ވެނެޒުއޭލާގެ އިޤްތިސާދާއި ރާއްޖޭގެ އިޤްތިސާދް

ވެނެޒުއޭލާއަކީ ދުނިޔޭގެ އެންމެ ގޯސްކޯށް އިޤްތިސާދު މެނޭޖުކުރި ޤައުމޭ ބުނުމަކުން ދޮގަކަށްނުވާނެއެވެ. އިޤްތިސާދު މެނޭޖުކުރަން ނޭގުނު އެހެން ޤައުމުތައްވެސް އެބަހުއްޓެވެ. ނަމަވެސް ލިބިފައިވާ ވަސީލަތްތަކާއި، ގުދުރަތީ މުއްސަދިކަމާއި، ބިމާއި އިންސާނީ ވަސީލަތަށް ރިޢާއަށްކޮށް ބަލާނަމަ ލިސްޓުގެ އެއްވަނައިގައި އޮންނާނީ ވެނެޒުއޭލާއެވެ. މިލިޔުމުގައި އަޅާކިޔާލަނީ ވެނެޒުއޭލާގެ އިޤްތިސާދާއި ރާއްޖޭގެ އިޤްތިސާދާއެވެ. ހުރި އެއްގޮތް ކަންކަމާއި އަވަސް ފިޔަވަޅު ނޭޅިއްޖެނަމަ، ދެންވެދާނެ ގޮތްތަކަށެވެ

ތަނުގެ ފެންވަރަށް ބަލާ ކުލި ކޮންޓްރޮލް ކުރުން

ބޭރު ޤައުމުތަކުގައި އެފަދަ ޤާނޫނޫތަކުން ލިބުނު ފިލާވަޅަށް ބަލައި ބަދަލުތަކެއް ގެނެސްފިއެވެ. އަދު ޤާނޫނުތައް ފަރުމާކޮށްފައިވަނީ “ރެންޓް ސްޓޭބަލައިޒޭޝަން” ޕޮލިސީއަށެވެ. ކުޑަކޮށް ދިރާސާކޮށްލައްވާށެވެ. ތިބޭފުޅުންގެ ހިޔާލަކީ ކޮބައިތޯއެވެ

ސަރުކާރު ވަޒީފާއަކަށް ސަލާންޖެހުން އިތުރުކޮށް ކުދި ވިޔަފާރިތައް ފުޑާލުން

ފައިދާވާ ކުންފުނިތަކުގެ ދުވަސްދާ ދުވަހުން، އެއިރަކު އޮންނަ ސަރުކާރަކަށް ހިންދެމިލެވޭނެ ގޮތެއް ދެން ނޯންނާނެއެވެ. ތިމާއަށް ވަޒީފާ ލިބޭނަމަ ވަރިހަމަ ވެފައި އަތްޖަހަން ތިބޭ ރައްޔިތުންނަށް، ހިތިރަހަ ލާނީ ކުންފުނި ބަގުރޫޓުވެގެން މީހުންތައް ވަޒީފާއިން ވަކިކުރަން ފެށީމައެވެ. ފެނަކަ އެއޮތީ އެހާލުގައެވެ. ކުރީ ސަރުކާރުން ވަޒީފާތައް ބެހިއިރު، އެއީ ހަމަ ރަށަށް ހިދުމަތްދޭން ހުރި ފައިސާތައް ތަޅާބުރުވާލުންކަން ނުވިސްނުނެވެ. ތިމާއަށް ލިބޭނަމަ ވަރިހަމައެވެ

ވޯޓު ވިއްކާހާ ހިނދަކު ރައްޔިތުން ފަގީރުވުމީ ވެރިންނަށް ލިބޭ މޮޅެއް

ރައްޔިތުމީހާގެ ޒިންމާއަކީ ހަމައެކަނި ވޯޓުލުމެއް ނޫނެވެ. ރައްޔިތު މީހާގެ ބާރަކީވެސް ހަމަ އެކަނި ވޯޓު ކަރުދާސްކޮޅެއް ނޫނެވެ. ތިމާގެ ވޯޓުން ހޮވާ މެމްބަރުންނާއި ކައުންސިލަރުން ތިމާ ޒިންމާދާރު ކުރުވަން އުޅެންވާނެއެވެ. އެކަން ނުވަނީ ވޯޓު ވިއްކާތީއެވެ. ވޯޓު ވިއްކަ މީހާއަށް ކަންކަން ރަނގަޅުކުރަން އެދި މެމްބަރު ގާތަށް ދާކަށް ނުކެރެއެވެ. ދިޔަސް މެމްބަރުވެސް ދިމާލަށް ބުނާނީ މިއީ ގަނެފައި އިން ގޮނޑިއެއް ކަމުގައެވެ

ވައިކުޑައިގައި ފޭބުމުގެ ހުނަރު

ޔާތޮށި ޕާޓީ ވިޔަސް ރީދޫ ޕާޓީވިޔަސް، އެ ޕާޓީތަކަށްޓަކައި ޤުރުބާންވާ އާންމު މެމްބަރުން، ޤުރުބާން ވަނީ އެ ޕާޓީތަކުގެ ފަލްސަފާއަށް ކުރާ އިތުބާރެއްގެ ބޮޑުކަމުންނެވެ. އެ ޕާޓީ ވެރިކަމަށް އައިސް އެ ފަލްސަފާއާއި އެކު ރައްޔިތުނަނަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެވިދާނެކަމަށް ޤަބޫލުކުރެވޭތީއެވެ. ބައި އަޅަން މި އަންނަ ކުދި ޕާޓީތަކަކީ ބޮޑު ދެޕާޓީ ފަދައިން އެއްވެސް ފަލްސަފާއެއްގައި ތިބި ބައެއް ނޫނެވެ

ޖޫން ޖުލައި ގަދަ ކުރިމަތިވަނީ

ކުރީ ސަރުކާރުން ފައިސާ ޗާޕު ކުރީމައި ހޯހޯއޭ ކިއީ މީހުން މިއަދު ވެރިކަމަށް އައިސް އެ ތައްޔާރުވަނީ ކުރިއަށްވުރެ ގިނައިން ފައިސާ ޗާޕުކުރެވޭނެ މާއްދާއެއް ފާސްކޮށް ޤާނޫނަށް އިސްލާހެއް ގެންނާށެވެ. މިކަމާއި ދެކޮޅަށް އެއްޗެއް ބުނެލާނެ މެމްބަރަކުވެސް އެތާކުނެތެވެ. މިއީ ހަޤީގަތެއްކަމުގައި ޤަބޫލުކުރަން ދަތިނަމަ ޙަބަރުތައް ބައްލަވާލައްވާށެވެ

މަސްވެރިކަމުގެ ސިނާއަތަށް ފިކުރީ އިންޤިލާބެއް ބޭނުންވޭ

ސާޅީސް އަށް ގަޑިއިރު ތެރޭގައި ފައިސާދޭނެކަމުގައި ވައުދުވެފައި އޮތަތީ އަބަދުމެހެން މިފެންނަނީ އެވާހަކަ ދައްކާތަނެވެ. ނަމަވެސް އެއީ މަސްވެރިކަމުގެ ސިނާއަތަށް ވެފައިވާ ހަމައެކަނި ވައުދެއް ނޫނެވެ. 48 ގަޑި އިރުގެ ވައުދަކީ ވެރިކަމުގެ ފުރަތަމަ ދުވަހު ފުއްދާ ވައުދެއްވެސް ނޫނެވެ. މިކިޔާލަދެނީ މި ވައުދުގެ ފަހަތުގައިވާ ވިސްނުމެވެ. މިއީ ފައިސާއަށްވުރެ މާ ފުޅާ ދާއިރާއެއްގައި ވިސްނައިގެން ދޫކޮށްލި ވައުދެކެވެ

މާލެއަށް ބޭނުންވަނީ ބަސްބުނަންކެރޭ މެމްބަރުންތަކެއް

މާފުށިންނާއި، އައްޑޫއިންނާއި، ނިލަންދޫއިންނާއި ހަނިމާދޫ ފަދަ އެތައް ރަށަކަން ހަމަ ހިލޭ އެ ރަށެއްގެ ބަޔަކަށް ބިން ދެނީއެވެ. ބިން ހިއްކީ ރައްޔިތުންގެ ޓެކްސް ފައިސާއިންނެވެ. ނަމަވެސް މާލެއިން މާލެ މީހަކަށް ބިން ދޭން ވެއްޖެއްޔާ މައްސަލައެކެވެ. ބިމުގެ އަގު ބޮޑުވީމައެވެ. ނަމަވެސް ބިމުގެ އަގުބޮޑުވެގެން އުޅެނީ މާލެ ނިކަމެތި ރައްޔިތުން ކޮށްގެން އުޅޭ ކަމަކުން ނޫނެވެ. ވެރިން މިތަން ތޮއްޖެއްސީމައެވެ. ތޮއްޖެހުމުގެ އުނދަގޫ މާލޭ މީހުންނަށްވެސް ވެއެވެ

ހަރަދުކުޑަކޮށް ދުޅަހެޔޮކޮށް

ދިރިއުޅުމުގެ ވައްޓަފާޅީއާއި އާދަތަކަށް ބަދަލު އަންނަންޖެހެއެވެ. ރާއްޖޭގައި އެންމެ ގިނަ މީހުން މަރުވާ އެއް ސަބަބަކީ ގައިން ގަޔަށް ނާރާ ބަލިތަކެވެ. ބައެއް މީހުން ބުނާތީ އިވެއެވެ. މަރުވާ ވަގުތު ޖެހުމުން މަރުވާނެއެވެ. ނަމަވެސް ހަމަ މަރުގެންދަވާ ފަރާތުން އަންގަވާފައިވަނީ ސަބަބުތަކުގައި ހިފުމަށެވެ. އަމިއްލަ ނަފްސަށް ގެއްލުން ނުދިނުމަށެވެ. އެހެންވީމައި އެފަދަ ތާކުންތާކު ނުޖެހޭ ބަހާނާ ނުދައްކަމާތޯއެވެ

ހައްޖުގެ އަޅުކަމަށްވެސް ރިޝްވަތު

ރިޝްވަތުގެ ވަބާ ބޮޑުވަމުން އައިސް މިހާރު މިއޮތީ ހައްދުފަހަނަ އަޅާފައެވެ. އެޅި ކޮޅަކަށް މަރުދަންޖެހޭ ފަދައިން ރިޝްވަތު ބެހުމާއި ހިފުމުގައިވެސް ދިވެހިން ހައްދުފަހަނައެޅީއެވެ. ޖާޒީބަޔަކަށް ނުވަތަ ދަޅު ކޭހަކަށް ވޯޓު ވިއްކާލަން ފެށި މީހުން، ހާހުން އަގު ކިޔަމުން ގޮސް މިއަދު ވިއްކާލަނީ ވަޒީފާއަކަށް ނުވަތަ މަޤާމުގެ ކުރިއެރުމަކަށެވެ. ކުރިންވިއްޔާ ރިޝްވަތުގެ ފާފައިން ލިބޭ ހާހެއްހާ ރުފިޔާ އަނދާއަޅިޔަށްވީމައި ނިމުނީއެވެ. މިހާރު މުސާރައިގެ ގޮތުގައި ކޮންމެ މަހަކު ލިބޭނީ އަލިފާނެއެވެ. އަނބިދަރިންނަށް ކޮންމެ މަހަކު ކާންދޭނީ އަލިފާނެއެވެ