހޭ ކައްޕިއެއް ކުރާނެކަމެއް ނޫނެވެ. އަދި އެހެންމެ ގަދަ ކޮޅިގަނޑެއްގައި ފަޅުވެރިން ބަދަލުކުރާކަށްވެސް ކައްޕިއެއް ނޫޅޭނެއެވެ

<- އިތުރަށް ކިޔާލުމަށް

މަޖިލިސް ޖަލްސާއެއް ނުބާއްވާތާ މަސް ދުވަސް، އެކަމަކު ހަރަދު ކުޑަ ކުރަން ފަށަނީ ނިކަމެތިންގެ ވަޒީފާގަނޑުން

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ 5 ފެބްރުއަރީގައެވެ. މިހާތަނަށް ބާއްވާފައި ވަނީ އެންމެ 5 ޖަލްސާއެވެ. މެއި މަހު 15 ވަނަ ދުވަހު، މި އަހަރުގެ ފުރަތަމަ ދައުރު ހަަމަވެ އަނެއްކާވެސް މެމްބަރުން ދާނީ މަސް ދުވަހުގެ ޗުއްޓީއަކަށެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ދައުރުގެ ތެރޭގައި ބާއްވަން ޖެހެނީ ހަފްތާއަކު މަދުވެގެން ތިން ޖަލްސާއެވެ. މިވަރުވެސް ކޮށްނުލެވި މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ

<- އިތުރަށް ކިޔާލުމަށް

ވަކި ކުލައަކަށް ނޫނެވެ. މިއީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ

ރައްޔިތުން މި ނަގައިދިން ފިލާވަޅު ދަސްނުވެއްޖެނަމަ ދެންވެސް އޮތީ ހިތި ނަތީޖާއެވެ. އަބަދަކު އާރާއި ބާރަކު ނުތިބެވޭނެއެވެ. ދެންވެސް ކާމިޔާބު އޮތީ ރައްޔިތުންނަށެވެ. ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް، ރައްޔިތުންގެ ޙިދުމަތަށް ރުޖޫއަވާށެވެ

<- އިތުރަށް ކިޔާލުމަށް

ގަރުދިޔަ އާއި ބަތާ ކާންބުނެފި، އާސަންދަ ކަނޑާލަން ޖެހިދާނެ ކަމަށް ބުނެފި، އެކަމަކު މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަން ދެކޮޅު

މި ހާލަތުގައި އިންތިހާބު ނިމޭ ގޮތަށް ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާނެކަން ކަށަވަރެވެ. ރައްޔިތު މީހާ އަށް ގަރުދިޔަ އާއި ބަތާ ކާން މަޖުބޫރު ކުރުވާނެ ފިޔަވަޅުތަކެވެ. ވެރިން އުޅޭނީ ހަމަޖެހިގެނެވެ. އެމީހުން ތިބީ ފުދިގެނެވެ. ހަރަދު ކުޑަކުރަންވެސް މަޖިލިސް މެމްބަރުންނާއި ސިޔާސީންނަށް މިކުރާ ހަރަދު ކުޑަކުރުމުގެ ވިސްނުމެއް ނެތް

<- އިތުރަށް ކިޔާލުމަށް

އަނެއްކާވެސް ހިތާމަވެރި ހާދިސާއެއް ހިގަންދެން!

ސުވާލަކީ ގަވައިދުން ގަރާޖުތަކާއި ގުދަންތައް ބަލާ ފާސްކުރުމުގެ ޒިންމާ ނަގަން ޖެހޭ ހަމަ އެއްވެސް ބަޔަކު ނެތީތޯއެވެ. ކޮންމެ ފަހަރަކުވެސް ތެޅިގަންނަނަން ޖެހެނީ ބޮޑު ހާދިސާއެއް ހިނގީމަތޯއެވެ. ހައްލެއްގެ ގޮތުގައި ފަށާ އެއްވެސް ކަމެއް ކޮޅެއްގައި ނުޖެހި ނިމެނީ ކީއްވެތޯއެވެ

<- އިތުރަށް ކިޔާލުމަށް