ސަރުކާރު ވަޒީފާއަކަށް ސަލާންޖެހުން އިތުރުކޮށް ކުދި ވިޔަފާރިތައް ފުޑާލުން

ވަރަށް ގިނައިން އިވޭ އަޑެކެވެ. ފައިސާ ޗާޕުކުރި ވާހަކައެވެ. ކުރީ ސަރުކާރުން އެކަން ދިފާއުކުރެއެވެ. އަދުގެ ސަރުކާރުން އެކަން ގޯސްކުރެއެވެ. ކުރީ ސަރުކާރުން ބުނަނީ ކޮވިޑްގެ ތަދު އެންމެ އާދައިގެ ރައްޔިތުމީހާއަށް އިހްސާސްކުރެވުނު މިންވަރު ކުޑަކުރެވުނީ ފައިސާ ޗާޕުކުރީތީއެވެ. އަދުގެ ސަރުކާރުން ބުނަނީ އެއީ ފައިސާގެ އަގުވެއްޓި، މިއަދު ޤައުމު އޮތް އިޤްތިސާދީ އަދަވަޅަށް ކައްސާލުމުގެ އެއް ސަބަބުކަމުގައެވެ. ބައެއް ފަރާތްތަކުން ޤަބޫލުކުރަނީ އަދުގެ ސަރުކާރަށްވެސް ކޮންމެވެސް ސިފައެއްގައި ފައިސާ ޗާޕުނުކޮށް ދެން ނުހިފެހެއްޓޭނެކަމުގައެވެ. ނަމަވެސް ފައިސާ ޗާޕުކުރަން މި ޖެހެނީ ކީއްވެތޯއެވެ. އެއީ ސަރުކާރަށް ބަރޯސާވެގެން ސަރުކާރުން ބަލަހައްޓައިދޭ ކުޑަކުދިންތަކެއްހެން މުޅި މުޖުތަމައު އުޅެންޖެހޭ ގޮތަށް ނިޒާމް ބައްޓަން ކުރީމައެވެ. ކޮންމެ އާއިލާއަކުން މީހަކަށް ސިޔާސީ މަޤާމެއް ނުވަތަ ސަރުކާރު ކުންފުންޏަކުން ވަޒީފާއެއް ލިބެންޖެހޭތީއެވެ. ސަރުކާރަކީ ވަޒީފާ ޗާޕުކުރާ މެޝިނަކަށް ވެގެންއުޅޭތީއެވެ.

ބޭނުމަކީ ވޯޓެވެ. ސިޔާސީ މީހުން، އެމީހުންގެ ބާރު ދެމެހެއްޓުމަށެވެ. ނިޒާމް ބައްޓަންކުރަނީ ކޮންމެ ކަމެއްގައިވެސް ކޮންމެވެސް ސިޔާސީ މީހެއްގެ ފައިބުޑަށް ވެއްޓިގެން ނޫނީ ކަންނުކުރެވޭ ގޮތަށެވެ. ވަޒީފާވެސް ހޯދަން ޖެހެނީ މިމަގުންނެވެ. މިމަޤްސަދުގައި ކުދި ވިޔަފާރިތަކުން ކުރާ އެކި މަސައްކަތްތަކުގެ ތެރެއަށް ސަރުކާރުން ވަންނަނީނެވެ. ވަދެ ވާދަވެރި މިނިވަން ވިޔަފާރި ފުޑާލަނީއެވެ. ކުދި ވިޔަފާރިތަކުން ދޭ ޚިދުމަތްތައް ސަރުކާރު ކުންފުނިތަކުން ދޭން ފަށަނީއެވެ. މިކަމުގެ ސަބަބުން ރައްޔިތުން ތިބެނީ ވަޒީފާގެ އަޅުވެތިކަމެއްގައި ބަދެވިފައެވެ. ދައުލަތަށް ލިބޭ އާމްދަނީ ކުރިނާރަނީ މިކަމާއި ހެދިއެވެ. ޖީއެސްޓީގެ ގޮތުގައި ލިބޭ އެއްޗެއްވެސް އިތުރުވާނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހިންދެމިލާނެ ފުރުސަތެއް ލިބިގެންނޫންތޯއެވެ.

މިސިޔާސީ މަޤްސަދު ހާސިލްކުރަން ސަރުކާރުގެ ކުންފުނިތައްވެސް ފުޑާލަނީއެވެ. ކުރީ ސަރުކާރުން ފެނަކަ އަދި އާރްޑީސީއެވެ. އަދުގެ ސަރުކާރުން އެމްޕީއެލްއެވެ. އަދު ދައުލަތް ޤަރަގުނުވެ ފެނުން މަތީގައި އޮތީ ބޮޑު ފައިދާއެއް ޖަހާ ދެތިން ސަރުކާރު ކުންފުންޏެއްގެ ސަބަބުންނެވެ. ނަމަވެސް ކޮންމެ ސަރުކާރެއް އައިސް ފަހަރަކު ކުންފުންޏެއް ފުޑާލާނަމަ، ފައިދާވާ ކުންފުނިތައްވެސް ނުހަނު އަވަހަށް ގެއްލުމުގެ ތެރެއަށް ވެއްޓޭނެއެވެ. މިފްކޯއަކީ ގެއްލުންވާ ތަނެއްކަމުން އެއްއިރެއްގައި އެސްޓީއޯގެ ދަށަށް ކޮށްޕާލީއެވެ. މިފްކޯއަށް ދިމާވާ ގެއްލުމުގެ ބުރަ އުފުލަންޖެހުނީ ކަމާނުވެސް ބެހޭ ކުންފުންޏަކުންނެވެ. ފައިދާވާ ކުންފުނިތަކުގެ ދުވަސްދާ ދުވަހުން، އެއިރަކު އޮންނަ ސަރުކާރަކަށް ހިންދެމިލެވޭނެ ގޮތެއް ދެން ނޯންނާނެއެވެ. ތިމާއަށް ވަޒީފާ ލިބޭނަމަ ވަރިހަމަ ވެފައި އަތްޖަހަން ތިބޭ ރައްޔިތުންނަށް، ހިތިރަހަ ލާނީ ކުންފުނި ބަގުރޫޓުވެގެން މީހުންތައް ވަޒީފާއިން ވަކިކުރަން ފެށީމައެވެ. ފެނަކަ އެއޮތީ އެހާލުގައެވެ. ކުރީ ސަރުކާރުން ވަޒީފާތައް ބެހިއިރު، އެއީ ހަމަ ރަށަށް ހިދުމަތްދޭން ހުރި ފައިސާތައް ތަޅާބުރުވާލުންކަން ނުވިސްނުނެވެ. ތިމާއަށް ލިބޭނަމަ ވަރިހަމައެވެ.

Leave a Comment

Your email address will not be published. Required fields are marked *

ކޮޅިގަނޑު މެދުން ފަޅުވެރިން ބަދަލުކުރުން

ޤައުމަކާއި ނަވެއް އަޅާކިޔާނަމަ، ރައީސް އަކީ ކައްޕިއެވެ. ވަޒީރުންނަކީ ފަޅުވެރިންނެވެ. ކޮންމެ ފަޅުވެރިއަކާއި ވަކި ކަމެއް ހަވާލުކުރެވިފައިވާނެއެވެ. ފަޅުވެރިންގެ ދަށުން އެހީތެރިންވެސް ތިބޭނެއެވެ. އެއްވެސް އުސޫލެއް ހައްދެއް ނެތި އެހީތެރިން އޮޑިއަށް އޮއްސާލުމަކީ ހަމަޖެހޭ ކައްޕިއެއް ކުރާނެކަމެއް ނޫނެވެ. އަދި އެހެންމެ ގަދަ ކޮޅިގަނޑެއްގައި ފަޅުވެރިން ބަދަލުކުރާކަށްވެސް ކައްޕިއެއް ނޫޅޭނެއެވެ

<- އިތުރަށް ކިޔާލުމަށް

މަޖިލިސް ޖަލްސާއެއް ނުބާއްވާތާ މަސް ދުވަސް، އެކަމަކު ހަރަދު ކުޑަ ކުރަން ފަށަނީ ނިކަމެތިންގެ ވަޒީފާގަނޑުން

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ 5 ފެބްރުއަރީގައެވެ. މިހާތަނަށް ބާއްވާފައި ވަނީ އެންމެ 5 ޖަލްސާއެވެ. މެއި މަހު 15 ވަނަ ދުވަހު، މި އަހަރުގެ ފުރަތަމަ ދައުރު ހަަމަވެ އަނެއްކާވެސް މެމްބަރުން ދާނީ މަސް ދުވަހުގެ ޗުއްޓީއަކަށެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ދައުރުގެ ތެރޭގައި ބާއްވަން ޖެހެނީ ހަފްތާއަކު މަދުވެގެން ތިން ޖަލްސާއެވެ. މިވަރުވެސް ކޮށްނުލެވި މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ

<- އިތުރަށް ކިޔާލުމަށް

ވަކި ކުލައަކަށް ނޫނެވެ. މިއީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ

ރައްޔިތުން މި ނަގައިދިން ފިލާވަޅު ދަސްނުވެއްޖެނަމަ ދެންވެސް އޮތީ ހިތި ނަތީޖާއެވެ. އަބަދަކު އާރާއި ބާރަކު ނުތިބެވޭނެއެވެ. ދެންވެސް ކާމިޔާބު އޮތީ ރައްޔިތުންނަށެވެ. ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް، ރައްޔިތުންގެ ޙިދުމަތަށް ރުޖޫއަވާށެވެ

<- އިތުރަށް ކިޔާލުމަށް

ގަރުދިޔަ އާއި ބަތާ ކާންބުނެފި، އާސަންދަ ކަނޑާލަން ޖެހިދާނެ ކަމަށް ބުނެފި، އެކަމަކު މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަން ދެކޮޅު

މި ހާލަތުގައި އިންތިހާބު ނިމޭ ގޮތަށް ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާނެކަން ކަށަވަރެވެ. ރައްޔިތު މީހާ އަށް ގަރުދިޔަ އާއި ބަތާ ކާން މަޖުބޫރު ކުރުވާނެ ފިޔަވަޅުތަކެވެ. ވެރިން އުޅޭނީ ހަމަޖެހިގެނެވެ. އެމީހުން ތިބީ ފުދިގެނެވެ. ހަރަދު ކުޑަކުރަންވެސް މަޖިލިސް މެމްބަރުންނާއި ސިޔާސީންނަށް މިކުރާ ހަރަދު ކުޑަކުރުމުގެ ވިސްނުމެއް ނެތް

<- އިތުރަށް ކިޔާލުމަށް

އަނެއްކާވެސް ހިތާމަވެރި ހާދިސާއެއް ހިގަންދެން!

ސުވާލަކީ ގަވައިދުން ގަރާޖުތަކާއި ގުދަންތައް ބަލާ ފާސްކުރުމުގެ ޒިންމާ ނަގަން ޖެހޭ ހަމަ އެއްވެސް ބަޔަކު ނެތީތޯއެވެ. ކޮންމެ ފަހަރަކުވެސް ތެޅިގަންނަނަން ޖެހެނީ ބޮޑު ހާދިސާއެއް ހިނގީމަތޯއެވެ. ހައްލެއްގެ ގޮތުގައި ފަށާ އެއްވެސް ކަމެއް ކޮޅެއްގައި ނުޖެހި ނިމެނީ ކީއްވެތޯއެވެ

<- އިތުރަށް ކިޔާލުމަށް