ރޯދަމަސް ދެބައިވިރުވެސް ޔަހޫދީ ޕާސްޕޯޓު މަނާ ނުކުރެވުނު

ގާޒާގެ ރައްޔިތުން ތިބީ ކުޑަ ގޮޅިއަކަށް ލައި ކަސްތަޅުއަޅުވާފައެވެ. އަންހެނުންނާއި، ކުޑަކުދިންނާއި ބަލިމީހުންނާއިވެސް އެކުއެވެ. އެ ތަނަށް އެހީއާއި ކާބޯތަކެތި ހިފައިގެން ދާ ބަޔަކަށް ނުވަދެވެއެވެ. އެހީ ބަލާ އެތެރޭގައި ތިބި ބަޔަކަށް ބޭރަކަށް ނުނިކުމެވެއެވެ. މި ހާލަތުގައި ބަންދުކޮށްފައިވާ އެ ގޮޅިއަށް ޔަހޫދީން ދަނީ ބޮން އަޅަމުންނެވެ. މިއީ ނިރުބަވެރި އަމަލެކެވެ. ހަނގުރާމައެއް ނޫނެވެ. ފަލަސްތީނުގެ ރައްޔިތުންނަކަށް “ޑުއަލް ސިޓިޒަންޝިޕޭ” ކިޔާފައި، ޗުއްޓީ ހަދާލައި ރާޅާ އަރާކަށް ރާއްޖެއަކަށް ނާދެވެއެވެ. ދެން ޔަހޫދީ ނިރުބަވެރިންނަށް ދުނިޔެ މަތީގައިވާ ސުވަރުގެކަމަށް ސިފަކުރާ މަންޒިލަށް އާދެވެންވީ ވަކި ކީއްވެތޯއެވެ.

ދިވެހިން ވަރަށް ފޯރިއާއިއެކު އިންޑިއާ ފަތުރުވެރިން ނަޔަސް ހެޔޮކަމުގައި ބުނެއެވެ. އިންޑިއާއިން ހަނޑޫ، ހަކުރު، ފުށް ނުދިނަސް ބަނޑަށް ނުޖެހޭނެކަމުގައި ބުނެއެވެ. ރިޒްޤު ދެއްވަނީ އިންޑިއާ އަކުން ނޫނޭ ބުނެއެވެ. އެހެން ގޮތްގޮތް ދިވެހިންނަށް ހޯދޭނެ ކަމުގައި ބުނެއެވެ. ޤައުމީ ޖަޒުބާތުގައެވެ. ދެން ޔަހޫދީ ނިރުބަވެރިންގެ ޕާސްޕޯޓު މި ބޯޑަރު ހުރަސްކުރުން މަނާނުކުރެވިގެން މި އުޅެނީ ކީއްވެގެންތޯއެވެ. ރިޒްޤު ދެއްވަނީ ޔަހޫދީންތޯއެވެ.

ދިވެހިރާއްޖޭއަކީ ޑްރޯނެއް ގަތަސް، ފަލަސްތީނު މިނިވަންކުރަން ދެވޭފަދަ ޤާބިލުކަމެއް މިއިން ޒަމާނަކު ލިބޭނެވަރުގެ ޤައުމެއް ނޫނެވެ. މި އުޅެނީ އަމިއްލަ ކަނޑު ބަލަހައްޓާނީ އަމިއްލައަށޭ ކިޔާއިރު، މިތާ ތިބި ޖުމްލަ އިންޑީއާ ސިފައިންގެ އަދަދުވެސް ނޭގިގެނެވެ. އެއްވަނަ ބެޗު ގޮސްފިއޭ، ދެވަނަ ބެޗު ހެދުން ބަދަލުކޮށްގެން އައިސްފިއޭ ކިޔާއިރު، އިންޑިއާ އާއިއެކު ކުރެވޭ މަޝްވަރާތަކުގައި އެމީހުން އާހޫން ލެއްވިޔަސް، ތިބީ ކިހާ ބައެއްކަން ނޭގޭނަމަ، އެ ދިޔައީ އަދި އެއް ޕަސެންޓް މީހުންތޯވެސް ނޭގޭ ހާލުގައި އޮތް ޤައުމެކެވެ. ކޭ.އެފް.ސީ އާއި ޔަހޫދީންނަށް ވާގިވެރިވާ އެކި ބްރޭންޑްތައް ބޮއިކުރުމުގައި ދިވެހިން ވަނީ ނުކުޅެދިފައެވެ. އެ ވިޔަފާރިތައް މި ރޯދަމަހުވެސް އެކި ޕްރޮމޯޝަންތައް އަޅުވާލާފައި އެ ދަނީ ކުރިއަށެވެ. ޖަޒުބާތުގައި ޖެހިގެން ފެށި ޕެޓިޝަނާއި، ސައިކަލް ބުރުތައް އެއް ބަޔަކަށް ސިޔާސީވެ އަނެއް ބަޔަކަށް ވީ ބޮޑު ވިޔަފާރިއަކަށެވެ. މަގުމަތީ ބާޒާރުތަކާއި މިއުޒިކް ޝޯތައް ބާއްވާ އެކަމުގައިވެސް ދިޔައީ ހައްދުފަހަނައަޅައެވެ. އެހެންކަމުން މިކަން ހަމަ އެކަނި ސިޔާސީ ވެރިންގެ ބޮލަށް ކަނޑާލައިގެން ތިބެވޭކަށްވެސް ނެތެވެ.

ޔަހޫދީންގެ ޕާސްޕޯޓު މަނާ ކުރުމީ މިވަގުތު މި ޤައުމަށް ކުރެވެން ހުރި މަދު ކަންކަމުގެ ތެރެއިން އެއްކަމެވެ. އެކަން ކުރަން ވަކި ޕާޓީއެއް ބެލުމެއް ނެތި ވެރިންނަށް ޕްރެޝަރ ކުރައްވާށެވެ. މަޖިލީހުން އެއޮތީ ޤަރާރު ފާސްކޮށް ރައީސް އޮފީހަށް ފޮނުވާފައެވެ. މި ބަރަކާތްތެރި މަހު އެކަން ރައީސް ލައްވާ ކުރެވިއްޖެނަމަ އެއީ ފަލަސްތީނުގެ މުޖާހިދުންނަށް ދެވޭނެ ހިތްވަރުގެ މެސެޖެކެވެ. ޔަހޫދީންނަށް އެމީހުން ދަނީ އެކަނިވެރިވަމުންކަން ދައްކުވައިދޭނެ މެސެޖެކެވެ. މުސްލިމް އެހެން ޤައުމުތަކަށްވެސް ދިވެހިން އޮތީ ވަރުގަދައަށް ފަލަސްތީނާއި އެކުކަމަށް ދެވޭ މެސެޖެކެވެ.

ކޮޅިގަނޑު މެދުން ފަޅުވެރިން ބަދަލުކުރުން

ޤައުމަކާއި ނަވެއް އަޅާކިޔާނަމަ، ރައީސް އަކީ ކައްޕިއެވެ. ވަޒީރުންނަކީ ފަޅުވެރިންނެވެ. ކޮންމެ ފަޅުވެރިއަކާއި ވަކި ކަމެއް ހަވާލުކުރެވިފައިވާނެއެވެ. ފަޅުވެރިންގެ ދަށުން އެހީތެރިންވެސް ތިބޭނެއެވެ. އެއްވެސް އުސޫލެއް ހައްދެއް ނެތި އެހީތެރިން އޮޑިއަށް އޮއްސާލުމަކީ ހަމަޖެހޭ ކައްޕިއެއް ކުރާނެކަމެއް ނޫނެވެ. އަދި އެހެންމެ ގަދަ ކޮޅިގަނޑެއްގައި ފަޅުވެރިން ބަދަލުކުރާކަށްވެސް ކައްޕިއެއް ނޫޅޭނެއެވެ

<- އިތުރަށް ކިޔާލުމަށް

މަޖިލިސް ޖަލްސާއެއް ނުބާއްވާތާ މަސް ދުވަސް، އެކަމަކު ހަރަދު ކުޑަ ކުރަން ފަށަނީ ނިކަމެތިންގެ ވަޒީފާގަނޑުން

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ 5 ފެބްރުއަރީގައެވެ. މިހާތަނަށް ބާއްވާފައި ވަނީ އެންމެ 5 ޖަލްސާއެވެ. މެއި މަހު 15 ވަނަ ދުވަހު، މި އަހަރުގެ ފުރަތަމަ ދައުރު ހަަމަވެ އަނެއްކާވެސް މެމްބަރުން ދާނީ މަސް ދުވަހުގެ ޗުއްޓީއަކަށެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ދައުރުގެ ތެރޭގައި ބާއްވަން ޖެހެނީ ހަފްތާއަކު މަދުވެގެން ތިން ޖަލްސާއެވެ. މިވަރުވެސް ކޮށްނުލެވި މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ

<- އިތުރަށް ކިޔާލުމަށް

ވަކި ކުލައަކަށް ނޫނެވެ. މިއީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ

ރައްޔިތުން މި ނަގައިދިން ފިލާވަޅު ދަސްނުވެއްޖެނަމަ ދެންވެސް އޮތީ ހިތި ނަތީޖާއެވެ. އަބަދަކު އާރާއި ބާރަކު ނުތިބެވޭނެއެވެ. ދެންވެސް ކާމިޔާބު އޮތީ ރައްޔިތުންނަށެވެ. ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް، ރައްޔިތުންގެ ޙިދުމަތަށް ރުޖޫއަވާށެވެ

<- އިތުރަށް ކިޔާލުމަށް

ގަރުދިޔަ އާއި ބަތާ ކާންބުނެފި، އާސަންދަ ކަނޑާލަން ޖެހިދާނެ ކަމަށް ބުނެފި، އެކަމަކު މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަން ދެކޮޅު

މި ހާލަތުގައި އިންތިހާބު ނިމޭ ގޮތަށް ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާނެކަން ކަށަވަރެވެ. ރައްޔިތު މީހާ އަށް ގަރުދިޔަ އާއި ބަތާ ކާން މަޖުބޫރު ކުރުވާނެ ފިޔަވަޅުތަކެވެ. ވެރިން އުޅޭނީ ހަމަޖެހިގެނެވެ. އެމީހުން ތިބީ ފުދިގެނެވެ. ހަރަދު ކުޑަކުރަންވެސް މަޖިލިސް މެމްބަރުންނާއި ސިޔާސީންނަށް މިކުރާ ހަރަދު ކުޑަކުރުމުގެ ވިސްނުމެއް ނެތް

<- އިތުރަށް ކިޔާލުމަށް

އަނެއްކާވެސް ހިތާމަވެރި ހާދިސާއެއް ހިގަންދެން!

ސުވާލަކީ ގަވައިދުން ގަރާޖުތަކާއި ގުދަންތައް ބަލާ ފާސްކުރުމުގެ ޒިންމާ ނަގަން ޖެހޭ ހަމަ އެއްވެސް ބަޔަކު ނެތީތޯއެވެ. ކޮންމެ ފަހަރަކުވެސް ތެޅިގަންނަނަން ޖެހެނީ ބޮޑު ހާދިސާއެއް ހިނގީމަތޯއެވެ. ހައްލެއްގެ ގޮތުގައި ފަށާ އެއްވެސް ކަމެއް ކޮޅެއްގައި ނުޖެހި ނިމެނީ ކީއްވެތޯއެވެ

<- އިތުރަށް ކިޔާލުމަށް