ރޯދަމަހު ވޯޓު ވިއްކަން ދުވި ބަޔަކަށް ރީތީގެ މުބާރާތް ފެނި ހަރާމް ހަލާލް ހަދާންވެއްޖެ

ޝައްކެއްވެސް ނެތެވެ. އައުރަ ނިވާ ކުރުމަކީ ހެއްދެވި ފަރާތުގެ އަމުރެކެވެ. އެއަށް ކިޔަމަންވާންޖެހޭނެއެވެ. ފިތުނައެކެވެ. މުންކަރާތެކެވެ. އަންހެނަކަސް ފިރިހެނަކަސް މިކަމުގައި ތަފާތެއް ނެތެވެ. ނަމަވެސް ހައިރާންވާ ކަމަކީ ފިރިހެނުންތަކެއް ވާ ކޮޅެއް އައްސާލައިގެން ސްޓޭޖަށް އެރިއިރު އަނގައިން ނުބުނާ ބަޔަކު އަނގަ ފެޅީމައެވެ. އަދި އެއަށްވުރެ ބޮޑަށް ހައިރާންވާ ކަމަކީ ރަށުގައި ހުރި އެންމެ ނުބައި މީހާ ބަލާ، ރަށް ތަމްސީލުކުރަން އޭނައަށް ވޯޓު ވިއްކައިގެން ހޮވާ ބަޔަކަށް ރީތީގެ މުބާރާތް ފެނި ހަރާމް ހަލާލް ހަދާންވީމައެވެ.

އެންމެ ފަހުގެ މަޖިލިސް އިންތިހާބުގައި ހެއްދެވި ފަރާތުން ވަނީ ދިވެހިންނާއި ދެކޮޅަށް ހުއްޖަށް ޤާއިމްކުރައްވާފައެވެ. ޝައިތާނާ ކުރުވި ކަމެކޭވެސް ނުބުނެވޭނެ ގޮތަށެވެ. ރޯދަ މަހުގެ ފަހު ދިހައެއް ދިމާވީ އިންތިހާބުގެ ކެމްޕެއިން އެންމެ ފޯރިގަދަވި ދުވަސްކޮޅާއެވެ. ޝައިތޯނުން ތިބީ ކަސްތަޅު އެޅުވިފައެވެ. ގިނަ ދިވެހިން ދުވީ ވަޒީފާއާއި ފައިސާއަަށް ވޯޓު ވިއްކާށެވެ. ތިމާގެ ދަރިންނަށް މަސްތުވާތަކެތި ދޭން އުޅޭ ޑްރަގް ލޯޑަށްވެސް ވޯޓު ވިއްކީއެވެ. ހަމަގައިމުވެސް ރީތީގެ މުބާރާތަކަށް ވުރެ، ޑްރަގް ލޯޑަކަށް ޤާނޫނު ހަދާ މަޖިލީހަށް ދެވުން ވާނީ މުޅި މުޖުތަމައުއަށް އޭގެ ނުރައްކަލާއި ފަސާދަ ފޯރާނެ ކަމަކަށެވެ.

އެއްވެސް އަހްލާގެއް ނެތް، ތައުލީމެއް ނެތް، އުޅުމެއް ނެތް، އެތައް ބަޔަކަށް ވޯޓު ވިއްކީއެވެ. ރައްޔިތުން ބުނަނީ ތިމަންނަމެން ބޭނުމީ މަސްތުވާތަކެއްޗާއި ދެކޮޅަށް ފިޔަވަޅު އަޅާށެވެ. ކޮރަޕްޝަން ހުއްޓުވާށެވެ. މަޖިލީހަށް ތައުލީމީ ޤާބިލް މީހުން ހޮވާށެވެ. ވިޔަފާރިވެެރިންގެ ކޮންޓްރޯލް ކުޑަކުރާށެވެ. ނަމަވެސް ވޯޓަކާއި ޖެހުމުން ވޯޓު ވިއްކާލަނީ އޭގެ އެންމެ އިދިކޮޅު މީހާއަށެވެ. ހަލާލް ހަރާމް ކީއްކުރަންތޯ، ތިމާމެންގެ އަމިއްލަ ބުނުމަށް ވެސް ހަރާންކޯރުވި ބައެކެވެ.

ގިނަ ބަޔަކު ހައްޖަށްދާން ޖާގަ ހޯދަނީވެސް ރިޝްވަތު ދީގެންނެވެ. ރީތީގެ މުބާރާތް ހަރާމެވެ. ގިނަަ ބަޔަކު ޑްރަގެ ލޯޑުންނަށް ވޯޓު ވިއްކާ އެމީހުން ބާރުވެރި ކުރުވައިފިއެވެ. ރީތީގެ މުބާރާތް ހަރާމެވެ. އެތައްބަޔަކު ވަޒީފާގެ ބަދަލުގައި ވޯޓުވިއްކާ، ސަރުކާރު ކުންފުނިތަކުގައި ނެތް މަޤާމުތަކެއް ހޯދާ، ކުންފުނިތައް އިނދަޖައްސާލަން މަގުފަހިކުރުވައިފިއެވެ. ރީތީގެ މުބާރާތް ހަރާމެވެ. ގިނަ ބަޔަކު ސިޔަސީ މީހުންގެ ފޫބުޑުގައި ސަލާން ޖެހުމަކީ މުޅި ދިރިއުޅުގެ ވައްޓަފާޅިއަށް ހަދައިފިއެވެ. ރީތީގެ މުބާރާތް ހަރާމެވެ.

ދެން ގެޔަށް ގޮސް ސިޓިންގ ރޫމުގައި ބޮޑޭވެފައި އިށީންނަނީއެވެ. ރަހްމަތްތެރިންނާއި އެކު ކޮފީގައި މާމޮޅޭ ވެފައި ވާހަަކަ ދައްކަނީއެވެ. ނޭގޭ ކަމެއެް ނެތެވެ. އޭނަ ގޯސް މީނަ ގޯސް، ރަނގަޅު އެކަކުވެސް ނެތޭ ބަންޖެއްހެން ކިޔަނީއެވެ. ނުކުންނަ ގޮތަށް ވޯޓު ވިއްކާލަނީ މުޖުތަމައު އެންމެ ފަސާދަކުރާ މީހާއަށެވެ. ރިޝްވަތަކީ ހަރާމް އެއްޗެކެވެ. ހެޔޮ މީހަކު ތިމާ ތަމްސީލުކުރަން ރިޝްވަތު ހުށަނާޅާނެއެވެ. ރިޝްވަތުގައި ހިފުމަކީވެސް ހަރާމްކަމެކެވެ. އަދި މަތިން ބައިން އަމިއްލައަށް ރިޝްވަތުދޭން ބުނެ ހޯދުމީ ހާދަ ހުތުރު ކަމެވެ. ދުނިޔޭގެ އަނެއްކޮޅުގައި އޮތް ރީތީގެ މުބާރާތަކަށް އެންމެ އަަންހެނަކު އަރައިގެން ވާވަރަށް ވުރެ، ޤާނޫނު ހަދާ މަޖިލީހަށް ގޮތްކުޑަ ނުވަދިހަ މެމްބަރުން ވޯޓު ވިއްކައިގެން ހޮވީމައި މުޖުތަމައު ފަސާދަ ވާވަރު މާ ބޮޑު ވާނެއެވެ

ކޮޅިގަނޑު މެދުން ފަޅުވެރިން ބަދަލުކުރުން

ޤައުމަކާއި ނަވެއް އަޅާކިޔާނަމަ، ރައީސް އަކީ ކައްޕިއެވެ. ވަޒީރުންނަކީ ފަޅުވެރިންނެވެ. ކޮންމެ ފަޅުވެރިއަކާއި ވަކި ކަމެއް ހަވާލުކުރެވިފައިވާނެއެވެ. ފަޅުވެރިންގެ ދަށުން އެހީތެރިންވެސް ތިބޭނެއެވެ. އެއްވެސް އުސޫލެއް ހައްދެއް ނެތި އެހީތެރިން އޮޑިއަށް އޮއްސާލުމަކީ ހަމަޖެހޭ ކައްޕިއެއް ކުރާނެކަމެއް ނޫނެވެ. އަދި އެހެންމެ ގަދަ ކޮޅިގަނޑެއްގައި ފަޅުވެރިން ބަދަލުކުރާކަށްވެސް ކައްޕިއެއް ނޫޅޭނެއެވެ

<- އިތުރަށް ކިޔާލުމަށް

މަޖިލިސް ޖަލްސާއެއް ނުބާއްވާތާ މަސް ދުވަސް، އެކަމަކު ހަރަދު ކުޑަ ކުރަން ފަށަނީ ނިކަމެތިންގެ ވަޒީފާގަނޑުން

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ 5 ފެބްރުއަރީގައެވެ. މިހާތަނަށް ބާއްވާފައި ވަނީ އެންމެ 5 ޖަލްސާއެވެ. މެއި މަހު 15 ވަނަ ދުވަހު، މި އަހަރުގެ ފުރަތަމަ ދައުރު ހަަމަވެ އަނެއްކާވެސް މެމްބަރުން ދާނީ މަސް ދުވަހުގެ ޗުއްޓީއަކަށެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ދައުރުގެ ތެރޭގައި ބާއްވަން ޖެހެނީ ހަފްތާއަކު މަދުވެގެން ތިން ޖަލްސާއެވެ. މިވަރުވެސް ކޮށްނުލެވި މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ

<- އިތުރަށް ކިޔާލުމަށް

ވަކި ކުލައަކަށް ނޫނެވެ. މިއީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ

ރައްޔިތުން މި ނަގައިދިން ފިލާވަޅު ދަސްނުވެއްޖެނަމަ ދެންވެސް އޮތީ ހިތި ނަތީޖާއެވެ. އަބަދަކު އާރާއި ބާރަކު ނުތިބެވޭނެއެވެ. ދެންވެސް ކާމިޔާބު އޮތީ ރައްޔިތުންނަށެވެ. ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް، ރައްޔިތުންގެ ޙިދުމަތަށް ރުޖޫއަވާށެވެ

<- އިތުރަށް ކިޔާލުމަށް

ގަރުދިޔަ އާއި ބަތާ ކާންބުނެފި، އާސަންދަ ކަނޑާލަން ޖެހިދާނެ ކަމަށް ބުނެފި، އެކަމަކު މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަން ދެކޮޅު

މި ހާލަތުގައި އިންތިހާބު ނިމޭ ގޮތަށް ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާނެކަން ކަށަވަރެވެ. ރައްޔިތު މީހާ އަށް ގަރުދިޔަ އާއި ބަތާ ކާން މަޖުބޫރު ކުރުވާނެ ފިޔަވަޅުތަކެވެ. ވެރިން އުޅޭނީ ހަމަޖެހިގެނެވެ. އެމީހުން ތިބީ ފުދިގެނެވެ. ހަރަދު ކުޑަކުރަންވެސް މަޖިލިސް މެމްބަރުންނާއި ސިޔާސީންނަށް މިކުރާ ހަރަދު ކުޑަކުރުމުގެ ވިސްނުމެއް ނެތް

<- އިތުރަށް ކިޔާލުމަށް

އަނެއްކާވެސް ހިތާމަވެރި ހާދިސާއެއް ހިގަންދެން!

ސުވާލަކީ ގަވައިދުން ގަރާޖުތަކާއި ގުދަންތައް ބަލާ ފާސްކުރުމުގެ ޒިންމާ ނަގަން ޖެހޭ ހަމަ އެއްވެސް ބަޔަކު ނެތީތޯއެވެ. ކޮންމެ ފަހަރަކުވެސް ތެޅިގަންނަނަން ޖެހެނީ ބޮޑު ހާދިސާއެއް ހިނގީމަތޯއެވެ. ހައްލެއްގެ ގޮތުގައި ފަށާ އެއްވެސް ކަމެއް ކޮޅެއްގައި ނުޖެހި ނިމެނީ ކީއްވެތޯއެވެ

<- އިތުރަށް ކިޔާލުމަށް