ޤައުމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ވޯޓަށް ބިރުން ޤާނޫނުތަކާއި ޤަވައިދުތައް ތަންފީޒު ކުރަން ނުކެރޭ ވެރިން

އެމް.ޑީ.ޕީއަށް އަލީ ވަހީދު ދޫކޮށްނުލެވިގެން އުޅެނީ، ޕީ.އެން.ސީއަށް އެ ޕާޓީ ނަމުގައި ވާދަކުރާ ބޮޑެތި ޑްރަގް ޑީލަރުން ދޫކޮށްނުލެވިގެން އުޅެނީ، ޕާޓީ ތަކުގެ ވެރިން ވޯޓު ގެއްލިދާނެ ގަންނަ ބިރަކާއި ހެދިއެވެ. ނުގަވައިދުން ޕާކު ކުރާ މީހުން، ލޭނުން ބޭރުން ދުއްވާމީހުން، ބާރު ދުވެލީގައި ދުއްވާ މީހުން، މަގުތަކަށް ކުނިއަޅާ މީހުން، އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން، އެކަން ތަކުރާރު ކުރަނީ ވޯޓަށް ބިރުން ޤައުމުގެ ވެރިން ހުރިހާ ކަމެއް މާފުކޮށްދޭތީއެވެ. ވައްކަންކުރާ މީހުން، މަގު ފޭރޭ މީހުން، މާރާމާރީ ހިންގާމީހުން، ބިޑި އެޅުވިޔަސް ހެވިލާފައި ތިބެނީ ވޯޓަކާއި ޖެހޭއިރަށް އެންމެން މިނިވަންވާނެކަން އެމީހުން ދަންނާތީއެވެ.

ޤައުމަށް ވަންނަހާ ޑޮލަރަކަށް މިވަނީ ކިހިނެތް؟

ރަނގަޅެވެ. ބޭރުގެ ލޯނުތައް ދައްކަން ޑޮލަރު ބޭނުންވާނެ ކަން ދަންނަމުއެވެ. ނަމަވެސް އެކަން އިނގިތިބެ، ޑޮލަރުން ގަތް ޑްރޯނުތައް ކޮބައިތޯއެވެ. ރަސްމާލެ ހިއްކަން އެންދިހާ ތެލެއް ކޮބައިތޯއެވެ. މިއީ ހުސް އިސްރާފެވެ. އޭގެ ބަދަލުގައި ފަހަށް ރައްކާކުރިނަމަ، ލޯނުތައް ދައްކައިފައިވެސް ރައްޔިތުންގެ ލިމިޓާއި ނުކުޅެ ފަރުޖެހުނީހެވެ

<- އިތުރަށް ކިޔާލުމަށް

ހިޔާލު ފާޅުކުރުން. ހައްދެއްނެތި ލިބެންޖެހޭ މިނިވަންކަމެއްތަ

އަދު ރާއްޖޭއަށް ދިމާވެފައިވާ މައްސަލަ އަކީ ހައްޤުތައް ނެތުމުގެ މައްސަލައެއް ނޫނެވެ. ހައްޤުތައް ލިބިދިނުމާއި ހައްޤުތައް ހިފެހެއްޓުމުގެ އިން ކަނޑައެޅުމުގެ މައްސަލައެވެ. މިަކަމަށް ހައްލު ހޯދޭނީ މެދުމިނުމުގެ ވިސްނުމެއް އިޙްތިޔާރުކޮށް މަޝްވަރާގެ މޭޒު ދޮށުންނެވެ

<- އިތުރަށް ކިޔާލުމަށް

ކޮޅިގަނޑު މެދުން ފަޅުވެރިން ބަދަލުކުރުން

ޤައުމަކާއި ނަވެއް އަޅާކިޔާނަމަ، ރައީސް އަކީ ކައްޕިއެވެ. ވަޒީރުންނަކީ ފަޅުވެރިންނެވެ. ކޮންމެ ފަޅުވެރިއަކާއި ވަކި ކަމެއް ހަވާލުކުރެވިފައިވާނެއެވެ. ފަޅުވެރިންގެ ދަށުން އެހީތެރިންވެސް ތިބޭނެއެވެ. އެއްވެސް އުސޫލެއް ހައްދެއް ނެތި އެހީތެރިން އޮޑިއަށް އޮއްސާލުމަކީ ހަމަޖެހޭ ކައްޕިއެއް ކުރާނެކަމެއް ނޫނެވެ. އަދި އެހެންމެ ގަދަ ކޮޅިގަނޑެއްގައި ފަޅުވެރިން ބަދަލުކުރާކަށްވެސް ކައްޕިއެއް ނޫޅޭނެއެވެ

<- އިތުރަށް ކިޔާލުމަށް

މަޖިލިސް ޖަލްސާއެއް ނުބާއްވާތާ މަސް ދުވަސް، އެކަމަކު ހަރަދު ކުޑަ ކުރަން ފަށަނީ ނިކަމެތިންގެ ވަޒީފާގަނޑުން

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ 5 ފެބްރުއަރީގައެވެ. މިހާތަނަށް ބާއްވާފައި ވަނީ އެންމެ 5 ޖަލްސާއެވެ. މެއި މަހު 15 ވަނަ ދުވަހު، މި އަހަރުގެ ފުރަތަމަ ދައުރު ހަަމަވެ އަނެއްކާވެސް މެމްބަރުން ދާނީ މަސް ދުވަހުގެ ޗުއްޓީއަކަށެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ދައުރުގެ ތެރޭގައި ބާއްވަން ޖެހެނީ ހަފްތާއަކު މަދުވެގެން ތިން ޖަލްސާއެވެ. މިވަރުވެސް ކޮށްނުލެވި މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ

<- އިތުރަށް ކިޔާލުމަށް

ވަކި ކުލައަކަށް ނޫނެވެ. މިއީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ

ރައްޔިތުން މި ނަގައިދިން ފިލާވަޅު ދަސްނުވެއްޖެނަމަ ދެންވެސް އޮތީ ހިތި ނަތީޖާއެވެ. އަބަދަކު އާރާއި ބާރަކު ނުތިބެވޭނެއެވެ. ދެންވެސް ކާމިޔާބު އޮތީ ރައްޔިތުންނަށެވެ. ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް، ރައްޔިތުންގެ ޙިދުމަތަށް ރުޖޫއަވާށެވެ

<- އިތުރަށް ކިޔާލުމަށް