ދާއިރާގެ ޕެޓިޝަނަކާއިއެކު މެމްބަރު ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ލިބެންޖެހޭ

ޕާޓީތަކުން ބަލަނީ ވީހާވެސް މަދު ބަޔަކު ވޯޓުލާން ނެރެވޭތޯ. އެ ޕާޓީއެއްގެ މެމްބަރުންނާއި ދެން މަގުމަތިން ފަށޭހައިން ގަނެލެވޭ ގްރޫޕެއް ނުކުންނަނިކޮށް އެމީހުންނަށް ވަރިހަމައެވެ. ބޭނުމީ ގޮނޑިއެވެ. ކޮންމެހެން ދިމަކުރާތީ ނިޒާމު، ގިނަ ރައްޔިތުންގެ ބައިވެރިވުމާއި އެކު ފުރިހަމަ ކުރާކަށް ނޫނެވެ. ގިނަ ރައްޔިތުން ތަކެއް ނުކުންނަނަމަ ގަންނަންޖެހޭ މީހުން ގިނަވީއެވެ. މިކަމުގެ ސަބަބުން ދާއިރާތައް ހަގީގީ މާނައިގައި ތަމްސީލުކުރާނެ މެމްބަރުންނެއް މަޖިލީހަކު ނުތިބެއެވެ. ކިތަންމެ ބޮޑު ވައްކަމެއް ނުވަތަ ކުށެއް ކޮށްފައިވެސް ސިޔާސީ ހިޔަލުގެ ނިވަލުގައި ތިބެނީއެވެ. ރައްޔިތުންނަށް ބަސް ބުނަން ލިބެނީ ފަސް އަހަރު ފަހުންނެވެ

މިކަން ބަދަލުވާން ޖެހެއެވެ. ދާއިރާގެ ނުވަތަ ރަށުގެ ނަން ކިލަނބު ކޮށްލާނަމަ، ދާއިރާގެ ރައްޔިތުންގެ ހައްޤުގައި ބަހެއް ނުބުނެވޭނަމަ، ވެރިމީހާ ފޮނުވާހާ އެއްޗެއްގައި ތައްގަނޑު ޖަހަން ތިބޭނަމަ، ރައްޔިތުންގެ އަގްލަބިއްޔަތުން އެ ދާއިރާއެއް ތަމްސީލުކުރާ މެމްބަރު މަޤާމުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ލިބެންޖެހެއެވެ. ހޮވުމުގެ ކުރިން ކިތަންމެ ރައްޔިތުންނާއި ގުޅިގެން ހެޔޮކަމަށް ހެދިގެން އުޅުނަސް، ހޮވޭ ފަހުން ގެއްލޭ މެމްބަރުން ބައިވަރެވެ. ހޮވޭ ފަހުން ސިފަ ބަދަލުވާ މެމްބަރުން ބައިވަރެވެ. ހޮވޭ ފަހުން ކުރިން ބުނިއެތި ކެންސަލްވާ މެމްބަރުން ބައިވަރެވެ. ފަސް އަހަރު މަޤާމުގައި ތިބެ ކަޓު ނަގައިގެން ވިޔަފާރި ފަށާލައިގެން ދަނީއެވެ. ރައްޔިތުންނަށް ކުރެވޭނެ ކަމެއް ނެތީމައެވެ

ފަލަސްތީނުގެ މައްސަލައިގައި ބަސްބުނަން ނުކުރެފައި ތިބި އެތައް މެމްބަރުންނެކެވެ. ރަށުގެ ތަރައްގީ ހުއްޓިފައިވާއިރު ބަހެއް ބުނެނުލާ އެތައް މެމްބަރަންނެކެވެ. ދާއިރާގެ މީހުންގެ ވިސްނުން ފަސްކޮށް، ޕާޓީގެ ވިސްނުން އިސްކޮށް ބަސްބުނާ އެތައް މެމްބަރުންނެކެވެ. ކޮންމެ ދައުރަކުވެސް މަޖިލީހަށް މިފަދަ މެމްބަރުން ވަދެއެވެ. ރައްޔިތުންގެ ހިގީގީ ބާރު ވަނީ ބަނދެވިފައެވެ. އަޅުގަނޑުގެ ހިޔާލަކީ މިކަން ބަދަލު ކުރުމެވެ. ތިބޭފުޅުންގެ ހިޔާލަކީ ކޮބައިތޯއެވެ؟

ކޮޅިގަނޑު މެދުން ފަޅުވެރިން ބަދަލުކުރުން

ޤައުމަކާއި ނަވެއް އަޅާކިޔާނަމަ، ރައީސް އަކީ ކައްޕިއެވެ. ވަޒީރުންނަކީ ފަޅުވެރިންނެވެ. ކޮންމެ ފަޅުވެރިއަކާއި ވަކި ކަމެއް ހަވާލުކުރެވިފައިވާނެއެވެ. ފަޅުވެރިންގެ ދަށުން އެހީތެރިންވެސް ތިބޭނެއެވެ. އެއްވެސް އުސޫލެއް ހައްދެއް ނެތި އެހީތެރިން އޮޑިއަށް އޮއްސާލުމަކީ ހަމަޖެހޭ ކައްޕިއެއް ކުރާނެކަމެއް ނޫނެވެ. އަދި އެހެންމެ ގަދަ ކޮޅިގަނޑެއްގައި ފަޅުވެރިން ބަދަލުކުރާކަށްވެސް ކައްޕިއެއް ނޫޅޭނެއެވެ

<- އިތުރަށް ކިޔާލުމަށް

މަޖިލިސް ޖަލްސާއެއް ނުބާއްވާތާ މަސް ދުވަސް، އެކަމަކު ހަރަދު ކުޑަ ކުރަން ފަށަނީ ނިކަމެތިންގެ ވަޒީފާގަނޑުން

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ 5 ފެބްރުއަރީގައެވެ. މިހާތަނަށް ބާއްވާފައި ވަނީ އެންމެ 5 ޖަލްސާއެވެ. މެއި މަހު 15 ވަނަ ދުވަހު، މި އަހަރުގެ ފުރަތަމަ ދައުރު ހަަމަވެ އަނެއްކާވެސް މެމްބަރުން ދާނީ މަސް ދުވަހުގެ ޗުއްޓީއަކަށެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ދައުރުގެ ތެރޭގައި ބާއްވަން ޖެހެނީ ހަފްތާއަކު މަދުވެގެން ތިން ޖަލްސާއެވެ. މިވަރުވެސް ކޮށްނުލެވި މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ

<- އިތުރަށް ކިޔާލުމަށް

ވަކި ކުލައަކަށް ނޫނެވެ. މިއީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ

ރައްޔިތުން މި ނަގައިދިން ފިލާވަޅު ދަސްނުވެއްޖެނަމަ ދެންވެސް އޮތީ ހިތި ނަތީޖާއެވެ. އަބަދަކު އާރާއި ބާރަކު ނުތިބެވޭނެއެވެ. ދެންވެސް ކާމިޔާބު އޮތީ ރައްޔިތުންނަށެވެ. ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް، ރައްޔިތުންގެ ޙިދުމަތަށް ރުޖޫއަވާށެވެ

<- އިތުރަށް ކިޔާލުމަށް

ގަރުދިޔަ އާއި ބަތާ ކާންބުނެފި، އާސަންދަ ކަނޑާލަން ޖެހިދާނެ ކަމަށް ބުނެފި، އެކަމަކު މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަން ދެކޮޅު

މި ހާލަތުގައި އިންތިހާބު ނިމޭ ގޮތަށް ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާނެކަން ކަށަވަރެވެ. ރައްޔިތު މީހާ އަށް ގަރުދިޔަ އާއި ބަތާ ކާން މަޖުބޫރު ކުރުވާނެ ފިޔަވަޅުތަކެވެ. ވެރިން އުޅޭނީ ހަމަޖެހިގެނެވެ. އެމީހުން ތިބީ ފުދިގެނެވެ. ހަރަދު ކުޑަކުރަންވެސް މަޖިލިސް މެމްބަރުންނާއި ސިޔާސީންނަށް މިކުރާ ހަރަދު ކުޑަކުރުމުގެ ވިސްނުމެއް ނެތް

<- އިތުރަށް ކިޔާލުމަށް

އަނެއްކާވެސް ހިތާމަވެރި ހާދިސާއެއް ހިގަންދެން!

ސުވާލަކީ ގަވައިދުން ގަރާޖުތަކާއި ގުދަންތައް ބަލާ ފާސްކުރުމުގެ ޒިންމާ ނަގަން ޖެހޭ ހަމަ އެއްވެސް ބަޔަކު ނެތީތޯއެވެ. ކޮންމެ ފަހަރަކުވެސް ތެޅިގަންނަނަން ޖެހެނީ ބޮޑު ހާދިސާއެއް ހިނގީމަތޯއެވެ. ހައްލެއްގެ ގޮތުގައި ފަށާ އެއްވެސް ކަމެއް ކޮޅެއްގައި ނުޖެހި ނިމެނީ ކީއްވެތޯއެވެ

<- އިތުރަށް ކިޔާލުމަށް